ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ ޙައްޤަށް ހައިރާން ވާންޖެހޭ މިންވަރަށް އަރައިގެންފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ދިރިހުރުމުގެ ޙައްޤަށް "ގޮތެއްފޮތެއް ސުމާރެއް ނެތި" އަރައިގަންނަމުން މިދަނީ ގާނޫނުއަސާސީ ބޭނުންކޮށްގެން ގާނޫނީ ދަވާދު ލައިގެން ކަމަށެވެ.

"ގާނޫނީ ދަވާދު ލައިގެން ގާނޫނުގެ ނަމުގައި އިންސާނީ ހައްގުތަކަށް ރޯމާދުވާލު އަރައިގަންނަމުން މިދަނީ. ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ލިޔެފައި އެބައޮތް މީހަކު ހައްޔަރުކުރުމަށްފަހު ވީއެންމެ އަވަހަކަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭނެ ކަމަށް" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ފުލުހުންނަށް އިންސާނީ ހައްގުތައް ދަސްކޮށްދޭން ޖެހޭކަމަށެވެ.

"މައްސަލައަކީ އިންސާނީ ހައްގުގެ މުހިންމުކަން ނުވިސްނުން ކަމަށާއި ތިމާޔާ ހަމައަށް ނާންނަނީސް އަނިޔާ އިހުސާސް ނުވުން. އަނެކާއަށް ލިބޭ އަނިޔާއަކީ ތިމާއަށްވެސް ލިބޭ އަނިޔާ ކަމަށް ބަލައިގަނެ، އަނެކާއަށް އަނިޔާ ކުރުމުން ނޫނެކޭ ބުނަންޖެހޭ" އަލީ ހުސެއިން ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަކީ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހައްގުތައް ކަށަވަރު ކޮށްދީފައިވާ ގާނޫނުއަސާސީ ކަމަށް ވިދާޅުވެ އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވާ ކަމަށެވެ. ލިޔުމުން ކިތަންމެ ފުރިހަމަކޮށް އޮތަސް މިސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ.

"އިންސާނީ ހައްގުތަކުގެ ތެރެއިން އެންމެ މުހިންމު ހައްގަކީ ދިރިހުރުމުގެ ހައްގު ކަމަށާއި އެއީ އިސްލާމްދީނުގައި ވެސް އިންސާނާއަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ,އެހެންކަމުން ދިރިހުރުމުގެ ހައްގަކީ ގާނޫނުއަސާސީގައި އޮތަސްނެތަސް އެއްވެސް މީހަކަށް އަރައިގަނެވޭނެ ހައްގެއް ނޫން ނަމަވެސް ސަރުކާރުން ރައްޔިތުންގެ ދިރިހުރުމުގެ ހައްގަށް ވެސް އަރައިގެންފި" އަލީ ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ބީތާވެގެން އަގަ ނާރުވާށެވެ! ކިތަންމެ އަގަޔއެއް އެރުވިޔަސް ކަލޭ މި ދާއިރާއިން ބަލާ ނުގަންނާނަމެވެ. ކުރިން ރައީސް ޔާމީންގެ އެދުމަށް ކަލޭ މިދާއިރަގެ ގޮނޑިޔަށް ގެނެވުނީތީ ރައްޔިތުން މިތިބީ ލަދުންނެވެ. މައްސަލައެއް އަވަހަށް ނިންމީމާ ހަމަ ކެލޭ ބުނީ އަވަސްއަރުވާލައިގެން މައްސަލަ ނިންމީ ޤާނޫނާ ޚިލާފަށޭ!

  2. ތެރެ

    ފުރަތަމަ އަލީ ހުސައިން އަނގަ ހައްދު ޖަހަންވީ

  3. ޓެކްސީ ޑުރައިވަރ

    ރައްޔިތުންނޭ ނުކިޔާ އާދޭސްކޮއްފާ ކަލެން ކައިރިގަ ބުނަން. ތިހެން ހައްޔަރު ކުރަން ޖެހެ މީހުން ހައްޔަރުކޮއަގެން ވެސް މާލެ މަގުމަތި އަމާން ވީމާ ހަމަ ރައްޔިތުންނައް އޭގެ ފައިދާ ވަނީ.

    ޢެންމެ ފަހުން ކުރި މުޒާހަރާތަކުންވެސް އަހަރުމެން ކާރު ނުދުއްވި ޕާކު ކުރަން ޖެހުނީ ލާރި ލިބޭގޮތެއް ނުވި..

  4. އަސްލު

    އާދެ. އާދެ. މިއުޅެނީ ދިރިނޫޅެ މިހާރު. އަލީ ހުސެންވެސް ދިރިއެއް ނޫޅޭ މިހާރު.

  5. މުނާ

    ރައްޔިތުންގެ ހައްޤުތައް މިސަރުކާރުން ވަނީ ފުރިހަމަކޮށްދޭންޖެހޭ މިންވަރަށްވުރެ އިތުރަށްވެސް ފުރިހަމަ ކޮށްދީފަ.

  6. ިފފޔފ

    އިދިކޮޅު މުޒާހަރާ މީހުންނާއި، ރައްޔިތުންގެ ވޯޓުން ހޮވި ވެރިމީހާގެވެރިކަން ރައްޔިތުންގެ ވޯޓުން ނޫންގޮތަކަށް ޤާނޫނާ ހިލާފަށް ބަދަލުކުރަންއުޅޭ އެންމެންނަށް ހައްޤު އަދަބު ދިނުމަކީ، ރައްޔިތުންނަށްޓަކައި، ކޮށްދޭން އިންސާނީ ފަރުދީ އަދި މުޖުތަމައުގެ ވަރަށްބޮޑު ހެޔޮކަމެއް. މިއީ ނޫންތަ ރައްޔިތުންގެ ހައްޤު ރައްކާތެރި ކޮށްދިނުމަކީ.

  7. ޒަމީރު

    ހޭބަލިވެފަ ހުރި މީހެއް ގާނޫނު ކިޔެވީ ފޮތުގެ ބޭރުގަނޑުން ބާ

  8. ހުސޭނުބޭ

    ތިކިޔާ ހައްޤު އިނީ ކޮންތާކު؟ ކެކެކެކެކެކެކެކެކެ

  9. ޅަސޮރު

    ޤަސިމް ހައްދައިގެން ވެރިކަން ލިބޭނެޔޭކިޔާގެން، އެކަން ނުވެގެން، ޢެއީޙަޤަކީދޯ، ނުވާނެތިކަމެެް، އެއީ ޣައިދީއެއް އޭނަގެނަމެއް ވޯޓުކަރުދާހަކު ނޯންނާނެ.