ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެވޭ ބޭފުޅުންނަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ތިބޭ ބަޔަކަށް ވާއިރު، އެ މަޤާމުތަކަށް ބޭރުފުށުން އިސްލާމީ ޝަރީޢަތްތަކާއި އިދިކޮޅު ސިފަތަކެއްގައި ތިބޭ ބަޔަކު އައްޔަންކޮށްފި ނަމަ އަދުލުވެރިވާނީ ކިހިނެތޯ، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒް ސުވާލުކުރައްވައިފިއެވެ.

ޑރ. އިޔާޒް މިގޮތަށް ވިދާޅުވެފައި ވަނީ، އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ނިންމައި، އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް އެއީ ދީނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަށް ލަފާދިނުމާއި ގުޅިގެންނެވެ.

އިޔާޒް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފަނޑިޔާރުކަމަށް އިސްކުރެވޭ ބޭފުޅުން އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ﷲ ގަންދީ ހުވާކޮށްގެން ތިބޭ އިރު، އެބޭފުޅުން ޙުކުމް ކުރައްވަން ޖެހޭނީ އިސްލާމީ ޝަރީޢަތަށް ކަމަށެވެ. އެހެން ނަމަވެސް ބޭރުފުށުން އިސްލާމީ ޝަރީޢަތްތަކާއި އިދިކޮޅު ސިފަތަކެއްގައި ތިބެގެން އެ މަޤާމަށް އައްޔަން ކުރެވޭ ބަޔަކު އަދުލުވެރިވާނީ ކިހިނެތްތޯ އިޔާޒް ސުވާލު އުފެއްދެވިއެވެ.

ރާއްޖޭގައި އަންހެނުންނާއި ފަނޑިޔާރުކަން ހަވާލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދިފާޢުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވާހަކަ ދެއްކެވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ވެސް މިރޭ ޑރ. އިޔާޒް ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ތިމާއަށް ބާރުލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެކަން އެގޮތުގައި ދަމަހައްޓަން މަސައްކަތްކުރަންވީ ސަބަބެއް ނޫން ކަމަށާއި، ދެންވެސް އުމުރުގެ ބާކީ އޮތް ދުވަސްކޮޅުގައި އެފަދަ ނުބައި ނުހަދާ ތައުބާވެ އިސްލާހުވޭތޯ ބަލަން ޖެހޭ ކަމަށް ޑރ. އިޔާޒްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަދައްކަވަމުންނެވެ. އަދި އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ވިދާޅުވެފައި ވަނިކޮށް އެކަމާއި ދެކޮޅު ނިންމުމެއް ރާއްޖޭގައި ނިންމާތީ، އެ ނިންމުން ބަދަލު ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިން ވެސް ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޤައުމު

    ދެންކޮބާތަ ތިޔަފަތުވާމަޖިލިސްގެ ބޭނުމަކީ ގެރިމޯދީގެ އަޅުންވީމަ ނަގޫފިތިފަ

    45
    2
  2. ކަޕޭލާ

    ބައްލަވަ ޝޭޚް އިބޫއަށް ޓްވިޓާގަ ޕަބްލިކަށް ފެންނަ ގޮތަށް ލަފާ އަރުވަން ނުކެރިގެން ތިއުޅެނި ކީއްވެތޯ އެކަން ނުމުރުމަށް؟ ޝޭހްގެ އިޚްލާސްތެރިކަމެއް ހުރިއްޔާ ގަޓްހުރިއްޔާ ރައީސްއަށް ދީނާ ޚިލާފަށް އަންހެން ފަނޑިޔާރުން އައްޔަން ނުކުރަން ކުރަން ޕަބްލިކަށް ފެންނަ ގޮތަށް ގޮވާލެވެންވާނެ.

    51
    3
  3. ހުސެން

    އިމްރާނު ބުނީ ކީކޭ؟

    44
    1
  4. ކިނބޫ

    ކަލޭ އަނގަ ނުތަޅާ މިހާލަތަށް ގައުމު ގެންދިއުމަށް ގަދައަޅާ މަސައްކަތް ކުރި އެކަތި ތީ. މަ ވަރަށް ފޫހިވޭ

    59
    4
  5. ތިބެވެސް ރަނގަޅު އެއްޗެ ބުނެފި

    ތިީ ވަރަށް ފުރިހަމަ ވާހަކަޔެއް އެކަމަކު އެއްބޭފުޅަކު ދެންނެވި މިހާރު ގެ ރާއިސް އެއީ ރަސޫލަ ދުވާދެންނިފަދަ ބޭފުޅެކޭ އެބޭފުޅަ ހުންނެވީ ހައްޕުކިޔާއިން.ތި ބޭފުޅާ ވެއްޖެޔާ ތިކަމުގަ ހަމަ ޔަގީނުން ވެސް ހައްގުބަސް ބުނެފި.

    21
  6. ސުރައްޔާ

    ބަލަ ކަލެއަށްވެގޭނެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންދުވަސްވަރު އޭރުގެ ސަރުކާރުގެ ސަޕޯޓަރުން ޕޯޑިޔަމްތަކުގައި މިވާހަކަ ދެއްކިއަޑު! އެކަމު ކަލޭވެސް އެވާހަކަތައް އަޑުއަހާފަ ކުރީ މަލާމާތް! ކުޅިސަމާ ފެންނާނެ އަދި! މި ފެންނަނީ މަދުމިންވަރެއް އަދި!

    17
  7. ާއަލި

    މިގައުމަކު ނެތްއަދުލުއިންސާފޭކިޔާފަ ވާހަކަދައްކަން އަނގަހުޅުވާލެވޭނެ އެކަކުވެސްހުރިކަމަކަށްގަބޫލެއްނުކުރެވޭ ރުފިޔާގޯނިފެނުނީމަ ތެޅިގަންނާނެ

    15
  8. ކެޔޮޅު

    ފެނިފެނިހުނެ އަލިފާންގަނޑަކައް ފުއްމާލާފަ ފިހުނީމަ މިއީ ތަޤުދީރުގައި ހުރިގޮތޭ ބުނެވޭނެތަ؟

    17
  9. ކެޔޮޅު

    އިމްރާނު އަބަދުވެސް ކިޔާނީ މަށައްމަދު މަށައްމަދު!

    15
  10. ކެޔޮޅު

    މާތްވެގެންވާ އިސްލާމް ދީނާ ދިވެހިރާއްޖޭގެ އިސްތިޤްލާލަ ރައްކާތެރިކުރުމައްޱަކައި ރަތްއަތުން ސަރުކާރު ހަމަމަގައް އަޅުވަންއެބަޖެހޭ. ތައްޔާރުތޯ؟

    18
    1
  11. ބޯވަ

    ސީނާ ޒާހިރުގެ ދަރިންނާ އާއިލާއާ ހެދި ބޮޑު މުސީބާތެއްނު. އަޒްމިރަލްދާ އަކާ އިޒްމިއާ އަކާ ހިސްމަތުއަކާ

    11
  12. ޢަލީ

    ސުޖޫންއަކީ ފަސްމިލިއަން ޑޮލަރުގެ ރިޝްވަތެއް ހުށަހެޅިކަމަށް މީޑިއާގައި އިއުތިރާފްވިމީހެއް، ހެޔޮނުވާނެ އޭނަ މިމަޤާމަށް ގެންނަށް، އަދި އަންހެނަކަށް ވުމުގެ އިތުރުން ނަޒާހަތްތެރިކަން ކޮބާ.

  13. ނަޖްވާ

    މީ ކޮންތާކުން ކިޔަވައިގެން ތިބި ރޯނު އެދުރުންތަކެއްތަ؟ މި ކަހަލަ މީސްމީހުން ފާޑުފާޑުގެ ފަތުވާ ނެރުމުގެ ފުރުސަތު ދީގެންވެސް ނުވާނެ އަހަރުމެންގެ ޅަ ދަރިންތައް ހަލާކު ކުރަން!