އިންޑިއާ އިން ކަޝްމީރުގެ މައްސަލައިގައި ނިންމި ނިންމުމަކީ އެޤައުމުގެ ދާޚިލީ މައްސަލައެއް ކަމަށް ރާއްޖެއިން ޕާކިސްތާނަށް އަންގައިފިއެވެ.
ރާއްޖެއިން ޕާކިސްތާނަށް މިގޮތަށް އަންގާފައިވަނީ، ކަޝްމީރު މައްސަލައިގައި ރާއްޖޭގެ ތާޢީދު ހޯއްދެވުމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު މަޚްތޫމް ޝާހު މަހުމޫދު ޤުރައިޝީ، ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަށް ފޯނުން ގުޅުއްވުމުންނެވެ.
މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތާޢީދު ހޯއްދެވުމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ގުޅުއްވުމުން، ކަޝްމީރު މައްސަލައިގައި އިންޑިއާއިން ނިންމި ނިންމުމަކީ އެޤައުމުގެ ދާޚިލީ މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވާ ކަމަށެވެ.
އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްވުންތަކާއި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްޙަވެރި ޙައްލެއް ހޯއްދެވުމުގެ މުޙިންމު ކަމާއި މެދު ވާހަކަދައްކަވާ މިނިސްޓަރ ޝާހިދު، ޕާކިސްތާނުގެ ހާރިޖީ ވަޒީރަށް ބާރުއެޅުއްވި ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓަރ ޝާހިދު ވަނީ ޕާކިސްތާނުގެ ހާރިޖީ ވަޒީރު އެމަނިކުފާނަށް ގުޅުއްވުމުން އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ޕާކިސްތާނާއި ރާއްޖެއާއި އޮންނަ ގުޅުން އެގޮތުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވެ، އިންޑިއާ އަކީވެސް ރާއްޖެ އާއި ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އިން ކަޝްމީރުގައި ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން ޕާކިސްތާނުން ދަނީ އެކި ޤައުމުތަކުގެ ތާޢީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ކަޝްމީރުގެ މުސްލިމުންނަށް އިންޑިއާއިން ދެމުންދާ އަނިޔާތަކާއި އެކު އިންޑިއާ ދިފާއުކޮށް އެންމެ ފުރަތަމަ ތެދުވި ގައުމު ތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނެ އެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވީ ކަޝްމީރު މައްސަލައިގައި އިންޑިއާގެ ނިންމުންތަކަކީ އެގައުމުގެ ދާހިލީ ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އަދި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުގެ ބާރު އިންޑިއާއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.
ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ. އިންޑިއާއިން މި ނިންމުން ނިންމުމުގެ ކުރިން އެމެރިކާގެ ބަހެއް ވެސް ނުހޯދާ ކަމަށް އެގައުމުން ބުނަމުންދާއިރު ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ކެމްޕޭން ވައުދެކެވެ މި ވައުދު ފުއްދަން އިންޑިއާއަށް އެންމެ ބޮޑު އެހީއެއް ވަމުންދަނީ އިސްރާއީލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިޔާ އިން ރާއްޖެއަށް ފިއްތުންތަށް ވަރަށް ފިއްތާކަމަށް ވަނީ... އިންޑިޔާއިން ގަބޫލުކުރަނީ މިހާރު ރާއްޖޭގައި މިއޮތީ ހިންދޫންގެ ގޮނޑި ކޮއްކޮ ސަރުކާރެއް ކަމަށް. މަޅިއޮތީ ކަރަށް މަހާލާފައި ވާން ކުރަމުން ދަނީ މި ދީން ދޫކުރަން ވެސް އަދި އަންގާނެ. އާރ ޔޫ ރެޑީ؟
މިހާރު އަހަންނަށް ޤަބޫލު ކުރެވިއްޖެ މީހަމަ ލާދީނީ ސަރުކާރެއްކަން. އޭ ކޮބާތަ ހަނޑޫ ނާޅި ހުރިހާ އަވައްޓެރި ޤައުމުތަކަށް ބަހަން ބުނި މީހުންތައް؟. ދޮގުހަދައިގެން އައި ސަރުކާރެއްދޯ މިއީ..
މާ ކުރިން ވެސް އިގޭ ކަމެއްތީ. މިސަރުކާރުގައި ގިނަޔީ ޔަހޫދީން. ކެނެރީގޭގައި ބޮޑު ޔަހޫދީ
ސަތޭކައިގެ ވާހަކައެއް. ކެނެރީގޭގަ އެހެރީ މިގައުމުގެ ހަލާކު އަދި ގައުމުހެ ބޮޑު ޔަހޫދީ ކަލޭގެ.
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ!
މިއީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް .ކަލޯ ކަލޯ ގެރިމޯދީ އަށް ވިކުނަސް ތީ ބޮޑުވަރު .ހުރިހާ މުސްލިމުންނަކީ އެކައްޗެއް
އާނ ތެދެއް ތިޔަ ބުނީ މޯދީއަށް ވިކުނަސް މީދެން ބޮޑުވަރު ކަޝްމީރުގަ ވެސް އުޅެނީ މުސްލިމުން އިންޑިޔާ ސަރުކާރުން ލާއިންސާނީ އަމަލުތައް ހިންގަން ތާއީދު ކުރުން މީ ބޮޑު ވަރެއް. އެއްވެސް މުސްލިމަކީ އަނެއް މުސްލިމަކަށް ދެރައެއް ލިބުމަކަށް އެދޭ ބައެއް ނޫން. ރާއްޖޭގެ ސަރުކާރުން އެހެން ބުންޔަސް އެކަންކަމަށް ތާއީދު ކުރާ ބަޔަކު އަސްލު ނޫޅޭ
މި ސަރުކާރުގެ ކިބައިން މިހާރު ފެންނަނީ ހަމަ މުނާފިގު ސަރުކާރެއްގެ ސިފަ މީ އިސްލާމްދީނަށް ލޯބިކުރާ ކޮންމެ ދިވެހި ރައްޔިތަކުވެސް ހިތާމަކުރަންޖެހޭ ކަމެއް، މިކަމާ ފުންކޮއްވިސްނާ... ވަގުތު ފާއިތުވުމުގެ ކުރިން...
އިންޑިއާއިން ނިންމި ނިންމުމަކީ އެޤައުމުގެ ދާޚިލީ މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވާ ކަމަށެވެ. މިއީ ޝިއުނާގެ ޚާއްޞަ ރައުޔަށް ވެދާނެ. އިންޑިއާގެޑިމްކޮރަސީގައި ނޭޕާލް، ބޫޓާނު،، ސިއްކީމް، ޕާކިސްތާނު އަދި މަލިކާއި އެމީހުންގެ ގެއްލިފައިވާ ސުވަރުގެކަމަށް އެމީހުންދެކޭ މަހަލްދީބުޕުރަދޭޝްގެ މިނިވަންކަމަކަށް ވެސް ރުހުމުގެ ލޮލަކުން ނުބަލާނެ. އަދި އެއްބަހެއްވެސް ނުވާނެ. ރޭޕްކުރެވެމުންދާ ކަޝްމީރުގެ އަންހެނުންނަށް ނަޞްރު ދެއްވާނެދޭވެ! ދޮގުވެރިންނަށް ލައުނަތް ލައްވާންދޭވެ!
ޝާހިދު މީ ހާދަ ނުލަފާ މީހެކޭ، މީވެސް މިނިވަން މުސްތަގިއްލު ގައުމެކޭ، މިގައުމަށް އިންޑިޔާއިން އަތްބާނުވަން ކަލޭމެން ދިނީ ކީއްވެ، މަކަރުވެރިކަމުން ހައްދުފަހަނަ އަޅާފަ ތިބިބައެއް މީ.
ﷲ އަކްބަރު. މުސްލިމުންނަށް ނަސްރުދެއްވާ ހިންދޫން ބަލިކުރައްވާށި...
ﷲ އަކްބަރު. މުސްލިމުންނަށް ނަސްރުދެއްވާ ހިންދޫން ބަލިކުރައްވާށި...
ﷲ އަކްބަރު. މުސްލިމުންނަށް ނަސްރުދެއްވާ ހިންދޫން ބަލިކުރައްވާށި...އާމީން
ޣައްދަރު ޝާހިދު ލަދު ކުޑަ
ދިވެހި ސަރުކާރުން އިންޑިޔާގެ ބުޑިސްޓުންނާއި ހިންދޫންގެ ޖަނަވާރު އަމަލުތައް ދިފާއުކޮށް ބަސް އިއްވައިފި. މިސަރުކާރުން ދެކޭ ގޮތުގައި ކަޝްމީރުގެ މުސްލިމުންނަކީ ހިންދޫންގެ އަޅުން. ސަރުކާރުން ކޮންމެ އެއްޗެކޭ ވީދުނަސް އަހަރެމެން ދިވެހިން މިތިބީ ކަޝްމީރުގެ މުސްލިމުންގެ ދިފާއުގައި. ޔާﷲ، ކަޝްމީރުގެ މުސްލިމުންނަށް ނަސްރުދެއްވާށި. އާމީން.
އިންޑިޔާ ނުރުހޭ އެއްވެސް ވާހަކައެއް ދައްކާކަށް މިސަރުކާރަކަށް ނުކެރޭނެ. ވެރިކަމަށް އާދެވުނީ ސީދާ އިންޑިޔާގެ ފައިސާއިން. އިންޑިޔާ ރުއްސުމަށް ޕާކިސްތާނާދެކޮޅަށް ބަސްބުނަން ކެރޭ އިންޑިޔާގެ ނުފޫޒުގަ ފިތިފައޮތް ސަރުކާރެއް ދިވެހިރާއްޖޭގަ މިހާރު މިއޮތް ލާދީނީ ސަރުކާރަކީ.
އަނިޔާވެރިކަމޭ މިކިޔަނީ ކޯއްޗަކަށްބާ! ވެރިކަމަށް ހޯދުމަށް ބޭނުންކޮށްލި އުކުޅެއް ކަމަށް ބެލެވެނީ!
ދާޚިލީ މައްސަލަ އެއްކަން އެނގޭނެ ޗާހިދު މަގުމަތިން ފެނުނީމަ. ކަންފަތް މަތީގަ ޖަހަން ޖެހޭނީ.
އަދިވެސް މިވަރުގެ ބައެއްނެތިގެން ވޯޓްދީ ދެން އަތްޖަހާ?????