ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަށް ލަފާދީފިއެވެ.
ޖޭއެސްސީ އިން މިގޮތަށް ލަފާދީފައި ވަނީ، އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ނިންމައި، އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް އެއީ ދީނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގަތްކަން ހާމަކުރައްވާ އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް އެދުނީ ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.
ޑރ. އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުއެވެ. ސުޖޫންއަކީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 2015 ވަނަ އަހަރު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާދެއްވިއިރު، އޭނާއަކީ ބާ ކައުންސިލްގެ މެމްބަރެކެވެ.
މިދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންނެވިއިރު، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ފާސްކޮށްފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް، ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސް ކޮށްގެންނެވެ.
މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ނޮމިނޭޓްކުރާ ފުރަތަމަ ފަހަރެވެ.
ﷲ ގެ ރަހުމަތުން ވެއްޓެން ކައިރިވެއްޖެ.
އިސްލާމް ދީނަށް ގޮންޖަހާ ފުރައްސާރަ ކުރާ މީހެއް ވެރިކަމުގައި ބެހެއްޓުމެއް ނެތް. އެންމެން ނިކުމޭ ވައްޓާލަން
ހޫން އަލަށްވިއްޔާ އަންހެނަކު ކޯޓަކަށް ލަނީ..
އަލަކަސް ބަލަކަސް އެއީ ހަރާމް ކަމެއް. ރާ ވިއްކަޔޭ އެއީވެސް އަލަކައް ކުރާކަމެއް ނޫނޭ ކިޔާފަ ދީނުގައި ރާހުއްދައެއް ނުކުރެވޭކަން ދަންނަންތޯ.. ދީނުގައި ހަރާމް ކުރައްވާފައިވާ އެއްވެސްކަމެއް އެއްވެސް މަޚުލޫގަކައް ހުއްދަކުރުމުގެ އިޚްތިޔާރެއް ދީފަކާއެއް ނެތް. އަދި އެކަން ކުރަން ވަކާލާތުކުރާމީހާ ނަރަކައިން ޖާގަ ހޯދައިފިކަން ކަށަވަރެވެ.
މާލަސްވެސް ވެއްޖެ. ދީނަށްޓަކާ ނިކުންނަން ވެއްޖެ. ދީނީޢިލްމުވެރިންވެސް ތަންކޮޅެއް ގަޓުވެފަ ނިކުންނަންވީ. މިހާރު ޓުވީޓު ކޮށް މެސެޖް ކުރިއަކަސް ނުވާނެ. އިސްލާމްދީން އޮޔާލާދާން ދޫކޮށްގެން ނުވާނެ. އެންމެން އެއްބަސްކިޔާފަ ނިކުތީމަ މިކަންވާނެ، انشاالله
އިމްރާނު ކާރީ ތިހެން ބުނެ ބަލަ.. ހިނި އަންނަނީ..
މިއީ ލާދީނީ ސަރުކާރެއް، މި ސަރުކާރު ހިންގަނީ ފާޅުކަން ބޮޑުކޮށް ދީނީ ކަންކަމަށް ގޮންޖެހުންތަކާއި އެކު، މި ސަރުކާރު ހޯދި އިރުވެސް އެކަން އިގޭނެ، މި ސަރުކާރު ހޯދީ އަދާލަތު ޕާޓީ މީހުން ރިލޯޑްކޮށްގެންނާއި އިއްޒަތާއި ޝަރަފު އަދި ބާރުގަދަ މަޤާމުތަކާއި ފައިސާގެ ބޭނުމުގައި ދީން ވިއްކާލާފައި މިވަނީ.
ޖޭއެސްސީ އައް އަހަރެން ގޮން ޖަހަން.. އަން.. ހިފާ.. އެއޮތީ ގޮންޖަާފަ..
ޝޭހު އިލިޔާސް ދެން އަތް ޖަހާ .ހިިިީވޭތަ ކަމެއްހެން .ދުޢަާ ދެއްވި ފަދަ ރައީސެއްދޯ މިއީ ޖަޒީރާ ޔޫރަޕްގެ އަސްލު ކުލަ ހެހޭ
ޙާދަ ދެރަކަމެކޭ ދޯ ބަސްއަހާބަލަ ހުރިހާ ކުދިންވެސް ބިރުންގޮސް ސޮނިވެއްޓޭވަރު ވޭ
ޔާ ﷲ މި ޤައުމު އިސްލާމް ކަންމަތީ ތާ އަބަދުގަ ދަމަހައްޓަވާންދޭވެ. މި ޤައުމުގަ އިސްލާމުންނޭ ކިޔައިގެން އުޅޭ ޔަހޫދީ ފިކުރުގެ ވެރިން ވަގުތުން ވަގުތަށް ވެރިކަމުން ދުރުކުރައްވާންދޭވެ.. އާމީން..
ޝޭހު އިމްރާނާ، ޝޭހު އިލިޔާސް ކޮބާ؟ އިމްރާނޫ ކަލޭ މަގާމުގެ ދަހިވެތި ކަމުގަ އަނގަ ބެދިފަ ތިހުންނަނީ ދީނީ ބޯޑު އަޅުވައުގެން މޮޔަވެފަތަ؟
ލާދީނީ ސަރުކާރު
މިދާވަރުންދަންޏާ މިސަރުކާރުވަރައް އަވަހައް ހަމަބިމައްފައިބާނެހެންހީވަނީ މިފެންނަންފެށީއެކަމުގެކޮޅުމަތި
އަންހެނުން ފަޑިޔާރު ކަމައްލީމަ ކިހިނެއްތޯ ކުފޫހަމަވާނީ ގަބުރުސްތާނައް ދިޔާމަ އިގޭނެ އަންހެން ވެރިންނަކީ މަހާނަގަލުގާ ބޯހުންނަ ބައެއްނޫންކަން ޔައުނީ ބޮލުގެ ތެއްކަމެއްނެއް ބައެއް އަދި އެމީހުންކުރާ ހުކުމްތައް ސައްހައެއް ނުވާނެ!!!!!!!!
ތިޔަދެމީހުންގެ ކަންތައްވެސް ނިންމުމުގެ ބާރު މިޤައުމުގެ ދަރިންގެ ކިބައިގާ ވެސް ހުނާނެ.
ކަލޭމެންނަ އޯކޭ ދޯ ސަދޫމް ކޯޓު އޮތަސް، އަންހެނުން އަށްޔަނު ނުކުރަނިކޮށް.
ياالله އިސްލާމްދީނާއި މުސްލިމުންގެ ޢަދުއްވުންގެ ކިބައިން މިޤައުމާއި ރައްޔިތުން ސަލާމަތް ކުރައްވާނދޭވެ.
ޢަދާލަތުގެ ޚަބަރެއް ނެތް
އަދާލަތު އިޒް އޮން ލީވް.. ޕުލީޒް ލީވް އަ މެސެޖް.
ސައްތައިން ސައްތަ މުސްލިމް ގައުމެކޯ މީ. މިވަރުގެ ބޮޑު ޖޯކެއް މަ ދުވަހަކުވެސް އަޑުނާހަން. ތިޔަ ކޮންމެ މީހަކަށް އިސްލާމް ދީން ފެންނާނީ ބަލާޔާ މުސީބާތެއް ކުރިމަތިވީމަ. އާރާ ބާރު ލިބުނީމަ ދެން އިސްލާމް ދީނުގެ ބަދަލުގަ ދެން ފެންނާނީ ޔޫރަޕް އާއި އެމެރިކާގެ ނަމޫނާ.
ބަޔެއް މީހުންނައް އިސްލާމްދީނެއް ނުފެންނާނެ..ނުވެސް އިވޭނެ. އެހެނީ ގައިގަ ޖަހާފަ ހުރި މަހަކީ ހުސް ހަރާމްތަކެތި ކައިގެންނާއި އެތައް ބަޔެއްގެ ހައްގުތަކައް އަރައިގެން ހޯދިތަކެތި ކައިގެން ޖަހާފަ ހުންނަ މަސްކަމައްވާތީ..
ގާނޫނު އަސާސީގާ ބުނެފާވާނެ އިސްލާމް ދީނާހިލާފު ކަމެއް ނުކުރެވޭނެ ކަމައްވެސް
އެކުރަނީ އިސްލާމް ދީނާ ޚިލާފު ކަމެއް ނޫން.
އިލްމުވެރީން މަހަށް ފޮނުވާ.
ތިޔަ ތަނުން ހުރިހާ ކަމެއްވެސް ނިމޭނީ ޙިސާން ޙުސައިން ބުނާގޮތަށް. އެއީ ދުނިޔޭގައި ހުރި ޤާނޫނީގޮތުން އެންމެ "މޮޅު" މީހާ. އެކަމަކު އިސްލާމް ދީނުގައި އަންހެނާގެ ޢައުރައަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގޭ. އޭނާގެ ބަފާ ދަންނަބޭކަލަަށްވެ ހުރެ ދަސްކޮށްދިނީ ކޮން އެއްޗެއްބާ؟
ކޮބާތަ ކަންނެލިއޮޑި. ހާސްނުވޭ ދުޢާދެއްވި ބޭފުޅެއް ވެރިކަމުގަ ހުރީ. އަދިވެސް އަދިރިގަޑެއްފަދަ އަމިއްލަ އެދުމުން ފޯވެފައިވާ ސޭކުންނަށް ވިސްނި ރަގަޅު ގޮތްތައް ރައްޔަތުންނަށް ހާމަކުރަން ނުވޭބާ
ބަލަ މިއީ އަލަށް އައްޔަން ކުރާ އަންހެން ފަޑިޔާރުންނެއް ނޫން. މޮޔަވުޅުވީތޯ ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުގައި މިހާރުވެސް އަންހެން ފަަޑިޔާރުން އެބަތިބި.
އަލަކަސް ބަލަކަސް އެއީ ހަރާމް ކަމެއް. ރާ ވިއްކަޔޭ އެއީވެސް އަލަކައް ކުރާކަމެއް ނޫނޭ ކިޔާފަ ދީނުގައި ރާހުއްދައެއް ނުކުރެވޭކަން ދަންނަންތޯ.. ދީނުގައި ހަރާމް ކުރައްވާފައިވާ އެއްވެސްކަމެއް އެއްވެސް މަޚުލޫގަކައް ހުއްދަކުރުމުގެ އިޚްތިޔާރެއް ދީފަކާއެއް ނެތް. އަދި އެކަން ކުރަން ވަކާލާތުކުރާމީހާ ނަރަކައިން ޖާގަ ހޯދައިފިކަން ކަށަވަރެވެ.
އަލަކަސް ބަލަކަސް އެއީ ހަރާމް ކަމެއް. ރާ ވިއްކަޔޭ އެއީވެސް އަލަކައް ކުރާކަމެއް ނޫނޭ ކިޔާފަ ދީނުގައި ރާހުއްދައެއް ނުކުރެވޭކަން ދަންނަންތޯ.. ދީނުގައި ހަރާމް ކުރައްވާފައިވާ އެއްވެސްކަމެއް އެއްވެސް މަޚުލޫގަކައް ހުއްދަކުރުމުގެ އިޚްތިޔާރެއް ދީފަކާއެއް ނެތް. އަދި އެކަން ކުރަން ވަކާލާތުކުރާމީހާ ނަރަކައިން ޖާގަ ހޯދައިފިކަން ކަށަވަރެވެ.
ގާނޫނާ ހިލާފްވެއްޖެ،އަޒަލުކުރޭ
ޢިލްމުވެރިންނަކަށް ނުން އެގޮންޖެއްސެވީ،ﷲ އާއި އެ އިލާހުގެ ނަބިއްޔާ صلى الله عليه وسلم ނަބަވީ އިރުޟާދަށް އެގޮންޖެއްސެވީ،މިކަމުގެ ހިތިރަހަ މި ސަރުކާރަށް ދައްކަވާށި
ދެ ފަނޑިޔާރުންތަ؟ ނޫނީ ދެ މޮޑެލުންތަ؟ ނޫނީ ދެ ސެލެބުރިޓީތަ؟ ފަނޑިޔާރު ކަމަށް ކުފޫ ހަމަވޭތަ؟ ޖޭއެސްސީގައި ތިބީ ލާދީނީ ބައެއްތަ؟
ކަލޯ ޝައިޚް އިލްޔާސް!!!! މިއީތަ ރަސޫލާ ދުޢާދެއްވިފަދަ ވެރިން ވެރިކަންކުރާގޮތަކީ؟ ނޫފަންނަ މަޤާމަކާ ޑިޕްލޮމެޓިކް ޕާސްޕޯޓަކާ މިލިޔަންރުފިޔާގެ ގޯއްޗެއް ރައްޔިތުންގެ ފައިސާއިން ހޯދާދިނީމާ ތިހުރީ އަގަ ފެހިފައިތަ؟
އިލްމް ނޭގޭ މީހުން ގިނައިީ ތީ ވަރައްރަނގަޅުނިންމުމެއް
ސާއިޜާ އަށްއެގޭތަ؟ ﷲސުބްޙާނަހޫ ވަތަޢާލާ އެކިއެކިއުންމަތް ތަކަށް އެއްލައްކަ އެތައްހާސް ނަބިއްޔުންނާ ރަސޫލުން ފޮނުއްވިކަން. ނޭގޭދޯ؟ މީގެ ތެރޭގައި އެއްވެސް އަންހެނަކު ފޮނުއްވާފައެއްނުވޭ.
ހަލާކުގެ ފެށުން
ކަލާނގެ ސަފުން ބަދަލު ނުކުރައްވަތެ ގައުމެއްގެ ހާލާތު.. ނުވާނަމަ އެގައުމުގައި ހާލަތު ބަދަލު ކުރުމުގެ ޚިޔާލާތު.. މުސްލިމުންނޭވެ..
ތިޔަ ދެ ބޭކަނބަލުން ސްޕްރީމް ކޯޓަށް އައްޔަންކޮށްފިނަމަ މުޅި ޖުޑސަރީ ހަލާކުވީ ތިޔައީ ޒާތީ ތައައްސުބުން ފުރިގެންވާ ޒާތީގގޮތްގަނޑު ބޮޑު އިސްލާމީ ޝަރީޢަތުގެ އެއްވެސް މިންވަރެއް ނުދަްނަ ދެ ޖާހިލުން ޤައުމެއްގެ ހާލު އަދުލު އިންސާފުގެ ދާއިރާ ހަލާކުކޮށްލުމަކީ ލާދީނީ ސަރުކާރުން އެ ކުރާކަމަކީ ޤައުމުން އިސްލާމް ދީން ފޮހެލުމަށް ހިންގާ ބޮޑު ޖަރީމާއެއް
ތިޔަ ދެ މިކުން މީގެ ކުރިން ކޮށްފަވާ ޙުކުމްތަކަށް ބެލުމުންވެސް އެ ދެމީހުންގެ ޏާޤާބިލްކަން ވަރަށް ރަނގަޅަށް ސާބިތުވާނެ ތިޔަ ސުޖޫނު ސިވިލްކޯޓުގަ ހުރެގެން ހިންގި ޖަރީމާތައް އެނގޭނީ އެދާއިރާގައި މަސައްކަތްކުރި މީހުނަށް ތިޔަ އަދުމިރަލްޑާ ކިޔާ މީހާ ހައިކޯތުގަ ހުރެގެން މުޅި ޢަދުލުގެ ނިޒާމު ފުނޑަލަމުން ދިޔައީ ﷲގެ ރަހުމަތުން އަމިއްލަޔަށް އެތަނުން ބޭރުވީ އަނެއްކާ އެންމެ އިސްކޯޓަށް ފާވަނީ އެތަން ޚރާބުކުރާން ޢަދުލު އިންސާފުގެ ދާއިރާ ބޮއްސުންލީ ހިތާމަ ހުރި ކަމެއް
އަޒްމިރަލްދާ ، މީ ކިރިސްޓިއަން ނަމެއްދޯ؟