އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް، އިސްލާމީ ފަތުވާ މަޖިލީހުން ކަނޑައަޅާފައި ވަނިކޮށް، ރާއްޖޭގައި އަންހެނުންނާއި ފަނޑިޔާރުކަން ހަވާލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދިފާޢުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތެދުވެއްޖެއެވެ.

މައުމޫން މިއަދު ވަނީ، އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ކަނޑައަޅާފައިވާ އެކަމަކީ، އިސްލާމްދީނުގައި ހުއްދަ ކަމެއް ކަމުގައި ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

އަންހެން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތާއި މެދު ހޯދި ހޯދުންތަކަށްފަހު، އެއީ އިސްލާމް ދީނުގައި ހުއްދަ ނޫން ކަމެއް ކަމަށް ފަތުވާ މަޖިލީހުން ނިންމާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދު މައުމޫން ވިދާޅުވެފައި ވަނީ، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.

"އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް-ތަބާރީ، އިބްނު ހަމްޒާ، ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވޭ. ޔޫސުފް އަލް-ޤަރަދާވީ، އަބްދުލް ކަރީމް ޒައިދާން، ސައީދް ރަމަޟާން ފަދަ މިހާރުގެ ގިނަ އިލްމުވެރިންވެސް ވިދާޅުވަނީ އެހެން." މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުއަށް މިއަދު ލަފާ ދެއްވާފައި ވަނިކޮށެވެ. މިކަމުގައި އިއްޔެ ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގަތްކަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ހާމަކުރެއްވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަދައްކަވަމުންނެވެ. އަދި އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ވިދާޅުވެފައި ވަނިކޮށް އެކަމާއި ދެކޮޅު ނިންމުމެއް ރާއްޖޭގައި ނިންމާތީ، އެ ނިންމުން ބަދަލު ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިން ވެސް ދަނީ ގޮވާލަމުންނެވެ.

އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފުކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު ވެސް ވިދާޅުވެފައި ވާއިރު، ޑރ. އިޔާޒް، އާއި ޝެއިހް އިއްލިޔާސް ޓެގް ކުރައްވައި ޝެއިހް އަލީ ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަންހެނުން ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި، ގާޒީކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާއި، މި ޝަރީއަތުގެ އުސޫލުތަކާއި، ހަމަތަކާއި ކަނޑައެޅިގެން ހިލާފުކަމެއް ކަމަށެވެ.

އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރުން ހުއްދަ ނޫންކަމަށް ކަނޑައަޅާފައިވާ ނިންމުމުގައި ވަނީ، އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި އަންހެން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތް ހޯދުމަށް ކުރި ދިރާސާ އިން ހާމަވެ އެނގުނީ އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭ ގޮތުން އިސްލާމީ ޝަރީޢަތުގައި ތިން ރައުޔެއް އޮންނަ ކަމަށެވެ.

އޭގެ ތެރެއިން ފުރަތަމަ ރައުޔަކީ ސުންނަތް ޖަމާޢަތުގެ ހަތަރު މަޒުހަބު ކަމުގައިވާ މާލިކީ މަޒުހަބައި، ޝާފިޢީ މަޒުހަބައި، އަންބަލީ މަޒުހަބާއި، ޙަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާޢަތުގައު ނުހިމެނޭ ޝީޢާއިންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބްޟީންގެ ރައުޔެވެ.

އެރައުޔަކީ އެއްވެސް ކަހަލަ ގަޟިއްޔާއެއްގައި، އެއީ މުދަލާއި ގުޅޭ ކަމަކަށްވިޔަސް ނުވަތަ ޤިޞާޞާއި، ޙައްދުތަކާއި ގުޅުންހުރި ކަމެއްކަމުގައި ވިޔަސް އަދި އެނޫން މައްސަލައެއް ކަމުގައި ވިޔަސް އެމައްސަލަތައް ބަލައި ޙުކުމް ކުރުމަށް އަންހެނަކާއި ހަވާލު ކުރުމީ ހުއްދަނޫން ޙަރާމް ކަމެކެވެ. މިކަމުގައި ހަވާލުކުރި މީހާ އާއި ހަވާލުވެވުނު މީހާ ވެސް ފާފަވެރިވާނެ ކަމަށް ފަތުވާ މަޖިލީހުގެ ނިންމެވުމުގައި ވެއެވެ. އަދި އެޙުކުމަކީ ޙައްޤަށް ވާސިލް ވިޔަސް ތަންފީޒު ނުކުރެވޭނެ ޙުކުމެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއެވެ.

ދެވަނަ ރައުޔަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާއި ގިސާސް ހިފުމުގެ ގަޞިއްޔާތައް ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެކަމަށް ބުނާ ރައުޔެވެ. މިއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރައުޔެވެ.

ތިންވަނަ ރައުޔަކީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ބުނާ ރައުޔެވެ. މިރައުޔުގެ ވެރިޔަކީ އަލްއިމާމުއް އަބަރީ ކަމަށާއި މިރައުޔަށް ތާއިދުކުރާ އެއްވެސް ދަލީލެއް ނެތް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއެވެ.

ތިން ރައުޔަށް ބެލުމަށް ފަހު ރާއްޖޭގެ ފަތުވާ މަޖިލީހުން ވިދާޅުވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭ ގޮތުން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔެވެ. އެއީ ފުރަތަމަ ރައުޔެވެ.

"އެއީ އެރައުޔުގެ ދަލީލްތަކާއި ހުއްޖަތުތަކުގެ ވަރުގަދަ ކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރައުޔަށް ވާތީއެވެ." ފަތުވާ މަޖިލީހުގެ ނިންމުމުގައި ވެއެވެ.

ދެވަނަ ރައުޔަކީ ދަލީލުގެ ގޮތުން ބަލިކަށިވެފައި އިސްލާމީ ޝަރީޢަތުގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތައް ޝާމިލްވެފައިނުވާ ރައުޔަކަށް ވާތީ އެރައުޔުގައި ބުރަދަނެއް ނުވާކަމަށް ފާހަގަ ކުރެވޭ ކަމަށާއި އަދި ތިންވަނަ ރައުޔަކީ ދަލީލެއް ނެތިފައި، އަލްއިމާމުއްޠަބަރީގެ ބަސްފުޅެއް ކަމާމެދު ޝައްކު އުފެދިފައިވާ ރައުޔެއް ކަމަށްވާތީ އެރައުޔުގެ ވެސް ބުރަދަނެއް ނެތް ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުގެ ނިންމުމުގައި ވެއެވެ.

އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި ރައީސްގެ އިތުރުން، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ހުދު ޖަންގިޔާ

    މިއީ ލާދީނީ ސަރުކާރު

    117
    4
  2. އެކުވެރިޔާ

    ތިމައުމޫނު ނޫންތޯ ކީރިތި ޤްރުއާންގެ ތަރުޖަމާ އަކީ ހުއްޖަތެއްނޫނޭބުނީ

    127
    1
    • މަ

      އެއްވެސް ތަރުޖަމާއަކީ އަސްލެއް ނޫން. އެއީ ތަރުޖަމާ ކުރާ މީހާ މޮޑެފަ އޮންނަ ފުށްގަނޑެއް. ބޯ ކޮބާ ކަލޭމެންގެ؟

      4
      45
    • ޝާހް، ރ.ވާދޫ

      ތި މުސްކުޅި ކަލޭގެއަށް މި ލާދީނީ ބައިގަނޑަށް ސަނާކިޔުން ނޫންގޮތެއް ނޯނަނާނެ. އެހެންނޫންނަމަ ތިކަލޭގެ ވެސް އޮންނަންޖެހޭނީ ކުޑަގޮޅީގަ.

      51
      1
  3. ސައުންޑް ކުލައުޑް

    "މައުމޫނުގެ ސިޔަރަތު" އަޑުއަހާލާފަ އިބުރަތް ހާސިލްކޮށްލާ.

    94
    2
  4. ޢަލީ

    ދީނީ ކަމެއްގަ ވަކި ގޮތެއް ނިއްމޭވަރު މީހަކު ވަގުތު ނޫހުގަ އުޅޭބަ؟ ސުރުހީ އޮތް ގޮތުން މި އަހާލި

    26
    84
  5. އާލުު

    30 އަހަރުގެ ޑިކްޓޭޓަރު އަދި އަނބިމީހާ އާއި ދަރިން ބުރުގާ ނާޅުވާ އުޅޭ ފަލަކީ އިލްމުވެރިޔާ އަލްއިމާމުލް މާލްދީފީ ތިއޮތީ އެއްވެސް ހުއްޖަތެއް ދަލީލެއް ނުބުނެ ބަސްބުނެފައި...

    130
    6
    • Anonymous

      😃

  6. ހުދުހުދު

    ތި މައުމޫނު ބުނީ ރާއްޖެ ކަހަލަ ހޫނު ގަދަ ގައުމެއްގައި ކޮންމެހެން ބުރުގާ އަޅާކަށް ނުޖެހެއޭ ވެސް. ﷲ ވަހީ ކުރައްވާފައު ވަނީ އައުރަ ނިވާ ނުކުރާ އަންހެނާއަށް ސުވަރުގޭގެ ވަސްވެސް ނުޖެހޭނެ ކަމަށް. މިހާރު ވެސް ތި މައުމޫނަށް ވުރެ އަހަރުމެންނަށް ދީނީ ކަންތައް އިގޭ

    114
    4
    • ނަސްރީނާ

      އަނޅުގަޑުގެ ފިރިމީހާ ވަނީ އުމުރުން ދުވަސް ވުމާ ގުޅިގެން ކިޔޭ ނުކިޔޭ ހާލަތަށް ބޯގޯސްވެފައެވެ.

      90
      4
    • މުހީ

      އަޅެ އަންހެނަކައް ދީބަލަ

      11
      30
    • ބަކުރުބެ

      ސުވާލަކީ ގްރުއާނުގެ ކޮންއާޔަތެއްގަހޭއޮތީ ބުރުގާނާޅާ އަންހެނުންނަށް ސުވަރުގޭގެ ވަސްވެސް ނުޖެހޭނެ ކަމަށް.

      3
      33
      • Anonymous

        އެބަ އޮތް. ނޭގޭ ކަމުގައި ވަނީ ނަމަ ޢިލްމުގެ އަހްލުން ގާތުގައި އަހައި އޮޅުން ފިލުވާލާތި . އެހެން ނޫނީ މީހާ މުރުތައްދުވެދާނެ

  7. ހުސޭނުބޭ

    ކާފަ އަބަހައްދަވި ވަރަކަށް ވަނީ ނުލަފާ!

    67
    2
  8. ރައްޔިތު

    ތިޔަ މީހާގެ ޙަޔާތް ބައްޓަން ކޮަށްފަ ހުރި ގޮތަށް ބަލާލީމަ ތިކަމާ ހައިރާން ވާކަށް ނުޖެހޭ. ތިމާއަކީ ދިނާ ދުނިޔޭގައިވާ ހުރިހާ ކަމަކަށް "އެންމެ މޮޅު މީހާ" ކަމަށް ވެގެން އުޅުނީ. ތިމާ ބޭނުން ގޮތަކަށް ދީނުގަ ކަނޑައެޅިފަ ހުރި ހުކުންތައްވެސް "އެޑިޓް" ކޮށްގެން ފަތުވާ ދެމުން އައީ. ހެއްކަކަށް ފުދޭނެ މުސްކުޅި އަނބިމީހާއާ އަންހެން ދަރިންނާ ފިރިހެން ދަރިންގެ އަނބިންގެ ތެރެއިން އެއްވެސް މީހަކު އައުރަ ނިވާ ނުކުރާކަން. އެމީހުން ނަމޫނާއަކަށް ބަލައިގެން ބުރުގާ ނާޅާ ކިތަންމެ ބަޔަކު ރާއްޖޭގަ އަދިވެސް އެބަ އުޅޭ. ހާއްސަކޮށް މާލޭގަ..! ފަހުގެ ޖީލުތަކުގެ ދިވެހިން ދިނާ މެދު މީހުން ޝައްކު ކުރުން ފެށުނީވެސް ތިޔަމީހާގެ "ސެކިއުލާ" ވިސްނުމުގެ ސަބަބުން..!

    35
    1
  9. ދުންޔާ

    ކިޔެވި ކިޔެވި ހެން ކާފަރުވަނީ. ތިޔަ ޢާއިލާއަށް ބެލިއަސް އެނގިގެންދޭ އެކަން

    76
    3
  10. Anonymous

    ބަލަ މައުމޫނު ކައޭ ޖާބިރު އަތުން ނެގި ލާރި ދައްކަންވީނު ފާޑުފާޑުގެ ޓްވީޓްނުކޮށް. ދަރަނިބޯ ހިބަރުވަދުގެ ޑައިރެކްޓަރު. ލަދެއްވެސް ގަންނަ ދަރަނި ބޮލެއްނޫން. އަދިވެސް ވެރިކަން ކުރަން ޕާޓީ ނެހެދިގެން. ތީ އަސްލު ދަރަނި ދައްކަން ހަދާ ޕާޓީއެއްތަ.

    61
    4
  11. މަންޖޫން

    އިބޫ ސޯލިހައް މާތް ރަސްކަލާނގެ ހަތް އުޑުމަތީން ލައުނަތް ބަންޑުންކުރައްވާށި..އަދި މިކަމައް ހިތުންރުހުމުން ތާއީދުކުރި ކޮންމެ ދިވެއްަަކައްވެސް ލައުނަތްހުރި. މައުމޫނަކީ ތިކަން ފެށިމީހަކީ..

    68
    4
    • ޢަނާރާ

      މައުމޫނަކީ ގައުމުގެވަލިއް ޔުލް އަމްރުކަން ވެސް އަންހެެނަކަށް ކުރެވޭނޭ ބުނެ ހުއްޖަތް ދެއްކިމީހާ އަދި ޤުރުއާނު ގަ މޫނާ ދެއަތްތިލަ ފިޔަވައިއެހެެން ތަންތަން ފޮރުވަންއޮތަސް އެއީ އިޚްތިޔާރީ ކަމެކޭ ވެެސް ބުނި މީހާ ދެން މިމީހާ ދައްކާފާ ނުދައްކާ ނެެެ ވާހަކަޔަކީކޮބާ

      31
      1
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      އާމީން.

      16
      1
  12. އަނާރާ އަނާރާ އަނާރާ

    ދެންމިރާއްޖޭގަވެސް މިއަންނަ ދައުރުގަ މިފަދަ ކަމެކުރަންވެއްޖެނަމަ ބުނާނީ މިގައުމުގެ އިލްމުވެރިން ކަމުގަވާ މައުމޫނާ ގާސިމާ ނަޝީދާ އިބުރާހިމާ ވަނީ މިއީ ކުރަން ރަގަޅު ހުއްދަކަމެ ކަމަށް ދައްކަދީފައޭ.. އެހެންވީމަ ހުރިހާ ގޮނޑިއެއްގަ އަންހެނުންތިބޭނީ. ވަރިކުރުމުގެ ބާރާ ވަލީ ދިނުމުގެ ބާރުވެސް އަންހެނުންނަ ދޭނީ.. މިއީ ރަސޫލާ ދުއާ ދެއްވިފަދަ މީހުން ކަންކުރާގޮތްތަ؟އަނާރާ..... އިލްޔާސް.... މިސަރުކާރަށް ތާއިދުކުރާ ޝޭޙުންތަކާ.. މިޝޭހުންތަކުގެ އިލްމައްޓަކާ ގޯސްބަހެ ނުބުނެވޭތޯ ހާދަ ކެތްކުރަމޭ...

    48
    1
  13. ހައްމާދު

    އިބޫ ސޯލިހައް މާތް ރަސްކަލާނގެ ހަތް އުޑުމަތީން ލައުނަތް ބަންޑުންކުރައްވާށި..އަދި މިކަމައް ހިތުންރުހުމުން ތާއީދުކުރި ކޮންމެ ދިވެއްަަކައްވެސް ލައުނަތްހުރި.

    44
    4
  14. ސަމަންދަރު

    އެންމެ ރަނގަޅު މައުމޫން! އަންހެނާގެ އައުރަޔަކީ ކޮބައިހެއްޔެވެ؟

    55
    1
  15. ހޭބުއްދި ފިލާފަ

    މައުމޫނަށް އިސްލާމްދީނުގަ އޮންނަ ރަގަޅުގޮތާ ސުންނަތް އެގޭވަރު އެގޭނެ ބުރުގާ އަޅުމާ އަތްކެޑުމަށް މީނަދިން ޖަވާބުން... އެހުރީ 3ނޮވެމްބަރުގެ ޝަރީއަތުގަ މީނަ ބާޢީންނަ ކުރި ހުކުމްތަ.. 19ޝަހީދުންގެ ވާރިސުންކުރެ ހޭވެސް އަހާނުލާ 25އަހަރުގެ ޖަލުހުކުމަކަށް އެބާޢީން ފޮނުވީ.. ގިސޯސްހިފުން މިއީ މީނައާ މީނަގެ ދަރިން ގަބޫލުކުރާ ކަމެނޫން.. މިދިޔަ ސަރުކާރުން ގިސޯސްހިފަން އުޅުމުން އެކަމާ އެއްމެ ދެކޮޅުހެދި ބަޔަކަށްވާނެ މީނައާ މީނަގެ ދަރިން.. މީނަގެ މިސަރުކާރުންކުރާ ހުރިހާ ނުބައެއްގެ ޒިންމާ ނަގަންޖެހޭނެ.. ކަޝްމީރުގެ މައްސަލައިގަ އެއޮތީ މިސަރުކާރުން ދިންޖަވާބު..

    46
    3
  16. ލޮލް

    އެއީވާނެވަރު އެހުރީ ބޯގޮވާފަ ކަންނޭނގެ!

    50
    1
  17. ދޮންބެ

    މައުމޫން ގޮޅާ ވެސް ތިބުނީތާ ހުއްދަކަމެކޭ. އެހެން ވީމަ ތިކަހަލަ ކިތަންމެ މީހުންނެއް ބުނެފަ ހުރެދާނެ. ބަލަންޖެހޭނީ ދަލީލަށް.

    36
    1
  18. މިސްކިތު ވަކަރު

    މިބޭފުޅާ ކުރިންވެސް ހިތުހުރިގޮތަކަށް ފަތުވާދެއްވަަަާ ،ޒުވަަާންޖީލަށް އިސްލަާމީތަޢުލީމު ފުރިހަމަ ކޮށް ނުދެއްވީ ގަސްތުގަ .އެގެ ނަތީޖާ ލާދީނީ ސަރުކާރަށް މީހުން އަާާއެކޭ ބުނުން އިބޫ. އަންނި .ސުޖޫން އަދި ވެލިޒިނީ ތައް ގައުމުގައި ގިނަވުން

    41
    1
  19. ޙަސަން އަޙުމަދު

    ތިޔަބޭގެ ވާހަކަ އުޑުދަށުގައި ދައްކަން ހެޔޮނުވާނެ.އޭނާގެ އަންހެން ދަރިންނާއި އަނބިމީހާގެ ހެދުންއެޅުމަށް ބަލައިލިއަސް އެނާގެ މޮޅުކަން ދޭހަވޭ.

    43
    1
  20. ތަހުތު

    އެއީމުސްކުޅިބޭފުޅެއް ކުޑަކޮއްމިހާރުބޯގޯސްވާނެ؟

    15
    2
  21. ޒާ

    މައިމޫނަކީދީން އެނގިކާފަރުވެފައިވާމީހެއް. އަންހެނުން ބޯނިވާކުރުމަށްކީރިތި ގުރުއާނުގައި އަންވާފައިވާއިރު މައުމޫނުގެ އަނބިމީހާއާއި އަންހެން ދަރިންގެ ބޯނިވާނުކުރާކަމީމައުމޫނު ގުރުއާނަށް ގޮންޖެހުންނޫން އެހެން ކޮންކަމެއް؟

    19
    2
  22. ބިން

    ދެން ބުނާނެ ހިންދޫއިން އަޅުކަނެ ކުރާ އެތަށް ސަޖިދަ ޖެހުމަކީވެސް ހުއްދަ ކަމެކޭ.

    16
    1
  23. ކުޑާރުވިތްލޯޓަރުޓޯޓޯ

    މިހާރު މަ ބިރުވެސް ގަންނަށް ފަށައިފި ތިބޭބެ ދެކެ ކޮންމެ ފަދަ ފަތުވާ އެއްވެސް ނެރެފާނެވިއްޔަ

    24
    1
  24. ީިިގުދު

    މީނަ ދޯ ތެދުވެދާނެ އޮއްޓުއަޅައިގެން ކޮންމެފަދަ ކަމެއްގެ ދިފާޢުގަވެސް ކަބަލުންގެ ކަމެއްގަވެއްޖިއްޔާ

    20
  25. މަ

    މައުމޫނުތިހެން ވިދާޅުވާނެތާ މިރާއްޖޭގަ ފުރަތަމަ ދެއަންހެނުން ފަޑިޔާރުކަމަށް އެރުވީ އެބޭޅާވިއްޔަ. ދެންއެކަން ރަނގަޅުކަމަކަށް ހެދޭތޯ ބަލަން އުޅެނެތާ. ޢަނބިކަނބަލުން ބުރުގާ ނޭޅީމަ އެކަންވެސް ދިފާއުކުރިގޮތަށް. ތީ މަމެން ދަންނަ ވައްތަރެއް.

    22
  26. ހުސޭނާ

    ބަލަގަ މޫން! މިހާރު ތިޔަހުރީ ރަނގަޅު ނުބަޔަށް ވެފަ. ނުބައި ރަނގަޅަށް ވެފަ. އެހެންވީމަ ކަލޯ ބުނާ ވަަހަކައެއް ވިއްޔާ އަނެއްކޮޅަށް ޓްރާންސްލޭޓް ކުރީމަ އެއްއޮންނާނީ އަސް ކަލޯބުނާ ވާހަކަ އެނގެން. ދެންވެސް ރަގަޅުވާނީ އަންހެނުންނާއި ދަރިންގެ އައުރަ ނިވާކުރަން އުޅުނިއްޔާ. ކަލެއަށް ހަލާކު ހުރި ހާމާން.

    20
  27. ފަސާދަކުރާ ރައީސް

    މައުމޫނު ތަފްސީލުކޮށެއް ނުދެއްވާ. އެއްމެ މަތީ ޣާޒީ ކަމަށް އަންހެންބޭފުޅަކު ނުލެވޭނެ ކަމަށް އިނގިފައި އޮންނަނީ.

    13
    1
  28. އިސްލާމް

    ޖާހިލުން ތިމަންމެން މީ އިސްލާމުންނޭ ތިމަންމެންގެ ގޮތ ނޫންގޮތެއް ނެތޭ ކިޔާފަ ތަންތަން އަންދައި މީހުން މަރައި އަމިއްލަ އަށް މަރުވެ ހަދަމުން ދާނެ. އެއީ ޝައްކެއް ނެތް ގޮތުގައި ޝައިތާނާގެ ލާހި ދަރީން.

    14
    2
  29. ވަހީދުބެ

    އެހެންވީއިރު 30 އަހަރުގެ ވެރިކަމުގެތެރެއިން 15 އަހަރު އަންހެނަކަށް ވެރިކަން ނުދީހުރީ ކީއްވެބާ؟ އަންހެނުން ބޮލާއިކަނދުރާމައްޗާއި މޭމަތި ނިވާކުރުމަށް އަންގަވާފައި އޮތްއޮތުމާދެކޮޅަށް އަނބިދަރިން ހެދުން އެޅުމަށް ހުއްދަދީގެން އުޅޭމީހަކު ކޮންމެފަދައެއްޗެއްވެސް ބުނެފާނެ.

    19
  30. ާދުންޔާ

    ބައްޕަބުނީބުރުގާއަޅަންވެސް ނުޖެހޭނެއޭ. އެހެންވެ އަހަރެމެން ނާޅަން.

    14
    4
  31. ާނަން

    އިޔާޒުއަށްވުރެ ބޮޑަށް ދީން އެނގޭނީ މައުމޫނަށް. ޚަވާރިޖުން ވާހަކަ ދައްކާނީ އިސްލާމްދީނުގެ ވާހަކައެއް ނޫން.

    2
    21
  32. އަލީރާޖާ

    ކަލޭމެން ތިޔަ ލިޔުނު މީހާ ތިއީ ކޮންތާކުން އިސްލާމް ދީނުގެ އިލްމު އުގެނިގެން ހުރި މީހެއްތަ؟

    1
    15
  33. ހުސެން

    ސުންނަތުގެ ކަންފުޅަކަށް ވެސް ތަބަޢަނުވެ ހުރި ޖާހިލެއް

    22
  34. ސަޓޯ

    މައުމޫނުގެ 30 އަހަރުން ފެށިގެންވެސް ލާދީނީ ވީތާ އަހަރެމެން ދޯ ؟؟ ހުރި ހަލާކެއްގެ ބޮޑު ކަމާ !!

  35. ާަާއަސްލު

    މިހާރު މާ މައްޗަށް ތި ދަނީ. އެއްޖިންސުން ގުޅުން ހިންގުމާ އެއްޖިންސުން ކައިވެނި ކުރަން ހުއްދަ ކުރުމާ ނިކަމެތި މީހާ ނިކަމެތި ކޮށްލުމަށް ހުކުމް ކުރުމާ ކަތީބު އާއިލާއަށް ހަތަރު ފަސް ގޯތި ގަނޑުކޮށް ވެދުން ކުރުމާ އެންމެ ފަހުން އިސްލާމީ އުސޫލްތަކަށްވެސް ގޮންޖެހީ؟ އިސްލާމީ ޘަޤާފަތު ހަމަ އެއްކޮށް ފޮހެލަނީ؟ އިންޑިޔާއަށް ކުޑަ ކަކޫ ޖެހިޖެހިނުން ގޮސް އެމީހުން ގޮތަށް ގެރި ބަކަރި ހަލާލު ގޮތުގައި ކަތިލައިގެން ކައި އުޅޭ މުސްލިމުންނަށް ނާއިންސާފުން ޝަރީއަތް ހިންގާ ގަތުލު ކުރުމަށް ހުކުމް ކުރަނީ؟މި ދީނުގެ އެންމެ ނާޒުކު ދާއިރާ ޢަދުލު އިންޞާފުގެ ދާއިރާ އަށް އަންހެނުންވެސް އިސްކުރީ؟ ހަނދާން ކުރާތި! ވިސްނާތި! ތިއީ އަންހެނުން ބާރުވެރި ކުރުވުމަށް ނޫން. ތިއީ އަންހެނުން ފާފަވެރިކުރުވުން. ތިކަމުގައި ބައިވެރިވި އެންމެން ޝާމިލުވާނެ. ފާފަވެރިވާނެ. ފާފަވެރިން ނިކަމެތި ގޮތުގައި ވޭން ލިބެނިވި ގޮތުގައި ހަލާކުވެގެން ދާތަން އަހަރެމެން އެންމެންވެސް ދެކެމު.

  36. ފަލަކީ ޑިކްޓޭޓަރ

    މިބޭ އަދިވެސް ދީނޭ ކިޔާތީ ލަދުގަނޭ... މިކަލޭގެ ގަބޫލުކުރާ ދީނެތް އޮތްނަމަ ނަސްރީނާ ބުރުގާ އެޅުވީސްތާދޯ

    9
    1
  37. ޟޭޙޫ

    އެއްޖިންސުން ކައިވެނި ކުރެވިދާނެ ކަމަށް މިދިވެހިރާއްޖޭގަ ކަނޑައެޅިޔަސް ތިޔަ މުސްކުޅި މީހާބުނާނެ އެެއީ އިސްލާމްދީނުގަ ހުއްދަ ކަމެކޭ. ބަޔަކުމީހުންގެ ހައްގު ގެއްލިދާނެތީވެ.

  38. ފަތުސަޓަނި ޓޯޓޯ

    ޢަންހެނަކަށް2ފިރިހެނުންނާ އެއްފަހަރާ އިދެވޭނޭ ނުބުނެފިއްޔާ ކިތަންމެހާވެސް ރަގަޅު ނޭގެއިނެވިއްޔާ ބިރުވެސް ގަނޭ މީނަ ދެކެ މިހާރު ސަންތިމަރިޔަބަށް ވުރެވެސް

  39. ޙަސަން އަޙުމަދުމަދު

    މައުމޫނު ދުނިޔެއަށްޓަކައި ދީނާ ޚިލާފު ކިތައްމެ ވާހަކައެއްވެސް ދައްކަފާނެ.

    10
  40. ޝީރީން

    ލަދުޙަޔާތް ކެނޑި އަވަދިވެފައިއިން މީހެއް! މިކަލޭގެޔަށް ހަމަ އެކަނި އޮތް ގޮތަކީ މި ލާދީނީ ބައިގަނޑު ކުރާ ކޮންމެ ކަމަކަށް ތާއީދުކޮށް އެބައިގަނޑުގެ ލާދީނީ ޢަމަލުތައް ދިފާޢުކޮށްދިނުން. ރައީސް ޔާމީން ވިދާޅުވި ތަން އަތުވެއްޖެނަމަ އެއީ މިބޭގެ ލަދުގައި ދެން އޮތް އެތިކޮޅުވެސް ގެއްލޭދުވަސްކަން މިބެޔަށްވެސް އެނގޭނެ!

  41. އިބްރާހީމް

    ބުރުޤާ އަޅަން ވާޖިބު ނޫން ކަމަށް ބުނި މައުމޫނު އަނެއްކާވެސް ދީނީ ކަމެއް ގަސްތުގައި އޮޅުވާލައިފި ...

  42. މުހައްމަދު

    ކޮން ތެދުވުމެއް ތެދުވާކަށް މިހުރިހާ ގޯހެއް ހައްދުވާފަ މިހެން މިކަން ކުރިޔަސް ހެޔޮކަމަށް ބަލާފައެއްނު މިލާދީނީ ބައިގަނޑާ މިގައުމު ހަވާލުކުރީ މަނިކުފާނާ ތިހިރަ އިމްރާނާ އިލިޔާސްވެސް މިކަމުގަ ބައިވެރިވި މިހާރުރަގަޅެއްނު ގައުމާ ދީން ވިއްކާލާ އެތައް މުސްލިމަކަށް އަދި 100 ޕަސެންޓް މުސްލިމްގައުމެއްގެ މޫނުމަތީ ތަފާލެއް ތިޔަޖެހީ އެވެސް ދީން ވެރިކަމުގެ ކުޑަވެސް އަގަލެއް ނެތި އިތަ ލަދެއްނެތޭ އުތަ

  43. ސަމްސަމް

    އެހެންވީމާ މައުމޫނު ދެކޭގޮތް ގަބޫލު ކުރާނަމަ އަންހެނުންނައް ހުކުރު ނަމާދު އިމާމުވެ ކުރެވޭނެތާ.. އަދި ހުކުރު ޚުތުބާއާއި އީދު ނަމާދުވެސް އިމާމުވެ ހުރެ ކުރެވޭނެތާ..؟

  44. ބަކަމޫނު

    މިނުލަފާ މުސްކުޅި ހިބަރުގެ ކިބައިން މިޤައުމު މިންޖުވާކަށް ނެތް.

  45. ފާރިސް

    މީ ހާދަ ލަދުހަޔާތް ކުޑަ މީހެކޭ.