މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ހާއްސަ ތަސައްވަރެއް އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހުށަހަޅުއްވައިފިއެވެ.

ރާއްޖެ ތަރައްގީ ކުރުމަށް ހުށަހެޅި ތަސައްވަރުގައި، ރާއްޖެ ތަރައްގީ ކުރާނެ ގޮތުގެ މައްޗަށް އަލިއަޅުވާލާފައި ވަނީ، ކުރިއަށް އޮތް 20 އަހަރު ތެރޭގައި މާލެ ފަދަ އިގްތިސާދީ ވަރުގަދަ ސެންޓްރަލް ރަށްތަކެއް އަތޮޅު ތެރޭގައި އުފެއްދުމަށެވެ.

ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ކުރިއަށް ގެންދާ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަދައްކަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމަށް ފަސް ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި، ހަބްތައް ނެގުމުގައި ބަލާފައި ވަނީ ރާއްޖޭގެ ރަށްރަށުގެ އިކޮނޮމިކް ސްޓްރެންތް އާއި އާބާދީ، އާއި އެރަށެއް ޖިއޮގްރެފިކަލީ ހުރި ތަނަކާއި، ރަށުގެ ހިންގާ ހަރާކްތްތަކަށް ބެލުމަށް ފަހު ކަމަށެވެ.

"އެކަން ބެލުމަށްޓަކައި އަޅުގަނޑުމެން ބެލީ ބޮލަކަށް ޖީއެސްޓީ ޕޭކޮށްފައި އޮތް ނިސްބަތް ވޭތުވެދިޔަ ހަތަރު އަހަރު،ބަލާފައި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނަގާފައި ކޮންމެ ރަށަކަށް ޖީއެސްޓީ ޕްރޮފައިލެއް އަޅުގަނޑުމެން ހެދީ". އަސްލަމް ވިދާޅުވިއެވެ.

އަދި މިގޮތަށް ހަބްތައް ނާގަފައި ވަނީ، އެންމެ އިކޮނޮމިކަލީ ވަރުގަދަ، އަދި މެދަށް އިންނަ ރަށް ކަމަށް ބަލައި، އެއީ ރީޖަނަލް ހަބް ކަމަށް ކަނޑައަޅައިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ. ޕްލޭނިންގ މިނިސްޓްރީގެ ވިސްނުން ހުރީ އެއީ ރީޖަނަލް ހަބްތަކަށް ކަނޑައަޅައި، އެ ހަބްތަަކުން ކައިރި ރަށްތަކަށް ހިދުމަތް ދެމުން ގެންދާނެ ގޮތަށް ހެދުމަށެވެ.

މިގޮތުން މައި ސެންޓްރަލް ހަބެއްގެ ގޮތުގައި މާލެ ވަނީ ކަނޑައަޅާފައެވެ.

"އޭގެ މާނައަކީ އެރަށަށް ހުރިހާ އެއްޗެއް ދާ ވާހަކައެއް ނޫން. މި އުޅޭނީކީ އެރަށަކަށް ހުރިހާ އެއްޗެއް ދޭކަށެއް ނޫން،". މިނިސްޓަރ ވިދާޅުވިއެވެ.

ރީޖަނަލް ހަބް ގޮތުގައި ފަސް ސަރަަހައްެދެއް (ސެންޓްރަލީ ޕްލޭސް ރީޖަން)

  • ހދ. ކުޅުދުއްފުށި
  • ޅ. ނައިފަރު
  • ލ. ގަން
  • ގދ. ތިނަދޫ
  • ސ. ހިތަދޫ

މި ފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ވަނީ ކަނޑައަޅަން ނިންމާފައެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދުއްޕޮޅާއި އާއި ށ. ފުނަދު އާއި ނ. މާފަރާއި ރ. ދުވާފަރާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގއ. ވިލިނގިއްޔާއި ޏ. ފުވައްމުލައް ވަނީ ހިމަނާފައެވެ. މީގެ ތެރެއިން އުތުރުގެ ސެންޓްރަލީ ޕްލޭސް ކުރާ ރަށް ވަނީ ކަނޑަނޭޅިފައެވެ.

ފަސް ރީޖަނަލް ހަބާއި ނުވަ ސަބް ރީޖަނުގައި ހިމެނޭ ރަށްތައް ވަކި ކުރުމުން، ބޮޑު ރަށަކާ ކައިރީގައި ނުހުންނަ ކުދި ކުދި ރަށްތަކެއް ބާކީވާތީ "ކަލްސްޓާސް"ގެ ގޮތުގައި، އދ. މާމިގިލި، ފ. ނިލަންދޫ، މ. މުލި، .ކޮޅުފުށި، ގދ. ފަރެސްމާތޮޑާ، ގދ. ގައްދޫ، އއ، ރަސްދޫ، އދ. މަހިބަދޫ، ވ. ފެެލިދޫ ވަނީ ހިމަނާފައެވެ. މި ރަށްތައްް ތަރައްގީ ކުރަނީ އެއް ރަށް އަނެއް ރަށާއި، ގުޅާލެވޭނެ ހެން ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކާއި އެކުގައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލެ ރީޖަން ބޮޑުވުމުން އެ ރީޖަންގައި ތިން ކްލަސްޓަރ ހިމަނާފައިވާނެ ކަމަށެވެ. އެއީ ރަސްދޫ، މަހިބަދޫ، ފެލިދޫއެވެ.

"ދެން މިހެން މިކަންކޮށްފައި އަޅުގަނޑުމެން މި ބުނަނީ، މި ރީޖަންތައް މަސައްކަަތް ކުރުމުގައި އެންމެ ބޭސިކް ފަންޑަމެންޓަލް ކަަމަކީ އެއް ރަށް އަނެްއް ރަށާއި ގުޅުވާލުން. ނުގުޅޭ ކަމަށްވަންޏަކާމުން އެއް ރަށުގެ ހުންނަ ސާވިސްއެއް އަނެއް ރަށަކަށް ނުދޭނެ". މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އިތުރު ފަސް ތަނެއްގައި އެއާޕޯޓް އެޅުމުން މުޅި ރާއްޖެ އެއްކޮށް ކަހަލަ ގޮތަށް އެއާ ޓްރާންސްޕޯޓުން ގުޅާލެވޭނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ދުރުވެގެން 30 މިނިޓް ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ހިސާބެއްގައި އެއާޕޯޓެއް އެޅޭނެ ތަނެއް އޮވެއްޖެއާ އެއާޕޯޓެއް އެޅުން". އަސްލަމް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެހާ ކައިރީގައި އެއާޕޯޓެއް އަަޅާނެ ތަނެއް ނެތިއްޖެއްޔާ ނޭޅޭނެ ކަމަށާއި، މީގެ ތެރޭގައި ހަތް ވަރަކަށް ރަށް ހިމެނޭ ކަމަށް އަސްލަމް ފާހަގަކުރިއެވެ.

މިނިސްޓަރ ވިދާޅުވީ، ރަށްތައް ގުޅުވާލަން ނިންމާފައި ވަނީ ރަނގަޅު ހަރުދަނާ ފެރީ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން މިކަން ކުރަން ބޭނުންވަނީ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ ފެރީގެ ނިޒާމެއް. ކަނޑުގަދަވިޔަސް ދަތުރުކުރާ މީހުންނަށް ބޮޑެތި އުނދަގޫތައް ނުވާ ކަހަލަ ފެރީގެ ނިޒާމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ރަށްތައް ތަރައްގީ ކުރުމުގެ ޕްލޭން ފައިނަލް ކުރުމުގެ ކަންކަން ކުރިއަށްދާއިރު، މިއީ އަދި ކެބިނެޓުން ފާސްވެފައިވާ ޕްލޭނެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފުތާބެއްޔާ

    ރައީސް ޔާމީން ގެންގުޅުނު ސިޔާސަތެއް އެއީ ކޮންމެ 30 މިނިޓަކުން ދެވޭ ހިސާބުން އެއާޕޯޓެއް ގާއިމުކުރުން. އެކަމުގެ އަމަލީ މަސަތްކަތުގެ ބޮޑުބައި ވަނީ ފެށިފަ. އޭރު ތި މީހުން ކުރީ މަލާމާތް. ބުނީ ކީއްކުރާ އެއާޕޯޓުތަކެއް ހޭ އެހާ ބައިވަރު. މިޔަދު ދެން އިބޫގެ ވިސްނުންފުޅެކޭ ކިޔައިގެން ފޮނިކޮޅު ބޯލަން ތިއުޅެނީ

    46
    4
  2. ލލ

    ރިޔާސީ ވަޢުދު ފުއްދަނީ މިގޮތަށްތޯ ؟ ރިޔާސީ ވަޢުދު މަތިން މިހާރަކު ހަދާނެއްވެސް ނެތް !

    48
    5
  3. ޢަދުން ކޮއި

    ހިނި އަންނަނީ! ކަލޯ އަހަރެމެންގެ ލޮލޮގަ އަދުން އެޅުވޭނީ ވަކިވަރަކަށް

    42
    6
  4. މޫސާ މަނިކު

    ހުވަދުއަތޮޅު އުތުރުބުރީ ގައި ތިބީ ގަމާރުން ކަމުގައި ވާނަމަ ތިޔަކަމާއި އެއްބަސް ވާނެ، ގއ.ވިލިގިލީ ތަރައްޤީ ނުކޮށް ކީކުރަންތޯ ގދ. ތިނަދޫ ތަރައްޤީކޮށް އެކަމުގެ ދުއްތުރާ ގއ.އަތޮޅުގެ ރައްޔިތުންނަށް ޖައްސަންވީ

    36
    2
    • 1111

      މާލެ އައިސް ގަނަ ތެެޅުމަށްވުރެ ފަސޭހަ ވާނެކަމަށް ދެކެން

      2
      12
  5. ހުސެން

    ވޯޓު ކައިރިވީމާ ޖަހާ ޗައްކަރު،ރައްޔިތުން ބޮލަށް ޗިޕް ޖަހަން،ރައްޔިތުނޭ ހޭލާށެވެ،ދެ އިންތިހާބުން ރައްޔިތުނަށް ދިނީ ދޯކާ،މިފަހަރު މިސަރުކާރަށް ރައްޔިތުން ބާރު ދައްކަމާ،

    34
    3
  6. ހުސޭނުބޭ

    ތި ހާސަރުތައް ދެމުމަށްވުރެ ރަގަޅުވާނެ އަގުހެޔޮކޮށް އިންޑިޔާއިން ރޭޒަރު ހޯދައިގެން ގެނެސް ކަލޭމެންގެ އަމިއްލަ މަސައްކަތް ފަށާގަތަސް!

    32
    4
  7. ޙަފްޞާ / މާލެ

    ހަތިލަ ހުންނަ ރޭޒަރުން އިސްތަށި ބާލާ! ކުރެވެންޏާކުރެވޭނީ ރައީސް ޔާމީން ފަށާފައި ހުއްޓާ ހުއްޓުވާފަހުރިކަމެއް! 2019 ގެ ބަޖެޓަށް ދިން 32 ބިލިޔަން ރުފިޔާއާ ޤަވްމީ ރިޟާވްން މަދުވި 500 މިލިޔަން ޑޮލަރާ ހިލޭއެހީގެގޮތުގައި ލިބުނު 1.3 ބިލިޔަން ރުފިޔާ ހޯދާ ދުވަސް އަދި އަންނާނެ!

    31
    4
    • ?

      މި ކޮމެންޓަަކީ %100ގެ ކޮމެންޓެއް. މިވަރުގެ ކޮމެންޓެއް އަދި ނުކިޔަން. ސާބަހޭ ކޮމެންޓް ކުރެއްވި ފަރާތަށް. ????

      14
      1
  8. ޢަލީ

    އަނެއްކާވެސް އެއްކަލަ ކަންތަކާލައްވާލީދޯ؟؟ ކައުންސިލް އިންތިހާބު އަނެއް ބުހުތާން ދޮގުތަށް ހދާނެ ހެއްދެވިފަރާތް ހަނދުމަނެތިގެން...ހަރާންފަދަ އެއްކަމެއްވާނެނަމަ...ކޮބާތަ ސޯލިހުވީވައުދުތަށް...ކަލޭމެން ތަރަށްގީ ކުރިވަރުން މިތިބީ ތަރަށްގީގަ އަޅައިގަނެފަ ވެއްޓިފަ ތެދުވަން ނޭގިފަ..ލަދުހަޔާތްކުޑައޭދޯ ވާހަކަދަށްކަން..ޔާމީނު ކުރިތަރަށްގީއެކަނި އަދިފެންނަނައޮތީ

    20
    2
  9. ކަންޒު ކަހަނބު

    ތިއޮތީ ތަރަށްޤީކޮށް ނިމިފަ. ތިއަމީހުންކުރާ ކަމެއް ލޮލަކަށް ނުފެންނާނެ. މުޅިންވެސް ހުވަފެން ދެއްކުން ދޮންރިހަ ޕާޓީއަށް އޮންނާނީ.

    19
    2
  10. ހެހެހެ

    ރައީސް ޔާމީންގެ ޕްލޭނުން ނަކަލުކޮއްލައިގެން. އެހެންނޫނަސް އަދި ތިއުޅެނީ މާފަހަތުގައި. އަދި ކިރިޔާވިއްޔާ ތިތަސައްވުރެ ތިއެކުލަވާލެވުނީވެސް. މައުމޫނުވެސް ގެންގުޅުނު 2020 ގެ ތަސައްވުރެއް.

    15
    3
    • ލިން

      ނަސާރާއިންނާ ޔަހޫދީން ވެސް ބުނި ތިޔަ ހަކަލަ ވާހަކައެއް.. ޤުރުއާނަކީ ވެސް ނަކަލެކޭ ތަޢުރާތާ އިންޖީލުގެ

      3
      8
  11. ހާހާާ

    ނަން ހިންނަ ހާހާ

    5
    1
  12. ހުވަދޫޫބައްޑާ

    ގދ. ތިނަދޫ ތަރައްގީގަ ދެންއިތުރަށް ކޮންކަމެއް މިސަރުކާރުން ކުރާނީ. ތަންތަން ސާފުކުރުމް ނޫންކަމެއް މިސަރުކާރުން ކުރާކަށްނުޖެހޭނެ. ތާރަ މަގުތައް ކުނިކެހުން ނޫންކަމެއް މިސަރުކާރަކށްނެތް. އިތުރަށް އަޅަންޖެހެނީ މިސަރުކާރުގެ ވައުދު ތަންފީޛުކުރާނޭ ފައްޅިއެއް. ޖެޓީމަތީގަހުރި މިސްކިތް ފައްޅިއަށް ބަދަލުކޮށްލާ. އެއީ އަމްރުގެ ބަައްޕަގެ ތަރިކައެއް.

    5
    1
  13. ޔައުނީ

    ދޮން ރިހަ ސަރުކާރުން މަސައްކަތް ކުރަނީ ރަށްޔަތުންނަށް ދޯކާދެން

  14. ބަރާބަރު

    އިހަވަން ދިއްޕޮޅުން ރަށެއް ކަނޑަ ނޭޅުއްވެންވި އެއްވެސް ސަބަބެއްނެތް ހުރިހާގޮތަކުންވެސް އެދިމާގައި އޮތް އެންމެ ރަނގަޅު ރަށަކީ ހޯރަފުށި ދެން އޮތީ މޮޅަދޫ