އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް، އިސްލާމީ ފަތުވާ މަޖިލީހުން ކަނޑައަޅާފައި ވަނިކޮށް، ރާއްޖޭގައި އަންހެނުންނާއި ފަނޑިޔާރުކަން ހަވާލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދިފާޢުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވާހަކަ ދައްކަވާފައި ވަނިކޮށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒް އެކަމަށް ރައްދު ދެއްވައިފިއެވެ.

މިއަދު ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި މިކަމާއި ގުޅިގެން ވިދާޅުވީ، ތިމާއަށް ބާރުލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެކަން އެގޮތުގައި ދަމަހައްޓަން މަސައްކަތްކުރަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ދެންވެސް އުމުރުގެ ބާކީ އޮތް ދުވަސްކޮޅުގައި އެފަދަ ނުބައި ނުހަދާ ތައުބާވެ އިސްލާހުވޭތޯ ބަލަން ޖެހޭ ކަމަށް ޑރ. އިޔާޒްގެ ވިދާޅުވިއެވެ.

"ތިމާއަށް ބާރު ލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެކަންތައް ދަމަހައްޓަން މަސައްކަތްކުރަންވީ ސަބަބެއް ނޫނެވެ. ދެންވެސް އުމުރުގެ ބާކީ އޮތް ދުވަސްކޮޅުގައި އެފަދަ ނުބައި ނުހަދާ ތައުބާވެ އިސްލާހުވޭތޯ ބަލަންވީއެވެ." ޑރ. އިޔާޒްގެ ޓްވީޓުގައި ވެއެވެ.

https://twitter.com/dr_iyaz/status/1164899920995766273

ސީދާ މައުމޫންގެ ނަން، ޓްވީޓުގައި ހިމަނާފައި ނުވީނަމަވެސް، މިއީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމީ ފަތުވާ މަޖިލީހުން ކަނޑައަޅާފައި ވަނިކޮށް، ރާއްޖޭގައި އަންހެނުންނާއި ފަނޑިޔާރުކަން ހަވާލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދިފާޢުގައި މައުމޫން ކުރެއްވި ޓްވީޓާއި ގުޅިގެން އިޔާޒް ދެއްވި ރައްދެއް ކަމަށް ބެލެވެއެވެ.

އިޔާޒްގެ ޓްވީޓުގައި، "ތިމާއަށް ބާރު ލިބިފައިވާ ދުވަސްވަރުގައި ނުބައި ކަމެއް ކުރެވިފައި އޮތުމަކީ އެކަންތައް ދަމަހައްޓަން މަސައްކަތް ކުރަންވީ ސަބަބެއް ނޫން،" ކަމަށް ވިދާޅުވެފައި ވާއިރު، ރާއްޖޭގައި އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އަންހެނުން އައްޔަންކޮށްފަ ވަނީ މީގެ ދިހަ ވަރަކަށް އަހަރު ކުރީން ރައީސް މައުމޫނުގެ ވެރިކަމުގައެވެ.

ޑރ. އިޔާޒް މިގޮތަށް ވިދާޅުވެފައި ވާއިރު، މައުމޫން މިއަދު ކުރެއްވި ޓްވީޓުގައި ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް، ކުރީގެ އަދި މިހާރުގެ އިލްމުވެރިންވެސް ވިދާޅުވެފައިވާ ކަމަށެވެ.

"އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް-ތަބާރީ، އިބްނު ހަމްޒާ، ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވޭ. ޔޫސުފް އަލް-ޤަރަދާވީ، އަބްދުލް ކަރީމް ޒައިދާން، ސައީދް ރަމަޟާން ފަދަ މިހާރުގެ ގިނަ އިލްމުވެރިންވެސް ވިދާޅުވަނީ އެހެން." މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަދައްކަވަމުންނެވެ. އަދި އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ވިދާޅުވެފައި ވަނިކޮށް އެކަމާއި ދެކޮޅު ނިންމުމެއް ރާއްޖޭގައި ނިންމާތީ، އެ ނިންމުން ބަދަލު ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިން ވެސް ދަނީ ގޮވާލަމުންނެވެ.

އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފުކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު ވެސް ވިދާޅުވެފައި ވާއިރު، ޑރ. އިޔާޒް، އާއި ޝެއިހް އިއްލިޔާސް ޓެގް ކުރައްވައި ޝެއިހް އަލީ ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަންހެނުން ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި، ގާޒީކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާއި، މި ޝަރީއަތުގެ އުސޫލުތަކާއި، ހަމަތަކާއި ކަނޑައެޅިގެން ހިލާފުކަމެއް ކަމަށެވެ.

އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި ރައީސްގެ އިތުރުން، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މައުމޫނު

    ފުރަތަމަ ކަލޭ އުމުރުގެ ބާކީ އޮތް ދުވަހު ޖިހާދަށް ނައްޓާލާ

    29
    62
    • ޅަލި

      ސަޅި ވާހަކައެއް

      12
      20
  2. އަނގަބެ

    އަންހެން ފަނޑިޔަާރުން ކަމަކުނުދޭ މައޯކޭ .އެކަމުބުނަންތަ ތިބޭފުޅާވެސް ކަޑައޭ މުއްލާ ވައްތަރު ކަޑަ އިބުޫ ވެސް ކަޑަ އަންނިވެސް ކަޑަ އިސްލަާހަށް މަސައްކަތް ކުރަށްވާ ޝޭހުން މަށަށް އޯކޭ ޝަހީމު ބެސް ޓު އަލިީޒަާހިރު ބިން ގާސިމް އަންދަލުސް ޝޭހު ސަމީރުވެސް އޯކޭ އެބޭފުޅުންނަށް ހަމަ ސެލިއުޓް .

    58
    12
  3. ނަން

    އިއާޒު އިހަށް އިންސާނަކަށް ވާންވީނު!

    29
    24
    • ޙގސޖަ

      ޢިޔާޒު ހެއްދެވި ފަރާތުން ތިޔަ ބޭފުޅާވެސް އުފެއްދެވީ.. ތުނބުޅި ނުކޮށާ ދޫކޮށްލުމަށް ލޮބުވެތި ރަސޫލާ އަންގަވާފައިވޭ

      20
      4
  4. ޓްރޭސް

    ތީ އެއްވަރުގެ ދެމީހުން.

    40
    7
  5. ސިޑިމަތިކަބިލިޓޯޓޯ

    ޙުރިހާ ބޭބެ މެންވެސް އުމުރުގެ ކުރީކޮޅުގައާ ފަހުކޮޅުވެސް އުަލެންވީ ސީދާވެގެންވާ ތެދުމަގުގަ

    58
    1
  6. ދދދދދދ

    ކަލޭ އުމުތު ފަހުކޮޅަށް ދިޔައިމަ ތައުބާވާންތަ ނުބައިނުލަފާ ވެގެން ތިތެޅެނީ؟ އެއްވަރުގެ ދޭތި ތީ.

    45
    12
  7. މައުލޫމާތު

    ތިމާޔަށް އެނގޭނެ ތިމާ ދީން ގަބޫލް ނުކުރާކަން މަށަށް އެންގޭ މަދީން ގަބޫލް ނުކުރާކަން ! އެކަމަކު މީސްތަކުންނަށް އަނިޔާވެރި ނުވާށޭ، މީ ވެރިކަން ކުރި މީހެއްގެ ގާތް އެކުވެރިޔަކު ދެމީހުން ކިޔަވަން އުޅެ ރާއްޖެ އައިސް އެކަކު އަނެކަކާ ދިމާލަށް ގޮވި އަނެކަކު ބުނީ މީނަ ހައްޔަރުކޮއް ޖަލަށްލާށޭ، އޮފީހުން ނުނިކުމެވެ ހައްޔަރު ކޮއް ޖަލަށް.
    މިބުނާ ދެމީހުން ކުރެ އެކަކުވެސް މިސްކިތުގެ ޖަމާ އަތަކުން ނުފެންނާނެ ދެން މިމީހުންގެ ދީނީ އެއްވެސް ބަހެއް ގަބޫލް ކުރެވިދާނެތޯ؟

    1
    2
  8. ތުބުޅިބޭ

    ސައޫދީ ސަލަފުގެ ތަޚައްލުފީ ފިކުރު ގައި އަންހެނުންނަކީ އޮރިޔާމެއްގެ ގޮތުގަ ސިފަވިޔަސް އިަްސްލާމްދީނުގައި އަންހެނުންވަނީ މަތިވެރިކުރައްވާފަ. ގާޒީކަންވެސް ކުރެވޭނެ! ތުބުޅިއެއް ލެވުނީމަ މޮޔަ ނުވޭ.

    8
    9
    • މަހާ

      އަންހެނުންނައް އީދުނަމާދާއި ހުކުރުނަމާދު އިމާމްވެހުރެވެސް ހުރެވޭނެ ދޯ..؟ ކަލެޔައް ޔުނިވާސިޓީ އޮފް ބީތާއިން ޕީއެޗްޑީ ދީފިން.

      4
      2
  9. ފަރީ

    ނަޝީދުވެސް މާރަގަޅު މައުމޫނަށްވުރެ މިހާރު ދީނީ ކަންކަމުގަ...ސުބުޙާނަﷲ...ނަޝީދަށް ނޭގެނީއޭވެސް ބުނެވިދާނެ...އެކަމަކު މައުމޫން އަބަދުވެސް ގަސްތުގަ ތިޔަކަހަލަ ލާދީނީ ކަންކަން ޕްރޮމޯޓްކުރުމަކީ މައުމޫންގެ ހޮބީއެއް...

    9
    6
  10. ހަސަންކޮއި

    މައުމޫނުއަކީތައުބާވާނެމީހެއްނޫން

    5
    4
    • ނަދީމް

      މައުމޫނު.. ؟ ސުވާލަކީ ކީއްވެހޭ ކަޅުވަކަރު މިސްކިތާއި އަޅައިގެން ތިޔަ އުޅެނީ..؟ ސިހުރެއްތަ..؟

  11. Anonymous

    މި މުރުތައްދު މައުމޫނު ހިފާ ހައްޔަރުކޮއް ހޯޖާކޮއް ހައްދު ޖަހަން ފެނޭ