އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ޓްވީޓްގައި ވަނީ މައުލޫމާތު އޮޅުވާލާފައި ކަމަށް ޑރ.މުހައްމަދު އިޔާޒް ތުހުމަތު ކުރައްވައިފިއެވެ.

މައުމޫންގެ ޓްވީޓްގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަކަމަށް ވިދާޅުވެ ބައެއް އިލްމުވެރިންގެ ނަންފުޅުތައް ހިމަނުއްވާފައިވެއެވެ. އޭގެ ތެރޭގައި މިސްރަށް އުފަން އިލްމުވެރިއެއް ކަމަށްވާ ޔޫސުފް އަލް-ޣަރަދާވީގެ ނަންފުޅު ވެސް ހިމެނެއެވެ.

ނަމަވެސް އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޣަރަދާވީ ވިދާޅުވަނީ ވަކި ހާއްސަ ހާލަތްތަކެއްގައި ވަކި ހާއްސަ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ކަމަށެވެ.

"ޣަރަދާވީ ވިދާޅުވެފައި ވަނީ ޖިނާޢީ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށް. މުތުލަޣުކޮށް ހުއްދަ ކުރައްވާފައެއް ނުވޭ." އިޔާޒް ވިދާޅުވިއެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ދިނުމަކީ ހުއްދަ ކަމެއް ކަމަށް ބައެއް އިލްމުވެރިން ވިދާޅުވި ނަމަވެސް އަންހެނާ އާއި އޭނާގެ އާއިލާ އަދި މުޖުތަމަޢު އާއި އިސްލާމްދީނުގެ މަސައްލަހަތައް ބަލަން ވާނެ ކަމަށް ޣަރަދާވީ ވިދާޅުވެފައިވާ ކަމަށް އިޔާޒް ވިދާޅުވިއެވެ.

"ޣަރަދާވީ ވިދާޅުވަނީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނީ އެކަމަށް އާއްމު މަސައްލަތު އޮވެގެން ކަމަށް. އަދި އޭނާ އަކީ އެހެން މީހުންނަށް ވުރެ ފަނޑިޔާރުކަން ކުރުމުގައި ގާބިލް ސިފަތަކެއް ލިބިގެންވާ މީހެއް ކަމުގައި ވެގެން ކަމަށް." އިޔާޒްގެ އިތުރު ޓްވީޓެއްގައި ވެއެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް މައުމޫން މިއަދު ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޢިލްމު

    ޢިލްމަކީ މިހާރު ވ. ފަސޭހައިން ހޯދިދާނެ އެއްޗެއް.. ކިޔަވާފައި ތިބޭ މީހުން އިލްމުވެރިންނަށް އެއްޗެހި ކިޔުމުގެ ކުރިން ފަތުވާތައް ދިރާސާ ކޮށްލާށެވެ

    25
    2
  2. ައަހަރެން

    އިޚްތިލާފު މައްސަލައެއްގައި އިލްމުވެރިންގެ އިޖުމާއުން ކިނެއްތޯ ތިއޮތީ ނިންމާފައި... ?

    11
    5
  3. ލަވަބައިތު

    ޢެ ބޭ މުސްކުޅި ވެގެން އަންހެނެއް ފިރިހެނެއްވެސް ވަކިނުވޭ ކިޔާފާނެ ހުރިހާ އުހުތުން ހުކުރަށް ދާންވީއޭވެސް ކީއްކުރާ ނީ އަވަހަށް ކާމަރަގަ ފަނި ދޭންވީ ހެޔޮބުއްދި އާދޭތޯ

    26
    1
  4. 1111

    މައުމޫނަކީ މި އޭޝިއާ ބައްރުގައިވެސް ހުންނެވި "އެންމެމޮޅު ޢިލްމުވެރިޔާ" ނޫންތޯ! 30 އަހަރު ތެރޭގައިވެސް އުޅުނީ ދީނުގެ ކަންކަން މީސްތަކުން އޮޅުވަާލައިގެން. ދީނަކީ ލުއިފަސޭކަ އެއްޗެކޭ ކީޔައިގެން މީހުން މަގުފުރައްދަން. މިއަދު މިފެންނަނީ ނަތީޖާ. ލުއިފަސޭހަ ވީވީނުން ގޮސް ބަޔަކަށް އުޅުވޭ ނޫޅެވޭ(ދީނެއް)އެއް ނޭނގޭ!ނުޖެހޭކަަށް މުސީބާތެއްނެތް މިހާރު!

    33
    1
  5. ކަބީރު

    ޢެކަލޭގެ ނުވާނެ ރަގަޅެއް....ގައުމުގެ ހަލާކު...ގަސްތުގަ އެގިހުރެ ދީން އޮޅުވާލުމަކީ އެންމެ ބޮޑު ޖަރީމާ...%100 މުސްލިމް ގައުމެއް ހަލާކުކޮށްލުމުގަ އަޑީގަ ހުރީ ސީދާ ފާސިގު ފާޖިރު....ޢިލްމުވެރިއެއްގެ ތޮފި އަޅައިގެން ކޮންމެ ފަހަރަކު އިޚްތިލާފް އުފައްދައި ގައުމު ފަސާދަކޮށް ގައުމުގެ މުސްލިމު ރައްޔިތުންނަށް އޮޅުވާލުމަކީ ކޮންފަދަ ބޮޑު ފާފައެއްތޯ؟ ޔާﷲ މިފަދަ އަނިޔާވެރި މީހުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި...އަދި އެބައީހުންނަށް ތެދަގު ދައްކަވާށި...

    33
  6. ހަމްބާނި

    މިހާރަކައް އައިސް ދީނީ އިޚްތިލާފު ނެތް އިސްލާމީ ބޮޑުމައްސަލައެއް ނެތެވެ. ގިސާސް ހިފުމާއި މެދުވެސް އިޚްތިލާފްވޭ.. މުރުތައްދުވުމާއި މެދުވެސް އިޚްތިލާފު..ރިބާ އާއިމެދުވެސް އިޚްތިލާފު..ހިލޭ އަންހެނުންނާއި ސަލާން ކުރުމާއި ގުޅޭގޮތުންވެސް އިޚްތިލާފު.. އަތްކެނޑުމާއި މެދުވެސް އިޚްތިލާފު. ދެން ދުވަސްކޮޅަކުން އެއްޖިންސުން ކާވެނި ކުރުމާއި ގުޅުން ހިންގުމާއި ކެނެބިސް ބޭނުން ކުރުމާއި ޒިނޭކުރުމާއި އަދި ސާޖަރީ ހަދައިގެން ހަޑިގަނޑު ސިފަ ބަދަލު ކުރުންވެސް އިޚްތިލާފީ މައްސަލައަކައް ވެދާނެއެވެ. ވީނާ އިލްމުވެރީންގެ އިޚްތިލާފީ މައްސަލަތަކަކީ ޝައިތާނާއައް ރަނުގެ ފުރުސަތެއްތާއެވެ.

    26
    1
  7. 1111

    ދެންއޮތީ ތިބުނާ ޤަރަޟާޥީ ގެ ވާހަކަ. މީނާ ޢިލްމުވެރިޔަކަށް ހަދާއިގެން އުޅޭމީހުންނަށް މީނާގެ ހާލަތެއް ނޭގޭ. ކޮންދަަރަޖައަކަށް ވެއްޓިފައި ހުރި މީހެއްްކަން ނޭނގޭ! މީހަކަު ދީނުގެ ޢިލްމު ހޯދާ ހިސާބުން އޭނާ ޢިލްމުވެރިޔަކަށް ވަނީތޯ؟ ތިހެންކަމަށްވާނަަމަ އިބިލީސްވެސް އުޑުން ވައްޓާލަކށް މުޖެހުނީސްތާ! ޢިލްމުގެ ގޮތުން ކިހާ އަރާހުރި އެއްޗެއް މިއީ! އެކަމަކު...!!

    25
    1
  8. އަސްލަމް

    މީ ތަރިތަކަށް ފިލާ އަޅައިގެން ކުރިޔަށް ވާންހުރި ކަންކަން އެނގޭ ކަމަށް ދައުވާކުރާ މުރުތައްދެއް.. އެކަހަލަ ހަނދުކޭތައެއްވެސް ދުރުނޫން މާޒީއެއްގައި ހިފިތަން ފެނުން ކަމަށް ބުނެ ގައުމު ހަރާބުކޮށްފައި މީނާ މިހުރީ. މިކަލޭގެ 30 އަހަރު ވެރިކަން ކުރަން ލިބުނީމާ އިސްލާމީ ޝަރީއަތް މިކުޑަ އާބާދީގައި ގާއިމް ނުކުރި. މިހާރު އަހަރެމއންނަށް އެކަން އެނގޭ. ލިޔަން ކިޔަން ދައްސްކޮށްދިން ކަމަށް ދައުވާކުރި މީހާޔަށް އަރުޒަލީ އުމުރަށް ދިޔައިރު ސުންނަތަށް އުޅެން ނޭނގުން އަނބިދަރިން އޮރިޔާން ނިވާކޮށް ނަރަކައިން ސަލާމަތްވާނޭމަގު ދަސްކޮށް ނުދެވުން.

    27
    1
  9. ސަަަަަ

    ?

    11
  10. ޔާން

    އޭ އެހްންވިއްޔާ އަންހެނުންނައް މިސްކިތުގެ އިމާމް ކަމާއި ހުކުރު ޚުތުބާ ކިޔާ ހުކުރުވެސް ކުރެވޭނެދޯ.. ؟

    19
  11. އަޒް

    މައުމޫނުގެ މަހާނަ ގަލުގައި މީނާއަކީ ރާއްޖޭގައި އަންހެނުންނައް ފަނޑިޔާރުކަން ކުރުމުގެ ހުއްދަ ދިން މީހާކަމުގައި ލިޔަންވާނެއެވެ.

    22
    • ގޮޅާބޯ

      މިހުރިހާ ކަމަކީވެސް ހަމަ ރީނދޫ ޕްރޮޕެގެންޑާ. ގައުމުގެ އަސްލު ހާލަތާމެދު ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ޓަކައި ޖައްސާ ރީނދޫ ޔަހޫދީ ސްޓަންޓް. ގައުމުގެ މާލިއްޔާ ހުސްވަނީ، އިގްތިޞާދު އިނދަޖެހެނީ، ނިޒާމްތައް ފޭލްވަނީ، މިފަދަ ކަންކަމާމެދު ރައްޔިތުން ސަމާލުވިޔަ ނުދިނުން. ޣައްދާރުންގެ މި ބައިގަނޑަށް އެނގޭ، ދިވެހިންގެ ތެރޭގައި އެންމެބޮޑު ކަންބޮޑުވުމެއް އުފެދޭނީ އިސްލާމްދީނަށް ގޮން ޖަހައިގެން ކުރެވޭ ކަންކަމާމެދުގައި ކަން. ދެން މިހާރު އެންމެންވެސް ވިސްނާނީ މިމައްސަލަ އާއި މެދުގައި. އެހެން ކަމުން އިހުބުނި މައްސަލަ ތަކާމެދު ވިސްނާނެ ފުރުސަތެއް ނޯންނާނެ.....!!!

  12. ރަނާ

    އިސްލާމް ދީނުގައި ބުރުގާ އެޅުމަކީ ހުއްޖަތެއް ނޫންކަމަށްވެސް މިކަލޭގެ ބުނި ، މީނައަކަށް ހުކުރުވެސް ވާޖިބެއްނުވޭ، ނުވިތާކަށް ރައީސްކަން ކުރިއިރު ފަތިސްނަމާދު ބަންގި ގޮވާ އަޑު އިވޭތީ ނިދަން އުނދަގޫވެގެން ތީމުގޭ ކައިރީގަ ހުރި މިސްކިތުގެ އަޑުގަދަކުރާއިން ބަންގި ކަނޑާލި މީހެއްމީ، ދެން ދީނޭ ކިޔާއިގެން އަނގަ ހުޅުވާނެ ކަމެއް ނެތް. މައިތިރި ވެގެން ހުރެބަލަ. ލަދެއްވެސް ނުގަނޭތަ.

    25
    1
  13. ލަބީބު

    ދިވެހި ފިރިހެނަކާ ޖަރުމަނުގެ ފިރިހެނަކު އެއްޖިންސުން ކައިވެނިކުރި ކުރުންވެސް މިކަލޭގެ ނަޒަރުގައި މިއަދު ހުއްދަވާނެ! އެހާވެސް ބޮޑަށް މިކަލޭގެ މިހުރީ ވެރިކަމުގެ މަސްތުގައި ޖާހިލުވެފަ

  14. ިިި77

    މައުމޫނަކީ އިލްމުވެރިއެއްތަ. މިސްރަށް ގޮސް ދީން ކިޔެވުމުގެ ބަދަލުގައި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރާނެ ގޮތް ދަސްކުރީ. އެދުވަސްތަކުގައި ދީނި އިލްމުވެރިން ކަސްދޮޅުއަޅުވާ ހައްޔަރުކުރި. މީނަޔަށް އެކަނި ދީން އެނގެނީ. އިހުޔާ ޕްރޮގްރާމޭ ކިޔާފަ އެއްމެނަށް އިނގޭ އާންމު ދެތިން އާޔަތެއްގެ މާނަ ކިޔާފަ ނިންމާލަނި. ރޯދަވެރިޔާގެ ލުއިފަސެހަތަކޭ ކިޔާފަ.

    މިކަލޭގެ ބުނިމަ ދެން މިނަގެ ބަސް އަހަންވީތަ. މީނަޔާ ސިޔާސަތާ ކިކާފްވި ދީނި އިލްމުވެރިން މިއަދު ކޮބާތޯ

    4
    1
  15. ނުރަބޯ

    ހެހެހެހެ މައުމޫނަށް މިވީ ބޮޑުތަރުތީބު ހުޅުވާލިމީހާ އަށް ވީވަރު. އެމީހާވެސް ބޮޑުތަރުތީބު ފޮތް ހުޅުވާލިތަނާ އޭނާއަށް ފެނުނީ “ނަމާދުކުރުން ޙަރާމް” މިހެން ލިޔެފައި އޮތް ތަނެވެ. އެހިސާބުން އޭނާ، ނަމާދު ކުރުން ޙަރާމް ކަމަށްބަލާފަ ފޮތް ލައްޕާލީއެވެ. ޙަރާމްވީ ޖުނުބުވެގެން ހުރި ޙާލަތެއްގައިތޯއެއް، ޙައިޟުވެގެން ހުރި ހާލަތެއްގައިތޯއެއް އޭނާ ނުބަލައެވެ. އޭނާއަށް ފެނުނީ ބޮޑުތަރުތީބުގައި ނަމާދު ކުރުން ޙާރަމް ކަމަށް ބަޔާންކޮށްފަ އޮއްވައެވެ. އެހެން އޮއްވާ އެކަން ކުރާކަށް ނުވާނެތާއެވެ. މައުމޫނަށްވެސް މިވީ ހަމަ އެމީހާއަށް ވީވަރެވެ. ފަހުޒަމާނަށް އައިސް ދީނީގޮތުން ބޮޑެތި ފިތުނަތައް އުފެދޭނެ ކަމަށް ބުނެވިފައި އެވަނީ މި ކަހަލަ މީހުންގެ ސަބަބުންނެވެ.

  16. ޢަހްމަދު

    ތިބޭގަޑުފަހަތުގަ ފަހަތުގައި އުޅޭ ބަޢިގަޑެއްވެސް އަދިވެސް އެބައުޅޭވިއްޔަ. ތިކަލޭގެއަކީ "ރައްޔިތުންގެ ލޯ ލާރިއެއްގަ " ވެސް ޖެހިފަކަ ނޯންނާނެއޭ ބުނިމީހާ. ދޮގެއްނޫންތާ. ހުރިހާ ލާރިއެއްވެސް ( ލޯކުލައިގެ ލާރިވެސް ) ހަދާފަހުރީ ލޮޔަކުންނޫންކަން މީނައަށް ރަގަޅަށް އެގޭނެތާ. ތިޔައީ ގައުމަށް ޖެހިފަހުރި ކެންސަރެއް. އެންމެން ސަމާލުވޭ.

    3
    1
  17. ޖޮއްބެ

    މައުމޫނަކީ އޭނާގެ ވެރިކަމުގެ ދިގު ތިރީސް އަހަރުގައި އިސްލާމް ދީނަށް ނަޞްރުދީ އިސްލާމްދީން ކުރިއަރުވަން މާ ބޮޑު މަސައްކަތްތަކެއް ކުރި މީހެއްނޫނެވެ. އެހެންނޫންނަމަ ހުކުރު ޚުޠުބާ ފޮތެއް ހަދައިގެން އޭނާގެ ދައުރު ނިމެންދެން އެފޮތުން ޚުޠުބާ ނަގައިގެނެއް ނުކީހެއްނު؟

    3
    1
  18. ނަސްރީނާ

    މައުމޫން ދެން މަޑުން ހުންނަވާ، މީ އެދުވަހެެް ނޫން މއުމޫން އެކަނި ކިޔަވާފަހުންނެވި. މިހާރު ބައިވަރު އެބަ އުޅޭ މޮޅަށް ކިޔަވައިގެން އައިސް.

  19. އަހްމަދު

    ދުޢާދެއްވާފައިވާބޭފުޅަކު ދީނާޚިލާފުކަމެއް ނުކުރައްވާނެ އެއީވަރައްސާފު ކަމެއް

  20. ޙަސަން

    މައުމޫން މީ މިސިކިތަށް ނަމާދައް ދާބޭ މީހެއްނޫން ގޭގަ ހުކުރު ކުރަނީ އެވަރުން ވެސް މީނަ އަދި އިހްޔާ ފޯރަމްވެސް ބާއްވާ، މީނައަށް ކޮން ދީނެއްގެ ވާހަކަ ދެއްކޭނީ.... ބޯހަލާކު.

  21. ހުސޭނުބޭ

    1978 ވަނަ އަހަރު ވެރިކަމަށް އައީ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު (ބޮޑީ ކޮން ގޮތަކުންކަމެއްކަންވެސް ނޭގޭ) ޢިލުމުވެރިޔާއަށް ހެދިގެން. ދެން ތިވަރުގެ އަތްގުޅި ނުކާނާ ޢިލުމުވެރިއެއް އެހެން ބުނެފާނެ!

  22. Anonymous

    މީނާ އަކީ މީސްތަކުންގެ ހިތްތައް ފަސާދަ ކުރާ މުރުތައްދެއް

    4
    1
  23. ކަނދި ބޮގަ ބޮގަ

    އެބޭބެ މާ މުސްކުޅިވެއްޖެ އެއެދުރުބެ ދައްކާ ވާހަކަ އެއްވެސް ކުއްޖަކު އަޑު ނާހާތި އެބޭ ދާރުލް އާސާރުގައި ހުދުފޮށައެއް މަތީގައި ބައިންދާ

  24. Anonymous

    ސަބަބަކީ ލިސްޓު އެ ކުރެއްވި ޢިލްމުވެރިންގެ ބަސްފުޅު އޮތީ އެހެނެއް ނޫނެވެ. އަދި ޠަބަރީގެ އަރިހުންވެސް ޘާބިތެއް ނުވެއެވެ. ތަޙުޤީޤު ކުރައްވާ! ނޫންނަމަ ދީނުގެ ޙުކުމެއްގައި އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ އިއްތިފާޤު ފަތުވާއާއި އެކަހެރިކޮށް އޮތް ޝާޛު، ހީނަރު ފަތުވާއެއް ނެރެ ފަތުރައި، ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނަމަ ތިޔައީ ޢިލްމީގޮތުން އޮޅުވާލެވޭ ބޮޑު އޮޅުވާލުމެކެވެ.