ރާއްޖޭގައި ދެން އިސްލާމިކް ސެންޓަރެއް ބިނާ ނުކުރާނެ ކަމަށާއި ދެން ފަސް ސަރަހައްދެއްގައި ބިނާ ކުރާނީ ހައުސް އޮފް ވިސްޑަމް ކަމަށް ދޭހަވާ ގޮތައް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވާހަކަފުޅު ދައްކަވައިފިއެވެ.
އަސްލަމް މިގޮތައް ވާހަކަފުޅު ދެއްކެވީ އެމްޑީޕީ އަށް ނިސަބަތްވާ ކައުންސިލަރުންނަށް އަމާޒުކޮށް އެޕާޓީން ބޭއްވި ސެމިނާރުގައި ކައުންސިލަރުންނަށް މައުލޫމާތު ދެއްވަމުންނެވެ.
ހައުސް އޮފް ވިސްޑަމް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް ކުރަން ބޭނުންވާ ކަމެއް ކަމަށާއި އަށް ވަނަ ގަރުނާއި 12 ގަރުނާއި ދެމެދު ބަޣުދާދުގައި ވެސް އެފަަދަ ތަނެއް ހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއީ ދުނިޔޭގެ އެތަން މިތަނުން އިލްމުވެރިން ޒިޔާރަތް ކުރިތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދީނާއި ދުނިޔެވީ އިލްމު އެއްކޮށްލަން އެބަޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ވަކިގޮތަކަށް އަޅުގަނޑުމެން ފިކުރު ބައްޓަންވުން ހުއްޓުވުމަށް އިންޓަގްރޭޝަނެއް (މައްސުނިވުމެއް) އިލްމުވެރިންގެ ތެރެއަށް ގެންނަން އެބަޖެހޭ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުން ބިނާ ކުރާ ސެންޓަރުތަކަށް އިސްލާމިކް ސެންޓަރޭ ނުކީ ގަސްދުގައި ކަމަށެވެ. "ކަނޑައެޅިގެން އިސްލާމިކް ސެންޓަރެއް ނުކީ. އެއީ ވަކި އިލްމަކަށް ހާއްސަ ނުކުރަން ވެގެން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިއީ ވިސްނުންތެރިކަމާއި އެކު ކޮށްފައި އޮތް ކަމެއް ކަމަށާއި މިއީ ވަކިވަކި ބައިބައިތައް ބަލާފައި ކުރާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންދާ މިސްރާބު ތިބޭފުޅުންނަށް މިހާރު ސާފުވާނެ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިކަމަށް އަދި ކެބިނެޓުން ރުހުން ނުދިން ނަމަވެސް ކެބިނެޓްގައި ހައެއްކަ ދުވަހު މަޝްވަރާ ކުރެވި ކަންތައްތަކަކަށް އެއްބަސްވެވިފައިވާ ކަމަށެވެ.
ކަލޭމެން މިސްރާބު ޖަހާފަ ތިހުރީ މި ގައުމުން އިސްލާމްދީން ފޮހެލަންކަން މިހާރު ނޭގޭ މީހަކު ނެތް.
ކީއްކުރާނީ، މި ޤައުމުގެ 80% އަށއ ކަމުދާނެ މި ދައްކާ ވާހަކަ. މިކަހަލަ ވާހަކައެއް ދައްކާ މީހަކަށް އަތުގެ ރޯހަން ކެނޑެންދެން އަތް ޖެހީމާ ދެން އެޔޮތީ ނިމިފަ!
"އަސްލަމް ވިދާޅުވީ ސަރުކާރުން ބިނާ ކުރާ ސެންޓަރުތަކަށް އިސްލާމިކް ސެންޓަރޭ ނުކީ ގަސްދުގައި ކަމަށެވެ. "ކަނޑައެޅިގެން އިސްލާމިކް ސެންޓަރެއް ނުކީ. އެއީ ވަކި އިލްމަކަށް ހާއްސަ ނުކުރަން ވެގެން." "އަޅުގަނޑުމެންދާ މިސްރާބު ތިބޭފުޅުންނަށް މިހާރު ސާފުވާނެ." އަސްލަމް ވިދާޅުވިއެވެ." ވަރަށް ސާފު އެއްވެސް އޮޅުމެއް ތިއަކު ނެތް. ތިކަން ތިހެން ކުރާނެ ވާހަކަ މާކުރިއްސުރެވެސް ދައްކަމުން މިގެންދަނީ މާކުރިންވެސް ތިކަން ސާފުވެ އެނގޭތީ. އިތުރަށް ސާފުކޮށްދޭން ނަހަދާ ކުރިއަށް ގެންދޭ. ފުރުސަތު ލިބިފައެއްނު ތިއޮތީ
މިއީ މާމޮޅަށް އިނގިގަނެގެން އުޅޭ ފެއިލްވެފައި އޮތް ޖާހިލެއް. މިކަލޭގެ ހިތުން މިއިސްލާހު ކުރަނީއޯ.
އަނގަކުޑޭއެކޭ ފޯނުބިލުވަގެކޭ ތަފާތެއް ކޮބާ؟
ބައެއް ކަހަލަ ފިރުޤާތަކުގައި އެމީހުންގެ ފައްޅިއަށް ކިޔާނެ ހައުސް އޮފް ވިޝްޑަމް. ސައިންޓޮލޮޖީ ފަދަ ފިރުޤާތަކުގައި ފިރުޤާތަކުގެ މީހުން ކިޔަނީ އެހެން! ވީމާ ދެން ބިނާކުރާނީ ފައްޅި! ޝައިޚް އިލްޔާސަށް ވަރަށް ސަލާމް!
ހީވި ކަމެހެން ލަސްވެއްޖެތަ ވެރިކަމަށް 100ދުވަސްނުފުރޭ.. އިސްލާމިކް ސެންޓަރު ނުކިޔަނީ ވަކި އިލްމަކަށް ހާއްސަނުކުރަންޖެހެނީ މިދިވެހި ރާއްޖޭގަ އިސްލާމްދީން ނޫން ދީނެ އެބައޮތްތަ؟އެހެންދީނަކަށް އުޅެން މިގައުމުގަ ހުއްދައޮތީތަ؟ﷲބިރުވެތިވޭ މިވެރިކަން ގެންނަން ވޯޓުދިންމީހުން ވޯޓު ވިއްކިމީހުން އެމީހުން ﷲއަށް ބިރުވެތިވެ މިވެރިކަން ނިންމުމަށް ނުކުމޭ.. ތައުބާވެ ދެވުނު ވޯޓުގެ ނަތީޖާ އިސްލާމްދީންނެތިވެ ގައުމިއްޔަތުނެތި މިނިވަންކަންނެތުނީ.. ﷲއަށް ބިރުވެތިވޭ.. މާތްﷲ މިވެރިކަން ނިންވާފާންދޭވެ.. އަވަސްގޮތަކުން ނިންމަވާފާންދޭވެ... ޔާﷲ ޔާﷲ ޔާﷲ...
اللهم آمين
މިފަދަ ގަދަބަސްބުނެގެން ޤާރޫނުވެސް ޖައްބާރުކަންދެއްކި، ނިމުންހިތި ނުންތޯ، ދީނަށް ފުރައްސާރުކުރާ މިބައިގަޑުގެ ވެރިކަން ވެއްޓޭނީ ކުއްލިއަކަށް، މީހަކަށްޖެހޭ ހާޓް އެޓެކެއްފަދައިން...
ان شاء الله
لا إله إلا الله محمد رسول الله
މި އަސްލަމް އަކީ އަމީރުލްހައްޖުގެ ގޮތުގަ މިއަހަރު ހައްޖަށް ގޮއްސަ އައިސް ހުރި މީހެއް. މީނާ އިސްލާމް ދީން ފޮހެލަން ފައި ނަގާފަ މިހުރީ. މަބްރޫރް ޙައްޖެއްގެ ޢަލާމާތެއްގެ ގޮތުން އެމީހާގެ އުޅުމާއި އަޚްލާޤް ރަނގަޅުވެ ހެޔޮޢަމަލް ތައް ކުރުން މަތީ ދެމި ހުރުން ހިމެނޭ. މީނާ މާލެ އައުން ލަސްވެފަ ހުރި ހެން ހީވަނީ އިސްލާމް ދީން ނައްތާލަން މަސައްކަތް ފަށައިގަންނަން. އެޖެންޑާ 19 ތަފާތު ވާނެ ކަން ނޭނގޭ ދިވެހި ރައްޔިތެއް މިހާރަކު ނެތް.
މިކަލޭގެ ބޮލައްމިހިރީ އިބްލީސްވާވެފަތާ ގައިމު މިކަލޭގެ މިފަހަރު ޙައްޖައްވެސްދިޔަހެންހީވަނީ
ރާއްޖޭެގައި ފައްޅި އެޅުމަށާ މީހުން ދިރިއުޅޭ ރައްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށާ ޢިޒުރޭލުގެ އެމްބަސީ ރާއްޖެގައި ހުޅުވުމުގެ މަޝްވަރާތައް ކުރެވި އަމަލީ ސިފަޖެއްސުމުގެ މަގުމަތީގައިވަނީ .
"އަޅުގަނޑުމެންދާ މިސްރާބު ތިބޭފުޅުންނަށް މިހާރު ސާފުވާނެ." އަސްލަމް ވިދާޅުވިއެވެ.
ބަލަގަ އަސްލަމާ އަހަރެމެނަށް މާކުރިންވެސް އެނގޭ ކަލޭމެންގެ ވިސްނުމަކީ ބިމުން އިސްލާމް ދީން އެއްކޮށް ފޮހެލުންކަން.. ނަންވެސް ނުބާއްވަން ކަން.. ان شاء الله ތިޔަ މިސްރާބު ދާނީ ނަރަކަޔާ ދިމާލަށް..މީސްތަކުން ސަމާލުވެ ތިބުމަށް އެދެން..
ޔާﷲ. މި ނުބައި ޙީލަތްތެރި ސަރުކާރުގެ ވެރިންނަށާއި މިސަރުކާރު ގެންނަން ވޯޓުދީ އަދި ވޯޓުވިއްކި މީހުންނަށް މާތްﷲ ރުހިވޮޑިގެންވީ ތެދުމަގަށް މަގު ދައްކަވާ މިދިވެހި ޤަވްމު މިމާތް އިސްލާމްދީން މަތީ ދަމަހައްޓަވާފާނދޭވެ. އާމީން.
އިސްލާމިކް މިހެން ކިޔާތީވެސް ލާދީނީ މީހުންނަށް ހަޖަމެއް ނުވާނެ. ލާދީނީ މީހުން ރުއްސަން.
ކަލޭމެންގެ މިސްރާބު ނޭނގިގެން ތެޅެނީ ތި އެމްޑީޕީ ބައިގަނޑަށް.. އަހަރެމެނަށްއެނގޭ ކަލޭމެން މިގައުމަށް ކިރިސްޓިއަން ދީން ނުގެނެވިގެން އުޅޭ ކަން
ހަމަ އެޅީ... އެތަނަށް އަންދާލާނަން... ނިކަންއަޅާ ބަލަ.
އަޅުގަނޑުމެންދާ މިސްރާބު ތިބޭފުޅުންނަށް މިހާރު ސާފުވާނެ." އަސްލަމް ވިދާޅުވިއެވެ.
ޥަރަށް ސާފު! އިސްލާމްދީން މިގައުމުން ފޮހެލުމަށް މިސްރާބު ޖަހާފަ ތި ހުރީ
މުސްލިމުން އެމީހުންގެ ދީނަށާއި ބަހަވީ މަންހަަޖްތަކަށް ފަހުރު ވެރިވާނެ މި ޤައުމުގައި މިހާރު ދެން ކޯއްޗެއްތޯ އޮތީ، ގައިރު މުސްލިމުން ނުރުހޭތީ؛-
1. މަދަރުސާތައް ...ސްކޫލްތަކަށް ބަދަލުކޮށް
2. ޜަސްރަނި ބަޖީޗާ..... ސަލްޓަން ޕާކަށް
3. ޢިސްލާމީ މަރުކަޒު.... ހައުސް އޮފް ވިސްޑަމްސް
ޙުރި ހިތާމައެއްގެ ބޮޑުކަމާއެޭ....!!!
ވަރަށް ރަގަޅު ސިޔާސަތެއް.
މިސަރުކާރު ގެންނަށް ބުރަކަން މަސައްކަތްޕުޅު ކުރެއްވި ޝޭޚުންނަށް މިޚަބަރުތަށް ލިބޭބާ!
މިބޭފުޅާތޯ ޙައްޖަށް ވަޑައި ގެންނެވީ؟
ދުޢާދެއްވާފަހުރި ސޯލިހެއްގެ ސަރުކާރުންބާ މިފެންވަރުގެ ވާހަކަ މިދައްކަނީ .
އެއްވެސްދިވެހި ރައްޔިތަކު މިފަދަ ބަޔަކަށް ވޯޓް ދެއްވައިގެން ނުވާނެ ހާދަހާ ނުބައި ކަމެކޭ މި ދައްކަނީ ޣައިރު މުސްލިމުން ނާއި މާތް ގާތްވެ ގަނެގެން
"ވަކިގޮތަކަށް އަޅުގަނޑުމެން ފިކުރު ބައްޓަންވުން ހުއްޓުވުމަށް އިންޓަގްރޭޝަނެއް (މައްސުނިވުމެއް) އިލްމުވެރިންގެ ތެރެއަށް ގެންނަން އެބަޖެހޭ." އަސްލަމް ވިދާޅުވިއެވެ. ؟؟؟؟ އަޅުގަނޑުމެންގެ ފިކުރަކީ އެއްވެސް ޝައްކެއްނެތްގޮތުގައި އިސްލާމީ ފިކުރު. މި ފިކުރު ނުފޮހެވޭނެ.
އާ ކުރިންވެސް ކަލޭމެންގެ ވިސްނުން އިނގޭ. އެއީ ިގައުމުން އިސްލާމްދީން ނައްތާލުން. އެކަން ނޭގެނީ އެމްޑީޕީ ކުދިންނަށް. މިހާރު އެކުދިންނަށްވެސް ސާފުވާމިންވަރަށް ތިބުނީ. އަދިވެސް ތިބޭނެ ނުދަންނަ ކަމަށްހެދިގެން އެކުދިން. ބަޣުދާދޭ ކިޔާނެކަމެއްނެތް. ހައުސްއޮފް ވިސްޑަމް ހައުސްއޮފް ލޯރޑް. ހައުސް އޮފް ކްރިސްޓިއަން މިޝަނަރީސް މީ ހަމަ އެއްތަނެއް. އެތަނަށްދާނީ ޔަހޫދީ ފާރިދީން. އިސްލާމްދީނުގެ އިލްމުވެރިޔަކު ނުދާނެ. ކަލޭމެންގެ އިލްމް ވެރިންނަކީ ޔަހޫދީ ޕޮޕުން. އިސްރާއީލުގަވެސް ހުރޭ ވިސްޑަމް ހައުސް ކިޔާތަނެއް.
ދެންވެސް ވޯޓެއްލައިފިއްޔާ އެމްޑީޕީ ކާމިޔާބު ވާނީ ހެވެއްނު ހެވެއްނު މުޅިގައުމް ކާފަރުދީނަށް ބަދަލު ކުރިޔަސް
ކީރިތި ޤުރުއާނުގެ އައް ޛާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުގެ މާނައީ" ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި' އިންސީން ނަހައްދަވަމެވެ.
ކޮންކަމަކާތޯ މިބޭފުޅުން މޭ ފުއްޕާފަ މިއުޅެނީ. ކޮންމެ ކަމަކަށް ކުޅަދުންވަންތަފަރާތަކީ ﷲ.
ﷲ ކަލެއަށް ހިދާޔަތް ދައްކަވާށި، ނޫންނަމަ ކަލޭގެ ބުރަކަށި ބިންދަވައި ހިއްޕަވާނދޭވެ.
ބަޣްދާދުގަ ހެދި ބައިތުލް ހިކްމާ އަކީ އިސްލާމީ ސައްހަ އަގީދާއިން މީސްތަކުން އެންމެ ބޮޑަށް މަގު ގެއްލުވާލާ، އުއްމަތް އެންމެ ބޮޑަށް ބަލިކަށި ކޮށް ސަބބު. ގްރީކް ފިލޯސަފީ ފޮތްތައް ތަރުޖަމާ ކުރުމުގެ ސަބަބުން އެހުރިހާ ނުބަޔެއް ނުކިތީ، ﷲ އަށް އީމާންވުމާ ޣައިބަށް އީމާންވުމުގެ ހުރިހާ ކަމަކަށް ބުެއދިއާ މަންތިގު އަދި ފިލޯސަފީ ގެ ބާތިލު ދެކޮޅު ނުޖެހޭ ފުށުއަރާ ޕްރިންސްޕަލްސްތައް އިސްކުރީމަ.
ހުރިހާ ހެވަކާ ހިކުމަތެއް އޮތީ ގުރްއާނާ ސުންނަތުގައި. އަހަރުމެނަށް އެ ފުދޭ.
މި ރީނދޫ ބައިގަނޑު ހަމަ ސީދާ ޔަހޫދީން ކައިރިން ކިޔަވައިގެން މި އުޅެނީ އިސްލާމް ދީނުގެ އަހުލުވެރިން މަގުފުރައްދާނެ ގޮތް
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން، ކަމުގައި ލިޔެފައިއެބަވޭ. އެހެންކަމުން ގާނޫނާޚިލާފުކަމެއް ކުރިޔަކަނުދޭނަށް. މިހާރު މަޖިލީހުގެ ސޫޕަރމެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީ އަށް. އެހެންވީމާ އަސްލަމަށް ކެރެންޏާ ގާނޫނުއަސާސީގައި މިވާ ދީނަކީ އިސްލާމްދީން ، މިޖުމްލަ ކަނޑާލާބަލަ. ހަމަހިލާ އެކަމެއް ނުކުރެވޭނެ. އެކަންނުކޮށް ތިބުނާ ނަންނަމުގައި ހެދޭތަންތަނަކި ގާނޫނާޚިލާފު ތަންތަން. ގާނޫނާޚިލާފަށް ކުރަން ހަމަލާހިކެއްނޫން. ނައްތާލާނަށް. ފުރާނަ ގުރްބާންކޮށްލަންވެސް ތައްޔާރު. ފާޑުފާޑަށް އިސްލާމްދީނާ ކުޅެން ނަހަދާތި. ތީގެ އަޑީގައި ހުރީ ކިރިސްޓިއަން އަންނި.
ހީވަނީ އެމްޑީޕީގެ ސަރުކާރުން މާގިނަ އިސްލާމީ މަރުކަޒު ތަކެއް އެޅިގެން ވާހަކަ ދައްކާ ހެން.
ކޮންކޮން ރަށްރަށެއްގައިބާ އެޅީ ؟ އެނގޭ ކުދިން ލިސްޓް ކިޔާބަލަ . ކިތައް ރަށުގައި ކިތައް އިސްލާމީ މަރުކަޒުގެ ތޯ އެޅީ. މީއަދި ނޭނގޭކަމެއް.ގެއްލޭ ބެޑްޝީޓް އަޅާ ފޮރުވާފަބާ ހުންނަނީ؟
އެމްޑީޕީ ގެ ލާދީނީ އެއްޗިއްސައް ފެނޭތަ މިވާ ގޮތް. ނޭގޭނެތާ ސިކުނޑި ދުޅަވީމަކާ
ހާދަނުކެރި ހުރެގެން ތިޔަބުނަނީ ބުނެބަލަ ދެން އަޅާނީ ފައްޅިއެކޭ ތިކަން ކުރަން ރައްޔިތުން ކަލޭމެންނަށް ވޯޓްދިނީ އަދި އަނެއް ބޭނުންކަމެއް ބޭނުން ގޮތަކަށް ކޮށްލުމުގެ ފުލްޕަވަރު ލިބިފަ އޮތީވެސް ނަމަވެސް މިއަދާހަމަޔަށްވެސް ކުރެވުނުހާކަމަކީވެސް ނަންބޯޑްތަކާ ކުލަބަދަލުކުރުން އެކަނި ދެން ރައްޔިތުންނަށްޓަކާ ރައްޔިތުންގެ ޙައްގުގައި ވަޒީފާތަކުން ވަކިކޮށް ބަދުއަޚްލާގީ އަމަލްތަކަށް ހިއްވަރުލިބޭގޮތަށް ހުރިހާ ކަމެއް ފުރީކުރުން އެހެންނޫންތޯ މިކަހަލަ އެއްވެސްކަމެއް ގޯސްވެގެން އަތްހިއްލާލާނެ ހަމަ އެކަކުވެސް މިފަސްގަނޑު ގައި މިއަދަކު ހަމަނެތް ހުރިހިތާމައެއްގެ ބޮޑުކަމާ!
މާތް الله ވަނީ ޤުރުއާނުގައި އަންގަވާފައި ދީނަކީ އިސްލާމްދީންކަން. އަދި އެކަނލާގެ އިސްލާމްދީނަށް ރުހިވޮޑިގެން ވާކަން. ވީހިނދު އިސްލާމްދީން އޮތް ޤައުމެއްގައި ހުންނާނީ މަސްޖިދު. ހައުސް އޮފް ވިސްޑަމް އޭކިޔައި ފާޑުފާޑުގެ ތަންތަން ހަދާނެ ކަމެއްނެތް.
الله ކަލޭމެންގެ ތި ނުބައިރޭވުންތައް ނެތިކޮއްލާނެ އަދި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރާމީހުން ހަލާކު ކުރައްވާނެ.. އިންޝާ الله.
މީރައްޔިތުންނނެތް ގައުމެއްތަ
މީވެސް ހައްޖާޖީއެއް އޮތަ..