ދިވެހިރާއްޖޭގައި ހުރީ ޝަރީޢާ ކޯޓުތަކެއް ނޫން ކަމަށާއި ރާއްޖޭގެ ހުރީ ޤާނޫނީ ކޯޓުތަކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް ކަން ވެސް ކުރިން ކޮށްފައިވާ އިބްރާ ކުރި ޓްވީޓެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގައި ހުރީ ޝަރީޢާ ކޯޓެއް ނޫން. ޤާނޫނީ ކޯޓު. އެތަނަށް މުވައްޒަފުން ލާނީ ޤާނޫނުގައި ވާގޮތައް." ކަމަށެވެ.

ޝަރީޢާ އާއި ޤާނޫނަކީ ވަރަށް ތަފާތު ދެއެއްޗެއް ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.

އިބްރާ މީގެ ކުރިން އިސްލާމްދީނާއި ގުޅޭ ގޮތުން ދައްކަވާފައިވާ ތަފާތު ވާހަކަތަކާއި ގުޅިގެން ވެސް އިލްމުވެރިންނާއި، އެތައް ދިވެހިންނެއް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެނަކު އައްޔަން ކުރަން ރައީސް ޞާލިހް ނިންމެވުމުން ވަރަށް ގިނަ އިލްމުވެރިން ގެންދަވަނީ އެކަމާއި ދެކޮޅު ހައްދަވަމުންނެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ވަނީ ކަނޑައަޅުއްވާފައެވެ.

ނަމަވެސް ފަތުވާ މަޖިލީހުގެ ނިންމެވުމާއި، ދީނީ އިލްމުވެރިންގެ ބަސްފުޅުތަކަށް ގޮންޖެހުމަށް ފަހު ޖޭއެސްސީ އިން ވަނީ ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރުހުން ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ކުރިން އެދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. ޢަހުރއނ

  ދީނުގެ ކަންފުޅެއްވެސް ދައްކާ ވާހަކަ ތަކުގައި އެކު ނުލެވޭ މީހެއް.. މައިންބަފައނނަށްވެސް ހުތުރު

  54
  2
  • .........

   ކިޔާއުޅެއެއްނު ބަފާ ކަށްވަޅުގަ އޮތަނުދޭން އުޅޭ މީހެކޭ. ފީބާރޭޑިއޯގަސްދޮށުގޭގަ ތިބީ ހުސް އޭގެ އެއްޗިހިން. ސަހަލު އެކަތިވެސް ނެތް. ކޮންމެ އެއްޗަކު ފެންނައިރުވެސް ހީވަނީ އަރާ ކާންއުޅޭ ފުރޭތައެއްހެން. ނުބައިސިފަ ޖަހަނީ ކަމެއް ވެގެން

   3
   1
 2. ކޯބުރާ

  އޯކޭ! އެހެންވިއްޔާ އަހަރެމެން ދިވެހި މުސްލިމުން ސަރުކާރަށް ޑިމާންޑު ކުރާނަން ޝަރީޢާ ކޯޓް ތަކެއް އުފައްދަން. ގާނޫނީ ކޯޓް ތަކަކީ އުފެދުމުގައިވެސް ކޮރަޕްޓު ކޯޓް ތަކެއް.

  66
  4
 3. އިކްރާމް އަބުދުއްސައްތާރު

  މރ. ލާދީނީ.. ޝަރީއާ އޭ ބުނެފިތަ މިކަލޭގެ ހާދަހާ ވާ ބިރެއް ގަނެއޭ...

  51
  3
 4. އަން

  ގާނޫނީ ކޯޓް ތަކަށް މީހުން އައްޔަން ކުރާނީ ގާނޫނުގައި ވާގޮތަށް. ގާނޫނުގައި އެބަބުނޭ އިސްލާމީ ޝަރީއަތާ ހިލާފް އެއްވެސް ކަމެއް މިގާނުގެދަށުން ނުކުރެވޭނެކަމަށް. އިބުރާމެން ނެގި ގާގަޑުގައި އޮތް އެއްޗެއް އިބުރާއަކަށް ވެސް ނޭގޭތަ

  53
  3
 5. އިބްރާހީމް

  ލާދީނީ ކަމެއް ވެއްޖެއްޔާ ޝޭކް އިބްރާ ފާޅުވެ ، މުހައްމަދު ނަޝީދު ތެޅިފޮޅެން ފަށާނެ އަވަހަށް އެކަމެއް ކުރަން ...

  51
  1
 6. އަލްބާން

  އެހެން ވެއްޖެ ނަމަ މިހާރު ޖަލުތަކުގައި ތިބި ކުށްވެރިން ދޫކޮށްލަން ޖެހޭ. ސަބަބަކީ އިސްލާމީޝަރީއަތެއްގެ ތެރެއިން ނިޔާ ކަނޑައެޅުން ގާނޫނުއަސާސީގައި ލިޔެފައި އޮންނާތީ..

  39
  2
 7. އަހުސަން

  ކޮބާ ދުއާ ދެންނެވިފަދަ ވެރިން ކަމަށް ބުނެ ރޯނުއެނދުރުންގެ މަސައްކަތުން ސަރުކާރަށް އަލިފް ބާ ނުދަންނަ ލޮނުގޮއްޔެ ތަރުތީބު ދަންނަ މީހުން ގެނައިމަ އެންމެ މާތް އިލްމު ކަމުގައިވާ އިސްލާމީ ޝަރީއަތުހެ ހުކޫމަތު ގާއިމް ވެއްޖެ އެންނު..

  40
 8. ހުދުހުދު

  ދެންހުރި މުރުތައްދު އަނގަ ފެޅީ ދޯ. މީ އިސްލާމީ ގައުމެއް. އިސްލާމީ ގައުމެއްގައި ހުންނަން ޖެހޭނީ ޝަރީޢާ ކޯޓުތަކެއް. ހަތް އުޑު މަތިން ބާއްވާލެއްވި ހުކުމްތަކަށް ހުކުމް ނުކޮށް އަމިއްލަ ހުކުމް ތަކެއް ނުކުރެވޭނެ. ކަލޭމެންގެ ކުފުރު ޑިމޮކްރަސީ ފުޑާލަބަލަ

  48
  1
 9. ހުސޭނުބޭ

  ޝަރީޢާ ކަނޑައެޅުއްވި ފަރާތުގެ ޢަމުރަށް މަލަކަލްމައުތު ކަލޭ ބަލައި އައުމުގެ ކުރިން ތިމާގެ އަމިއްލަ ޙާލާމެދު ވިސްނާ އިސްލާޙްވެބަލަ!

  50
  1
 10. 1111

  ތިބުނާ އެއްޗެހި ވަކިވަކި އެއްޗެއްސަށް ހަދައިގެން އުޅެން އުޅެތީ ނޫންތަ އެވަހަކަ މިދައްކަނީ. އެހެނވެ ނޫންތަ ދިމާވެގެނ އުޅޭހާ މުސީބާތެއް ދިމާވެގެނ މިއުޅެނީވެސް. ރާއްޖޭގައި އޮތީ ޝަރީޢާއެއް ނޫން! އެކަމަހު މިކިޔަނީ މުސްލިމުންނޭ. ތަބަޢަ ވަނީ ﷲ ގެ ފޮތަށާއި ރަސޫލާ ޞ ގެ ރިސާލަތަށޭ! ޤާނޫން އަސާސީގެ އެނމެ ފުރަތަމައިނުންވެސ ބޮޑު އަކުރުން ތިމަން މެންގެ ދީނަކީ އިސލާމް ދީން ކަމަަށާއި ދީނާ ފުށުއަރާ ގޮތަށް ޤާނޫނު ނެހެދޭނެ ކަމަށް ބުނެފަ އޮތީ ނަމެއްގައި ދެއްތޮ! މި މީހުންނަށް ހީވަނީ ދީނަކީ މިސްކިތަަށް އެރުން ހެން. އެއީ ތިމާމެނ މިދުނިޔެ މަތީގައި އުޅެނ އަނގަވާފައިވާ ގޮތް ކަމެއް ދެނހުރި އެކަކުވެސް ހުރިހެން ހީވޭތަަ! ތިމާމެން ދުނިޔޭގައި ލެއްވެމުގެ މަޤްސަދަކީ ހަމައެކަނި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ވާންކަން އެގޭތަ އަނެއކާ؟ ދެން ބުނާނެ ޤުރްއާނުގަ އެބައޮތްހެއްޔޭ ތިކަމެއް، ނިކަން ދައްކަބަލާށޭ! އިސްލާމްދީ ފުރިހަމަ ވެފަައިވަނީ ޤުރްއާނުގެ އިތުރުނ ސުންނަތުންނާއި އިޖުމާޢު އާއި ޤިޔާޞް އިންކަމެއވެސް މި ޖާހިލުންނަކަށް ނޭގޭ!

  35
  2
 11. ދޮނާބެ

  އެއްކަލަ ބީތާ ތެޅެންފެށީ! މީނައާ އަބޫޖަހުލާ ކިޔެވީ އެއް ކްލާހަކުން! އެހެންވެޔޯ މީނަ މާ މޮޅުވެގެން އުޅެނީ!

  36
  1
 12. ފައިވާނުގެ ވަދު

  ދެން އެހެންވީއިރު ކޯޓުތަކުގަ ކަލޭމެން މާތްﷲ ގަންދީ ހުވާކުރަނީ ކީއްކުރަން؟؟؟ކަލޭމެންގެ ނަފްސުތަކުގައިވާ ނުބައިކަން މާތްﷲ މޮޅަށް ދެކެދެނެވޮޑިގެންވޭ..

  45
  1
  • ސޯބެ

   ޢެބުނާހެންގާނޫނުއަސާސީ ގަންދީ ހުވާކުރަންވީނު

   29
 13. އަހާށޭ ބުނާބަސް

  ހުރިހާ ސައިޠާނުން އެއްބަހުގައި ކުރާކަންތައް މިވަރަށް ފަޅާއަރާއިރުވެސް ހޭވެރިކަންވާ މީހުން ހަމަ މަދީބާ! އިބުރާ އެބުނީ ވ.ބޮޑު ތެދެއް! އޭނާގެ ބަހުން ސާފުވެ ދޭހަވާ ކަމަކީ ރާއްޖޭގައި ޢަމަލު ކުރެވެމުން މިދަނީ އިސްލާމް ދީނަށްނޫންކަން! ޑިމަކްރަސީ ދީނަށްކަން! ޑިމަކްރަސީއަށް ވޯޓްއަޅާ މީހުންނޭ، އިސްލާމްދީނަށް ކުޑަވެސް ލޯތްބެއް ހުރިއްޔާ ތައުބާވެ އިސްލާހުވެ ދެން އެޔަށް ވޯޓު ނުދެއްވައްޗޭ! މިމީހުންގެ އަނީޔާތަކަ ކެއްނުކުރެވި ބޮޑުވަރަކަށްވާނީ މަރު! އެެނަސް ﷲ ގެ ޢަޒާބަށް ކެތެއްވެސް ނުކުރެވޭނެ އަދި މަރެއްވެސްނުމެ ވާނެމެ! ބިރުވެތިވޭ! ތައުބާވޭ!

  37
 14. ޔާން

  އިބުރާ ނިކަން ރުޅިއަންނާނެ ޝަރީއާ އޭ ކިޔާފިއްޔާ.. އެހެންވީމާ.. އިބުރާ ކަލޭ އަޑުއަހާ..'ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ..ޝަރީއާ..ޝަރީއާ..ޝަރީއާ..ޝަރީއާ..ޝަރީއާ..ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ.. ޝަރީއާ..

  27
  2
  • މޮޔައެނޮނިމަސް

   ހައްހާ ގަޅިކަމެއް

 15. ނަޒީމް

  އިބުރާގެ މޫނު ހަމަ ލޮލުން ފެންނަ ކޮންމެ މުސްލިމަކު އޭނާގެ މޫނުމައްޗައް ކުރުސި އާއި ފަލަގިންނާސި ދެ ސޫރަތް ކިޔެވުމައް އާދަ ކުރައްވާތި. އަދި މީނާގެ ކަޅި ހިނގާ ދިމާތަކުން ކުޑަކުދީންނާއި ތުއްތު ކުދީން ދުރުކުރައްވާތި.

  32
  1
  • ކުޑަބަޖަރާ

   އެއީފައްކާ ރަތްލާޖެހި ޝައތޯނެއްދޯ؟

   19
   1
  • އަން

   އެއީޔޯ؟ އަނެއްކާ އެއީ ކަންވެރިޔަކީތަ؟ ނޫނީ ދޫވިހަ މީހަކީތަ؟

   14
   2
 16. ގޮތްކުޑަ

  ރޯނު އެދުރައް ނޭގެނީތަ ޤާނޫނު ހަދާފައިވަނީ ގާނޫނު އަސާސީގެ ދަށުންކަން. ޤާނޫނު އަސާސީގައި ނޯވޭތަ އިސްލާމީ ޝަރީޢަތާ ޙިލާފު ޤާނޫނެއް ނެހެދޭނެވާހަކަ.

  26
  1
  • ޖޭމް

   އާއެކޭ! މިވަރު މީހުން ވެރިކަމަށް އަރާ މިތިބީ.

 17. ބުރާންތި

  ތިޔަ އިބުރާއަކީ އިސްލާމް ދީނުގެ ކަންފުޅެއްވެސްނެތް ލާދީނީ ޖާޙިލެއް މި ޤައުމުގެ ހަލާކު މުރުތައްދުވެފަވާ ޖާހިލެއް

  24
 18. ޖުހާބެ

  ޝަރީއާ އެއް ނެތި ގާނޫނު ކޯޓުތައް އޮތުމަކީ އެއީ ލާދީނީ ވުން ކަން ވަރަށް ސާފު. އާނ އެ ފާޅުގަ އެބުނަނީ ހަމަ ތިމަންނަ މެންނަކީ ލާދީނީ ބަޔެކޭތާ.. މި ކަލޭގެ އަށް ކިޔޭ ނުކިޔޭ އެޗެއް ނޭނގޭ މީނަ ކިޔަވައިދޭ ދަރިވަރުންނަށް ވެސް ކިޔަވައިދެނީ މިހާ ބީތާ ކޮށް ދޯ..

  23
  1
  • .......

   މިފަަހަރު އިބުރާ އެބުނީ ތެދެއް....މިތާކުނެތް އިސްލާމީ ޝަރީޢަތް ހިނގާ ކޯޓުތަކެއް...އެކަމަކު....ދެން އެހެންވިއްޔާ މުސްލިމަަށް ނުދެވޭނެޔޭ ދޯ އެބުނެވެނީ ރާއްޖޭގެ ކޯޓުތަކަށް ހުކުމްހޯދަން....

   8
   2
 19. ކޮބާ ކޮބާ

  ކޯޓުތަށް އިޞްލާހު ނުވެގެެން އުޅެނީ، ތިޔަ ގާނޫނު ތަކުން ޖަހާ އިސްލާމީ ޝަރީޢަތް މުގުރަމުން ދާތީ.
  އަދި ތިޔަކަހަލަ ހެއްދެވި ފަރާތަށް ލޯތްބެއް ކިޔަމަންވުމެއް ބޭނުންވެގެން ނޫޅޭ ބަޔަކު މިކަންކަން ހިންގަން ހުންގާނުގަ ތިބޭތީ ގިނަބަޔަކު ހެއްލި ﷲގެ ދީނާ ފެޔަށް ޖެހި ދެދުނިޔެ ގެއްލިދޭ.

  11
 20. ސަންތި

  ރާއްޖޭގައި ހުންނާނީ ޝަރުޢީ ކޯޓްތައް. ޤާނޫނު ތަކުގައި މުޚާތަބުކޮށް ފައި ހުންނާނީ ވެސް ޝަރީޢަތުގެ މަޖްލިސް... މިހިރަ މަރުމޯލާ

  11
  2
 21. ާަލިޔެލަަަ

  ކޮބާ ދުއާ ދެންނެވިފަދަ ވެރިން ކަމަށް ބުނެ ރޯނުއެނދުރުންގެ މަސައްކަތުން ސަރުކާރަށް އަލިފް ބާ ނުދަންނަ ލޮނުގޮއްޔެ ތަރުތީބު ދަންނަ މީހުން ގެނައިމަ އެންމެ މާތް އިލްމު ކަމުގައިވާ އިސްލާމީ ޝަރީއަތުހެ ހުކޫމަތު ގާއިމް ވެއްޖެ އެންނު..

 22. ބޯގަޅި ކަކުނި

  މީދެން ކާކޫތަ؟ މާ ދަންނަ ކަމަށް ހެދިގެން އުޅެން ، މީނައަކަށް ނޭގެ ޤާނޫނު ހަދާފައިވަނީ ގާނޫނު އަސާސީގެ ދަށުންކަން. ޤާނޫނު އަސާސީގައި އަންނާނެ އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެވާހަކަ، އެހެންވީމާ ތިޔަ ހަދައިގެން އުޅޭ ޤަބޫނަކީ ބާޠިލް އެއްޗެކޭ މުރުތައްދު އިބޫރާ އެ ވިދާޅުވެވަވަވަޑައިގަގަގަގަތީ. ލޮލް

  8
  1
 23. Anonymous

  އިބުރާ ވިޔަސް އެބުނީ ތެދެއް މި ރާއްޖޭގެ ކޯޓު ތަކަކީ އިސްލާމީ ޝަރިޔަތާއި އެއްގޮތަށް ހުކުމް ނުކޮށް އަމިއްލަ އަށް ހަދާފައިވާ ވަޅޮއީ ގާނޫނާ ށް ހުކުމް ކުރާ ތަންތަން އެހެންވީމާ ޝަރިޔާ ކޯޓުތަކޭ ނުބުނެވޭނެ

  5
  8
 24. ޝާހް، ރ.ވާދޫ

  މަހިތައްއަރާ މި ޝައިތާނަށް ހެޔޮވިސްނަދޭން މީގެ މައިން ބަފައިން ނޫނި އާއިލާމީހަކުވެސް ރައްޓެއްސަކުވެސް ނެތީބާއޭ. ދީނުގެ ކޮންމެ ކަމަކާ ގުޅޭކަމެއްގަ ސީދާ އިސްލާމްދީނުގެ އަސްލުތަކާ ޝަރީއަތާ ސީދާ ދިމާއިކޮޅަށް ފާޅުގަ ވާހަކަދައްކާ މުރުތައްދުވެފަހުރި އެއްޗެއްމީ.

 25. ދޮންބެ

  ޝަރީޢާ އަކީ ﷲ ބާވާލެއްވި އެއްޗެއް. ގާނޫނަކީ އިންސާނުން އަމިއްލައަށް ހަދާ އެއްޗެއް. އެހެންތޯ އިބުރާ ތިޔަ ބުނަނީ. އެހެންކަމަށް ވާނަމަ ދިވެހި ރައްޔިތުން އެބަ ވިސްނަން ޖެހޭ އިންސާނާ އަމިއްލައަށް ހަދާ އެއްޗަކަށް ވުރެ އިންސާނާގެ ވެރި އިލާހު ބާވާލައްވާ އެއްޗެއް ފުރިހަމަ ވާނެކަން. އެހެންވީމާ މީހަކު ހަދާ ގާނޫނަކަށް ވުރެ ބޮޑަށް އެމައްސަލައެއްގައި ޝަރީޢާއިން ލިބިދޭ އިންސާފު ފުރިހަމަވެފައި އަދުލުވެރިވާނެކަން ދަންނަންޖެހޭ.

  8
  1
 26. ޒޯ

  ބައެއްފަހަރު ޝައިތާނާ ވެސް ތެދެއްމެ ބުނެފާނެ. އެގޮތަށް މިފަހަރު ވެސް މިއޮތީ ތެދެއްމެ ބުނެފަ. މި ރާއްޖޭގައި މިއޮތީ އިސްލާމީ ޝަރީއަތެއް ނޫން. ކުފުރު ޑިމޮކްރަސީ އާއި އޭގެ ޝަރީއަތް

 27. Anonymous

  މިރާއްޖޭގެ ކޯޓުތަކަކީ އިސްލާމީ ޝަރިއަތާއި އެއްގޮތަށް ހުކުމްކުރާ ކޯޓުތަކެއް ނޫން
  ﷲ ބާވައިލެއްވި ހުކުމުން ހުކުމްނުކޮށް އަމިއްލަ އަތުން ހަދާ ޤާނޫންތަކަށް ހުކުމްކުރުމާއި ހުކުމް އުފުލުން ވެގެންދާނީ އިސްލާމް ދީނުން މީހާ ބޭރުވާނެ އަމަލެއް

 28. އިހުސާނާ

  ތި ދީނޭ ދީނޭ ކިޔައިގެން ދުނިޔޭގެ އޮޔާ ވަޔާ ކަންހިނގާ މަގު ނޭނގޭ މީހުންތައް ރާއްޖޭން ބޭރުކުރަންވެއްޖެ ނޫންތަ؟ ނޫނީ އެ މީސްމީހުންނަށް ކުޑަކުޑަ އަހަރުމެންގެ ޅަ ކުދިންގެ ސިނކުޑި އާ ކުޅުމުގެ ފުރުސަތު ނުދޭންވެއްޖެ ނޫންތަ!