މާފަންނު ސަހަރާ ތެރޭގައި ކަށްވަޅު ކޮންނަން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ.
މާފަންނު ސަހަރާގައި ކަށްވަޅު ކޮންނަން ތިބީ ދިވެހި ދެ އަންހެނުންނާއި، ދިވެހި ފިރިހެނަކާއި, ބިދޭސީ ހަތަރު ފިރިހެނުންނެވެ. މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާއްމުންގެ ބަޔަކު ކުރި ރިޕޯޓަކާއި ގުޅިގެން މިރޭ 12:30 ހާއިރުއެވެ.
މަންޒަރު ދުށް މީހަކު "ވަގުތު" އަށް ބުނީ ކަށްވަޅު ކޮންނަން ތިބި ތަން އޭނާއަށް ފެނުމުން އެ މަންޒަރު ނުބަލަން އެތަނުގައި ހުރި ދިވެހި ފިރިހެން މީހާ އެދުނު ކަމަށެވެ.
"ފިރިހެން މީހާ ބުނީ ސިހުރޭ މި ހަދަނީ،ސިހުރު ހަދާއިރު ބަލަން ނުވާނެކަމަށް". މަންޒަރު ދުށް މީހާ ބުންޏެވެ.
އޭނާ ބުނީ، އިރުކޮޅަކުން އަންހެނަކު ރޯއަޑު ސަހަރާ ތެރެއިން އިވުނު ކަމަށާއި،މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކުވެސް ސަހަރާ ތެރޭގައި ހުރި ކަމަށެވެ.
މަންޒަރު ދުށް އިތުރު މީހަކު ބުނީ, އެ މީހުން ކަށްވަޅު ކޮނުނީ ބަޔަކު ހަދާފައި ހުރި ސިހުރެއް ނައްތާލަންވެގެން ކަމަށް އޭނާ ކައިރީގައި ބުނި ކަމަށެވެ.
"އަހަރެން ދެކުނިން އަންހެނަކު ފާޑެއްގެ ބާރުތަކެއް އަރައިގެން ދުއްވައިގަންނަން އުޅުނު ތަން"
އޭނާ ބުނީ ކަށްވަޅު ކޮނެގެން ނަގާފަަައި ހުރި ގިނަ އަދަދެއްގެ ގާތަކެއް ފެންނަން ހުރި ކަމަށާއި, އެތަނުން އިންސާނެއްގެ ކަށިތަކެއް ނަގާފައި ނެތް ކަމަށެވެ.
މި މަަައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ސިޙުރުގެ ކުޅިގަނޑު ފެށެނީ އަނެއްކާވެސް
ވަޓް ދަ ފިޝް
ފްރައިޑް ފިޝް
ސިހުރު ވެރިންނަކީ އިންސާނަކު ހައްގަކާ ނުލައި މަރާލުމަށްވުރެން ނުބައި ފާފަކުރާބައެއް. އެމީހުން އެކަން ނުދަންނަނީ. ސިހުރު ހަދައިގެން މީހަކަށް ނުވަތަ ބަޔަކަށް އަނިޔާއެއް ނޫނީ ނުދެވޭނެ. ހަސަދަ ވެރިޔާ ހަލާކު ވެގެން ދާނީ ﷲ އަށް ވަކީލު ކުރާ ކެތްތެރިޔާގެ އަގީދާގެ ވަރުގަދަކަމުން.
ސިހުރު ލޭންޑު.. ރަނގަޅައްވިއްޔާ އައްޑޫ ގޫބައްޑާއިންތަކަކައްވާނީ..
އައްޑޫ މީހަކު އުޅެފާނެ ކަލޭ ކަހަލަ މީހުން ގަޅި ހައްދައިގެން ރުގިޔާއޭ ކިޔައިގެން ފައިސާ ހޯދަން. އެހެން ނޫނީ އައްޑޫ މީހުން އުޅޭނީ މާލޭގައި ފިހާރަ ހުޅުވައިގެން ބިޒްނަސް ކުރަން. ސާފުބާ
ކަލޭ ވަރަށްބޮޑަށް އައްޑޫ މީހުންނަށް ރުޅިއަންނަ ކަމަށް ބެލެވޭ ކަލޭގެ ނަސްލީ ތަފާތުކުރުމާއި ހަސަދަވެރިކަން ސިހުރުވެރިޔާއަަށްވުރެވެސް ނުބައި ކަލޭ ކިތަންމެ ރުޅިއަޔަސް އައްޑޫމީހުން އުޅޭނީ ފުދިގެން ކޮންމެ ކަމެއްގަވެސް އައްޑޫ މީހުންނަކީ ކެރޭބައެއް ތިމާމެން ފިނޑިކަމުން ކަންތަކާއި ކުރިމަތިލާން ނުކެރުމަކީ އައްޑޫ މީހުންގެ މައްސަލައެއްނޫން
އައްޑޫ މީހުންގެ ތެރޭގައިވެސް ރަގަޅު ހެޔޮލަފާ މީހުންވޭ ނަމަވެސް ގިނައީ ވަރަށް ބޮޑެތި ޖާހިލުން.
އާނ. ފުވައްމުލަކުގަޔާ . ވ ފެނިފަ ތިބޭ ކިބުރުވެރިން ގިނައިން އަހަރެނަށް ފެނުނީ. އަހަރެނާ ދިމާވި ފުވައްމުލަކު މީހުން ބޭރުން ވ ހެޔޮވެގެން އުޅެފަ ފަސްފަހަތުގައި ނޮޅައި ކާލަނީ ރިހާކުރާ ފިހުނު މަސް ކާހެން.
ޙިތަށްއަރާ ސިހުރު ހަދަނީ ކީއްވެބާއޭ މީހުންގެ ދިރިއުޅުން ހަލާކު ކުރަނީ...އޭގެ ބަދަލުގަ ޤައުމަށް އެހެންނޫނީ އަމިއްލަ މީހާއަށް ފައިދާ ކުރާނެ ކަހަލަ ކަމެއް ކުރަންވީ އެއްނޫންބާ...
އެންމެގިނައިން އައްޑޫ މީހުންތަ ސިހުރުހަދަނީ؟ ތީނަޔަށް ތިޔަހުރީ މީރަނގަޅަށް އެނގިފަ.
ކަލޭމެނަށް ވިއްޔާ އެންމެ ބޮޑަށް އެނގެނީ!
ރަނގަޅު ރާޤީއެއް ކަށްވަޅެއް ނުކޮންނާނެ. ޝައިތާނާ ހާޒިރުވެއްޖެ ނަމަ ކަންކުރަން އޮންނަ ގޮތަށް ކުރީމާ އެކަން ﷲގެ އިޒްނަފުޅާއެކު ނިންމާލެވޭނެ. ކަށްވަޅު ކޮންނަން ޖެހޭ ހާލަތެއް އައިސްފިނަމަ އިލްމުވެރިންގެ މަޖްލީހަކުން އެކަން ނިންމަންވާނީ. ދީނީގޮތުންވެސް ވަރަށްބޮޑު ޕްރޮސީޖާއެއް ފޮލޯކުރަން ޖެހޭކަމެއް ކަށްވަޅު ކޮނުމަކީ އެކަހަލަ ހާލަތެއްގައި. ބެލެވޭ ހޮތުގައި ތިޔަ ރާގީއަކީ ތަޖުރިބާ މަދު މީހެއް.
Al-Baqarah 2:102
وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَۖ وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَٰرُوتَ وَمَٰرُوتَۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْءَاخِرَةِ مِنْ خَلَٰقٍۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْۚ لَوْ كَانُوا۟ يَعْلَمُونَ
އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ.
މުލިއާގޭތެރޭ ކޮންމެ ރެއަކު އެއަޅަނީ ކޮން ދުމެއްތަ؟ ނޭނގޭތީ ހަމަ އަހާލީ.
މަމީ އެތާހުރިމީހެއް ކައްވަޅެއް ނުކޮނެ ސިހުރު
ހަދާފައިވާ ގާތަކެއް ނެގީ
ޢަންހެނަކު ދުވަސްދުއްވާލައް ހަދާފައިވާ ސިހުރެއް ނަގަން ޖެހުނީ ކަމައް ވަނީ
މަދިރި ގިނަވެގެން..ހިކިމިރުހުން ދުންއަޅަނީ..
އެތަނަށް އަންނި ވަންނަ ވަރުން އޭނާ ނެރެން ދުން އަޅަނީ
ޜޯގާއުޅޭތީ ކަތުރާނުން ދުން އަޅަނީ ކަމަށްވާނީ މަމެންކުޑައިރުވެސް ރޯގާ ފެތުރޭ ދުވަސްވަރު ދުން އަޅާ ތަކްބީރުކިޔާ ހަދާ
ސިހުރު ނޫނަސް ސިހުރަސް. މަށަައް އެނގިފަ އޮތީ ސަހަރާއައް އަންހެނުން ވަންނަން ނުވާކަން. މޮޅައް އެނގޭނީ ދީނީ ކިޔަވައެގެން ތިބިމީހުންނަށް
ހަވަރު ތިނަދޫ މީހުން މިތާ ގިނަވީމަ ވާނީ މިހެން... ފަންޑިތައަށް ބޫތު ކައިފަ ހުންނާނީ..
ހަވަރު ތިނަދޫ ދެކެ ވަރަށް ބިރު ގަންނަ ސޮރެއްދޯތީ........ޥަރަށް ވައްތަރު.
އެންމެގިނައިން ސިހުރު ހަދަނީ އުތުރު މީހުންނާއި، މެދުރާއްޖެތެރޭ މީހުން..
ސަރުކާރުން މުސާރަ ދީފާ ސަހަރާތަކުގައި ކަށްވަޅު ކޮންނަން ބަޔަކުލައިފައި ތިބޭނެ އެމީހުން ލައްވައި ތިޔަކޮނުނު ނަމަ ތިޔަހެނެއް ބުރޭކިން ނިޔުސް އަކަށް ނޭރީހެއްނު
ފޫޅުދިގުހަ ންޑި. އެ ންޑް.ފްރެންޑްސް
ދިރާސީ ޝަރުޢީ ރުޤްޔާކުރާއިރު ސިހުރު ހަދާފައިވާ ތަން ހޯދައި ޖެހޭނީ އެތަނެއް ނަގަން. ޢޭރުން ބަލިމީހާ އެއްކޮށް ނޯމަލް ކުރެވޭނީ. ކީރިތި ރަސޫލާ އަށް ޖެހިވަޑައި ގަތް ސިހުރުވެސް މަދީނާގެ ވަޅުތެރެއިން ނެންގެވިކަން ޤުރްއާން ތަފްސީރުން އެނގިގެން ދެއެވެ.
ޢެމީހުން ޤަބުރުސް ތާނަށް ދިޔައީ ސިޙުރު ހަދާފައިވާ ތަނެއް ނަގަން ބަލިމީހާ ގޮވަިގެން ޕޮލިހުންގެ މީހަކާ އެކު.
ޥަޅުލާފައިވާ ސިހުރު ޙުރީ ސަޙަރާގެ ދޮޜު ކައިރީގާ. ކައްވަލެއް ނުކޮނެ އެމީހުންނެ. ޢަދި މީހަކު ހައްޔަރެއް ނުކުރެ ޕޮލިހުންނެއް.
ޜާއްޖޭގެ މީހުންނެއް ނުކުރާނެ. ސްކޫލު ނިމޭއިރު އިސްލާމުން މާސްޓަރސް ނެގޭ ފެންވަރަށް މަންހަޖު އޮތީ.. ކިހާ ދީން އެނގޭނެ ދެން
ރާއްޖޭގަ މީހުންމާގިނަވީކަމަށްވެދާނެ އިންޝާﷲ ސިހުރުވެރިން ނެތިކުރަށްވާށި.....!!!
ސުޖޫން އާ ރޯނު އެދުރާ ހޮވަން އެމްޑީޕީން ސިހުރު ކުޅި ކުރިއަށް ވުރެ ބާރަށް ގެންދަނީ!
ސިހުރެއް ނަށްތާލަން ކަށްވަޅެއް ކޮންނަންވާނީ ސަރުކާރުން ހުއްދަލިބިގެން ކަށްވަޅުގަ ސިހުރު ހަދާފަ ވަޅުލާފަވާކަން ޔަގީންވީމަ އެސިހުރު ނަށްތާލަން ކަށްވަަޅު ކޮނުމަކީ ހުއްދަކަމެއް
ސިހުރު ހެދުމަކީ ބޮޑު ފާފައެއް ﷲއާއިވަކީލު ކުރާނަމަ އުދަގޫ ތަކުން ނިކުމެވޭނެ މަގު ތަނަވަސް ކޮށްދެއްވާނެ
ނުރައްކާތެރިކަމެއްތި. ރުޤުޔާ ކުރުމަކީ މިހާރު ފައިސާ ލިބޭ އެންމެ ބުޑު ވަސީލަތް. ކަންކަންނޭގިތިބެ މީހުންގެއަތުން ފައިސާ އަތުލުމަކީ މުފަދަ މީހުން ކުރާ ނުބައިކަމެއް. ރުޤޔާކުރުމަށް ހުއްދަ އެއް ދެއްވަންޖެހިއްޖެ. ށިހުރުހަދާމީހުން އިންތިހާއަށް ގިނަ ޤައުމެއް މިއީ . މިކަމުގައި ކިޔަވައިގެ ތިބި ޝެއިކުންވެސް އެބައުޅޭ
ސިހުރުވެރިން މިހާރު ކައްވަޅަށް ނޫނީ އޭކަން ނުކުރޭ.. ސަބަބަކީ ފަސޭހައިން އެކަން ރަނގަޅުކުރާމީހާއަށް އެނެގޭނެ ގޮތެއްނޯންނާތީ... ސީޙުރުވެރިންނާ އެކަމަށް އެދިގެން ދާ މީހުންވެސް ހަލާކު ކުރައްވާށި..!
ޤަބުރުސްތާނަށް ޒިޔާރަތްކުރާ އަންހެނާއަށް ﷲ ލަޢުނަތްލައްވާނެ. މިކަން ކޮށްފަ މިވަނީ ރަނގަޅަކަށް ނޫން. ޝަރުޢީ ރުޤުޔާއެއްނަމަ ﷲ ގެ އެއްވެސް އަމުރުފުޅަކާ ޚިލާފެއްނުވާނެ. މިކަމުގެ ސައްހަ އިލްމު ވެއްޖެއްނު ރާއްޖޭގަ ކިޔަވާދޭން. ތަންދޮރު ވަކިނުވޭ އޯލެވެލް އިން އޭ ޕްލަސް ހީދާ ކުއްޖާއަށްވެސް. ދީނުގެ ހުރިހާ ބައިތަކެއް ނުހުރޭ އިސްލާމީ ތަރުބިއްޔަތުގަ.
އައްޑޫ މީހުންނަށް ވުރެ މާލޭ މީހުންގެ ތި ސިހުރުގެ ކުޅިގަނޑު މާ ބޮޑު...
ތިޔަކަހަލަ ބާތިލް ކަންތައް ކުރާނީ ސިހުރު ނައްތާލާކަށްނޫން ސިހުރު ހަދަން
އަހަރެންގެ ގެ ހުންނަނީ ހެންވޭރު ބޯޅަދަނޑު ކައިރީގައި، މިގެއާ ޖެހިގެން އުސްކޮށް ބުރި ބުރި އަށް ހަދާފައި ހުންނަ ގޭގައިވެސް އުޅޭ ތިކަން ކުރާ މީހަކު، ސީދާ ފަންޑިތަ މީސްމީހުންނަށް ހަދަނީ، އޭނާއަކީ އެއްވެސް ވަޒީފާއަކަށް ދާ މީހެއް ނޫން، ލާރި ހޯދަނީ ފަންޑިތަ ހަދައިގެން. އޭނާ ބުނާ ގޮތުންނަމަ އެއީ ހުއްދަ ކަމެއް އަދި ހަދަނީވެސް ހުއްދަ ފަންޑިތަ ކަމަށްވަނީ، އޭނާ ގެ އަށް ޖިންނިވެސް ގެނޭ، މިގޮތުން ގެއަށް ގެނައި ޖިންނި އެއް އޭނާގެ އަނބި މީހާއާ އަވަލައިގެން މިހާރު އުޅެނީ އޭނާ ޖިންނި މޮޔަވެގެން. ބޭސް ފަރުވާ ކޮށްކޮށް ކޮޅުންލައިފި އަދިވެސް އުޅެނީ އެހާލުގައި. ސުވާލަކީ ހުއްދަ ފަންޑިތަ ހުރޭހޭ، އަދި މިގޮތަށް ހޯދާ ލާރި ހަލާލު ވާނެތޯ، މިސުވާލަށް ކޮންމެވެސް ބޭފުޅަމު ޖަވާބެއް ދެއްވަބަލާ.
ފަންޑިތަ އަކީ އެއްވެސް ހާލެއްގައި ހުއްދަ ކަމެއް ނޫން... އަހަރެމެން ހުރިހާ ކަމެއްގައި ވެސް ވާގި އެދެން ޖެހޭނީ ﷲއަށް... ﷲތަޢާލާ ފިޔަވާ އެހެން އެއްވެސް ފަރާތެއްގެ އެހީ އެއްވެސް އެހެން މަޚުލޫޤެއް ނުވަތަ އެހެން ގޮތަކުން ވެސް ހޯދުމަކީ ޝިރުކުގެ ޢަމަލެއް... ހުއްދަ ފަންޑިތަ ނޫނީ ހުއްދަ ސިހުރަކީ އިންސާނުން އަމިއްލައަށް އުފެއްދި ވަޟައީ ގާނޫނުތައް
ކަމެއް ވާއިރަށް އައްޑޫ މީހުން ނާއި އަޅައި ގެން ތިއުޅެނީ ކީވެ ކަލޭ މެން މާލެ މީހުން ކައިގެން ބޮަައިގެން ތިއުޅެނީ އައްޑޫ މީހުން ދިނީމަ މީލަކަ ވާހަކަ
ތި މީހުން ހައްޔަރެއް ނުކުރޭ. އެމީހުން އެތަނައް ދިއައީ ހުއްދަ ހޯދައިގެން އަދި ފުލުހެއްވެސް ގޮވައިގެން. ސިހުރު ހަދާފައިވާ ގާތަކެއް ނެގީ އެ ބާތިލުކުރަން ވެގެން.
އޭތް ޔަސާން... ތިއީ ވަރަށް ގޮތްކުޑަ ވާނުވާގަ ހުރި މީހެއް... އައްޑޫ މީހަކަސް ކައްދޫ މީހަކަށް ވިޔަސް މާލެ މީހަކަށް ވިޔަސް ކޮންމެ މީހަކަށް ވިޔަސް އެންމެން ހައްދަވައި ފައި ވަނީ ހަމަ އެންމެ ފަރާތަކުން. .. މާތް ﷲ.... ވިސްނާލާ. އަހުރެން މިއީ އައްޑޫ ކުއްޖެއް... އެހެންޥެ ކުޑަކޮށް ވިސްނާދިނީ. އެއްވެސް އެއްޗެކޭ ހިތުގަ ނުބާއްވާ ތި އިނގޭ..?.
މި ދިވެހިރާއްޖޭގަ އައްޑޫ މީހެކޭ މާލޭ މީހެކޭ ތަފާތެއް ނޯންނާނެ. އެއީ މާކުރީގެ މީހުން ދެކެމުން އައި ގޮތެއް. މިހާރު އެކަން ފިލާ ހިނގައްޖެ. ތިޔަ ކަހަލަ މީހުން އެކަކު އަނެކަކާ ޖައްސަން އުޅުނަކަސް ތިޔަކަމެއް ދެން ކުރިޔަކަށް ނުދާނެ. ތިނޫން އެހެންވާހަކަ އެއް ދައްކާ. ވަރަށް ސަލާމް