2013 ވަނަ އަހަރު ރިޔާސީ އިންތިހާބާއި ދިމާކޮށް ރައީސް ޔާމީން ރައްޔިތުންނަށް ހުށައެޅި މެނިފެސްޓޯގެ 95 އިންސައްތަ ހާސިލު ވެއްޖެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

މި އަހަރު ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ބޯމަތި ވަމުން އަންނައިރު ރައީސް ޔާމީން 2013 ގައި ރައްޔިތުންނަށް ހުށައެޅި މެނިފެސްޓޯގެ ކިތަށް އިންސަތަށް ހާސިލު ކުރެއްވިއްޖެ ތޯ "ވަގުތު" އިން ސުވާލު ދެންނެވުމުން ޕީޕީއެންގެ ސެކެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ހުށައެޅި މެނިފެސްޓޯގެ ބޮޑު ބައި ހާސިލް ކުރެއްވިއްޖެ ކަމަށެވެ.

"ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގަތުމަށް ހުށައެޅި މެނިފެސްޓޯގެ ބޮޑުބައި މިވަނީ ހާސިލު ކުރެވިފައި, ގާތް ގަނޑަކަށް 95 އިންސައްތަ މިވަނީ ހާސިލު ކުރެވިފައި, އޭގެ ތެރޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި, ރަނގަޅު ސިއްހީ ހިދުމަތް ގާއިމު ކުރުމާއި ރަނގަޅު ތައުލީމީ ނިޒާމެއް ގާއިމު ކުރުން މި ހުރިހާ ކަމެއްގެ ބޮޑުބައި މިވަނީ ހާސިލު ކުރެވިފައި" ހަލީލް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ދަރުމަވަންތަ ހޮސްޕިޓަލް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ހަލީލް ވިދާޅުވީ މެނިފެސްޓޯގެ ހުރި ކަންކަމަށްވުރެން އިތުރު ކަންކަންވެސް ރައީސް ޔާމީނުގެ ޒައާމަތުގައި ވަނީ ކޮށްދެއްވާފައި ކަމަށާއި އަދި ދަނީ ކޮށްދެއްވަމުން ކަމަށެވެ.

ހަލީލް ވިދާޅުވީ ކެންޕެއިންނަށް އެންމެ މޮޅަށް އަދި ރިޔާސީ އިންތިހާބަށް ހަމައެކަނި ކެންޕެއިން ކުރާ ޕާޓީއެެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ ޕީޕީއެމް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގައި ތާރު އަޅަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން, ކެންޕެއިން ޓީމުތަށް މިހާރުވެސް ދަނީ ރާއްޖެ ތެރޭގައި ހަރަކާތް ތެރިވަމުން, ކެންޕެއިންނަށް ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ އެކި އެކި ދާއިރާތަކުގެ ބޭފުޅުނާއި ބައްދަލު ކުރައްވަމުން" ހަލީލް ވިދާޅުވިއެވެ.

 

ވެރިކަން ކުރާ ޕީޕީއެމް އިން އިތިހާބަށް ތައްޔާރުވަމުންދާއިރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން އަލުން މަޝްވަރާތައް ފަށަން އެމްޑީޕީ އިން ވިސްނަމުންދާކަން ހާމަކޮށްފައެވެ. މަޝްވަރާތައް އަލުން ފަށާނެ ދުވަހެއް އަދި ހާމަނުކުރެއެވެ.

އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމަޝްވަރާތަކަށް އެމްޑީޕީ އިން ހުށަހެޅީ ރައީސް ނަޝީދަށް ކުރިމަތިލެވޭނަމަ ރަނިންމޭޓަކަށް ގާސިމް ހަމަޖައްސަންށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އީސަ

    ކޮބާ ރިސޯޓް މުއައްޒަފުންނަށް ދޭން ބުނި ރިސޯޓް ހިއްސާ؟؟؟؟؟؟؟؟؟މިކަހަލަ ކިތަށް ކަން..

    • ހުސެން

      ބޯކޮށް ލިބޭ އެބަ

    • ތުންމާރު

      95% އޭ ބުނެފަ އެއޮތީ.

  2. ފޫއެނބުރި

    95 ޕަސެންޓްވީއިރު ހަމައެކަނި ވީ ވައުދަކަށް ވެސް އިނީ ރާއްޖެއިން ތެޔޮ ނަގާނަމޭ. އޭގެ ބަދަލުގައި ތެލުން ވައްކަންކޮށް ތެލުގެ ވަގުވިޔަފާރިތަކުގައި ބައިވެރިވެ އެކިއެކި ނަންނަމުގައި ބޭރު މީހުން ބޭނުންކޮށްގެން ކުންފުނި ހަދާގެން ރާއްޖެއިން ބޭރުގައި އެކިއެކި ބޭންކްތަކުގައި ވަގު އެކައުންޓް ހުޅުވާގެން ޑޮލަރު ޖަމާކޮށްގެން 95 ރާއްޖޭގެ ރިޒާވުން ކަހާލުން ފިޔަވާ އިތުރު ކަމެއް ނެތް. 07 އަހަރު ކުރިން އަޅަން ފެށި ފްލެޓްތަކަށް އަދި ވެސް މީހުން ވައްދާ ހަމަކުރެވުނީއެއްނޫން. އެމީހުންގެ ސިކުޑިތަކަށް ވީ އިތުރު ބުރައަކާ ވޭނެއް. ސަރުކާރުން ރަނގަޅު ކޮށްލަން އަޅާ ކޮންމެ ފިޔަވަޅަކާ އެކު ހެސްކިޔާފަ ތަކެތީގެ އަގުތައް މައްޗަށް. އަސާސީ ހިދްމަތުގެ އަގު މައްޗަށް

  3. ޝީހޭޒް

    ދުވަސްތަކެއް ވަންދެން ޑިޕްރެޝަނާ ހަނގުރާމަކުރިން ކަމަށް ރޮކް ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކޮންމެ މީހަކު ވެސް ލައިފް ގައި ދިރިއުޅުން މުއްސަނދި ވަމުން ދާ ވަރަށް އަދި ގިނައިން ފައިސާ ލިބި މުދާ ވެރި ވަމުން ދާ ވަރަށް ސްްޓްރެސް ފުލް ވާނެއޭ ބިކޮޒް އެއީ އެމެން ދެން އަނބުރާ ފަގީރު ކަމަށް ދާން ބޭނުން ނުވާތީއޭ. މުއްސަނދި ކަމުގެ ތެރެއަށް ބޯންވެ މުއްސަނދި ކަމުގެ ތެރޭގައި އުޅޭ މީހުން ބޮޑަށް ބޭނުންވާނީ މަޖާ ކޮށްގެންނާއި އެންޖޯއި ކޮށްގެން އެމެންގެ ސްޓްރެސް ރިލީޒް ކުރަންއޭ އެއީ އެންމެ ބޮޑު މައްސަލަ އެމެންނަށް ދިމާވާކަމަކީ ސަބަބަކީ އެމެން އުއްމީދު ކުރާ ވަރަށް އެމެންނަށް ލައިފް އެންޖޯއި ނުވެވޭނެއޭ ނަތީޖާ އަކީ ސްޓްރެސް އަށް ގޮސް ޑްރަގްސް އަށް ދިއުމޭ ދެން އެ ފަތަން ފެށީ އޯޝަން އޮފް ސްޓްރެސް އެއްގެ ތެރޭގައޭ އެއީ އޭ ދިވެހި މުއްސަނދިންގެ އަންހެން ކުދިން ފެގް އެވަރަށް ބޯ ކަމަކީ ސަބަަބަކީ އެމެން ބޭނުންވާ ވަރަށް އެމެން މަޝްހޫރުވެ ޕަބްލިކް އިން އެމެން ރޯލް މޮޑެލް އެއް ކަމަށް ނުދެކޭތީ. ވަކި ފެންވަރަށް ކިޔެވުނީމާ އަންހެން ކުދިންނަށް ހީވަނީ ޓަފް ސްޕެޝަލީ ހެވިލީ ސްކިލްޑް ކެރޭ ފިރިހެނުން ނާއި އެމެންނަށް ޗެލެންޖް ކުރެވިދާނެ ކަަމަށޭ އެކަން ކުރަން އެމެން ދިމާ ކުރުމުން އެމެންގެ ޖެހެނީ 24 ގަޑިއިރުގެ ބްރެއިން ޓެސްޓިންގް ގޭމްސް ތައް ގޯ ތްރޫ ކުރަންއޭ ނަތީޖާ އަކީ އެމެންނަށް ވުރެން މަތިން ދާ ކަންކަން ކަމަށްވާތީވެ އެމެންގެ ސިކުނޑި އޯވަރ ފްލޯވެ އެމެން 24 ގަޑިިއިރު ސްޓްރެސް އަށް ގޮސް މީހާ ރިބާރތް ކޮށްދެނީ އެއީ ސްޓްރެސް ފުލް ވުމެން އަށޭ. އިޓްސް ޖަސްޓް ދަވޭ އިޓްސް ހެޕެެނިންގް ހޭވް ޓު ކެޗް ދަ ސީން އޮފް އިޓް..

  4. ހަވާދު

    ރާއްޖެތެރެއޭ؟

  5. ފާތުމަތު

    ވިދާޅުވިި މާލޭ މުނިސްޕަލްޓީގެ ދަފުރަތުގެ ރަޖިސްޓްރީ ގައި ތިބި އެންމެންނަށް ފްލެޓް ދެއްވާ ވާފަ ދަފްތަރު އުވާލާވާހަކަވެސް އަދި ގިނަ މީހުންނަށް ވަނީ ނުލިބިފަ މިހާރު އެކިޔަނީ އަނެއްވާހައެއް 18 އަހަރާއި 40 ހަރުގެ މީހުންނަށް ފްލެޓް ދޭވާހަކަ ކޮބާ ވަޢުދު ފުއްދެވިފަ.

  6. ޝީއިޒްޝީ

    މުދާ އަގުބޮޑު ކުރާނަމަ ފިޔަވަޅު އަޅާނަމޭ ނުކިޔާ ލާރޖް ކޮށް މުދާ އަގުބޮޑު ކުރާ ފިހާރައެއްގެ ޓްރޭޑް ލައިސަންސް ބާތިލް ކޮށްލާ އެމެންގެ އިމްޕޯރޓް ލައިސަންސް ވެސް ބާތިލް ކޮށްލަބަލަ އެއިރުން ބުޑުން ލުހިގެން އަންނާނެއޭ އެމެން. ޖައްސަބަލަ ތަންކޮޅެއް ލާރޖް ކޮށް އެމެން ބޮލުން ދުން އަރައިގެން ދަންދެން އެއިރުން ހުންނާނީ އަލާފިލާފައޭ ދެން އަނެއް ކޮޅުން މަޖޫރީން ވެސް ސައިޒުން ކަނޑާ ތިރި އަރުވާލަންވީއޭ ކޮން މަޖޫރީންނެއް ތޭ އެއީ މާލޭ ބަޔެއް ވެސް ނޫނޭ އެމެން ބޭނުމެއް ނުވާނެއޭ މާލެ ލިޓިލް ޓޯކިޔޯ އަށް ހަދަން. ތަންކޮޅެއް ލާރޖް ކޮށް ނުޖައްސާ މިކަން ނުވާނެއޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ ދެން.

  7. Anonymous

    ބެޔަސްނުބެޔަސް
    ޢާއިލީޑޮކްޓަރ
    ދަނޑުވެރިންގެ އަންހާސް
    އަލަތުކައިވެންޏާއި އެކު ފްލެޓްގެ ތަޅުދަނޑި ރިސޯޓުގެހިއްސާ
    ގެއިގާތިބޭއަންހެނުންނަށްދޭންބުނި ފައިސާ
    އަދިވެސް އިތުރަށްވީ ވަޢުދުތައްކޮާ ހުދުކާފޫރަށްވީ

  8. ދެހާސްއޝާރަ

    95%
    ހާސިލު ކުރެވިއްޖެ ކަމަށް ދައުވާ ކުރާ އިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް މިންވަރަކަށް ކަމެއް ކޮށްދީފައި ނެތްކަން ފާހަގަކުރެވެއެވެ. އަދި ބާކީ 5 ޕަސެންޓުވެސް ނިމޭނީ އެގޮތުގައި ކަން ޔަޤީން.

  9. ސޫފި

    އަޅެ ކޮބައިތަ އެއޮއްބޮޑު އައިހެވަން ޕްރޮޖެކްޓް. މިހާރު ލަދުން އޭގެ ނަންވެސް ނުގަނެ. ތިލަދުންމައްޗަށް ނާންނާތި ރައްޔިތުން މޮޔަހައްދަން އައިހެވަން ނުނިންމާ.

  10. ާަާއަބްދުﷲ
  11. ހަމަ

    ބާކީ %05 ހާސިލު ނުވިކަން އެއީ އަޅުގަޑު މެންގެ ނަސީބު ކަންނޭގެ

  12. ރިޒާ

    ކޮބާ ފެމެލީ ޑޮކްޓަރ ، ކޮބާ މަމެން ދަނޑު ފައިސާ ކޮބާ މަގޭ ކައިވެނި ފުލެޓް . ކޮބާ މަމެންގެ ވަޒީފާ ކޮބާ އަނބި ގޮއްޔެ ގޭ ވަޒީފާ މިއިން އެއްވެސް ކަމެއް ނުވޭ ކުރީފަހަރު ވޯޓް ދިނިން ދެން ނުދޭނަން ނުދޭންޖެހޭ ސަބަބު ހަނާވަނީ ފަނާވަނީ ކިޔާފަ ވެރިކަމަށް ގެނައީ ކަރަންޓް ބިލް ޑަބަލް ' ފޯނުބިލުން ޓެކްސް ޕެޓްރޯލުން ޓެކްސް ، ކެރެޓް ކެބެޖް ބިސް މީންވެސް ޑަބަލް ޓެކްސް ، ދެން ކިހިނެއް ވޯޓް ދޭނީ ވަރަށް ސޮރީ