ދުނިޔޭގެ ބައެއް އެހެން މުސްލިމް ޤައުމުތަކުގައި ވެސް އަންހެނުން ފަނޑިޔާރުކަމަށް އިސްކުރެވި އެމަޤާމުގައި އެބަތިބި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން، އަދި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު، ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިގޮތަށް ވިދާޅުވެފައި ވަނީ، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް، އިސްލާމީ ފަތުވާ މަޖިލީހުން ކަނޑައަޅާފައި ވަނިކޮށް، ރާއްޖޭގައި އަންހެނުންނާއި ފަނޑިޔާރުކަން ހަވާލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދިފާޢުގައި ބައްޕާފުޅު ނިކުންނެވުމުން، އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތަކާއި ހޫނު ރައްދު އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ދުންޔާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޝަރުޢީ ނިޒާމުގައި އަންހެނުންނަށް ފިރިހެނުންނާއި އެއްހަމަ ހައްޤުތަކެއް ލިބިފައިވާ ކަމަށް، ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން އިއްތިފާޤުވެފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ ބައެއް މުސްލިމް ޤައުމުތައް ކަމަށްވާ، މެލޭޝިއާ އާއި އަފްޣާނިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނުގައި ވެސް، އުއްތަމަ ފަނޑިޔާރުގެ މަޤާމުވެސް ހިމެނޭހެން އަންހެން ފަނޑިޔާރުން ތިބި ކަމަށް ދުންޔާ ވިދާޅުވިއެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ދުންޔާ އިތުރަށް ވިދާޅުވެފައި ވަނީ ގޮތް ނިންމުމުގައި ވަކި ޖިންސަކަށް ބަރޯސާވާން ނުޖެހޭ ކަމަށެވެ.

އިސްލާމީ ފަތުވާ މަޖިލީހުން ނިންމާފައިވާ ކަމަކާއި ދެކޮޅުކަން ހާމަވާފަދަ ވާތަކަތަކެއް ރައީސް މައުމޫން ދެއްކެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކުން އެމަނިކުފާނު ދިފާޢުކުރައްވާ ދުންޔާ ޓްވީޓް ކުރައްވާފައި ވާއިރު، އަންހެން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތާއި މެދު ހޯދި ހޯދުންތަކަށްފަހު، އެއީ އިސްލާމް ދީނުގައި ހުއްދަ ނޫން ކަމެއް ކަމަށް ފަތުވާ މަޖިލީހުން ނިންމާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް އިއްޔެ މައުމޫން ވިދާޅުވެފައި ވަނީ، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ގިނަ އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.

"އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް-ތަބާރީ، އިބްނު ހަމްޒާ، ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވޭ. ޔޫސުފް އަލް-ޤަރަދާވީ، އަބްދުލް ކަރީމް ޒައިދާން، ސައީދް ރަމަޟާން ފަދަ މިހާރުގެ ގިނަ އިލްމުވެރިންވެސް ވިދާޅުވަނީ އެހެން." މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުއަށް އިއްޔެ ވަނީ ލަފާދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަދައްކަވަމުންނެވެ. އަދި އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ވިދާޅުވެފައި ވަނިކޮށް އެކަމާއި ދެކޮޅު ނިންމުމެއް ރާއްޖޭގައި ނިންމާތީ، އެ ނިންމުން ބަދަލު ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިން ވެސް ދަނީ ގޮވާލަމުންނެވެ.

އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި ރައީސްގެ އިތުރުން، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

65 ކޮމެންޓް

  1. ޖޭއާރު

    ތިބުނާ މުސްލިމް ޤައުމުތަކުގައި ރަލާއި، އެހެނިހެން ފާފަތައް ކުރާމީހުން ވެސް އެބަތިބި އޭގެ މާނައަކީ އެ ޤައުމު ތަކުގައި ހަރާމް ކަންތައް ކުރާ މީހުން ތިއްބޭ ކިޔާފަ އިލްމު ވެރިންގެ ބަސްތައް އޮޅުވާލައިގެން މި ޤައުމުގައި އެކަންތައްތައް ކުރަން ހުއްދަ ކުރަންވި ހުއްޖަތެއް ނޫން.

    157
    6
  2. އަން

    އެހެން މުސްލިމް ޤައުމު ތަކުގައި ވައްކަން ކުރާމީހާގެ އަތްވެސް ކަނޑާ. ކީއްވެ މިގައުމުގަ އެކަން ނުރަނީ. އެހެނެ މުސްލިމް ޤައުމުތަކާއި ބައެއް ކާފިރު ގައުމުތަކުގައިވެސް މަރުގެ ހުކުމް ތަންފީޒުވެސް ކުރޭ. ކީއްވެ ކަލޭގެ ބައްޕަގެ ރަން ތިރީސް އަހަރުގަ ރާއްޖޭގައި އެކަން ނުކުރީ. އެމީހެއްގެ އެތެރެހައްޓަށް އެތެރެވި ތަކެތި ހޯދިގޮތެއްގެ މައްޗައް ބިނާކޮށް އަޙްލާގަށް ބަދަލު އަންނާނެ

    154
    5
    • Anonymous

      ަވަރަށް ރަނގަޅު ވާހަކައެއް، އަސްލު ކޮންމެކަމެއްގަވެސް މިމީހުން އަމިއްލައެދުން އިސްކުރަނީ، މިމީހުންނަށް ލާބަޔާއި މަންފާލިބޭގޮތައް، އެއްވެސް ގޮތަކަށް ގައުމަށް ހެވެއްއެދިގެން އުޅޭ ބައެއްނޫން.

      89
      3
    • ނުރަބޯ

      ހެހެހެހެ ގުޑް ޕޮއިންޓް.

      13
  3. ިޖ

    އެހެން މުސްލިމް ގައުމުތަކުގަ އެހެން ދީން ގަބޫކުކުރަ މީހުންވެސް އެބަތިބި. ވައްކަން ކުރަމިހުން އަތްވެސް ކަނޑާ. މީހުން މަރާމީހުންނަށް ގިސާސްވެސް ހިފާ. ދޫންޏާ ތިކަހަލަ ވާހަހަކަ ދައްކާއިރު ބަލާފަ ވާހަކަ ދައްކަބަ

    88
    1
  4. ޝާން

    ކަމަނާ ބުރުގާ ނާޅާ ތިޔައުޅެނީ އެހެން ގައުމުތަކުގެ ނަމޫނާ ބަލާގެން ދޯ ތިކަހަލަ ކަމަނާއިންގެ ވާހަކަ އަހަރެމެން ގަބޫލު ނުކުރަން މިގައުމުގަވެސް ނެތް އެކަން ނޭނގޭތަ އަދިވެސް

    105
    1
  5. ހ

    އެހެން ޤައުމުތަކަކީ 100 ޕަސެންޓް މުސްލިމުން ތިބޭ ޤައުމުތަކެއް ނޫން. އެހެން ޤައުމުތަކުގަ ފައްޅި ހުރެޔޭ ކިޔާފަ 900 އަހަރަށް ފަހުވެސް މިދިވެހިރާއްޖޭގަ ފައްޅި އަޅަން ވީތަ. އެހެން ޤައުމުތަކުގަ ކުރާ ގޯސްކަންތައް ހުއްދަކޮށް ހުރިހާ ރައްޔިތުން އެކަމަށް ތާއީދު ކުރަން ވީތަ.

    87
    1
  6. ......

    ? ﷲ އާއި އެއިލާހުގެ ރަސޫލާ ގޮތް ނިންމަވާފައިވާ ކަންކަމުގެ މައްޗަށް ބަސްކިޔުން އެއްވެސް މަޚުލޫޤަކަށް ހުއްދަވެގެން ނުވެއެވެ.

    وعَنْ أَبِي بَكْرَةَ رضي الله عنه قَالَ : لَمَّا بَلَغَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ أَهْلَ فَارِسَ قَدْ مَلَّكُوا عَلَيْهِمْ بِنْتَ كِسْرَى قَالَ : ( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً ) رواه البخاري (4425)

    އަބީ ބަކްރަތަ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ފާރިސްގެ އަހުލުވެރިންގެ މައްޗަށް ، ކިސްރާގެ (ފާރިސް ކަރައިގެ ރަސްގެފާނު) އަންހެންދަރި ވެރިކުރުވި ޚަބަރު ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލިބުނު ހިނދު ޙަދީޘްކުރެއްވިއެވެ. "ވެރިއެއްގެ ގޮތުގައި އަންހެނަކު އެބައެއްގެ މައްޗަށް އިސްކުރުވައިފި ބަޔަކު ، ކާމިޔާބު ނުވާހުއްޓެވެ."
    [ޞަޙީޙުލް ބުޚާރީ ، 4425]

    {وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا}
    " އަދި اللَّه އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ." [ސޫރަތުލް އަޙްޒާބު 36]

    83
    1
  7. މަކިނބޫ

    މައުމޫނުބޭގެ ރަންތިރީސް އަހަރު ކުރި ކަންތައްތައް ވ ރަނގަޅަށް ފެނުނު. އެއީ ޖައްވަށް ހަވައަށް ފަޒާއަށް ދިޔަ އުސޫލުން. އެ ބޭ ބުނި ރާއްޖެ ފަދަަ ހޫނު ގައުމެއްގަ އަންހެނުން މޫނާ ދެއަތް ތިލަ ފިޔަވައި ނިވާކުރަން އަންގަވާފަ ނުވާކަމަށްވެސް. އެއީ ކޮންފަތުވާއެއް ނުޖޫމީ އިލްމެއް ގަ ހުރި އެއްޗެއް ކަމެއް ވެސް ނޭނގޭ.. ދެން ބުނަން އޮތީ ރާއްޖެ ފަދަ ކުޑަ ގައުމެއްގަ ރާއްޖޭ ނޫން އެހެން ބޮޑެތި ގައުމުތަކުގަ ކުރަމުން އަންނަ ނުބައި ކަންތައްތައް ކުރުން ކޮންމެހެން ވެސް މަޖުބޫރު ހޭ. ސަބަބަކީ މިތަނަކީ މިހާ ހަލަބޮލި ތަނަކަށް ވެފަ ގައުމުގެ މަސްލަހަތު ގެއްލުން ފަދަ ހަރާމް ކަންތައްތައް ކަމަށް ވާތީ. ބަޔަކު ނުބައި ކަމެއް ކުރިޔޭ ކިޔާފަ ނުޖެހޭ ދޯ އެހެން ބަޔަކު ނަބައި ކަމެއް ކުރަން.

    54
    1
  8. ނިޝް

    ޥަރަށް ފުރިހަމަ! ހޮވި މީހުންނަކީ އަސްލު ވަރަށް ގާބިލު ބައެއް! ބަޓް.....
    ދެންވީ ދީން ބަދަލުކުރަން!
    ކްރިމިނަލް މައްސަލަ ތަކުގައި އަންހެން ފަނޑިޔާރުންނަށް ނިޔާ އިއްވޭނެ ކަހަލަ ބިލެއް މިޖްލިހަށް ވައްދާ! ދީނަކީ ހުރަހަކަށް ވަންޏާ ހުރިހާ ދީންތައްވެސް ހުއްދަކުރޭ.
    ޢެކަމަކު ދަންނަވަންތޯ!
    ތިޔައުޅެނީ އެހެން ކަމެއް ކުރަން!

    45
    1
  9. ތޮއްޑީ

    މަންޖެ ބުއްފުޅި ބުއި ހަނދާން އެބަހުރިތަ ކީއްވެ މިހާރު ބުއްފުޅި ނުބޮނީ

    61
  10. Anonymous

    ތިވިދާޅުވާ ގައުމުތަކުގައި އެތައްދީނެއް އޮވޭ!

    51
  11. ޫޮޮ

    މޮޔަގޮފަޅާ رب رسول އެއްވެސް ނޭގޭ ކަބުލޯ

    46
  12. ސަމީ

    އެހެން ޤައުމު ތަކުގަ ތިބުން އެއީ ޙުއްޖަތެއްތަ، ތިމާ މީހާ ގެ ބައްޕަ ނުބައިކޮން އުޅުމަކީ ތިމާ ތިމާގެ ޙުއްޖަތެއްނޫން އެގޮތުގަ ހުރުން ، ތިމަންނަ ބައްޕަ ވެސް މިގޮތަށީ އުޅުނީ، ތިމަންވެސް އުޅޭނީ މިގޮތަށޭ، މީތޯ ތިބުނާ ބަހަކީ

    50
    1
    • ޢަލީ

      ބައްޕަހެން ދަރި!

  13. ފަރުހާދު

    ގިނަ އިސްލާމީ ޤައުމުތަކުގައި ހުރިހާދީންތަކަށްވެސް ޤައުމުގައި އަޅުކަންކުރުމާއި ފައްޅިއެޅުމާއި ކަންކަންކުރަން ހުއްދަ، އެހެންވީމާ މިޤައުމުގައިވެސް އެހުއްދަ ދޭންވީތޯ؟ އަދި ދުނިޔޭގައި އެންމެ ގިނައީ ނަޞޯރާއިން އެހެންވީމާ ޙައްޤުދީނަކީ ވެސް ނަޞޯރާދީންތޯ ދުންޔާ؟

    43
  14. ޑުންޔާ

    ކަމަނާ ތިބުނީ % 100 މުސްލިމް ގައުމު ތަކެއްގެ ވާހަކަ ތޯ
    މީ ހުސް މުސްލިމުން އުޅޭ ގައުމެއް ކަންނޭގެ ދެއްތޯ

    45
    2
  15. Anonymous

    ކިތަންމެ ގިނަބަޔަކު ކުރިޔަސް ހުއްދަވާނީ ހަމަ ހުއްދަކަންކަން. އެހެން މުސްލިމުން އައުރަ ނިވާނުކޮށް އުޅުނަސް އެއީވެސް ހަމަ ހަރާމްކަމެއް. ޢޮޅިގެން އުޅޭހެން ހީވާތީ ހަމަ ބުނެލީ. ހެޔޮކިތަންމެ ރުޅި އަޔަސް.

    44
  16. ރައްޔިތެއް

    އަންހެނުންނަށް،، ފިރިހެނުންނައް ލިބޭ ބާރު އިސްލާމްދީނުގަ އޮންންގޮތް ކަމަނާއަށް ހަމަނޭގެނީތޯ އަންހެނުން ނާ ފިރިހެނުން ހަމަހަމައެއް ނުކުރެވޭނެ،،، އަމިއްލަ ގޭގަ ތިގޮތައް ހަމަހަމަ ކުރޭ

    40
    1
  17. ައަބުދުﷲ

    އެހެން ގައުމު ތަކުގާ ހަމާގަ ނުތިއް ބަސް އޯކޭ ބޭނުން
    ދިންކައް ވެސް އުޅެވޭ ، ހަމާގަ ނުހުރީމަ ބާ މީ 100% އިސްލާމީ ގައުމެކޭ ކިޔާ ކަން ނޭގުނީ ،

    32
  18. ހުސޭނުބޭ

    އެހެން ޤައުމެއްގައި މުސްލިމަކު ޒިނޭކުރީމާ ކަމަނާގެ ބައްޕަގެ ބަހަށް ދެން އެވީ އެކަން ކުރަންތޯ!

    36
  19. ކާސިމް

    ބަންގާޅު ރާނީ އަށް ކިޔޭ ނުކިޔޭ އެއްވެސް ނޭންގެ

    35
  20. ސަމަރޭ

    މިދެން ވަރައް ލަދު ކުޑަ ދެބަފައިން

    40
  21. ފަސް

    ފައްޅި އަޅާފާނެ ކަމުގެ އަލާމާތަކާ ހާދަވައްތަރުހެން ހީވޭ

    40
  22. ފަޚުރުރާއްޖެ

    އެހެން އިސްލާމީ ގައުމުތަކުގައި ކާފަރުންވެސް އުޅޭ؟!
    އެހެން އިސްލާމީ ގައުމުތަކުގައި ޖުވާކުޅޭ ތަންތަން ވެސް ހުރޭ؟!
    އެހެން އިސްލާމީ ގައުމުތަކުގައި ނައިޓް ކްލަބްތައްވެސް ހުރޭ؟!
    އެހެން އިސްލާމީ ގައުމުތަކުގައި ޤަބުރުތަކަށް އަޅުކަން ވެސް ކުރޭ؟! ......

    30
  23. ދެކުނު ތަރި

    ދުންޔާ! ކަލޭ ސުރުޚީ އަޅުވަން ދީނީ ކަންތަކުގެ ތެރެއަށް އަނގަނުބާނައިި އިނދެބަލަ! އަންހެނާގެ އައުރައަކީ ކޮބައިކަން ތައުލީމުއްދިޔާނާއިން ދަސްކޮށްބަލަ! ބަންގާޅުގައި ކުރާ ހުރިހާ ކަމެއް ރާއްޖޭގައި ކުރާކަށް ނުޖެހޭނެ.

    36
  24. މައިކް

    ބަލާލީމާ އެނގޭ ކަލޭމެންގެ ދީންވަންތަ ކަން ކަލޭމެން ހެއްދެވި ފަރާތްދެކެ ބިރުވެތިވާވަރު.

    34
  25. ކޮލެޖު ބޯއި

    ޓިއުނީޝިޔާގައި މުސްލިމް އަންހެނުންނަށް ކާފަރު ފިރިހެނުންނާއި ކައިވެނިކުރަން ވެސް އޮތީ ހުއްދަދީފަ. ދެން އެކަން ވެސް ރާއްޖެއިން ބަލައިގަންނަންވީ؟

    28
  26. dha

    bala mihira jaahilu dhaithayaa. ehen Muslim gaumuthakuga ulhey gothey nooney balanvee. ALLAH angavaafa vaagotheya balanvee.

    17
  27. ޢަލީ

    ދޮންކަނބުލޯ! މުސްލިމަކު ރާބުއިމާ އެހެން މުސްލިމުން ރާބޯންޖެހޭތަ؟ މުސްލިމަކު ޒިނޭކުރީމާ އެހެން މުސްލިމުން ޒިނޭކުރަންޖެހޭތަ؟ ދެން މިފަދައިން ދެންހުރިކަމެއްވެސް މުސްލިމަކު ކުރީމާ އެހެން މުސްލިމުން އެކަމެއް ކުރަންޖެހޭތަ؟

    27
    1
  28. ޔުތް

    ކަމެއް ބަޔަކު ކުރަމުން ދިޔުމަކީ އެކަމެއް ހުއްދަކުރަން ލިބޭ ޝަރުޢީ ދަލީލަކަށް ވީ ކޮންއިރަކުތޯ؟ އަޅެ ބައްޕާފުޅު ގާތުން އަހާލާބަ!

    28
  29. ހުދުހުދު

    ކަމަނާގެ އައުރަ ފުރަތަމަ ނިވާ ކުރާށެވެ. އެހެން މުސްލިމު ގައުމު ތަކުގެ ވާހަކަ ދައްކާނީ ފުރަތަމަ ތިމާ ދީނަށް އުޅެފައެވެ

    29
  30. ސޮލާ

    ދުންޔާ..... ތިޔަ ބލަނީ ހަލާ ދަނޑީގެ އެއްކޮޅު... މަރަށް މަރުގެ ހުކުމް ތަންފީޒު ކުރާ މުސްލިމް ގައުމުތަށްވެސް އެބަހުރި... ބުރުގާ ނާޅާ ތިޔައުޅެނީ އެހެންވެ ދޯ...

    28
    2
  31. ނަސްރު

    ބައްޕަގެ ދިފާޢުގައި މިކަނބުލޭގެ ނިކުންނާނެ. ކހާބޮޑުކަމެއްމީ.

    24
  32. ޢަބްދުﷲ ފާއިޒު

    ދުންޔާ އަށް ކަނބުލޯއެވެ. އެހެން ޤަުމަކު ކުރާ ކޮންމެ ކަމެއް ރަނގަޅުވާނެކަމަށް ޤަބޫލުނުކުރައްވާށެވެ. ދުނިޔޭގެ ބައެއް އެހެން މުސްލިމު ޢަުމުތަކުގައި ފައްޅިތައް ހުރުން އެއީ މި ދެވިހި ފަސްގަނޑުގައި އެކަން ކުރަންޖެހޭ ސަބަބެއް ކަމަށް ހިތަންވެއްޖެނަމަ ވަރަށް ދެރައެވެ.

    22
    1
  33. ޚޮއްކޮޑާރު

    ޢެހެން މުސްލިމުގައުމުތަކުގައި 30 އަހަރު ވެރިކަންކޮށްފައި ގައުމަށް ދުއްޕާންކޮށް ރައްޔިތުންނަށް ނުފުރުއްޕާންކޮށް އުޅޭ ވެރިޔަކު މިގައުމުގަނޫނީ އުޅޭތޯ އައުރަނިވާނުކުރާ އެނގިލައްވާތޯއެވެ؟

    25
  34. އަސްލުހާލަތު

    ދެން ބުނޭ އެހެން މުސްލިމު ޤަމުތަކުގަ ރާވެސް ބޮވެއޭ އަދި ޔޫއޭއީ އިންޑޮނޭޝިޔާ ގަތަރު ތުރުކީ މެލޭޝިއާ ފަދަ މުސްލިމު ޤައުމުތަކުގަ ނާސިގެ ތަކާއި ނައިޓް ކުލަބުތަކާ ކެސީނޯތައް ހުރެއޭ އަދި މުސްލިމަކަށ ްނުވިއަސް ރައްވެހިކަންވެސް ލިބެއޭ ކިޔާފަ ހުރިހާ ޖަރީމާއެއް މިތަނަށް ފާކުރޭ!! އަންހެނުންނަށް ރައީސްކަން ކުރެވެއޭ ކިޔާ އެގޮތަށް ފަތުވާނެރެ ޤާނޫނު އަސާސީވެސް އެގޮތަށް ލިއުނީ ދުންޏާއަށް ވެރިކަން ހޯދަދިނުމުގެ ގަސްތު އޮވެގެންނޭ އަޑުއެހިން. ފޮތެއްވެސް ލިޔެ ނެރުޔނު ޑރ.އަފްރާޝީމު ގަންނުވާ. އެކަމު އެއީ ހިޔާލީ ފޮލައެއް ތިކަމެއް ނުވާނެ ދުންޏާ މުޅި އުމުރު ހުސްވިޔަސް ވެރިކަމަކަށް ނާދެވޭނެ

    20
  35. ޒުވާނާ

    ޒިނޭވެސް ކުރޭ.. ދެން ކަނބުލޭގެ ވެސް ކުރަންވީނުން. އަނގަނުތަޅު ހުރެވޭތޯ ބަލާ.

    14
  36. ޙަރީބު

    100 ޕަސެންޓު މުސްލިމު ގައުމަކާ މައިނޯރިޓީ މުސްލިމް ކޮމިއިނިޓީ އެއްގައި އުޑާއި ބިމާހާއި ތަފާތުވެދާނެ... ބަޔަކު ގޯހުން ކަމެއް ކުރީމާ ދެން އަހަރެމެން ހޮޔޮގޮތް އެގޭ މީހުން ޤުރުއާނާއި ސުންނަތަށް ފާޅުގައި ގޮންޖެހުމަށް ލާދީނިއްޔަތޭ ކިޔާއުޅޭ... ދެން ޔުމްނާ މައުމޫނު ލާދީނީ ވެފަހުރޭ ފަހުން އަންނަ ދުވަހެއްގައި ބަޔަކުކުރިޔޭ ކިޔާ އަނގަވެސް ނުހުޅުވޭނެ. ބުރުގާ ނާޅަނީ ޤުރުއާން އެއީ ކަމަނާގެ ބައްޕައަށް އަންހެނުންގެ ކަރުވަޅުތަށް ނިވާކުރުމަށާއި މޫނާއި ދެ އަތްތިލަ ފިޔަވާ އަންހެނާގެ މުޅި ހަށިގަނޑަކީ އައުރަކަމަށް އޮތް އޮތުން ހުއްޖަތަކަށް ނުވެ ބައްޕާފުޅު މަގުގެއްލުނީމަތޯ؟ ބައްޕާފުޅު އިންނެވީ ނަގޫފިތިފައިކަން ކަމަނާއަށް އެގިލައްވާއިރު، އަދި ކަމަނާގެ ނަގުލެއް ނެތްއިރު ކަމަނާ ވެސް ތަނެތް ފިތިފައިތޯ ސުވާލު އުފެދޭ.. ދީން ވިއްކައިގެން ހޯއްދެވި ފައިސާއިން ހަރަދުކުރައްވައިގެން ބޮޑުކުޅަ ދަރީންވެސް ހެޔޮ ވިސްނޭވަރު ވުމުން ވެސް ހަމަ އެމަގުގައިތޯ އުޅުއްވަންވީ... ތައުބާވޭ ކަމަނާވެސް

    10
  37. ބޮސްޓި

    އެހެން މުސްލިމު ގައުމުތަކުގަ ރާވެސްބޮވޭ.. ޚުދު މުސްލިމުންވެސް ބޮއޭ. އޭގެ މާނައެއް ނޫން އެއީ ހަލާލު ކަމެކޭ.

    13
  38. މުހައްމަދުމޫސާ

    ކަލެޔާ ކަލޭގެބަށްޕައަށް نور سورة ގެ31 ވަނައާޔަތް ވެސް ހުއްޖަތަކަށްނުވޭ ވީއިރު ތިހެންބުނާކަށް ލަދެއްނުގަންނާނެކަން އެނގޭ
    މައުމޫނު އިބުރާ ޝަހިންދާ ނަސްރީނާ ޔުމްނާ
    ދުންޔާ އަޒްމިރަލްދާ ސިގިރޭޓޭ މިމީސްމީހުނަކީ
    އަމިއްލައަކަށް އަބުރު ރޫޅާލާފަތިބި
    ނަމުގަ އިސްލާމް ދުލުކޮޅުން ކިޔާލައިން
    އުޅޭބައެއްކަނ އެއްމެންްވެސްދަނޭ ކޮސްނުގޮވާ
    މަޑުން ހުރޭ ނޫނީތަވްބާވޭ!

    13
  39. އިބްރާހިމް

    މޫނާއި ދެއަތްތިލަ ފިޔަވައި އަންހެނާގެ އެހެނިހެން ތަންތަން ދައްކާ އަންހެނުންނަށްވެސް ފަނޑިޔާރުކަން ކުރެވޭނެތޯ؟ ބިކިނީގައިވެސް ކުރެވޭނެތޯ؟

    11
  40. ޙަސަން އަޙުމަދު

    ހަމަ ބައްޕާފުޅުކަހަލަ މޮޅުރޯނު ޢިލްމުވެރިއެއް.

    13
    2
  41. ޝާހް، ރ.ވާދޫ

    ކަލޭ އަނގަނާވާ ފުރަތަމަ އިސްލާމީ ގިއުގަނޑަށް ފެތިބަލަ. ކާކުތަމީ ބައެއްގެ ތައްޕާހުގަ އަމިއްލަ ވިސްނުމުގަ އެއްޗެއް ބުނުމުގެ ހައްގުވެސް ލިބިގެންނުވާ ފާޑެއްގެ ބުރާންޗެއް މީ.

    15
  42. އައްމާރު

    މުސްލިމު ގައުމުތަކުގައި ރާވިއްކާ ކެސިނޯވެސް އެބަ ހިންގާ. އެކަމަކު އޭގެމާނައަކީ އެކަންކަމާއި އެކަންކަމުން ހޯދާ ފައިސާ އަކީ ދެން އިސްލާމްދީނުގައި ހުއްދަ އެއްޗަކައް ވެގެން ދިޔައީއޭތަ ތިޔަ ބުނަނީ.؟

    10
    • އައިސަ

      މާތް ކަލާކޯ
      މިއީ މިގައުމުގަ 30 އަހަރު ވެރިކަންކުރި މީހެއްގެ ދޮށީ އަންހެންދަރިއަށް ގައުމުގެ ރައްޔިތުން އިހުތިރާމު ކުރާވަރު
      އަދިވެސް ހޭއަރާކަށް ނުވޭބާ

  43. އަފީ

    އެހެން ގައުމުތަކު ރާބޮއީމާ މި ގައުމުގެ މަގުމަތީ ރާބޯން ވީތޯ؟ ހޭބަލި ނުވަ!

    11
  44. ސިޑް

    ކަމަނާބުރުގާނައަލާ ހުރެ އެހެންމީހުންވެސް މަގުފުރައްދަން މަސައްކަތް ނުކުރެއްވުންއެދެން އެހެންމީހުން ނައް ފަތުވާ ދޭވަރެއްނުވޭ އަދި

    13
    1
  45. މޮހަނު

    ކަންކަން ނިންމުމުގަ ބަލަންވީ އެހެން ޤައުނުތަކުން ކަންކުރާ ގޮތެއްނޫން ބަލަންވީ ކީރިތި ޤްރުއާނާއި ރަސޫލާގެ ސުންނަތުގަ އޮންނަގޮތް

    14
  46. މާސޭ

    އެހެންގަމުތަކުގާ ބުރުގާއަޅާމުސްލިމް އާއިލާއެބަތިބި ތިއާއިލާނާޅަނީކީވެ؟؟؟؟

    13
  47. މީހާ

    ކަމަނާއަށް މުސްލިމް އަންހެނާގެ އައުރައަކީ ކޮބައިކަންވެސް ހަމަ ނޭންގެނީތަ؟؟ އެހެން މުސްލިމް ގައުމުތަކުގައި ކުރާ ރަނގަޅުކަންތައް ނުކުރަނީ ކީއްވެތަ؟؟

    13
  48. ކުޑަބަޖަރާ

    އެހެންމުސްލިމް ގައުމުތަކުގައި ފައްޅި އާއި ނާސިގެ ތަކާ ކެސިނޯ ތައްވެސްހުރޭ. އެކަންވެސް ދުންޔާ ހާމަކޮށްލިނަމަ.

    13
  49. ރާޅު ބޯއީ

    ތިޔަ މައުމޫނަކާއި ހެދި ނޮފޮރުއްޕާން ވެއްޖެ. މީނާ މީ ކިހިނެތް ދީން ކިޔަވައިގެން އުޅޭ މީހެއްތަ. އަންހެނުން ބުރުގާ އެޅުވީއެއް ނޫން ދަރިންތައް އޮރިޔާމުން ދުވަނީ މީނާއަށް ވަރިހަމަ. މުސްކުޅި އަޖޫސް ކަލޭގެ ހުރި ނުބައި ކަމާއެ.

    12
  50. ހައިރާން

    ތަނަކު ބަޔަކު ރާބޮއެފީޔާ އެރަލެއް އެހެންމީހުންބޯންޖެހޭތަ!
    މާނަޔަކީ ދުނިޔޭގެ ކޮންމެ ތާކު ކުރާ ނުބާކަމެއްވެސް
    މިތާންގަވެސް ކުރެވޭންްޖެހޭނޭ! އެހެންތަ ކަމަނާ ތިވިދާޅުވީ!
    ކަމަނާ ކުޑަ އިރު ގުއިވެސް ކައެފަ ހުންނާނީ މިހާރު އެނުކަނީ ކީއްވެ؟
    އެހެންވީމާ އެނުކަނީ އެއީ ގޯސް ނޫނީީ ކުރަންނުޖެހޭ ކަމެއްވީމަ ދޯ!އެހެންވީމަ ދީނުގަވެސް ނުކުރަން އެންގެވިކަމެއް ސަފުން ކޮއްގެން ނުވާނެދޯ!
    ﷲ އާ އެކަލާނގެ ދީނަށްވުރެވެސް މަތީ ކަމަނާތިޔަ އުޅެނީ!

  51. 1111

    އެހެން މުސްލިމު ޤައުމުތަކުގައި ކަންކުރާ ގޮތަކަށްނޫން ބަލަންޖެހެނީ! ބަލަން ޖެެހެނީ އަސްލަށް. ރުޖޫޢަ ވާން ޖެހެނީ ޤުރްއާނަޢި ސުންނަތަށް. މިއިން އޮޅުން ނުފިލިއްޔާ އިޖުމާޢު އާއި ޤިޔާޞް އަށް! ހަވާ ނަފްސުގެ އަހުލުވެރީން ތަނަކަށް އެއްވެ އެމީހުންގެ އެދުމާ އެއްގޮތަށް ނިންމާ ނިންމުމަކަށްނޫން ބަލަން ޖެހެނީ!
    އެހެން މުސްލިމު ޤައުމުތަކުގައި ފާހިޝް ކަންތައް ކުރާމީހުން ތިބޭތީތަ މިތަންވެސް ހަޑިމުޑުދާރު ކަންތަކުން ފޯވަނީ.

  52. ފަހަރި

    ޢެހެންގައުމުތަކުގަ އެބަތިބި ތުނބުޅި ދިގުކޮއް ފަތިބި އެތައްބައެއް ދެންކީއްވެތަ ޗިލީސޯސް އުގުޅާފަ ބޭލީ ތިބުނިހުރިހާ ގައުމެއްގަ ވެސްއެބަތިބި އެތައް ދީނެއްގެ ބައެއް އެގޮތައްތޯ މިތަންވެސް ގެންދަންވީ ކުރިއައް (ހާއްސަކޮއް ބާންގާޅި)އެއޮއްގޮތައް

  53. ޢަބްދުއްލަޠީފު

    ދެން ހެކިބަސް ނަގާއިރު ފިރިހެނަކާ ދެއަންހެނުން ނަގަން އޮންނަނީ ކީއްވެތަ؟ ދެފިރިހެނުން ނެތްހާލުގަ. މިވެސް ގޯހެއް ދޯ ގޮޅާބޯ

  54. ާައަސްލަމް

    އިސްލާމް ދީނުގަ ބުރުގާއެޅުން ހުއްދައެއްނޫން

    2
    4
  55. Anonymous

    މިވަރުން ދަންޏާ އަންހެނުންނަށް އިމާމްކަން ވެސް ކުރަން ހުއްދަދޭނެ

  56. Anonymous

    ދުންޔާ އެބުނާހެން %100 މުސްލިމު ގައުމު ގައި ޥެސް ބުރުގާ ނާލާ އަންހެނުން އުލޭ ވިެއްޔަ

  57. މުހައްމަދު

    މިތިބީ މިހާރު ހައްދުފަހަނަ އަޅާފަ ކިޔޭ ނުކިޔޭއެއްވެސް ނޭގޭ އުދަ ބަލަގަ މީނަދަބުރުގާ ތުރުކުރެއްވި ކަމަނާ ﷲގެ ކަލާންފުޅާ ރަސޫލާގެ ޙަދީސްފުޅަށް ނުބަލާ ދެން ބަލަން އޮންނާނީކޮންއެއްތަ ނަރަކަވެރިންނަށްތަ އެމީހުންނަކީ ފާފަ ވެރިންކަން ދަނެތިބެ އެމީހުންގެފަތުން އަހަރެމެންވެސް ޖެހޭތަ ނަރަކަޔަށް ވެއްޓިގަންނަން ކަމަނާމެންގެ ވިސްނުމުގައި ތިޔަހުރީ ޝައިތާނުންނަށް ތަބާވުން ހެއްދެވިފަރާތަށް ކުޑަކޮށްވެސް ބެލުމެއް ބިރެއްގަތުމެއް ހަމަނެތީތަ ތިޔަކަމުގެ ހިތިރަހަ ލާނެދުވަހެއް ވަރަށްކާރީގަ އޮތްކަން ހަނދާންބަހައް ޓައިގެން އުޅުމަށް ހަނދާންކޮށްދިނީ ލޫޅާފަތި، އިއްޒަތްތެރި ބާރުވެރިކަމަނާ ހެހެހޭ

  58. ލޮޖިކް

    އެހެން އިސްލާމީ ގައުމުތަަކަށްތޯ ބަލަންވީ ނޫނީ ﷲ ގެ ޝަރީއަތުގައި އޮތް އެއްޗަކަށްތޯ؟

  59. ނާނި

    މިއަދި ކާކުތަ، ފޮރިންގ މިނިސްޓަރ ކަމުގަ ހުރިއިރު އެއްޖިންސުން ކައވެނި ކުރުމާ ދެކޮޅަށް ވޯޓްދޭން ނުކެރުނު، އަނގަ ހުޅުވައޭ އެބަ، އޮރިޔާމުން އިނދެ، މި މީހުންގެ ލަދުހަޔާތް ކުޑަކަމާމެދު ހައިރާންވޭ!

  60. ރަނާ

    މިއަދި ކާކުތަ، ފޮރިންގ މިނިސްޓަރ ކަމުގަ ހުރިއިރު އެއްޖިންސުން ކައިވެނި ކުރުމާ ދެކޮޅަށް ވޯޓްނުދިން މީހެއް، އަނގަހުޅުވައޭ އެބަ އޮރިޔާމުން އިނދެ،
    މިމީހުންގެ ލަދުހަޔާތް ކުޑަކަމާމެދު ހައިރާންވާވަރުވޭ!

  61. ނސނ

    ސައުދި ޢަރަބިޔާގަ ދިގު ހެދުން ލާން ޖެހޭ! ރާއްޖޭގަ އެހެން ހަދާ ހަދާނެތަ؟ ހަމަ ޔަގީން ދުންޔާމެނެއް އެހެން ނަހަދާނެ މުސްލިމުގައުމެއްގަ ކުރާ ކަމެކޭ ކިޔާފަ! އެހެން ހަދަން އުޅެއްޖެނަމަ ބުނާނެ އަންހެނުންގެ ޙައްގު ތަކަށް ބުރު އަޅައޭ!