ދުނިޔޭގެ އެންމެ ބިޔަ ޖަންގަލި ކަމަށްވާ އެމޭޒަން ރެއިން ފޮރެސްޓް ހިމާޔަތްކޮށް ދިނުމަށް ދިވެހިންގެ ފަރާތުން މުޅި ދުނިޔެއަށް ގޮވާލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ، އެމޭޖަން ޖަންގަލީގެ ބޮޑު ބައެއްގައި ރޯވެ އަނދަމުންދާތީ އެކަމާއި ކަންބޮޑުވާކަން ހާމަކުރައްވާ އެމަނިކުފާނު ރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ރައީސް ވިދާޅުވީ، އެ ހާދިސާގެ ޚަބަރު އެއްސެވީ ކަންބޮޑުވުމާއެކު ކަމަށާއި، އެ ޖަންގައްޔަކީ ދުނިޔޭގައި އިންސާނުން ނޭވާލުމަށް ބޭނުންވާ އޮކްސިޖެންގެ 20 އިންސައްތަ އުފައްދާ، ދުނިޔޭގެ ފުއްޕާމޭ ކަމަށެވެ. އެހެންކަމުން ތިމާވެށީގެ ނާޒުކު ޤައުމެއްގެ ހައިސިއްޔަތުން، އެމޭޒަން ޖަންގަލި ހިމާޔަތް ކޮށްދިނުމަށް ދުނިޔެއަށް ގޮވާލާ ކަމަށް ރައީސްގެ ޓްވީޓުގައި ވިދާޅުވިއެވެ.
މީގެ ތިން ހަފްތާ ކުރިން އެމޭޒަންގައި ރޯވި އަލިފާންގަނޑު އަދިވެސް އަންނަނީ ކޮންޓްރޯލް ނުވެ ބާރަށް ފެތުރެމުންނެވެ. މި ޖަންގައްޔަކީ އިންސާނުންގެ ދިރުމުގެ ބޮޑު ހިއްސާ އެއް އޮންނަ ތަނެއް ކަމުގައި ވާއިރު، އެ އަލިފާން ގަނޑު ނިއްވުމަށްޓަކައި އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުން އަންނަނީ އަޑު އުފުލަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ޖެނުއަރީން ފަށައިގެން މިހާތަނަށް އެމޭޒަން ޖަންގަލީގެ އެކި ހިސާބުތަކުގައި 74000 އަށްވުރެ ގިނަ އަލިފާންގަނޑު ވަނީ ރޯވެފައެވެ. މި އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާއިރު، ގުދުރަތީ ގޮތުން ރޯވާ އަލިފާން ތަކުގެ އިތުރުން އިންސާނުން އަމިއްލަ އަށް ރޯ ކުރާ އަލިފާންގަނޑު ތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. ހަމަ އެހެންމެ ވިޔަފާރީގެ ބޭނުމަށް ކޮންމެ އަހަރަކުވެސް އެތައް މިލިއަން ގަހެއް މި ޖަންގަލިން ކަނޑަމުން ދެއެވެ.
ކަޝްމީރުގެ މުސްލިމް ރައްޔިތުންނަށް ހިމާޔަތް ނުލިބުނަސް ވަރިހަމަ؟
އެމޭޒަން ޖަންގަލީ ސަލާމަތް ނުކުރެވިގެން ދޯ މިއުޅެނީ، އެގައުމުގެ ރައްޔިތުން ހޭބޯނާރާ އެމަސައްކަތުގަ އުޅެނީ، އެމީހުންގެ ޒިންމާ ބަރާަބަރައް އަދާކުރަމުން އެބަގެންދޭ، ގައުމުގެ ވަލިއްޔުލް ޢަމުރަކަށްވެހުރެ ތިމާގެ ޒިންމާ ބަރާބަރައް އަދާކުރެވޭތޯ މީހުން ނޫޅޭ ހިސާބަކަށް ގޮސް ވިސްނާ ފިކުރުކޮށްބަލަ.
ރިޔާސީ ވަޢުދުތަކުގެ ތެރެއިން ރާއްޖޭގެ ރައީސް މިއަދު އެމޭޒަން ޖަންގަލި ހިމާޔަތްކުރައްވާ އެ ވަޢުދު ފުއްދަވާފި. ދެތިކި ޕީ.
މިޤައުމުގަ އިސްލާމްދީން ހިމާޔަތްކުރަން ގޮވާލާ އެގޮތަށް ޢަމަލުކޮށްބަލަ. މާތް اللهގަންދީ ހުވައެއްކޮށްހުރެ މިޤައުމުގެ ރައީސްގެ ހައިސިއްޔަތުން އެކަން މާ ޢައުލާކަން ބޮޑުވެގެން ވޭ. ޢެހެންނޫނީ އިސްތިއުފާދީފަ ފަހަތަށް ޖެހިލާ.
ފަލަސްތީނުގެ މުސްލިމުނާ ކަޟްމީރުގެ މުސްލިމުން މަރަމުންދާއިރު މަނިކުފާނު ނިދާފަތޯ؟
އިސްލާމް ދީނާ ދިވެހިންގެ އަބުރާއިއްޒަތް ރައްކާތެރިކޮއް ހިމާޔަތްކުރޭ!!
މޮޔައެއްގެ އަތައް ކަނޑިއެއްދީފިއްޔާ ދެންވާނީ ކިހިނެއް؟
ކަސްމީރުގައި މުސްލިމުނަށް ލިބެމުން ދާ އަނިޔާއާއި މެދު ކަންބޮޑު ވުން ފާޅު ކޮށްލަން ނުކެރުނީ ކީއްވެބާ ބަޔަކު ރުޅި އަތުވެދާނެތީތޯ.... ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.
ކަސްމީރު ހިމާޔަތް ކުރައްވާ ފަލަސްޓީނު ހިމާޔަށް ކުރައްވާ، އިންޑިޔާ ގައި ގެރިޔަށް ޓަކާ މީހުން މެރުން ހުއްޓާލާ
މަނިކުފާނު ދީނީ ޢިލްމު ވެރިންނަށް އިޙްތިރާމް ކުރައްވާ .އެބޭފުޅުންގެ އަޑު އައްސަވާ.ދުޢާދެއްވާފައިވާ ޞާލިޙެއްކަން މުޅި ޤައުމަށް އެނގޭ
އިސްލާމްދީނާއި މިޤައުމު ހިމާޔަތް ކުރައްވާ! ފަނޑިޔާރުންނަށް އަންހެނުން އިސްނުކުރައްވާ!
އިބޫސޯލިހް ވެރިކަމުންފައިބައިގެން އމޑޕ ބައިގަޑު ގޮވައިގެން ދޭބަލަ އެއަލިފާންގަޑު ނިއްވާލަން
ހެއް ހެއް ހެއް
ދެންވެސް އެދެނަން ނަގާއަވަހައް އެޑްވައިޒަރް އަކައް ޖާބިރުހުރިނަމަ ތިހެންނުވާނެ ޖާބިރުގެ ބަހެއްހޯދުންއެއްމެ ރަނގަޅީ މިހާރު ރާއްޖޭގަ ހުރިއެއްމެ ބޮޑުސިޔާސީލީޑަރްއެއީ
މިގައުމުގަ އިސްލާމްދީން ހިމާޔަތް ކޮށްދީބަ. އިލްމުވެރިންނަށް ގޮށްނުޖަހާ.
އެމޭޒަން ހިމާޔަތް ކުރައްވާ! ދިވެހި ރާއްޖޭގެ ރައްޔިތުން ބަނޑައްޖެހި ފާރު ބުޑުދަށު ކަކޫ ޖައްސަވާ!
ޝޭހް އިލްޔާސު ބުނީ ނިގައުމުގަ ކޮއްމެ މީހަކު ވެރިކަމުގަހުއްޓަސް އިސްލށމްދީން އޮންނާނެޔޭ އެދީން ހިމާޔަތް ކުރާނެޔޭ.. ފެނެއެއްނުން ހިމާޔަތްކުރާގޮތް.. ކޮއްމެ މީހަކު ވެކަމުގަހުރެގެން އިސްލާމްދީނަށް ނަސްރު ނުދޭނެކަން ސާބިތުނުވޭތަ؟ކަޝްމީރާ ފަލަސްތީނުގެ ހައްގުގަ ބަހެއްބުނަން ނުކެރޭ ފިޑިއެއް.. އިސްތިއުފާ ދީފަ ސިއްކަގެއަށް ދޭބަލަ.. އިސްތިއުފާދީ.. މިގައުމުގެ ކޯޓުތަކަށް އަތްބާނާއިގެން ބޭނުން ގޮތަކަށް ހުކުމްކުރަނީ މިކަލޭގެ ވެރިކަމުގަ 3ބާރު އެއްކޮށްގެން.. ރޔާމީންގެ ދުވަސް ދުއްވާލަން މިކަލޭގެ ބާރުއަޅަނީ ހަސަދަވެރިކުން..
ހާން ތީ ޔާނު ނުގެނސް ގެން އަންނަ ރުޅި
ހެހޭ ކަލޭ މޮޔަވަނީތަ ކަލޭބަލަހަށްޓަން ޖެހެނީ ދިވެހިރާއްޖެ. އެމޭޒަން އެއް ނޫން
އަރެން މިހިރީ ދާން ތައްޔާރަށް ރައީސް
ކަލޭ އިހަށް މި ގައުމަށް ވަމުންދާގޮތާ މެދު ވިސްނަބަލަ.
އިބޫ ގެ އަގައިގެ ބާރުން އެމޭޒަންގެ ޖަންގަލީ ގާ ގަސް އިންދަން މުޅި ދުނިޔެ ދުއްވައިގަނެފި. އިބޫ ގެ އަގައިގެ ބާރުން 70 އަހަރުވީ ކަޝްމީރުގެ ވާދަވެރިން އެމެރިކާ އަށް ނުކުރެވުނު ކަން ކުރަން މޭޒު ދޮށަށް އައިސް ވާހަކަ ދައްކަނީ. އިބޫ އަށް މަދޭނެ ނަސޭހަތަކީ އަނގަ ފުޅާ ނުކޮށް އެމޭޒަަން ހިމާޔަތް ކުރަން ނޫޅެ އަމިއްލަ ގައުމުގެ ކޮންމެ މީހަކަށް އޭނާ ނޭވާލާން ބޭނުން ކުރާ އޮކްސިޖަން ގެ ނިސްބަތުން އެވަރަށް އޮކްސިޖަން އުފެއްދޭނެ ގަސް ކޮންމެ މީހަކަށް އިނދޭނޭ ބިމާ ވަސީލަތް ހޯދައި ދެވޭތޯ ފުރަތަމަ އުޅުން ބުއްދިވެރި. އަނގަ ފުޅާ ކޮށްގެން ތިމާ ހުރިކަން ދެއްކުމަކީ ސިކުޑީގެ ނިކަމެތިކަމެއްކަން ހަދާން ކޮށްލަ އިނގޭ.
ތިޔަ އެމޭޒަން ޖަންގަލިވެސް ސަލާމަތްކޮށްދެވޭނެ ހަމައެކަނި ފަރާތަކީ ޢާލަމްތަކުގެވެރިﷲ. އެކަލާންގެ އަމުރުފުޅު ތަކާ ދިމާއިދިކޮޅަށް އަންހެނުން ތަކަކަށް ފަނޑިޔާރުކަން ދިނުމަށް ހަމަޖައްސާފާ ސަލާމަތަށްތިޔަ އެދެނީ ކޮން ފަރާތަކުންތޯ؟