ރޭ މާފަންނު ސަހަރާ ތެރޭގައި ކައްވަޅު ކޮންނަން ތިއްބައި ހިފެހެއްޓި މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ސަހަރާ ކޮންނަން ތިއްބައި ރޭ 12:00 ހާއިރު ހަތަރު މީހަކު ހިފަހައްޓާފައިވާ ކަމަށެވެ. އޭގެތެރޭގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިބި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ އާއި ގުޅިގެން އެ މީހުންނާއި ސުވާލު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފުލުހުން މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މަންޒަރު ދުށް މީހަކު "ވަގުތު" އަށް ބުނީ ކައްވަޅު ކޮންނަން ތިބި ތަން އޭނާއަށް ފެނުމުން އެ މަންޒަރު ނުބަލަން އެތަނުގައި ހުރި ދިވެހި ފިރިހެން މީހާ އެދުނު ކަމަށެވެ. އޭނާ ބުނީ، އިރުކޮޅަކުން އަންހެނަކު ރޯއަޑު ސަހަރާ ތެރެއިން އިވުނު ކަމަށާއި، މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކުވެސް ސަހަރާ ތެރޭގައި ހުރި ކަމަށެވެ. އެ މީހުން ކަށްވަޅު ކޮނުނީ ބަޔަކު ހަދާފައި ހުރި ސިހުރެއް ނައްތާލަންވެގެން ކަމަށް އޭނާ ކައިރީގައި ބުނި ކަމަށް ވެއެވެ.

އޭނާ ބުނީ ކަށްވަޅު ކޮނެގެން ނަގާފައި ހުރި ގިނަ އަދަދެއްގެ ގާތަކެއް އެ ސަރަޙައްދުގައި ފެންނަން ހުރި ކަމަށާއި, ނަމަވެސް އެތަނުން އިންސާނެއްގެ ކަށިތަކެއް ނަގާފައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ޕޮލިހުން ވިދާޅުވަނީ އެމީހުންގެ އަމިއްލަ ކަށްވަޅު ކުރިޔަށް އެޑްވާސްކޮށް ކޮނުމަކީ މައްސަލައެއް ނޫންކަމަށް! ދެތިކީ ޕީ.

    22
    4
  2. Anonymous

    ޤަބުރުސްތާނަށް ޒިޔާރަތްކުރާ އަންހެނާއަށް ﷲ ލަޢުނަތްލައްވާނެ. މިކަން ކޮށްފަ މިވަނީ ރަނގަޅަކަށް ނޫން. ޝަރުޢީ ރުޤުޔާއެއްނަމަ ﷲ ގެ އެއްވެސް އަމުރުފުޅަކާ ޚިލާފެއްނުވާނެ. މިކަމުގެ ސައްހަ އިލްމު ވެއްޖެއްނު ރާއްޖޭގަ ކިޔަވާދޭން. ތަންދޮރު ވަކިނުވޭ އޯލެވެލް އިން އޭ ޕްލަސް ހީދާ ކުއްޖާއަށްވެސް. ދީނުގެ ހުރިހާ ބައިތަކެއް ނުހުރޭ އިސްލާމީ ތަރުބިއްޔަތުގަ.

    27
    1
    • ހުދުހުދު

      އިސްލާމީ ތަރުބިއްޔަތު ގައި މިހާރު ކިޔަވަދޭ ވަރު ވެސް ކިޔަވައި ނުދޭން މިޔަހޫދީ މުރުތައްދު ސަރުކާރު އުޅެނީ

      30
      3
  3. ާއަލީ

    ދިރާސީ ޝަރުޢީ ރުޤްޔާކުރާއިރު ސިހުރު ހަދާފައިވާ ތަން ހޯދައި ޖެހޭނީ އެތަނެއް ނަގަން. ޢޭރުން ބަލިމީހާ އެއްކޮށް ނޯމަލް ކުރެވޭނީ. ކީރިތި ރަސޫލާ އަށް ޖެހިވަޑައި ގަތް ސިހުރުވެސް މަދީނާގެ ވަޅުތެރެއިން ނެންގެވިކަން ޤުރްއާން ތަފްސީރުން އެނގިގެން ދެއެވެ.
    ޢެމީހުން ޤަބުރުސް ތާނަށް ދިޔައީ ސިޙުރު ހަދާފައިވާ ތަނެއް ނަގަން ބަލިމީހާ ގޮވަިގެން ޕޮލިހުންގެ މީހަކާ އެކު.
    ޥަޅުލާފައިވާ ސިހުރު ޙުރީ ސަޙަރާގެ ދޮޜު ކައިރީގާ. ކައްވަލެއް ނުކޮނެ އެމީހުންނެ. ޢަދި މީހަކު ހައްޔަރެއް ނުކުރެ ޕޮލިހުންނެއް.