ޖުޑިޝަލް އެކްސްޗޭންޖް އޮން އޯލްޓަރނޭޑިވް ޑިސްޕިއުޓް ރިސޮލިއުޝަން ނަމުގައި ބައްދަލުވުމެއް މިއަދު ހެޓެލް ޖެންގައި ފަށައިފިއެވެ.

މި މަހު 23 އިން 25 ގެ ނިޔަލަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓްގެ އެހީގައި މޯލްޑިވްސް އިންޓަނޭޝަނަލް އާރބިޓްރީ ސެންޓަރާއި, ސިލޯން ޗެންބަރ އޮފް ކޮމާރސް އަދި އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާރސްގެ ކޮމާޝަލް ލޯ ގުޅިގެން ބާއްވާ މި ބައްދަލުވުމުގައި ރާއްޖޭގެ 15 ފަޑިޔާރަކު ބައިވެރިވެއެވެ.

ޖުޑިޝަލް އެކްސްޗޭންޖް އޮން އޯލްޓަރނޭޑިވް ޑިސްޕިއުޓް ރިސޮލިއުޝަން ނަމުގައި ބާއްވާ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ފަޑިޔާރުންނަކީ ސްޕްރީމް ކޯޓުގެ ފަޑިޔާރު އާދަމް މުހައްމަދު އަބްދުﷲ, ސްޕްރީމް ކޯޓުގެ ފަޑިޔާރު އަބްދުލް ގަނީ މުހައްމަދު, ހައިކޯޓުގެ ފަޑިޔާރު ސުޖާއު އުސްމާން, ހައިކޯޓުގެ ފަޑިޔާރު ޝުއައިބް ހުސެއިން ޒަކަރިޔާ, ހައިކޯޓުގެ ފަޑިޔާރު އަބްދުލް ރައުފް އިބްރާހިމް, ހައިކޯޓުގެ ފަޑިޔާރު އަލީ ސަމީރު, ހައިކޯޓުގެ ފަޑިޔާރު މުހައްމަދު ފައިސަލް, ހައިކޯޓުގެ ފަޑިޔާރު ހުސެއިން ޝަހީދު, ސިވިލް ކޯޓުގެ އިސް ފަޑިޔާރު އަބްދުﷲ އަލީ, ސިވިލް ކޯޓުގެ ފަޑިޔާރު ހާތިފް ހިލްމީ, ސިވިލް ކޯޓުގެ ފަޑިޔާރު ޒުބެއިރު މުހައްމަދު, ސިވިލް ކޯޓުގެ ފަޑިޔާރު އަދަމް އިބްރާހިމް އިސްމާއިލް, ސިވިލް ކޯޓުގެ ފަޑިޔާރު އަހުމަދު ރަޝީދު, ސިވިލް ކޯޓުގެ ފަޑިޔާރު އަލީ އަބްދުﷲ, ސިވިލް ކޯޓުގެ ފަޑިޔާރު ހަސަން ފަހީމް އިބްރާހީމެއެވެ.

މި ބައްދަލުވުމުގައި ލަންކާގެ 6 ފަޑިޔާރަކު ވެސް ބައިވެރިވެއެވެ.

ޖުޑިޝަލް އެކްސްޗޭންޖް އޮން އޯލްޓަރނޭޑިވް ޑިސްޕިއުޓް ރިސޮލިއުޝަން ނަމުގައި ބާއްވާ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި ބައްދަލުވުން ހުޅުވުމުގެ ރަސްމިޔާތުގައި ރާއްޖޭގެ އުއްތަމަ ފަޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އުތަމަ ފަޑިޔާރުގެ ވާހަކަ ފުޅުގައި މި ބައްދަލުވުމުގައި ޑިސްޕިއުޓް ރިސޮލިއުޝަން އާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އެމްއޭއައިއެސް އަކީ 2014 ވަނަ އަހަރު، ޝަރުއީ މަރުހަލާގެ ބަދަލުގައި ގާނޫނު ހުއްދަ ކުރާ އަދި ގާނޫނަށް ބާރު ލިބިދޭ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް މަގުފަހި ކޮށްދޭން އުފައްދާފައިވާ ސެންޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖެފްރީ

    އެމެރިކާ އަކީ ދުނިޔޭގެ އެންމެ އިންސާފުނެތް އެއް ގައުމު. ﷲ ގެ ޝަރީޢަތައް ވުރެ އިންސާނުން އެތަން މިތަނުން މިކްސްކޮއްގެން ހަދާފަ ހުންނަ ވަލުޢީ ޤާނޫނު މޮޅުވާނެ އެއްގޮތެއް ވެސް ނޯންނާނެ.