ގާޒީކަމަށް އަންހެނަކު އައްޔަންކުރާމީހާ ފާފަވެރިވާނެ ކަމަށް ދީނީ ޢިލްމުވެރިން އިޖުމާޢުވެފައިވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝެއިޚް އަލީ ޒާހިރު މިގޮތަށް ވިދާޅުވެފައި ވަނީ، އަންހެނުން ފަނޑިޔާރު ކަމަށް އައްޔަންކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ނިންމައި، އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް އެއީ ދީނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައި، އެފަރާތްތަކަށް ގޮންޖަހައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަށް ލަފާދީފައި ވަނިކޮށެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ޝެއިޚް އަލީ ޒާހިރު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޝްހޫރު އިމާމުވެރި ދަންނަބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު، އަންހެނުން ޤާޟީ ކަން ކުރުން ހުއްދަކުރައްވާ ކަމަށް ވިދާޅުވާ ބޭފުޅުން އެހައްދަވަނީ ގޯހެއް ކަމަށް މިސްރުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުޙައްމަދު އަބޫ ޒަހުރާ ވިދާޅުވެފައިވާ ކަމަށެވެ.

"މިސްރުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުޙައްމަދު އަބޫ ޒަހުރާ ވިދާޅުވެފައިވެއެވެ. މަޝްހޫރު އިމާމުވެރި ދަންނަބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު، އަންހެނުން ޤާޟީ ކަން ކުރުން ހުއްދަކުރައްވާ ކަމަށް ވިދާޅުވާ ބޭފުޅުން އެހައްދަވަނީ ގޯހެކެވެ. ޤާޟީ ކަމަށް އަންހެނަކު އައްޔަނުކުރާ މީހާ ފާފަވެރި ވާނެކަމަށް ޢިލްމުވެރީން އިޖްމާޢު (އެއްބަސް) ވެފައިވެއެވެ." ޝެއިޚް ޒާހިރުގެ ޕޯސްޓުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ދެ ބޭފުޅުން އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަދައްކަވަމުންނެވެ. އަދި އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ވިދާޅުވެފައި ވަނިކޮށް އެކަމާއި ދެކޮޅު ނިންމުމެއް ރާއްޖޭގައި ނިންމާތީ، އެ ނިންމުން ބަދަލު ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިން ވެސް ދަނީ ގޮވާލަމުންނެވެ.

ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ، ފަތުވާ މަޖިލީހާއި ރާއްޖޭގެ އިލްމުވެރިންގެ ވާހަކަތަކާއި ދެކޮޅަށް ޚިޔާލުފާޅު ކުރަމުންނެވެ.

އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވެސް ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި ރައީސްގެ އިތުރުން، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އާމިނަގެ އާދޭސް

    މިޤައުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި ދީނީ ޢިލްމުވެރިން ކޮށްދެއްވާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން.
    އައުމުގެ ވަލިއްޔުލް އަމުރަށް ވ.އަޙްތިރާމާއި އެކު ދަންނަވަން ދީނީ ޢިލްމުވެރިން ނަށް އިޚްތިރާމް ކުރަށްވާ އެބޭފުޅުންގެ ބަސް އަޑު އައްސަވާ ތިޔަ ކުރައްވަން އުޅުއްވާ ކަންތައް ހުއްޓާލައްވާ ޤާބިލް ބޭފުޅުން މަޤާމުތަކަށް ލައްވަވާ.ތިޔައީ ދުޢާދެއްވާފައިވާ ޞާލިޙެއް .

    76
    5
    • މަބުނީ...

      އެމޭޒަނަް ހިމާޔަތްކުރައްވާ..-ވަލިއްޔުލް އަމްރު-

      43
      4
      • މަކިނބޫ

        ކަލޭދޭ އެމޭޒަން ޖަންގަލި ހިމާޔަތް ކުރަން އެކަނި.

        23
        2
  2. ކަހަނބު ވިތްޓޯ ޓޯ

    އިސްލާހައްޓަކައި ވާހަކަފުޅު ދައްކަވަާތީ ޝުކުރިއްޔާ އަޅުގަނޑު ގެ އަހުން.އަންނިގެ ވަބަާ އިން ގައުމު ސަލަަާމަތްވޭތޯ ދުޢާ ކުރަށްވާ

    85
    8
  3. ނަޖީބު އައްބާސް

    އެކަން ކުރާމީހަގެ ވާހަކަ ދައްއިރު، ފާޅުގައި ބަނގުރާލާ އުރުމަސް ވިއްކައިގެން ގައުމުގަ ދިރި އުޅުމުގެ ބޭނުއްތައް ފުއްދުމަކީ ކޮންކަހަލަ ކަމެއްތޯ

    13
    23
  4. ހަސަންތަކުރު

    ކިތައްމިލިއަންލިބިގެންތިވާހަކަތިދެއްކީ؟

    12
    49
    • ދޮންބެ

      ކިތައްބިލިޔަން ލިބޭތީ އިސްލާމް ދީނުގެ އުސޫލުތަކަށް ތި ނަފްރަތު ކުރަނީ؟

      60
      3
      • ދޮންބެއަމާ

        ހަމަހިތަށް އަރުވާލި މިންވަރެއް ސުވަރުގެއިން ލިބޭނެކަން ޔަގީންވާތީ. ކޮންމެ ހެޔޮކަމަކަށް 10ދަރުމަވޭ. ދަރުމައިގެ އަގު މިލިޔަނުންގުނާވަރަށްވުރެ މާމަތިވާނެ.

        46
        2
    • ޝާހް، ރ.ވާދޫ

      ހޭބައްޔާ 7 އުޑުމަތިން އިލާހީ ގާނޫ ބާވާލެއްވީ ކިތައް މިލިޔަން ލިބިގެންތޯ ކަލެއަށް ސުވާކުރަން ނުކެރެނީ ކީއްވެ؟ މިހިރަ ނިކަމެތި ވިސްނުންކޮށި އިންސާނާ، ކަލޭގެ މަރު ހިއްޕަވާގަޑި ޖެހުނީމަ ކަލެޔަށް އެ ލަސްކުރެވެން، ކަލެއާ އެންމެ ކައިރީގަހުރި އިންސާނެއްގެ ކައިރީވެސް ބުނުމުގެ ކުޅަދާނަކަން ކަލެޔަށް ލިބިގެން ނުވާކަމަށް ކަލޭ ގަބޫލުކުރަންތަ؟ އެކަން އެހެން ވާނެ ނަމަ ކަލޭ އެމީހަކަށް ތިބުނާ ފައިސާދީފަ ކަލޭ ނިކަން އެކަންކޮށްބަލަ. ބީތާޔާ އިލާހީ ގާނޫނު ކަލެޔަކަށް ބަދަލެއް ނުކުރެވޭނެ މުޅި އުމުރު ދުވަހު ރީންދޫ ގައިގަ ހާކައިގެން މި ލާދީނީ ބައިގަނޑުގެ ވަށައިގެން އުމުރުދުވަހު އެނބުރުނަސް.

      47
      3
  5. ޝާހް، ރ.ވާދޫ

    ފާފަވެރިވެދާނެތީ ބިރުގަންނަ ބައެއްނޫން މިޔަދު ވެރިކަމާ ހަވާލުވެތިބީކީ. މިދުނިޔެމަތީގެ ނުބައި ނުލަފާ ކޮންމެ ކަމެއް ބޮޑާކަމާ، ގައްޑާކަން ދެއްކުމުގެ ބޭނުމުގަ ކުރަމުން އަންނަ ލާދީނީ ޔަހޫދީ ފިކުރުގެ ބައިގަނޑެއްގެ ތައްޕާހުގަ މިގައުމު ޖެހިފަ މިއޮތީ. ހުތުރު ގޮތުގަ މިވެރިކަން ނިމިގެންދާނެ ދުވަހެއްގެ އިންތިޒާރު ކުރެވެމުން މިދަނީ.

    47
    1
  6. ޝާހް، ރ.ވާދޫ

    ޝޭހު އިމްރާނާ ޝޭހު އިލިޔާސް މިކަމާ ހައްޕު ކިޔައިގެން މިތިބީ ނަމުގަ ދީނީ ބޯޑު އަޅުވައިގެން ކަލޭމެންގެ ނުބައި ނުލަފާކަން ނިކަން ދެކިބަލަ.

    58
    1
  7. ގުދިބެ

    ދުވަސްކޮޅަކުން މިމީހުން ވަކާލާތު ކޮއްފާނެ އަންހެނުނަށް އިމާމުވެ ނަމާދު ނުކުރެވޭންވީ ކީއްވެހޭ ކިޔާފަވެސް

    41
    1
    • ގުއިބެ

      އަންހެނުން އަންހެނުންގެ ޖަމާއަތުގައި އިމާމުވެ ނަމާދު ކުރުމަކީ އިސްލާމްދީން ހުއްދަކުރާކަމެއް.

      24
      1
  8. ދަނޑުވެރިޔާ

    ޔޫރަޕާ މޯދީ ހިތްހަމަޖްއްސަން މިފަހަރު ފަނޑިޔާރުން އަޔަންކުރާނެ.

    25
    2
  9. އަދާލަތު

    މާތްވެގެންވާ އިސްލާމްދީނުގެ ތާޖު އޮތީ ތިމަންނާ އަތުގައިކަމަށްބުނެ، ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން މި ޖާހިލް ކަލޭގެ 30 އަހަރު ވެރިކަން ކުރީ ކީރިތި ޤުރުއާންވެސް ހިތުހުރިގޮތަކަށް މާނަކޮށްގެންކަން ވަރަށް ސާފު.
    ދައްޖާލު އަރާފަ އެހުރީ. އެއިގެ ފިތުނައިން ސަލާމަތްވޭތޯ ދުޢާކުރުން ލަސްވެއްޖެ.

    15
  10. ލައްޓިބެ

    މިކަމުގައި ރާއްޖޭގައި ލާދިނީ ފިކުރަށް ވޯޓްދިން ޢިލްމުވެރިންވެސް ފާފަވެރިވާނެ!

    15
  11. މިލިޓަރީ

    ރާއްޖެ މިދަނީ ނުބައިއަތަކަ

    15
    1
  12. ނާށި

    މިވޭތުވެދިޔަ ފަސް އަހަރު ވައްކަން ކުރަމުންދިޔައިރު ތިޔަބުނާ ފުންނާބު އުސް ދީނީ އިލްމުވެރިން ކަންބޮޑެއް ނުވޭދޯ ! މިޔަދު އެކަނި ދޯ ކަންބޮޑު ވަނީ.............

    5
    18
  13. ރަސްހާ

    ޒާހިރޫ، އިއްޔެދޯ ތިފަތުވަާ ނެރެފަ ވާކަން އެގުނީ. ރައީސް މައުމޫނު އެކަން ކުރިއިރު އަދި ފަތުވާނުނެރެވެނީ ދެއްތޯ؟

    4
    12
  14. ޢިލް

    ހާދަވައްތަރޭ ކޭތައްހިފުމާ ބަރިގަނޑު އަޅައިގެންފަ ތިވަނީ ތިއެންމެންގެ ފަސްބައިގެ

    2
    3
  15. ޝީރާނީ

    ޖުޑީޝަރީއިން އިސްލާމް ދީނާއި ޚިލާފައް ލާފަ ތިބި އަންހެން ފަނޑިޔާރުން ބޭރުކުރަން ޖެހޭ.. އަދި އެކަން ކޮއް ރާއްޖޭގެ ސިޔާސީ ދާއިރާ އަދި ސަރުކާރު ލާދީނީ ފިކުރުތަކުގެ ވަކިތަކުން ސަލާމަތް ކޮއް ދޮވެ ސާފުކުރާނެ ސަރުކާރެއް ގެންނަން އެބަޖެހޭ.. ގޯހުން ގޯހައް ކަންކަން ދުކޮއްލައިގެން ދެން ތިބެވޭކައް ނެތް، މާތް ރަސްކަލާނގެ ކޯފާއައް އިންތިޒާރުގައި ތިބެވޭކައް ނެތް. މިކަންތައް އިސްލާހު ކުރަންތިބީ މުސްލިމު ރައްޔިތުން.. މިތާގަ އިލްމުވެރީންނައްވެސް އިތިބާރެއް ނެތް.

  16. ނަމަ

    ފަހުޒަމާނުގެ އަލާމަތް ފެންނަމުން ދާނެތާދޯ