ދީނަކީ އިޖުތިމާޢީ އެއްޗެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްމާއިލް (އިބުރާ) ބުނެފިއެވެ.

އެމްޑީޕީގެ ރައީސް ކަން ވެސް ކުރިން ކޮށްފައިވާ އިބުރާ ކުރި ޓްވީޓެއްގައި މި މޭރުމުން ވާހަކަ ދައްކާ އޭނާ ބުނެފައިވަނީ، ދީނަކީ ދިރިއުޅުން ބައްޓަންކުރަން އޮންނަ އިޖުތިމާޢީ އެއްޗެއް ކަމަށެވެ. އެހެންކަމުން ދީނުގެ ހުކުމްތައް ނެރެ ފަތުވާ ދޭމީހުންނަކީ އިލްމު އުނގެނިގެން ތިބި ބުއްދިވެރިންނަށް ވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

"ދީނަކީ މުޅި ދިރިއުޅުން ބައްޓަން ކުރަން އޮންނަ އެއްޗެއް. އިޖުތިމާއީ އެއްޗެއް. އެހެންކަމުން ދީނުގެ ހުކުމްތައް ނެރެ، ފަތުވާދޭ މީހުންނަކީ ޤުރުއާނާއި ހިދާޔަތުގެ އިތުރުން ދުނިޔޭގެ އެކިއެކި އިލްމު އުނގެނިގެން ތިބި ބުއްދިވެރިންނަށް ވުމަކީ ވަރަށް މުހިންމު ކަމެއް،" އިބުރާގެ ޓްވީޓުގައި ވެއެވެ.

އިބުރާ މިހެން ބުނެފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެނަކު އައްޔަން ކުރަން ރައީސް ޞާލިހް ނިންމެވުމުން ވަރަށް ގިނަ އިލްމުވެރިން ގެންދަވަނީ އެކަމާއި ދެކޮޅު ހައްދަވަމުން ގެންދަވާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކޮށެވެ. އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ވަނީ ކަނޑައަޅުއްވާފައެވެ.

ނަމަވެސް ފަތުވާ މަޖިލީހުގެ ނިންމެވުމާއި، ދީނީ އިލްމުވެރިންގެ ބަސްފުޅުތަކަށް ގޮންޖެހުމަށް ފަހު ޖޭއެސްސީ އިން ވަނީ ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރުހުން ދީފައެވެ.

އިބުރާ މީގެ ކުރިން އިސްލާމްދީނާއި ގުޅޭ ގޮތުން ދައްކާފައިވާ މިފަދަ ތަފާތު ވާހަކަތަކާއި ގުޅިގެން ވެސް އިލްމުވެރިންނާއި، އެތައް ދިވެހިންނެއް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ދީނަކީ އިޖުތިމާއީ އެއްޗެއް ކަމަށް އިބުރާ މިއަދު ބުނިއިރު، އޭނާ ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި ހުރީ ޝަރީޢާ ކޯޓުތަކެއް ނޫން ކަމަށާއި ރާއްޖޭގެ ހުރީ ޤާނޫނީ ކޯޓުތަކެއް ކަމުން، އެތަނަށް މުވައްޒަފުން ލާނީ ގާނޫނުގައި ވާގޮތަށް ކަމަށެވެ. އަދި ޝަރީޢާ އާއި ގާނޫނަކީ ވަރަށް ތަފާތު ދެއެއްޗެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރޭސިޒްމް.

    ދީނަކީ އިބުރާ ހިތު ހުރި ގޮތަކަށް ބޭނުން ވާހާ ގޮތަކަށް އަނބުރަން އޮންނަ އެއްޗެއް ނޫނޭ އެބުނަނީ. އާނ ތެދެއް. މިތާނގަ އިބުރާ އާ އޭނަގެ ބައިގަނޑުގެ މީހުން ފިޔަވައި ދީނޭ ދީނޭ ކިޔައިގެން ހަރާމް ކަންތައްތައް އަމިއްލައަށް ހަލާލު ކުރާ މީހަކު ނޫޅޭ. ހިތު ހުރި ވައްތަރަށް ވާހަކަތައް ދައްކާއިރު ކަލަކު ވޮޑިގެންވާ ކަން ދަނެ ބިރުވެތި ވޭ.

    46
    1
  2. ކާފަބޭ2019

    އިބުރާވީދެންތިއުޅެނީ ﷲތަޢާލާ އިސްލާމްދީންދީނެއް ކަމުގައި ފޮނުއްވެވީ އޮޅިގެންކަމަށޭތޯ؟ ނަމާދުކުރާނެގޮތާ އުޅެންޖެހޭގޮތްބަޔާކޮށް ކީރިތިޤުރްއާން ބާވާލެއްވީ އެފަރާތަށްއޮޅިގެނޭތޯ؟ އެހެންކަމުން އިބުރާދުނިޔެއަށްފާވީއަމިއްލައަށް ކަމުގައި ދައުވާކުރަށްވަނީތޯ؟

    36
    1
  3. ތެދު

    ތީމުރުތައްދުވެފަތިބި ބައިގަނޑެއް..

    37
    1
  4. އ. ޖ. އ

    އެހެންތަ ބުނީ

    11
    5
  5. މިއީ ދިވެހިން

    އިބްރާ ތީ ބޯހަމަ ޖެހޭ މީހެއްނޫން ފުރަތަމަ.. އޭނަ ހައްޔަރު ކުރަން ވެއްޖެއެއްނު..

    37
    2
  6. ތުއްރަވާސްގަމާރުހަރިކެެެޭެން

    އިބްރާ ފަދަ މީސްމިިީހުން ފަަާއިތުވި 30އަހަރު ތައުލިިީމިިީ ދަާއިރާ ހަލާކުކުރީ

    42
    1
  7. ބުބޫ

    އިބުރާ ކަލޭގެ ގޮތްނެތް ބަޑޭ ކިޔައިބަލަ

    24
  8. ހައްބާން

    ޝައިތާނީ ޝޭޚް އަނެއްކާވެސް އަނގަބާނާ ކަމަކައް ވެރިވެގަތީދޯ.

    26
    2
  9. 1111

    އިބުރާ އެބުނާ ގޮތުން އެބުނާ ބުއްދިވެރީން ފާ ވާން ފެށީ ހެޔޮވެފެންވާ 3 ޤަރުނުގެ ފަހުން. އޭރުތިބީ މޮޔައިން. ދުނިޔެވީ ކަނކަމުގަ ތަންދޮރު ނުފިލާ މީހުން.! ގައިމު މި ފާފަވެރިންނަށްވުރެ އެ 3 ޤަރުނުގެ މީހުން ޢިލްމުގެ ގޮތުންނާއި ބުއްދީގެ ގޮތުންނާއި ޙިކްމަތުގެ ގޮތުން ވެިޔަސް ވާނީ ކުރިއަރާ ނޫންތަ! އެމީހުންނާއި އެކުގައިވާ ﷲ ގެ ރުހިވޮޑިގަތުމާއި، ކަރާމަތާއި، ވާގިވެެވޮޑިގަތުމާއިއެކު ކަންކން ނިންމާފައިވާނީ. މިޒަމާނުގެ މީހުންނަށްވެރެ ކުރިން އުޅުނު މީހުން އުޅުނީ ދުނިޔެއަކު ނޫނިއްޔާ ދުނިޔޭގެެ ކަނކަން ހުންނަ ގޮތެއް އެމީހުންނަކަށް ނޭނގޭނެތާ ދއްތޮ! ނޫނީ ކުރީގައި އުޅުނީ އިންސާނުންނެއް ނޫން. އަދި ކިރިޔާ މި ދުނިޔޭގަ އިންސާނުން އުޅެންފެށީ! އެހެންކަމުން މި މީހުންނަށްތާ ބޮޑަށް އެނގޭނީ!
    އިސްލާމްދީނަކީ ހުރިހާ ޒަމާކަށްވެސް އޮތް ދީނޭ ބުުނުމުން އެކަންވެސް ޟަނަ ނެގެނީ މިމީހުންގެ އެދުމާ އެއްގޮތަށް. އެހެންތާ ވާނީވެސް ހުސް ހަވާނަފްސުގެ އަހުވެެރިން ވިއްޔާ!

    19
  10. މަންދު

    ދީނަކީ މަންދުކޮލެޖޭ ؟ އޭ ކީކޭ؟

    22
  11. ސަލްމާ

    ކޯބްރާގެ ވިހައަކީ ވަރަށްވަރުގަދަ ވިހައެއް. މުޅި އިންސާނިއްޔަތު ފަނާކޮށްލަނިވި ވިހައެއް. ރާއްޖޭގެ ދީނީ ޢިލްމުވެރިން މި ވިހަގަދަ ހަރުފައިގެ ވިހެއިން ސަލާމަތްކުރައްވާށި، އަދި ރާއްޖޭގެ ރައްޔިތުންވެގެން މި ކޯބްރާ ހިފާހައްޔަރުކޮށް ވިހަގަދަ ދޫ ނެރެފަ ރާއްޖެއިންބޭރަށް އެއްލާލާ!

    16
    1
  12. އިދުރީސް

    އިބްރާމެން އިސްލާމް ދީނަށް ތިކުރާ ފުރުއްސާރަ ހުއްޓާލަދެއްވާ. ހެޔޮނުވާނެ. ދިވެހިން ގެ ތެރެއިން ވެސް އިސްލާމް ދީނަށް ފާލުގަ ބަދުބަސްބުނާ މަދުބައެއްގެ ތެރޭގަނަމަވެސް ނުވެ ތައުބާވެލަށްވާ

    12
    1
  13. ބަސްނާހާ މީހާ

    ކީރިތި ޤުރުއާން އާއި ރަސޫލާ (ސއވ) ގެ ސުންނަތުން ސާބިތުވާން ނެތް ދަލީލެއް މިކަލޭގެ މިނެރެނީ ކޮންތާކުންބާ.... ސިޔަރަތުގައި އެބުނާ ކާހިނު ކަލޭގެ "ބަހީރާ" ވެސް މިޔަށްވުރެ ރަގަޅު އެއްޗެހި ކިޔާ ތޯއްޗެއް.!

    10
    1
  14. ޞައްދާމު

    އިސްލާމް ދީނޭ ބުނިތަ؟؟؟

    2
    1
  15. ރަޝީދު

    ޝައިޠާނާއަށްވެސް ބުނަން ނުކެރުނު ވާހަކަ އިބްރާބުނެފި.

  16. ސަމްއާން

    ޖުޑީޝަރީއިން އިސްލާމް ދީނާއި ޚިލާފައް ލާފަ ތިބި އަންހެން ފަނޑިޔާރުން ބޭރުކުރަން ޖެހޭ.. އަދި އެކަން ކޮއް ރާއްޖޭގެ ސިޔާސީ ދާއިރާ އަދި ސަރުކާރު ލާދީނީ ފިކުރުތަކުގެ ވަކިތަކުން ސަލާމަތް ކޮއް ދޮވެ ސާފުކުރާނެ ސަރުކާރެއް ގެންނަން އެބަޖެހޭ.. ގޯހުން ގޯހައް ކަންކަން ދުކޮއްލައިގެން ދެން ތިބެވޭކައް ނެތް، މާތް ރަސްކަލާނގެ ކޯފާއައް އިންތިޒާރުގައި ތިބެވޭކައް ނެތް. މިކަންތައް އިސްލާހު ކުރަންތިބީ މުސްލިމު ރައްޔިތުން.. މިތާގަ އިލްމުވެރީންނައްވެސް އިތިބާރެއް ނެތް.

  17. ރަޒީން

    ދީނަކީ ހަމައެކަނި އިސްލާމްދީން.. ދެން ތިބީ ފުލޯކު..

  18. އެދުރުބެ

    ޢިސްލާމް ދީނާއި އޭގެ ޝަރުޢު އާއި އިޖްތިމާއީ އުޅުން ވަކިކުރުމީ "ސެކިއުލަރިޒަމް"ގެ އަސާސް. މިފަދަ މީހުން އަޅާނީ ޑިމޮކްރަސީ އަދި އިންސާނީ ހައްގުގެ ތޮފި. މި ތޮފި ވަރަށް ހަލުވިކޮށް ދަނީ ވިއްކަމުން. ދިވެހިން ސަމާލްވޭ. ރައްކާވެ ތިބިއްޔާ ސަލާމަތާއި ސުވަރުގެ ކަން ޔަގީން.

  19. ^^^^

    ދީނުގައި ޚިލާފު އުފެދިފައިވާ އަދި އެކަމެއް އޮންނަ ގޮތް ޔަގީންނުވާ ކަންކަމުގައި، އެކަމެއް ކޮށްގެން ފާފަވެރިވެދާނެފަދަކަމެއް ނުކޮށް ދުރުހެލިވުމުން ލިބޭނޭ ގެއްލުމަކީ ކޮބާ؟ މިދުނިޔެ މަތީގައި ގެއްލުމެއްހެން ހީވާކަމެއް ވެދާނެ ތިމާގެ މާއްދީ އެދުންތަކާ އެއްގޮތަށް ކަންކަން ނުދިއުމުން. އެކަމު މާތްﷲގެ ރުހުން ހޯދުމަށްޓަކައި ތިމާގެ ޚިޔާލާ އެދުންތަކާ އިދިކޮޅަށް ދުނިޔެ މަތީ ކަންކުރުމުން އަސްލު ލިބޭނެ ގެއްލުމެއް އޮންނާނެބާ؟ އާޚިރަތުގައި ހެޔޮގޮތްވާން ހިތުގެ އަޑިން އެދޭނަމަ މިދުނިޔޭގައި ލިބޭނެހެން ހީވާ ގެއްލުމާ، ގޮތްދޫނުކުރުމުގެ ސިފައަށްވުރެ މުހިއްމުވާންވީ އާޚިރަތުގައި އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކާމެދު ވިސްނުމަށް ނޫންބާ؟

  20. ފެނޭ

    އިބުރާ އަށް ދީނީ ޢިލްމު އިނގޭލެއް ކުޑަކަން ހާމަމިވީ.