ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނަ ފަނޑިޔާރަކު އައްޔަން ކުރެވުނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށްވީތީ، އެކަމާއި ވަރަށް ފަޚުރުވެރިވާ ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައި މިވަނީ، އަންހެނުން ފަނޑިޔާރުކަމަށް އިސްކުރުމާއި ބެހޭގޮތުން އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އެއީ ހުއްދަކަމެއް ނޫން ކަމަށް ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އިއްޔެ ޓްވީޓެއް ކުރެއްވުމުން، އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ކުރެއްވި ޓްވީޓުގައި ރައީސް މައުމޫން ވިދާޅުވީ، މީގެ 12 އަހަރު ކުރިން، އެންމެ ފުރަތަމަ ރާއްޖޭގައި އަންހެން ފަނޑިޔާރަކު އިސްކުރެއްވި ރައީސަކަށް އެމަނިކުފާނު ވެވަޑައިގަތުމުން އެކަމާއި ފަޚުރުވެރިވާ ކަމަށެވެ. އަދި އެ ނިންމުމަކީ އިސްލާމްދީނުގެ އަސްލުތަކާއި އެއްގޮތަށް، ޤައުމު ބިނާކުރުމުގެ ގޮތުން އަންހެނުންގެ ހައްޤުތައް ޙިމާޔަތްކޮށް ދެޖިންސުގެ ހަމަހަމަކަން ޤާއިމް ކުރުމުގެ ގޮތުން ނިންމާފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
I feel proud to be the first president of Maldives to have appointed a female judge 12 years ago, in keeping with Islamic principles of gender equality and promotion of women’s rights as equal partners in nation building.
— Maumoon Abdul Gayoom (@maumoonagayoom) August 24, 2019
އަންހެން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތާއި މެދު ހޯދި ހޯދުންތަކަށްފަހު، އެއީ އިސްލާމް ދީނުގައި ހުއްދަ ނޫން ކަމެއް ކަމަށް ފަތުވާ މަޖިލީހުން ނިންމާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް އިއްޔެ މައުމޫން ވިދާޅުވެފައި ވަނީ، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ވަރަށް ގިނަ އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.
"އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް-ތަބާރީ، އިބްނު ހަމްޒާ، ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވޭ. ޔޫސުފް އަލް-ޤަރަދާވީ، އަބްދުލް ކަރީމް ޒައިދާން، ސައީދް ރަމަޟާން ފަދަ މިހާރުގެ ގިނަ އިލްމުވެރިންވެސް ވިދާޅުވަނީ އެހެން." މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުއަށް އިއްޔެ ވަނީ ލަފާދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަދައްކަވަމުންނެވެ. އަދި އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ވިދާޅުވެފައި ވަނިކޮށް އެކަމާއި ދެކޮޅު ނިންމުމެއް ރާއްޖޭގައި ނިންމާތީ، އެ ނިންމުން ބަދަލު ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިން ވެސް ދަނީ ގޮވާލަމުންނެވެ.
އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި ރައީސްގެ އިތުރުން، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެއެވެ.
ކީރިތި ﷲ ، މި ނުބައި ފާސިދުގެ ކިބައިން މި ދިވެހި ޤަވްމު ސަލާމަތްކޮށްދެއްވަންދޭވެ! އާމީން
އާމީން
އާމިން
އާމީން
ވަރަށް ތާއިދު
ޢާމީން
ތިހާފަހުރުބެރިވާ ކަމެއް 30 އަހަރު ވެރިކަމުގައި ނުކުރީ ކީއްވެތަ
ކަލޯ އާރޓިކަލް ރަނގަޅަކަށް ނުކިޔަން ދޯ؟
30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި އެއްމެންގެ ރުހުމާއި ލޯބި ކުރިން ދެވުނު، ދީނީ ޢިލްމްވެރިއެއްކަމުގައި ޤަބޫލްކުރެވުނު، ރައީސް އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް ޙާޞިލް ކުރެއްވި ޢިލްމަކީ، ކްރިސްޓިއަން ދީނުގެ ޢިލްމުކަން މިހާރު ވަރަށް ސާފު.
މިއަދު ފަހުރުވެރި ވެއޭ ބުނެވިދާނެ. ހިތާމަ ކޮށް ރޯނެ ދުވަހެއް އަންނާނެ
އަޒުހަރުން ކިޔަވައިގެން އައިސް ދިބި ދިވެހިންގެ ތެރެއިން އެންމެ ފުރަތަމަ މުރުތައްދުވީ މީހާއަށްވީތީ ފަޚުރުވެރި ނުވަންތޯ؟
ކަލޭގެ އުމުރު މާ ދިގު ވެއްޖެހެން ހީވަނީ
ނުބައި ނުލަފާ ޖައްބާރުންގެ އުމުރު ދިގުކަން ކަލޯ ނުދަނޭތަ
މައުމޫނުގެ އަނިޔާވެރިކަމުން މިންޖު ކޮންދެއްވާންދޭވެ.
މާތް ﷲ މައުމޫނުގެ ނުބައިވެގެންވާ ވިސްނުން މި ގައުމު ރައްކާތެރި ކުރައްވާށި. އާމީން
މީނާއަކީ ޝައިތާނެއް
އިސްލާމް ދީނުގެ ހުރިހާ فرض އާއި. ސުންނަތް
ތަކާއި މާތްالله قران ގައި ކަޑައެޅިގެން ހުރި حكم ތައް
އޮޅުވާލާ اسلام دين ގައި الله ބާވައިލެއްވި شريعة ބޭނުން ގޮތަކަށް بدل ކުރުމަށް ދުނިޔޭގައި ދިރިހުރި ތީ
އުފާނުކުރަންހެއްޔެވެ.
ބުދުފައްޅިތެރޭގަ ކުޑަކަކޫޖަހައިގެން އޮތްއިރު މާބޮޑައް ފަޚުރުވެރިވެޔޭބުނިނަމަ ރަނގަޅުވީސް ލާދީނީ . އިސްލާމްދީނުގެ އަދުއްވެއް މިބަކަމޫނަކީވެސް
ޢެއްވެސް އިންސާނަކާ ދިމާ އަށް ލާދީނީ ނުކިޔާ..އެމީހެއް ކުރި ކުށެއް އެމީހަކަށް..އަހަރުމެން ގެ ދޫ ރައްކާކުރޭ..ފަހުދުވަހުން އޭގެ މަންފާލިބޭނެ☝
ތިހެން ވީއިރު ދެންދޭ، ކޮނމެވެސް ބައްދަލުވުމެއް ބާއްވާފަ، ނިމުމުން ބައްދަލުވުމަށް ދިޔަ ހުރިހާ އަންހެނުންތައް ފައްޗަކަށް އަތުރާފަ ސަލާމް ކުރުމުގެ ނަމުގަ މޫނުތަކަށް ބަލަމުނ އަތްތަކުގަ ފިރުމަން، އިހްޔާ ޕްރޮގްރާމް ތަކުގަ ހަދާހެން.
30 އަހަރުވެސް މައިގަނޑު ކަމަކަށް ކުރީ އެކަމެންނު،
މީ ވަރަށް ނުލަފާ އަދި ހަޔާތްވެސް ކުދަ މީހެއް،
ތިމާގެ ޚަބަރު ތަކުގެ ކޮމެނަޓް ތަކަށް ބަލާލީމަވެސް ލަދުގަންނަން ޖެހޭނެ،
ކާފަރެއްގެ ކާފަރު ކަމާމެދު ޝައްކު ކުރުމަކީ ދީނުން ބޭރުވާ 10 ކަންތަކުގެ ތެރޭ ޢިލްމުވެރިން ހިމަނުއްވާ ކަމެއް...
މިނުބައި ފަސާދަވެރިޔާގެ ކިބައިން އަޅަމެން ރައްކާތެރިކުރައްވާފާނދޭވެ.
މީނަދޯ ކިޔާފާނެ ކޮންމެފަދަ އެއްޗެއްވެސް ހުރިހާ އުހުތުން ބޭރަށް ދަމުން އައުރަ ފާހާނާގަ ބާއްވާފަ ދާށޭ ނުބުނެފިއްޔާ ވާ ރަގަޅު
ބުރުގާ މައްސަލަ އޮޅުވާލި މީހާ.
ބްރުގާއާ ބެހޭގޮތުން ދެއްކި ވާހަކައާ މެދު ފަޚުރުވެރި ނުވެތޯ؟ ނަސްރިނާ އާއި ދަރިން އޮރިޔާމުން އުޅޭއިރު ފަޚުރުވެރި ނުވޭތޯ؟
ރާއްޖޭގެ ފިރިހެނަކު ފިރިހެނަކާ ފުރަތަމަ ފަހަރަށް ކައިވެނި ކުރީތީ މައުމޫން އުފާ ނުވޭތޯ؟ ބަލާވެރިކަމެއް ހުވާ
ކަލޭ ވަރަށް އުފާވި ދޯ
ގަދަ ކަލޭ.
މުޅި ގައުމު ބަނޑުއަޅާލިއިރުވެސް ކަލޭ ފަހުރުވެރި
ވިމެންނޫން ބީތާ
ތީހަމަ ގައުމުގެ ހަލާކު.
ކްލިއަރ ކަޓް ކާފިރު..
އަޅުގަނޑުގެ ވެރިކަމުގައި 3 ނޮވެމްބަރުގެ ހާދިސާ ކުރިމަތިވީތީ ފަޚުރުވެރިވަމޭ މައުމޫން ވިދާޅުނުވިއްޔާ ވަރަށް ރަނގަޅު!
މިއަދު ފަޚުރުވެރިވެފަ ބޮޑާ ބަސްބުނަންހުރޭ. މަޙުޝަރުދުވަހުން ތިޔަކަމުގެ ބަދަލުގައި ކަލޭގެ ބޮލުގައި އަލިފާނުގެ ތާޖެއް، މި ނުބައި ދައްޖާލުގެ ބޮލުގައި އަޅުއްވާދޭނވެ. އާމީން. މީނަގެ ބޭނުމަކީ މިއުޅޭ ރީނދޫގެރި ތަކުގެ ރުހުން. މީނަ ހައްދަވާ މުސްކުޅި ޢުމުރަށް ލެހެއްޓެވި ﷲ އަށް އަދިވެސް އިތުރަށް ފުރެދެމުން މިދަނީ. މިކަހަލަ ނުބައި ކޮންމެ ޝައިޠާނަކަށް މުހުލަތު އިތުރުކުރައްވާނެ. އެއަށްފަހުގައި މިމީހުން ހިއްޕަވައި ގަންނަވާނެ. ހިބަރުވަދު.
އަދި ކިނބޫވެސް ވަރަށް ފަޚުރުވެރިވެފަ ބުނާނެ ތިމަންނަގެ ވެރިކަމުގަ ދިވެހި ފިރިހެނަކު، ފަރަންޖީ ފިރިހެނަކާ ކައިވެނިވެސް ކޮށްދިނީމޭ މިއަދު ތިމަން އެކަމަށް ވަރަށްބޮޑަށް ފަޚުރުވެރިވަމޭ.
ނަރަކައިގެ އަލިފާ ގައިގަ ބީހޭ ދުވަހުންވެސް ބުނާނަން ދެއްތޮ އަލިފާން ބީހޭތީ ފަޚުރުވެރިވަމޭ!
އެބަ ފެނެއެއްނޫންނަތަ މީނަގެ ފެންވރު! މީނަގެ އަޤީދާ! މިވަރު މީހަކު ނެތްކަމށްވެސް ދިވެހީންގެ ބަޔަކު އެބަ އެބަ އުޅެެޔޭ އަދިވެސް. މި މީސްމީހުންނަށް ގެނެވޭނީ ދެން ކޮން އިސްލާހެއް!
މީހެއްގެ އެތެރެފުށުގައި ވޮރުވިފައި ހުންނަ ސިފަތައް ނުވަތަ ވިސްނުން ފާޅުވާންފަށާނީ އެފަދަ ސިފަތަކާާާާއި ގުޅޭ މައްސަލަތަކާއި ދިމާވުމުންނެވެ.
ފޮރުވިފައިވާ ނަފްރަތު ފާޅުވާނީ އެ ނަފްރަތު ކުރެވޭ މީހަކަށް ނުވަތަ އެއްޗެކަށް ދެރަކަމެއް ނުވަތަ ގެއްލުމެއް ދިމާވުމުންނެވެ.
ލޯބިވާ ކަން ފާޅުވާނީ އެލޯބިވެވޭ ބަޔަކަށް ނުވަތަ އެއްޗަކަށް ރަނގަޅު ކަމެއް ވުމުން ނެވެ.
މި ދެ ޙާލަތުގައިވެސް މިފަދަ މީހުންގެ ކިބައިން ފެންނާނީ އުފާކުރުމާއި މަލާމާޔްކުރުމެވެ.
އެމީހަކު ނަފްރަތު ކުރާމީހަކަށް ނުވަތަ އެއްޗަކަށް ރަނގަޅުކަމެއް ވެއްޖެނަމަ ހިތާމަކޮށް ނަފްރަތު އިތުރުވެދާނެ އެވެ.
ހަމަ އެފަދައިން ލޯބިވާފަރަތަކަށް ދެރަކެއް ދިމާވެއްޖެނަމަ ހިތާމައިތުރުވެދާނެއެވެ. އަދި އެކަން މެދުވެރިކުރުވި ސަބަބަށް ނަފްރަތު ކުރާނެއެވެ.
އިސްލާމްދީން ދެކެ ލޯބިވާމީހަކު އިސްލާމްދީނަށާއި އިސްލާމުންނަށް ދެރަގޮތެއް ނޭދޭނެއެވެ.
ދެފިރިހެނުން ކައިވެނިކުރީމަ އެކަމާ މައުމޫނު ފަހުރުވެރިއެއް ނުވޭތަ؟އިސްލާމްދީނާ ހިލާފް ކޮނމެކަމަކަށްވެސް ކަލޭމެން ފަހުރުވެރިވެޔެންނު.
ބޭފުޅާ ކީއްވެގެންތޯ އަހަރެމްގެ އަގީދާއާއި ދުރު މަޒުހަބާއިދުރު ފިކުރުތަށް މި މުޖްތަމައާއި ކައިރި ކުރަން ތިޔަ މަސައްކަތް ކުރަށްވަނީ. އުޙްރަވީ ހަޔާތަށްވުރެ މާއްދިއްޔަތާއި މަނިކްފާނާއި ގާތްކަން މިހާރު މީހުންނަށް ސާފްވެއްޖެ.
ދެން ހިނގާ 30 އަހަރު ވެރިކަން ކުރުމަށްފަހު އިސްލާމްކަމުގެ ތާކިހާ އަޅަިގެން ހުރެ އުމުރުން 80 އަހަރުވުމުން ތޮށިގަނޑު ފަޅާލާފަ ނިކުމެ އިސްލާމް ދީނާ ދެކޮޅުހެދި ރައޒިސް އެއްގެ ސަރަފު ލިބިގެންނަން. އޭރުން އަދި މާބޮޑަށް ކަލެ އަށްފަޚުރުވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ.
ﷲ ގެ ޢިލްމު ޙާޞިލްކޮށްގރން ހުރި ތިހާ ދަށުދަރަޖައިގެ މުސްލިމަކު އަދި މިހާތަނަށް މި ދިވެހި ފަސްގަނޑަކަށް އުފަންވެފައި ނުވޭ. ލަދުން ބޯ ހަލާކުބާވަރުވޭ!ޔާ ﷲ މި މުސްކުޅިޔާއަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާ އިނބަ އިލާހު ރުއްސަވާ މަގަށް އޭނާގެ ނިްްކުރި އަންބުރާލައްވާނދޭވެ.! امين
މަނިކުފާނު ފަޚްރުވެރިނުވޭތޯ ހައްގުން ކަމަކާއިނުލާ 30 އަހަރުވަންދެން ރައްޔިތުންނަށް އަނިޔާދެވުނީތީ.
އަނބިދަރިން ބޯނިވާނުކޮށް އޮރިޔާމުން އުޅޭތީ ފަޚުރުވެރިވޭ. އަންހެނުން ތިންފައްކޮށް ފައްކަނޑައިގެން އިނދެގެން އުޅެތީ ފަޚުރުވެރިވޭ. ތުނބުޅިއާއި މަތިމަސް ދުވާލު ދެއިރު ބާލާ އޮފޮކޮށްގެން އުޅޭތީ ފަޚުރުވެރިވޭ.
މީނަ ފަހުރުވެރި ނުވޭތަ ފިރިހެނަކާ ފިރިހެނެއް އިނީމަ!
މަށަށް ހީވަނީ އެހެން ބުނަން ވެސް ބޭނުންވާނެހެން!
ނަރަކައަށް ވަނުމަށްވެސް ފަޚުރުވެރިވޭ.
30 އަހަރު ވަންދެން މި ޖައްބާރު މި ޤައުމުގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ދޭން މަސައްކަތްކުރި. އެންމެ ފަހުން ކެނެރީ ފިރުޢައުނާއި ބައިއަތު ހިފާ ދީނަށް ގޮންޖަހާ، ދީނުގެ ހުކުމްތައް ބަދަލު ކުރަމުން ތިޔަ ގެންދަނީ. ލަޢުނަތްހުރި
ތިމާއައް ހަރާމްކަމެއްކުރެވުމުން ފަހުރުވެރިވެ އުފާކުރާމީހަކު މިއޮއްބޮޑު ދިވެހިރާއްޖެއިން މިފެނުނީ އެހެންމީހުން ފާފައެއްކުރެވިއްޖިއްޔާ ހިތާހަކުރަނީ
މަހިތުން އެންމެ ފަޚުރުވެރު ވެވޭނީ އަނބިދަރިން އައުރަ ނިވާނުކޮށް ބޭތިއްބޭތީ ތޯއްޗެ
ފަހެ މީއބޫޖަހުލުގެ އަހުލުވެރިޔަކީތަ ކީރިތި ރަސޫލާޔަށް ތަބާވެ ﷲއަށް ސަދިޖަ ޖަހާ މީހުން މަގުފުރައްދާފަ ހަމަމިގޮތަށް އުފާފާޅުކުރާ ކަންއެންމެން ދަނޭ ހަމަ މިގޮތަށް ކާފަބެވެސް ކަންމިކުރީ މިހާތިޔަހުރީ ހަމަބުއްދި ފިލާގޮސްފަ ވީމާ އުމުރުގެ ފަހުކޮޅު ތިޔަވައްޓާލަނީ ދުވަހަކުސް އަރައި ނުގަނެވޭފަދަ ބޮޑު އަނދަވަޅަކަށް އަމިއްލަޔަށް ހަލާކުގެ ތެރެޔަށް ވެއްޓިފުޅުވަޑައި ތިޔަގަންނަވަނީ ނުހަނު އުފާފުޅުން ދެއްތޯ ފަހުދުވަހުން ތިޔަކަންކަމަށް ވަކީލަކާނުލައި ޖަވާބުވެސް ދޭން ތައްޔާރަށް ހުންނަވާތި އެދުވަހަކުން ހަނެއް ކަނެއް ގައި ނުހުރެވޭނެ ހެހެހޭ ޖެހޭނީ ހަމަޖަވާބުދޭން ޝައިތޯނުންގެ ސަރުދާރު ހުންނަނުބައިކަން ދެކިބަލަ
މާތްﷲ މައުމޫން އަށް ހިދާޔަތް ދައްކަވާށި އާމީން....
މުޅިއުމުރުގައި އަނބިދަރިން ބަރަހަނާގައި ގެންގުޅެވުނީތީ ފަހުރުވެރިއެއް ނުވޭތޯ؟
މައުމޫނާ ކަލޭ ފަހުރުވެރިވާނެ ކަލޭގެ އަނބިދަރިންގެ އައުރަ ނިވާނުކޮށް ތިބޭތީވެސް
މީ މިޤައުމު ގެ ހަލާކު އެކިފަހަރު އެކި ގޮތަށް ފަތުވާ ދިނުން އާއިލާމީހުން ސަލާމަތް ކުރަން މުޅިޤައުމު ޑުރަގުގެ ވަބާގައި ޖައްސާ ޒުވާޖީލުގެ ދުވަސް ދުއްވާލާފައި އަދިވެސް ހިންހަމަޖެހޭވަރު ނުވަނީބާ؟ދެރަކަމެއް
ޖުޑީޝަރީއިން އިސްލާމް ދީނާއި ޚިލާފައް ލާފަ ތިބި އަންހެން ފަނޑިޔާރުން ބޭރުކުރަން ޖެހޭ.. އަދި އެކަން ކޮއް ރާއްޖޭގެ ސިޔާސީ ދާއިރާ އަދި ސަރުކާރު ލާދީނީ ފިކުރުތަކުގެ ވަކިތަކުން ސަލާމަތް ކޮއް ދޮވެ ސާފުކުރާނެ ސަރުކާރެއް ގެންނަން އެބަޖެހޭ.. ގޯހުން ގޯހައް ކަންކަން ދުކޮއްލައިގެން ދެން ތިބެވޭކައް ނެތް، މާތް ރަސްކަލާނގެ ކޯފާއައް އިންތިޒާރުގައި ތިބެވޭކައް ނެތް. މިކަންތައް އިސްލާހު ކުރަންތިބީ މުސްލިމު ރައްޔިތުން.. މިތާގަ އިލްމުވެރީންނައްވެސް އިތިބާރެއް ނެތް.
އަންހެނުން އަދި ދަރިން އޮރިޔާމުން އުޅޭތީވެސް ފަހުރުވެރިވަންދޯ
އަންހެނުން ރޯއޮރިޔާމާ ބެހެއްޓޭތީ ފަހުރުވެރިވާގޮތައް ދެއްތޯ
ސަބަބަކީ ލިސްޓު އެ ކުރެއްވި ޢިލްމުވެރިންގެ ބަސްފުޅު އޮތީ އެހެނެއް ނޫނެވެ. އަދި ޠަބަރީގެ އަރިހުންވެސް ޘާބިތެއް ނުވެއެވެ. ތަޙުޤީޤު ކުރައްވާ! ނޫންނަމަ ދީނުގެ ޙުކުމެއްގައި އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ އިއްތިފާޤު ފަތުވާއާއި އެކަހެރިކޮށް އޮތް ޝާޛު، ހީނަރު ފަތުވާއެއް ނެރެ ފަތުރައި، ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނަމަ ތިޔައީ ޢިލްމީގޮތުން އޮޅުވާލެވޭ ބޮޑު އޮޅުވާލުމެކެވެ.