އަންހެން ފަޑިޔާރުން އައްޔަން ކޮށް އަޅުގަނޑުމެން ވާނީ ބަހުސް ނިންމާފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ގައުމީ ހިދުމަތުގައި ބަލަންވީ ގާބިލް ކަމަށް ކަމަށާއި ވަކި ޖިންސަކަށް ނޫން ކަމަށް ވިދާޅުވެ ޖަމީލް މިއަދު ވިދާޅުވީ ފަނޑިޔާރުންގެ ގޮތުގައި މިހާރު ވެސް އަންހެން ކަނބަލުން އެބަތިއްބެވި ކަމަށެވެ.

" ރައީސް މައުމޫންގެ ޒަޢާމަތުގައި 2007 ވަނަ އަހަރު އެ ނިންމުން ނިންމައި އެ ބަހުސް ވެސް ވަނީ ނިންމާފައި,ގައުމީ ހިދުމަތުގައި ބަލަންވީ ގާބިލްކަމާއި ނަޒާހާތްތެރިކަމަށް، ވަކި ޖިންސަކަށް ނޫން" ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރަން އުޅޭތީ ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް ސޯލިހަށް އިލްތިމާސް ކުރަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ރައީސް ޞާލިހް ޖޭއެސްސީ އަށް ފޮނުވީ ޑރ.އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދުގެ ނަންފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިސްނާ

    އެންމެ ފަހުބަސް އިއްވާ ތަނަކަށް އަންހެނަކު ލުމެކޭ ގައުމުގެ ވެރިއަކަށް އަންހެނަކު އިސްކުރުމެކޭ ކޮބާ ތަފާތެއް؟ އެހެނެއްނޫން މަދަނީ މައްސަލަތަކާއި އާއިލީ މައްސަލަތައް ބަލަން ދަށު ކޯޓެއްގައި އަންހެނަކު ހުރުމަކީ ދީނީ ގޮތުން މައްސަލައެއްނޫން ކަމަށް ދެކެން. ބައެއް މައްސަލަތަކުގެ ބާވަތުން އަންހެނާއަށް ފަނޑިޔާރުކަން ކުރުން ޙަރާމްވަނީ. މިސާލަކަށް ދީނީ ގޮތުން ބަލާއިރު ޖިނާއީ މައްސަލައެއްގެ ހާކިމަކަށް އަންހެނަކަށް ނުވެވޭނެ. ކުށެއް ލިޔެވިފައި އޮވެއްޖެ ނަމަ ދަންނަ މީހަކު އެކުށް އިސްލާހު ކޮށްދެއްވުން އެދެން.

    29
    2
  2. ދޫނި

    ހެހޭ ތިވެސް ބޯގަމަަާރެއްދޯ

    19
    1
  3. ހެޔޮވިސްނުން ދެއްވާށި

    މީ އަދި އަނެއްކާ އަނެއްކަކު 2008 ގަ މައުމޫން ގެ ސަރުކާރުން އިސްތިއުފާ ދިނީ އެހެންވެ ދެއްތޯ. މާބޮޑަށް ޕްރެސަރ ބޮދުވާތީ ގާސިމް އެއްޗެކޭ ބުނާށޭ ބުނުއްވީތޯ އަނެއްކާ.

    16
    1
  4. ތެދު

    ބަޔަކު ކޮންމެ ގޮތަކަށް އުޅުނަސް ހަގީގަތް ގަބޫލު ކުރާ ބަޔަކު މި ފެންނަ ޖާހިލިއްޔަ ކަންތައްތަކެއް ގަބޫލެއް ނުކުރާނެ. ދީނާ ހިލާފް ކަނޑައެޅިގެން ފާފަ ވެރިވާނެ ކަން އިނގޭ އިރު ދުނިޔެވީ އުފަލަށްޓަކައި މަސައްކަތް ކުރާ މީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާ. އެމީހުންނަކީ ކޮންމެ ގޮތަކަށް ކޮންމެ ވާހަކަ އެއް ދެއްކި ކަމުގަ ވިޔަސް މުރުތައްދު ވުން ފިޔަވައި އެހެން މަގެއް ނުހޯދާ ބައެއް ކަމަށް ވަންޏާ އަހަރެމެން ޖެހޭނީ ﷲ އަށް ވަކީލު ކޮށްގެން އަމިއްލަ ނަފްސު ފާފަތަކުން ސަލާމަތް ވެގެން އުޅުން ނޫން ގޮތެއް ނެތް. މި ފެންނަ ޖާހިލިއްޔަ ކަންތައްތަކަކީ ހަމަ މަޝްހޫރު ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންގެ ހަލާކުވެގެން ދިޔަ ގައުމުތަކުން ފެނިގެންދިޔަ ދާދި ގާތް ޖާހިލު ކަންތައްތައް !

  5. 1111

    ޓިވަރުން ޖަމީލަށް އޮންނާނީ ދީން ހިމާޔަތް ކުރެވިފަ. މީހުން ލާދީނޭ ކިޔައިގެން ބޮޑު އަނގަ ނުފަޅާ ހުރިއްޔަ ތާހިރުވާނީ..

    10
  6. ނަސްރީނާ

    ޖަމީލު ކަލޭވެސް އެންމެފަހުން މޮޔަ ގޮވަންފެށީތަ،