އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަކަމެއްކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ރައްދުދެއްވައިފިއެވެ.
މިއަދު ކުރެއްވި ޓުވިޓެއްގައި އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ، ޢިލްމީ އަމާނާތްތެރިކަން ނެތި، ބައެއް ޢިލްމުވެރިންނަށް ނިސްބަތްކޮށް ޤަރްޟާވީ ލިޔުއްވާފައި އޮތް ލިޔުމަކުން ކުރެއްވި ނަކަލެއްނަމަ ތީގައި ވަރަށްބޮޑު އޮޅުން އެބަހުރި ކަމަށެވެ.
”ޢިލްމީ އަމާނާތްތެރިކަން ނެތި، ބައެއް ޢިލްމުވެރިންނަށް ނިސްބަތްކޮށް ޤަރްޟާވީ ލިޔުއްވާފައި އޮތް ލިޔުމަކުން ކުރެއްވި ނަކަލެއްނަމަ ތީގައި ވަރަށްބޮޑު އޮޅުން އެބަހުއްޓެވެ. ސަބަބަކީ ލިސްޓު އެ ކުރެއްވި ޢިލްމުވެރިންގެ ބަސްފުޅު އޮތީ އެހެނެއް ނޫނެވެ. އަދި ޠަބަރީގެ އަރިހުންވެސް ޘާބިތެއް ނުވެއެވެ. ތަޙުޤީޤު ކުރައްވާ! ނޫންނަމަ ދީނުގެ ޙުކުމެއްގައި އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ އިއްތިފާޤު ފަތުވާއާއި އެކަހެރިކޮށް އޮތް ޝާޛު، ހީނަރު ފަތުވާއެއް ނެރެ ފަތުރައި، ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނަމަ ތިޔައީ ޢިލްމީގޮތުން އޮޅުވާލެވޭ ބޮޑު އޮޅުވާލުމެކެވެ. ޢިލްމީ ޚިޔާނާތެކެވެ.“ ޝައިޚް ޢަބްދުﷲ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް މައުމޫން ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.
ރައީސް މައުމޫން އޭނާގެ ދިގު ވެރިކަމުގައި އޭރުގެ ބައެއް ޢިލްމުވެރިން ހައްޔަރުކޮށް، ދީނަށް (ސުންނަތަށް) އުޅެން މަސައްކަތް ކުރެއްވި ގިނަ އަޚުންނާއި އުޚްތުންނަށް ބޮޑެތި އަނިޔާތަކެއް ފާޅުކަންބޮޑުގޮތެއްގައި ދީފައިވެއެވެ.
ޔަހޫދީންނާއި ނަސާރާއިން އަދި ބުދިސްޓުންގެ އައުވާނުން ފާޅުވެ އެނގެމުން މިދަނީ...ސާފުކޮށް ވާންޖެހޭގޮތް އެނގެން އޮތް މައްސަލައެއްގަ ކާފަރުން ރުހޭ ގޮތަށް ކަން ކުރުމަށް ނެރޭ ފަތުވާތައް ނިކަން ދެކިބަލަ...ﷲ ގެ އަޒާބެއް އަތުވެދާނެ ކަމުގެ ބިރު އަހަރެންގެ ހިތަށް އެބަ ވެރިވޭ...އަހަރެންގެ އެދުމަކީ ދިވެހިން ހިތާއި ދުލާ އަދި އަމަލުން މިކަމަށް އިންކާރުކޮށް ހުއްޓުވުން...ފާޅުގަ ﷲ އާއި ޖަދަލުކޮށް ކަން ކަން ކުރާއިރު ގައުމު އެކަމަށް ރުހިގެން ތިބޭ ނަަމަ ﷲ ގެ ކޯފާ ގެ ނަތީޖާއާއި ކުރިމަތިލާން ޖެހިދާނެ....
ވަކިއަތަކަށް ނުޖެހި ޑޮކުޓަރ ޖަމީލް މިއަދުކުރެއްވި ޓްވިޓަރ ހަބަރެއް ހަދާލިނަމަ
މިއަދު ޤައުމުގެ ސިޔާސަތު ކަނޑައަޅަން ތިބީ 30 އަހަރުގެ ދިގުވެރިކަމުގައި ތަރުބިއްޔަތު ކުރެވުނު ދިވެހި ދަރިންނެވެ.ކީރިތި ޤުރްއާނާއި ރަސޫލާ(ޞ) ގެ ސުންނަތާއި ޚިލާފަށް ބަސްބުނާ އަދި ޢަމަލުން އެކަންކުރާ މީހުންނަށް ތާޢީދުކުރާ މީހުންނަކީ އިސްލާމްދީނުގެ ޢަދުއްވުންގެ ބައިވެރިންނެވެ.ތަންދޮރު ނުދަންނަ ޖާހިލެކޭ ޢިލްވެރިއެއްކަމަށް ހެދިގެން އުޅޭ ޖާހިލެކޭ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟
1 މިއަދުމިއުޅެނީ މިސްކިތުގަ މިއަދުގެ ބައެއްދީނީއިލްމުވެރިންގެސަބަބުން ޖެހިގެންހުންނަފާޑެއްގެ ހެދުމެއްލީ ފިރިހެނެއްގެ އުނދަގުލާހުރެﷲގެރަހުމަތައް އެދި ހުސޫއަތްތެރިކަމާއެކު ނަމާދުކޮއްނުލެވިގެން 2 އިއްޔެއާހަމަޔައް ތިބުނާ ދެއަންހެނުން ފަޑިޔާރުކަންކުރި ރާއްޖޭގެ ކޯޓްތަކުގަ 3 ސުޕުރިމް ކޯޓްގަތިބިފަނޑިޔާރުންގެ ހާލަތު ކުރާހުކުމް މިައދު ވިހޭކުއްޖާއައްވެސް އެގޭ 4 ހަތްމީހެއްގެބެންޗައް 2އަނހެނަކުއިތުރުވެގެން އިންސާފުވެރިހުކުންއަންނަންޏާ ރަނގަޅުވާނީދިވެހިންނަކައްނޫންބާ؟؟؟ 5 ގާނޫނުހަދާމަޖިލިހުގަ އާ ނައިބަކައް އަނެހެނުން އޯކޭ 6ރަށުކައުންސިލްއައް އަދި ކައުންސިލްގެ ރަައީސް އައވެސް އަންހެނުން އޯކޭ.... ދެންކީއްވެބާ ސުޕްރިމްކޯޓްގެ ދެފަނޑިޔާރަކައް އަންހެނުން ކަމުނުގޮސްގެން މިއުޅެނީ؟؟؟؟
ކަލޯ ގަމާރާ ކަލެއަށް މާ ބޮޑަށް ތި އެނގެނީ ވާނުވާ ބައިގަނޑު އަބަދުވެސް ތިބޭނީ ވަގުތުކޮޅުގާ ވާނުވާ ނޭގެންޔާ ދީނޭ ކިޔައިގެން އަނގަ ނުގަޅާހުރޭ ދީނަކީ ކަލޯ އަމާ ބަފާ ގެނައި އެއްޗެއް ނޫން އިނގޭ
މީނާ ކުރި ންވެސް ގޯސް ގައުމުގެ ޒުވަާނުން ހަލަާކުވީ މިީނަޔާ ހެދިޔޭ.މީނާގެ ދަރިންފަތި އުޅޭގޮތަށް ގައުމުގެ ޒުވާނުން ބަށްޓަން ކުރީ ގަސްތުގަ މިީސްތަކުންގެ އަނގައި ގައި ތަޅު އެޅުވީ އިއްލަބެ ގާތުއަހާބަލަ ނަޒާހަތްތެރިކަން ދަންނަންތޯ އެންމެނެތް ކަލޯމެނަކަށް ނުވިކޭނެ.މިލިޔަނުން ދިނަސް ވަޒީފާ ގެއްލުނަސް ނުވިކޭނެ
ފިރުއައުނުވެސް ކަނޑައެޅިގެން އޭނާއަކީ ކަލާގެ އެއްނޫންކަން އެގޭ ހާލުވެސް، ކަލާގެ ކަމަށް ހެދިގެން ހުއްޓެއްނޫންތޯ
މީހުން އަމިއްލަ އަތުން ހަދާފައިވާ ބުދު ތަކަކީ ތިމާ އަމިއްލައަށް ހެދި އެތި ގަނޑެއްކަން އެގޭ އިރުވެސް އެއީ ކަލާގެ ކަމަށް ހަދައިގެން އުޅެއެއް ނޫންތޯ
ހިތައްއަރަނީ މިފަދަ މީސްމީހުން މިގޮންޖަހަނީ ކޮންފަރާތަކަށްކަން މިމީހުންނަށް ހަމަނޭގެނީބާއެވެ.
ކަލޯގަޔާ މި މައުމީނު މިހުރީ ހަމަ ރަނގަޅަށް މަގުފުރެދި ގެއްލި ހަލާކުވެފައި.
ކިތަންމެ ފަތުވާއެއް ނެރުނަސް އޮރިޔާން ނިވާނުކުރާ ސުޖޫން ފަނޑިޔާރުކަމަށް އިސްކުރާނެ ކޮބަާތަ ސޭހް އިލިޔާސް ކޮބާަތަ އިމްރާނު މިއޮތީ އަހަރެމެން ބުނިތަން އަރާ ހަމަ ކޮށްފަ ދެން ލަލަ ލަަ