އަންހެން ފަޑިޔާރުން އައްޔަން ކުރަން ކުރީގެ ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވާ އަދި އޭރު ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވެސް ތާއީދު ކުރައްވައިފިއެވެ.

އަންހެން ފަޑިޔާރުން އައްޔަން ކުރަން ތާއީދު ކުރައްވާ ކަމަށް އާޒިމާ ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓްރ އާދަމް ޝަރީފް ކޮށްފައިވާ ފޭސްބުކް ފޯސްޓަކަށް ކޮމެންޓް ކުރައްވަމުންނެވެ.

އާޒިމާ ވިދާޅުވީ އަންހެން ފަޑިޔާރުން އައްޔަން ކުރަން ނެގި ފިޔަވަޅަކީ ރަގަޅު ފިޔަވަޅެއް ކަމަށާއި، އިދިކޮޅުގައި ތިބި ނަމަވެސް އެކަމާ ދެކޮޅު ނުހެދުމަށެވެ. އާޒިމާ ވިދާޅުވީ މެލޭޝިއާގައި ވެސް އަންހެން ފަޑިޔާރުން ތިބޭ ކަމަށެވެ.

އާޒިމާ މިހެން ވިދާޅުވިއިރު އަންހެން ފަޑިޔާރުން އައްޔަންކޮށް އަޅުގަނޑުމެން ވާނީ ބަހުސް ނިންމާފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ވަނީ ވިދާޅުވެފައެވެ.

ގައުމީ ހިދުމަތުގައި ބަލަންވީ ގާބިލް ކަމަށް ކަމަށާއި ވަކި ޖިންސަކަށް ނޫން ކަމަށް ވިދާޅުވެ ޖަމީލް މިއަދު ވިދާޅުވީ ފަނޑިޔާރުންގެ ގޮތުގައި މިހާރު ވެސް އަންހެން ކަނބަލުން އެބަތިއްބެވި ކަމަށެވެ.

" ރައީސް މައުމޫންގެ ޒަޢާމަތުގައި 2007 ވަނަ އަހަރު އެ ނިންމުން ނިންމައި އެ ބަހުސް ވެސް ވަނީ ނިންމާފައި,ގައުމީ ޚިދުމަތުގައި ބަލަންވީ ގާބިލްކަމާއި ނަޒާހާތްތެރިކަމަށް، ވަކި ޖިންސަކަށް ނޫން" ޖަމީލް ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރަން އުޅޭތީ ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް ސޯލިހަށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޮކި

    ކޮބާ ތަމެންނަށް ފެނޭތަ ؟

    10
    3
    • ތެދު

      ތީވެސް މައުމޫންގެ ބުރުގާޓީމް މެމްބަރެއް...ސުބުހާނަﷲ.

      8
      2
  2. އ. ޖ. އ

    ހާދަ ދީނީ ކުދިން އުޅެޔޭ

    8
    5
  3. ޢާތިފާ

    ޢާޒިމާއަކީމަހިތުން އިސްލާމް ދީންގެ ހުކުމްތައް ގަބޫލުކުރާ މީހެއްނޫން މައުމޫނުގެއަނބި ދަރިން ގޮތަށް އައުރަ ނިވާ ނުކޮށް ތިބޭ މީހުންގެ ވާހަކަ ހުންނާނީ ތިޔަހެން ކަން މަމެނަށް އެނގޭ

    10
    2
  4. ޢަބްދުﷲ

    ޙައްޤާއި ސަވާބުގެމަގުން ޤާޟީކަމެއް ނުވަތަ ފަނޑިޔާރުކަމެއް ކުރެވޭނީ، ކީރިތިﷲގެ ފޮތުގެ ޢިލްމާއި، ސުންނަތުގެ ނައްޞުތަކުގެ ޢިލްމު ލިބިފައިވާ މުސްލިމް ފިރިހެނުންނަށެވެ.

    7
    2
  5. ރަޝީދު

    ތިމާ މީހާގެ އަމިއްލަ ހާލަތުވެސް ނުދަންނަ މީހަކަށް ދެންކިހިނެއް އަސްލާމް ދީނުގެ ކަންކަން އެނގޭނީ އޮރިޔާމުން މުޅި އުމުރު ތިޔަ ހޭދަ ކުރަނީ ލަދު ގަނެބަލަ އާޒިމާ

    4
    1
  6. ދޮންބެ

    އަންހެނާގެ އައުރަ ރޭންގުނު މީހަކަށް އަދި މިކަހަލަ ކްރިޓިކަލް ކަމަކާ ބަސްބުނެވޭނެބާ؟ މެލޭޝިއާ އެއީ ހުއްޖަޔެއްނޫން. އަސްލު އެތެރޭގަ އޮތް އެއްޗެސް ސާފުކޮށް ބުނީމަ މާ ތާހިރުވާނެ.

    4
    2
  7. ޑޫ ނޮޓް ފޮލޯ މީ

    އާޒިމާ އާއި މައުމޫނުތީ އެކައްޗެއް.

  8. ސިޑް

    ދީނުން ބޭރުވެފައިތިބިމީހުން މަޑުމަޑުން ތިފެންނަނީ އަވަހައް ތައުބާވޭ އަވަސް އަވަސް

  9. Anonymous

    ހުރިހާ ލާދީނީ މީހުން އިސްލާމްދީނާ ދެކޮޅާއް ވެއްޖިއްޔާ އެއްބައިވާތަން މިފެންނަނީ. މައުމޫނެއް ޔާމިނެއް ގާސިމެއް އަންނި އެއް ކިޔާނެ ކަމެއް ނެތް.

  10. Anonymous

    ސަބަބަކީ ލިސްޓު އެ ކުރެއްވި ޢިލްމުވެރިންގެ ބަސްފުޅު އޮތީ އެހެނެއް ނޫނެވެ. އަދި ޠަބަރީގެ އަރިހުންވެސް ޘާބިތެއް ނުވެއެވެ. ތަޙުޤީޤު ކުރައްވާ! ނޫންނަމަ ދީނުގެ ޙުކުމެއްގައި އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ އިއްތިފާޤު ފަތުވާއާއި އެކަހެރިކޮށް އޮތް ޝާޛު، ހީނަރު ފަތުވާއެއް ނެރެ ފަތުރައި، ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނަމަ ތިޔައީ ޢިލްމީގޮތުން އޮޅުވާލެވޭ ބޮޑު އޮޅުވާލުމެކެވެ.