އަންހެނުންނަށް ފަޑިޔާރު ކަން ދިނުމަށް އަދާލަތުގެ އިތުރު މެންބަރަކު ތާއީދު ކޮށްފިއެވެ.

މިއަދު އަދަލާތު ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު އަދި ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝިދު ކުރެއްވި ފޯސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޖިންސާއި ނަސްލަށް ނުބަލާ ބަލަންވީ ގާބިލަ ކަމަށް ކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސުޕްރީމް ކޯޓުގެ ބެންޗަށް ދެ އަންހެން ފަނޑިޔާރުންގެ ނަން ހުށަހެޅުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދުމާއި، ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ އަދާލަތަށް ނިސްބަތްވާ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ޝިދާތާ ވިދާޅުވީ، މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި، ހުޅިވިގެން މި ދަނީ ފަހި ފުރުސަތުތަކެއް ކަމަށެވެ.

"ދިވެހި އަންހެނުން ނުކުންނަވާ! ކެރިގެން ނުކުންނަވާ! ނިންމުންތައް ނިންމާ ފެންވަރުގެ މަގާމްތަކަށް ކުރިމަތިލައްވާ، އަޅުގަނޑުމެން ފަހަތުގައި އެބަތިބިން". ޝިދާތާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރަން އުޅޭތީ ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް ސޯލިހަށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. .。

  މުޅި ގައުމު އެކަށް ތާއީދު ކުރިޔަށް ހުއްދަ ނޫން ކަމެއް ހުއްދަ ވާނެ ގޮތެއް ނޯންނާނެ...ތި އެންމެންނަށްވެސް އެނގޭ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫންކަން އެއީ...އެކަމަކު ގައުމު ގައުމުން ފައިސާ ހޯދާފަ ހުރީ މިކަހަލަ ދީނުގެ ކަން ކަން ވިއްކައިގެން...

  76
  • ކެކެކެ

   ކުލަ ޖެހުން ހަރާމް. އަންހެން ފަނޑިޔާރުހަލާލު. ފެންކުޅިވަޒީރުގެ ރައުޔު

   17
 2. ރައްޔިތު މީހާ

  މަށަކީ ދިވެއްސެކޭ ބުނާހާ ވަރަށް މިހާރު އެބަ ލަދުގަނޭ.

  83
 3. ޙުއްތު

  މަޤާމަށްޓަކައި

  70
  1
 4. ކިޔުންތެރިއެއް

  ޢަޅަމެންގެ ކަންކަމާ ހަވާލުވެ ތިބި ވެރިންނަށް މާތް ﷲ ތެދުމަގު ދައްކަވާފާންދޭވެ... ??

  74
 5. ހާލާ

  މީ އީދުގަ ކުލަ ޖެހީމަ ތީ ހިންދީން ކުރާ ކަމެކޭ ކިޔާފަ ރުޅި ގަދަވި ސޮރު. ނިކަން ތާހިރު ވާހަކަ އެއްނު މިހާރު ތި ދެއްކީ. ކަނޑައެޅިގެން އިސްލާމް ދީނުގަ ހަރާމް ކަމެއްކަން އެނގޭ އިރު އެކަމުގެ ދިފާއުގަ މިއަދު ތިޔަ ނިކުތީ. ކުލަ އެއްނޫން. ހުރިހާ އެއްޗެއްވެސް މިކަލޭގެ ގަޔަށް ޖަހަންވީ.
  ވަގުތު މީހުން މި ކޮމެން ނިކަން ޖަހާލަ ދީބަލަ.

  67
  1
 6. ނުރަބޯ

  ހޫނ އެކަމަކު މިބެއްޔާގެ ގަޔަށް ކުލަޖެހި ދުވަހު ބުނި އެކަމަކީ ލާދީނީ ކަމެކޭ. މިކަން ހަމަ ބަރާބަރުދޯ. ހަމަ އެއްކަހަލަ މުނާފިގުން ވިއްޔަ.

  60
 7. ބޮއްބޮ

  އަދާލަތު ޕާޓީ ލާދީނީ އެމްޑީޕީގެ ފަހަތަށް ދިޔަހިސާބުން އެ ޕާޓީ އެއޮތީ ޕާޓީ އުފެއްދި މަގްޞަދާ ޚިލާފުވެފަ. އެހެން ކަމުން މިހާރު އެޕާޓީ އޮތީ އޮޓޮމެޓިކަލީ ރިބްރޭންޑް ވެފަ. މިހާރު އެޕާޓީގެ ނަމަކީ ޖަހާލަތު ޕާޓީ. ޖަހާލަތު ޕާޓީ އެއްގަ ތިބޭނީވެސް ޖާހިލުން ވީމާ މިހާރު އިސްލާމް ދީނަށް ނަޞްރު ދިނުމުގެ ބަދަލުގައި އެޕާޓީއިން ނަޞްރު ދެނީ ލާދީނީ އެމްޑީޕީ އަށް.

  62
  2
 8. މާއްދިއްޔަޔަތުގެބިރު

  އެދުވަހު އެހެންބުނީ އެކަލޭގެ ގަޔައްކުލަޖެހީމަ އެކުލަތައްފެންނަންހުންނާތީ މިއަދު އެހެންއެބުނީ މަޤާމްގެބިރަށް މާއްދިއްޔަތައްގޮސް ހުސްވެފަ

  37
  1
 9. ދޮންބެ

  އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އަންހެނަކު އިސްކުރެވުނީ އިސްލާމީ ކޮންވެރިކަމެއްގައިތޯ؟ ނަބިއްޔާގެ ޒަމާނުގައި ފަނޑިޔާރުކަމަށް އަންހެނަކު އިސްކުރިތޯ؟ އޭގެ ފަހުން އައި ޚުލަފާއުއް ރާޝިދޫންގެ ޒަމާނުގައި ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރިތޯ؟ ނުކުރާނަމަ ނުކުރި ސަބަބަކީ ކޮބައިތޯ؟ މިއީ ޖަވާބު އެނގެންޖެހޭ ސުވާލުތަކެއް ކަމަށް ދެކެން.

  32
  • އިސްކުރު

   ހަމަ ގައިމުވެސް އަންހެނުން މަތި މަގާމްތަކަށް އިސްކުރަން ފެށިހިސާބުގައި "މުސްލިމް" ވެރިން ރާބޮއެ މިނޫން ފިތުނަވެރި އަަމަލުތައް ކުރަންފެށި. ދީނީ އިލްމުވެރިން އެވެރިން ރަނގަޅު ކުރަން އުޅެފިއްޔާވެސް ޖަލަށްލާނެ. ދެން މިވަރުން ގަބޫލުކުރެވޭނެތޯ ފަހުން ނުކުތް "އިލްމުވެރިން" އަންހެނުންނަށް ގާޒީކަން ކުރެވޭނެޔޭ ކިޔާ ފަތުވާދިނީމަ؟

 10. ބީއެމް

  އަދާ ލަތު ޕާޓީއަކީ މިގައުމު ފަސާދަކުރާ ޕާޓީ އެވެ. ތިޔައީ އަމިއްލަ އެދުމުން ފުރިފައިވާ ބައެއް

  33
 11. ޝާހް، ރ.ވާދޫ

  ތިޔައީ އަނެއްއަތު އެއްޗެއް. ތި ނުދައްކާނެ ރަނގަޅު ވާހަކައެއް. އެހެރީ މަގާމުގެ ދަހިވެތިކަން ބޮލަށްއަރާ ނިމިފަ. ޝޭހު އިމްރާނާ ކަލޭ ވެސް ތިހިރީ މަގާމުގެ ބިރަށް އަނގައިގަ ޓޭޕްއަޅައިގެންތަ؟ މި ކަލޭގެ ލާދީނީ އެއްޗެއް ބުންޏަސް ކަލޭ ޝޭހު ބޯޑުއަޅުވަިގެންހުރެ އެކަހަލަ އެއްޗެއް ބުނެފިއްޔާ ވަރަށް ގޯސްވާނެތީ ކަލޭ ތިހުންނަނީ އަނގައިން ބުނަން ނުކެރިފަ.

  15
  1
 12. ާއަޙްމަދް

  މުޑުދާރު ޖަހާލަތު ޕާޓީ މަގާމުގައި ދެމިތިބެން ދީންވިއްކަނީ!

  21
 13. ޝަރީޢާ

  މުސްލިމުން ﷲ ގެ ޝަރީޢަތް މުގުރަމުން ދަނީ އެމީހުންގެ އަމިއްލަ އަތްތަކުން. ދެން ކޮން ﷲ އަކްބަރެއްތޯ ތިކިޔުއްވަނީ؟

  17
 14. އަނާރާ

  ތީ ހައްތާވެސް މަގާމައް އުޅޭމީހުން ... އެދާލަތުގަ ތިނޫންމީހަކު ނޫޅޭނެ އަމިއްލަ އަމިއްލަ އެދުމުން ފޯވެފަ

  17
 15. ޕަކާސް

  ޖުޑީޝަރީއިން އިސްލާމް ދީނާއި ޚިލާފައް ލާފަ ތިބި އަންހެން ފަނޑިޔާރުން ބޭރުކުރަން ޖެހޭ.. އަދި އެކަން ކޮއް ރާއްޖޭގެ ސިޔާސީ ދާއިރާ އަދި ސަރުކާރު ލާދީނީ ފިކުރުތަކުގެ ވަކިތަކުން ސަލާމަތް ކޮއް ދޮވެ ސާފުކުރާނެ ސަރުކާރެއް ގެންނަން އެބަޖެހޭ.. ގޯހުން ގޯހައް ކަންކަން ދުކޮއްލައިގެން ދެން ތިބެވޭކައް ނެތް، މާތް ރަސްކަލާނގެ ކޯފާއައް އިންތިޒާރުގައި ތިބެވޭކައް ނެތް. މިކަންތައް އިސްލާހު ކުރަންތިބީ މުސްލިމު ރައްޔިތުން.. މިތާގަ އިލްމުވެރީންނައްވެސް އިތިބާރެއް ނެތް.

 16. ކީކޭ ބުނާނީ

  ކައޭ އިންނަން ގާބިލް ފިރިހެނަކު ހޯދާތި

 17. މަމިޔޮކާކަ

  ޤާބިލް ކަން ހުންނާނެ ..... ގެ އައް ވަންނަ ތަނުން އަންހެނުން ބުނެފާނެ ތިހުރީ ވަރިކޮއްފައޭ އޯކޭ.

  10
 18. މެސީ

  މި ބައިގަނޑު ވެސް އެމްޑީޕީ އާ ޖެހުނީމަ ލާދީނީ ވީ މި ، މާދަމާ ބުނާނެ ސިދާތާ ވަރަށް މޮޅަށް ހުތުބާ ކިޔައޭ ، ސިދާތާ ހުކުރުކުރަން މާ މޮޅުވާނެއޭ. ބަޔަކު އަވަދި ވެދާނެ އެއްނު !!!!

 19. އައި

  މިހާރު ޢަދާލަތު ޕާޓީގެ މެމްބަރުންވެސް ފަތަވާ ދެނީ މާދަމާ ޢަދާލަތު ޕާޓީގެ ދިދަ އުފުލާ މީހާވެސް ފަތަވާދީފާނެ

 20. ސަހަރޯ

  އަދާލަތުން ދެން ބާއްވާ ޖަލްސާއެއްގައި ޑާންސު ކުރުމާއި ލަވަޖެހުމާއި މުނިފޫހި ފިލުވުންވެސް އޮންނާނެދޯ.. ދެން ނޯންނަން ޖެހޭ ސަބަބެއްވެސް ނެތްތާ.. ވްޓް ޓީޝާޓު ކޮމްޕެޓިޝަންވެސް ބާއްވަންވާނެ ޝިދާތާގެ ބެލުމުގެ ދަށުން.

 21. ތިމަންނަ

  ސާބަހޭ ކަލޯ ތިޔަހެން ތާއިދު ނުކުރާނަމަ . ފޮލެޓާ ގޯއްޗާ މަގާމާ ދޫކޮށްލާފަ ގޮސް އިންނަން ޖެހޭނީ ލޯކަލް މަރުކޭޓް ބޭރު ކަނުގައެވެ.

 22. މޫސާ މަނިކު

  އަދާލަތު ޕާޓީ އަކީ މި ދުނިޔެއިން ޝަރަފާއި އިއްޒަތާއި ބާރާއި ފައިސާ ބޭނުން ވެގެން ތިބި ނުބައި ބަޔަކު ދީނުގެ ނަމުގައި ހަދައިގެން އުޅޭ ޕާރޓީއެއް. އަދާލަތު ޕާޓީގެ ސަބަބުން ދީނީ އިލްމުވެރިން ދެކެ މީހުން ރުޅި އަންނަނީ. މިއީ ގައުމު ފަސާދަ ކުރާ ޕާޓީ