އެމޭޒަން ޖަންގަލި ހިމާޔަތް ކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއް ފައިސާ ދީގެން ޓްވިޓާގައި ޕްރޮމޯޓް ކޮށްފިއެވެ.

ޕްރޮމޯޓް ކޮށްފައިވާ ޓްވީޓްގައި އެމޭޒަން ޖަންގަލި ސަލާމަަތް ކުރުމަށް ގޮވާލާފައިވާއިރު، ރައީސް ވިދާޅުވީ އެއީ ދުނިޔޭގެ 20 ޕަސެންޓް އޮކްސިޖަން ކަމަށެވެ.

ޓްވީޓް ޕްރޮމޯޓް ކުރެވުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެއީ އޮޅިގެން ކުރެވިފައިވާ ކަމެއް ކަމަށެވެ.

ޓްވީޓް ޕްރޮމޯޓް ކުރުމަކީ ދައުލަތުގެ ފަންޑުތަކުން ކުރަން ބޮޑު ހަރަދެއް ކަމަށް އާންމު ފަރާތަކުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވަމުން ހޫދު ވިދާޅުވީ ޓްވީޓް ޕްރޮމޯޓް ކުރެވިފައިވަނީ ހެނދުނު 09:46 އިން ހެނދުނު 10:26 އާއި ހަމައަށް ކަމަށެވެ. ޕްރޮމޯޓް ކުރުމުގެ ހަރަދު ކަނޑާފައިވަނީ ޕްރައިވެޓް ކްރެޑިޓް ކާޑަކުން ކަމަށާއި ޓެކްސް ދައްކާ އެއްވެސް ފަރާތެއްގެ ފައިސާ އެކަމަށް ބޭނުންކޮށްފައިނުވާނެ ކަމުގައިވެސް ހޫދު ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ގަމާރު

    މުޅިންވެސް ވާނުވާގަ. ހަމަހޭގަ ތިބެގެން ކުރޭވޭ އެއްވެެސް ކަމެއް ހަރާން ހައްދަވައިގެން..!

    121
    4
    • ކަޅޭ

      ކޮންމެ ކަމެއް "އޮޅިގެން" ކުރުން މީ މިހާރު ހިނގާ އެންމެ ބޮޑު ވައްކަން.

      10
  2. ހެހެއް

    އެއަށް މާބޮޑަށް ތާއީދުލިބުނީމަ މޭކަރަނީދޯ!!!

    12
    87
    • Anonymous

      އަހަރެމެންގެ ގައުމުގެ ރައީސްގެ ޓްވީޓްއާ ވާދަކުރާވަރުގެ ޓްވީޓެއް ދިވެހި ރާއްޖެއކަށް ނުކުރެވޭނެ. ދެން ކޮން މެއެއް ކަރަންވީ؟

      41
      8
    • ކިނބޫ

      އަހަރުމެެެންގެ ފައިސާ މިބާވަތުން އިސްެރާފުކޮށް ކައި ހުސްކުރާއިރު މޭކަރާނެ. ކަލޭ ހުރޭ ހިއްސު ކެނޑިފަ. 32 ބިލިއަން ބަޖެޓަކީވެސް ކައްޅާ ކޮށްލި 37 މިލިއަނަކީވެސް ރައްޔިތުންގެ ލާރި. ޒޮނި އޮހިފަ ވާނުވާގަ ތިހެން ތިބޭ.

  3. ފުތާބެއްޔާ

    މިވަރު ވާނުވާނޭގޭ ރައީއްސަކު ދައުލަތުގެ މާލިއްޔަތު އެކީ ދުއްވާލަފާނެ އޮޅިގެން އަލީ އެކްސްޕްރެސްއިން އެއްޗެހި ގަނެ ގަނެ ވެސް

    82
    4
  4. ފުތާބެއްޔާ

    މިވަރު ވާނުވާނޭގޭ ރައީއްސަކު ދައުލަތުގެ ބައިތުލްމާލުވެސް އެކީ ހުސްކޮއްލަފާނެ އޮޅިގެން އަލީ އެކްސްޕްރެސްއިން އެއްޗެހި ގަނެ ގަނެ ވެސް

    56
    1
  5. ސަޓޯ

    ކޮބާ ބިލްކޮޅު

    54
    2
  6. ސިޑް

    ބޯގޯސް ވާހަކަ

    42
    1
  7. އޮޅިފައޮތް ސަރުކާރު

    ފައިސާދީގެން އޮޅުވާލި ވޯޓަކުން ވެރިކަމަށްއައީ.. ފައިސާދީގެން ރާއްޖޭގެ ނޫސްވެރިންނާ ބައެއް މީޑިޔާތަކުން ސަނާ ކިޔުއްވަނީ ފައިސާދީގެން ޒީރޯ ޓޮލަރެންސްގަ ކޮރަޕްޝަން ހިންގާފަ އެކަންފޮރުވަނީ. އޮޅިގެންވެސް ފައިސާގެ ބޭނުން ނުހިފާ އިބުރާހިމަށް ކަމެނުވޭ.. 6މިލިޔަން ދީފިޔޭ ކިޔާއަޑުއިވޭ މީނަގެ ވެރިކަމަށް އަހަރުވާތީ ރިޕޯޓުނެރެންވެސް.. އެހެންވީ މިހާރު ނޫސްތަކުން ގައުމުގަހިގާ ނުބައެއް ނުފެނި ކުރީ ސަރުކާރު ކުރީ ސަރުކާރު ލިޔެ ލިޔެ ތިބެނީ..

    66
    2
  8. ބޭންކް އަހުމަދު

    ހޫދު ގާތުން ފުރަތަމަ އަހާލަން ބޭނުންވަނީ މޯލްޑިވްސް ބޭންކް ގައި ހުރެގެން ކުރިކަންކަން އަދި ފަޅާ އަރާ ދުވަސް އެބައޮތޭ ޕާޓީ މީހުންގެ ސިއްރުތައް އަދި ބުނެލަން ބޭނުން އިސްރަށްވެހިންގެ ޖަމުއިއްޔާ އަށް ދޭން ބޭންކުން އެއްބަސްވި ފައިސާ ސަރުކާރު ބަދަލް ވުމުން ނުދޭނަމޭ ބުނެ ގަދަ ބަސް ބުނެފައި ތިޔަވަނީ .. އެއީ އެގްރިމެންޓެއްގެ ދަށުން ކުރި ކަމެކޭ ... ތިމާ އަށް މަގާމަށް ލިބޭ އިރަށް ހިޔަނި ފެނި ބޮޑާ ވެގެންނަނީ ވަކި ވަރަކަށް ނޫނޭ .. ތިމާ އަށް ކުރެވޭ ނުކުރޭވޭ ކަމެއް ނޭގެއޭ ސަރުކާރު ގެ ތަރުޖަމާނަކަށް ހުންނަންވާނީ ތަންދޮރު އިނގޭ މީހުންގެ ހައްގު ތައް އިނގޭ މީހެކޭ އަދި ސަރުކާރުގެ ސިޔާސަތުވެސް ދަސްވެގެންނޭ ތިޔައީ ކުފޫ ހަމަވާ މީހެއް ނޫނޭ.

    58
    2
  9. ާއަޙްމަދު

    ސަރުކާރުގެ އޮފީހަކުން ކުރިކަމަކަށް އަމިއްލަފަރާތެއްގެ ކްރެޑިޓްކާޑަކުން
    ފައިސާދެއްކިކަމަށް އިޢްތިރާފު ވެއްޖެ.
    ކޮބާ އޭސީސީ. ކޮބާ މަޖްލިހުގެ ކަމާގުޅޭ ކޮމިޓީ.
    ކޮބާ ފެންވަރު. ހޮޑުލަވަނީ. މީވެސް ސަރުކާރެކޯ.

    62
    2
  10. ހަނދާންވަނީ

    އެވެސްޝަކުވާއެއްނެތް، ޤައުމަށްވުރެއްވެސް މާމުހިންމު އެމޭޒަން ޖަންގަލި ގަސްތުގައި އަނަދުން! މުޅުދުނިޔޭގެދިރިހުރުމާގުޅިފާވާކަމެއް، މިގެންވެސްއެންގެނީ އިބޫގެ ހޭލުންތެރިކަން!

    6
    47
    • Anonymous

      ހޭލުން ތެރިކަން؟ ވަޓް އަ ޖޯކް

      27
  11. މަރޭ

    މިދެން ދުނިޔެގެ ސަމާލު ކަން ހޯދަން ކުރަހާކަންކަން.މިގައުމުގަ ޓުވީތު ރަންޖެހޭކަންކަން މަދީދޯ.ބައިވަރު ކަންކަން އެބަހުރި ވެރިން ރައްޔަތުންނަށް ހަދުމަކޮށްދެން.މިކަހަލަ ޒަމަނެްގަ ވެރިންގެ ހިޔަލަ ފިކުރު އަބަދު ވެސް ރައްޔަތުންނަށް ފޯރު ކޮށްދެވޭނެ.

    35
  12. Anonymous

    މިގޮލާގެ ޓްވީޓް ގަނޑެއް އެއީ ކުނިބުނީގެ ދަރަޖައިގެ އެއްޗެއްވީމަ އާދޭސްކޮށްގެން ބަލާލާނެ މީހަކުވެސް ވާނީ.

    46
    2
  13. ޝާހް، ރ.ވާދޫ

    މިހާރު މިސަރުކާރުން ކުރާ މާމޮޅުކަމެއްމީ. ކުރަން ބޭނުން މިކަހަލަ ކޮމްމެ ކަމެއް ކޮށްފަ "އޮޅިގެން" ބުނުން. މި ޓްވީޓްވެސް އޮޅިގެން. ހެލްތް މިނިސްޓްރީގެ ޓްވީޓުވެސް އޮޅިގެން. އެކަމަކު މިމީހުން ކުރަން ބޭނުންވި ކަންތައް އެވަނީ ކޮށް ނިންމާފަ. ކަލޭމެން ގަޅި ހެއްދޭނީ ހެއްދޭވަރުގެ މީހުން.

    21
  14. ގާޒީކަން

    މީތަ މީނަ އަށް ކުރެވޭ ކަމަކީ؟ މިއީ ކީއްކުރާ ބައެއްތަދެން؟

    23
  15. ބޯކިބާ

    ޓުވީޓްކޮށްފިމީހާ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އޭނާވާހުށީ ޓުވީޓުކުރާ މީހުންގެތެރެއިންނެވެ.

    11
    2
  16. ހާމިދު ޝާހިދު

    މީހަކު ލިޔެފައި ދިން އެތިކޮޅެއް ވީމަ މުޅި ދުނިޔެއަށް ދައްކާލަން ޕްރޮމޯޓް ކޮށްލަނީ....!

    18
  17. ނަމަ

    ކަރަންޓު ބިލު އަގުހެޔޮވާނީ ކިހިނެން ދެން މިހެން ހެދީމަ

    19