ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތަމްސީލުކުރައްވާ ފަނޑިޔާރަކަށް، ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު މިއަދު އިންތިޚާބުކޮށްފިއެވެ.

އަލީ ޝަރީފް އެ މަގާމު ކަށަވަރު ކުރެއްވީ މިއަދު ބޭއްވި އިންތިހާބުގައެވެ. ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި މިހާރު ހުންނެވި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު ހަމަވާތީ ބޭއްވި އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ އަލީ ޝަރީފްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.

އިންތިހާބުގައި އަލީ ޝަރީފަށް 127 ވޯޓު ލިބިވަޑައިގެންނެވިއިރު، ހައިލަމަށް ލިބިވަޑައިގަތީ 37 ވޯޓެވެ. އަބްދުއްރައްޒާގަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެކެވެ.

ޖޭއެސްސީގައި ތިއްބަވާނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާ އެކު 10 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން ޙަލީމު

    މަރުހަބާ ޢަލީ ޝަރީފު

  2. Juhaa

    ތިޔަ ހައިލަމަކީ ފަނޑިޔާރަކަށް ބަހައްޓަން ވެސް ހެޔޮނުވާވަރުގެ މީހެއް.