އއ.އުކުޅަހުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ތިން އަހަރުގެ ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އުކުޅަހުގައި މަގުމަތިން ހިނގާފައިދިޔަ ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ދުއްވާފައިދިޔަ ސައިކަލުން ޖެހި މިއަދު ހަވީރު 17:15 ހާއިރު އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

އެ ކުއްޖާގެކަކުލުން ތަންކޮޅެއް ހަން ގޮސްފައި ހުރި ކަމަށް ފުލުހުން ބުނެފައިވާއިރު، ކުއްޖާއަށް އިތުރު އަނިޔާއެއްވި ކަމެއް ޔަގީނެއް ނުވެއެވެ. ފުލުހުން ބުނެފައި ވަނީ ކުއްޖާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު އިތުރު އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ރަސްދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކްސިޑެންޓް ހިނގިއިރު، ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮތަރު

    އުކުޅަހު މީހެއްނު. ތިޔައީ ޢަފޫވެވިގެންވާ ކަމެއް. މުޅިރާއްޖެއިންވެސް އެއްރަށެއްގެ ބަޔަކަށް އެންމެ ގިނައިން ރީނދޫހުން ޖެހިފައިވަނީ އުކުޅަހު މީހުންނަށް. މިސަރުކާރު އޮތްހާ ހިނދަކު އުކުޅަހު މީހަކު ކުށްވެރިއެއް ނުވާނެ.

    • މޮޔައެނޮނިމަސް

      ތަރައްގީ މީހުން ނަކީ ރީނދޫ މީހުން.އެއީ ށައްކެއް ނެތް ކަމއް

  2. ޕޮގުބާ

    ތިކުއްޖާޔަށް އެމްޑޕީއަކަށް ވޯޓެއް ނުލެވޭނެ. ކުއްވެރިވާނީ ތިކުއްޖާ ޒުވާނާ ދޫކޮއްލާ