އއ. ފެރިދޫގައި ދަންޖެހުނު މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

އެރަށުގައި ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅެނިކޮށް ސަލާމަތްކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ.

އޭނާ ދަންޖެހިފައި ހުއްޓައި ސަލާމަތްކޮށްގެން ގެންގޮސް ފެރިދޫ ސިއްޙީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.

މިކަމާއި ގުޅިގެން ފެރިދޫ އިން "ވަގުތު" އަށް މަޢުލޫމާތުދިން ފަރާތަކުން ބުނެފައިވަނީ، ދަންޖެހުމުގެ ކުރިން، ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅޭކަން އޭނާ ރަހުމަތްތެރިއަކަށް ގުޅައި އަންގާފައިވާ ކަމަށެވެ. ދަންޖެހިފައި ހުއްޓާ އޭނާ ސަލާމަތްކުރީ، އެކަން އެނގި މީހާ ކަމަށް ވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިރޭ 8:00 ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ސަލާމަތްކުރި މީހާގެ ހާލު ސީރިއަސް އެއް ނޫނެވެ.

ފެރިދޫގައި މިރޭ މީހަކު ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްފައި ވާއިރު، މީގެ ހަފްތާއެއްހައި ދުވަސް ކުރިން ގދ. ގައްދޫގައި މީހަކު ދަންޖެހިގެން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަޙްމަދު

  ﷲޢަ ހަމްދުކުރަން

 2. ސަމާލުކަން ހޯދުން

  ރައްޓެއްސަކަށް ގުޅާފަ ދަން ޖެހެން އުޅޭ ވާހަކަ ބުނެފަ، ދަންޖެހުން.. ތީ ހަމަ ސީދާ މަޝްހޫރުވުމަށް ދަންޖެހުނު މީހެއް.. ތިކަމެއް ތިކުރީ ކޮންމެވެސް ކަމެއް ހާޞިލުކުރަން ބޭނުންވެ ދެއްކުމަށް.
  މަގޭ ޚިޔާލު ( އިސްލާމް ދީނާ ޚިލާފު ތިފަދަ ކަންކަން ކުރާމީހުން ތީހަމަ މި މުޖުތަމަޢުގެ ހަލާކު، އެއްވެސް ފަރުވާއެއް ދޭނެކަމެއްނެތް. ރަށް މެދައް ނެރެފަ އަޅިދެލިކުރަހާފަ ނާށިގިލެފަތި އަޅުވާފަ، ފަލީހަތްކުރަންވީ) ސާބަސް އއ ފެރިދޫ މަކަރުން ދަންޖެހޭ، ދެއްކުމަށް ދަންޖެހޭ، ސަމާލުކަންހޯދަން ދަންޖެހޭ.

  5
  3
 3. ޢައިބާ

  ގައްދޫގައި ދަންޖެހުނު ކަމަށް ވަނީ ދައްކާފައި ، އެއީ މާޑަރ ކޭސްއެއް

  1
  1
 4. އަހްމަދު

  އިސްލާމީޝަރީއަތުގައު އޭނާއެކުރީ ވަރަށްބޮޑު ވެގެންވާކުށެއް. އެކުށުގެ އަދަބު ދުނިޔޭގައި އޭނާއަށް ލިބެންޖެހޭނެ.

  8
  1
 5. ވިގަނި

  އެއްވެސް ބޭޅަކު ދަންޖެހެން ބޭނުމިއްޔާ ދަންޖެހެން ދިއުމުގެ ކުރިން ޕޮލިހަށް ގުޅާފަ އަންގާލަދިނުން އެދެން. ޝުކުރިއްޔާ!

 6. ޚާއްޞަ އެންގުމެއް

  މީގެ ފަހުން ދަންޖެހެން ބޭނުންވާ ފަރާތްތަކުން "ދަންޖެހެން ބޭނުންވާ ސަބަބާއި، ދަންޖެހެން ބޭނުންކުރާނެ ތަކެތި އަދި ދަންޖެހޭނެ ގަޑިއާއި ތަން ބަޔާންކޮށް" ދަންޖެހުމުގެ މަދުވެގެން 6 ގަޑިއިރު ކުރިން އެ ރަށެއްގެ ޕޮލިސް ސްޓެޝަނަކަށް ނުވަތަ ރަށު ކައުންސިލަށް އަންގަން ޖެހޭނެއެވެ. ފަޅު ރަށެއްގައި ދަންޖެހޭނަމަ އެރަށަކާ އެންމެ ކައިރީގައިވާ މީހުން ދިރިއުޅޭ ރަށެއްގެ ކައުންސިލަށް ނުވަތަ ޕޮލިސްޓްޓޭޝަނަށް އެންގުމުން ފުދޭނެއެވެ.

  10
  1
 7. ޤަވާޢިދު ނަންބަރ 101

  ދަންޖެހުމުގެ ޤާވާއިދު
  ހ- ދަންޖެހެން އުޅޭކަން ވީހާވެސް ގިނަ މީހުންނަށް އެންގުން. (އަނގަބަހުން، ފޯނުން، ފޭސްބޫކް، ވައިބަރ، މެސެންޖެރ އަދި ޓްވިޓަރ ފަދަ ވަޞީލަތްތަކުން)
  ށ- ދަންޖެހެން ބޭނުންވާ ތަނާ ގަޑިއާއި، ތަން އަދި ބޭނުން ކޫރާނެ ސާމާނު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ތެރެއިން މަދުވެގެން 3 އިދާރާއަކަށް ދަންޖެހުމުގެ 1 ދުވަސްކުރިން ލިޔުމުން ހުށަހަޅާ ހުއްދަ ހޯދުން. ( ޕޮލިސް، ކައުންސިލް، ޖެންޑަރ، ކޯޓް )
  ނ- ދަންޖެހޭ ދަންޖެހުމަކީ ބައެއްގެ ސަމާލުކަން ހޯދުމަށް، މަކަރުހެދުމަށް ނުވަތަ ގޮތްދެއްކުމަށް ކުރާ ކަމެއްކަމުގައި ނުވުން.
  ރ- މި ޤަވާޢިދުގެ އެއްވެސް މާއްދާއަކާ ޚިލާފް ނުވުން.
  އަދަބު:
  ހ- މިޤާވާޢިދުގެ އެއްވެސް މާއްދާއަކާ ޚިލާފުވުމަށް ހިތަށް އެރުވިކަމުގައިވިޔަސް ދަންޖެހުން ބާތިލުކުރުން.
  ށ- މިޤަވާޢިދުގެ މާއްދާއެއް މާނަ ކުރުމުގައި އޮޅުމެއް އަރާކަމަށް ހީކުރެވުނަސް އއ. ފެރިދޫ މީހެއްކަމުގައި ހަމަޖެއްސުން.
  ނ- މިޤަވާޢިދަށް ފަހު އެއްވެސް މީހަކު ދަން ޖެހިއްޖެނަމަ އއ ފެރިދޫގެ ކުދިބޮޑު އެންމެންހާ ރައްޔިތުން ހަތަރެސްފައި ފުރަގަހަށް ބިޑިއަޅުވާ 4 ރޭ 4 ދުވާ ވަންދެން މެދު ނުކެނޑި ދަންޖެހުމުގެ ނުބައިކަމާ ބެހޭގޮތުން ލެކްޗަރ ދިނުން.

  8
  3
 8. މަޝްހޫރު

  އއ ފެރިދޫ އެންމެހާ މީހުންނޭވެ.! ދެއްކުމަށް ދަންޖެހުމަކީ މީހުން މަޝްހޫރުވާން ކުރާވަރު ކަމެއްނޫނޭ..

  9
  2