ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އާއި އެމަނިކުފާނުގެ ނާއިބު، ފައިސަލް ނަސީމަށް ޚާއްސަ މެސެޖެއް ދެއްވައިފިއެވެ.
ޓްވީޓާ މެދުވެރިކޮށް މިރޭ ޑރ. އިޔާޒް އެ ދެބޭފުޅުން ޓެގުކުރައްވާ ދެއްވި މި މެސެޖުގައި ވަނީ ޤުރުއާނުގެ އާޔަތަކާއި އެ އާޔަތުގެ މާނަ އެވެ.
ރައީސް ސޯލިހު އާއި ފައިސަލް ނަސީމް ޓެގުކުރައްވާ ޑރ. އިޔާޒް ފޮނުއްވި މި މެސެޖުގައި ވިދާޅުވީ، މިއަދު އެ ދެބޭފުޅުންނަށް ދަންނަވަން އޮތީ އެ އާޔަތުގައި ވާ ވާހަކަ ކަމަށެވެ.
ޑރ. އިޔާޒްގެ މެސެޖުގައި އާންމުކުރެއްވި އާޔަތުގެ މާނައިގައި ވަނީ، "ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރި ރަސްކަލާނގެ ރަސޫލުކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން ނަޞޭޙަތްތެރިވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން ނަޞޭޙަތްތެރިވާ މީހުންދެކެ ލޯތްބެއް ނުވަމުއެވެ." މިފަދައިންނެވެ.
Miadhu @ibusolih aai @FaisalNasym ah dhannavan othy mi aayathugai mivaa vaahaka. pic.twitter.com/xXo4LgxUNy
— Dr.Mohamed Iyaz (@dr_iyaz) August 24, 2019
އިޔާޒް މި މެސެޖު ރައީސާއި ނައިބު ރައީސަށް ފޮނުއްވާފައި މިވަނީ، އަންހެނުން ފަނޑިޔާރު ކަމަށް އައްޔަންކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ނިންމައި، އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް އެއީ ދީނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައި، އެފަރާތްތަކަށް ގޮންޖަހައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަށް ލަފާދީފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ދެ ބޭފުޅުން އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަދައްކަވަމުންނެވެ. އަދި އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ވިދާޅުވެފައި ވަނިކޮށް އެކަމާއި ދެކޮޅު ނިންމުމެއް ރާއްޖޭގައި ނިންމާތީ، އެ ނިންމުން ބަދަލު ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިން ދަނީ ގޮވާލަމުންނެވެ.
އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވެސް ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި ރައީސްގެ އިތުރުން، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެއެވެ.
ޙިއްސުތައް ސަލާމަތުން ހުރި މީހަކަށް ވިއްޔާ ފެންނާނެ، ކޮންމެ ވެރިއެއް ހުރި ކަމުގައި ވިޔަސް މިބަސްތައް މިބޭފުޅާ ބުނާކަން.. ސާބަހޭ ތިޔަ ކިރާ ހިއްވަރަށް..
މިސަރުކާރުން ހިންގާ އިސްލާމްދީނާއި ޚިލާފް ކަންކަމަކީ ތިޔަޢިލްމުވެރިން އެމީހުންގެ ފަހަތުގައި ތިއްބަވައިގެން އައިސްތިބެ ހިންގާ ކަންތައްތަކެއް. ވީމާ ތިޔަ ޢިލްމުވެރިންގެ އަޑު އެމީހުންނަށް އިވެންދެން ހުއްޓާ ނުލާ ދީނުގައި އޮތްގޮތް ކިޔާދޭން ޖެހޭނެ އަންގަންޖެހޭނެ. އިއްވަންޖެހޭނެ. ތާޅަފިލިން ގޮވައިގެން ވިޔަސް އިވެންދެން ގޮވަންޖެހޭނެ.
ކަލޭގެ މެސެޖް މިހާރަކު އެމީހުނެް ނޫޅޭ ބަލާކަށް. ވެރިކަން ހޯދަން އުޅުނުއިރު ކަލޭ އެހެން މީހުނަށް ގޮވައިދިން މުޑުދާރު ތަކެތި އަޑު އެހީމަ ލައްކައެކޭ ހީވެފަ ދޯ ތިހިރީ. އަމައްޔާއި
ދެލޯފުޅާ އެމީހުންއެތިބީ މަގުފުރެދި ހަލާކުވެ ގޮއްސަ..ވެރިކަމާހެދިބޫތުކައިފަ އެކަންވާނެ ހުރިހާގޮތއްހޯދާނެ...އެންސާނާޔަކަށް ނުބިސްނެ ތިމާގެ ބަލިކަށިކަމެއް...ސުބުހާނަށްﷲ...ވޯޓުދިންމީހުން އަތްޖަހާ ބާރަށް އަތްޖަހާ މަގުތަކަށް ނުކުމެނަށާ
ފަތުވާމަޖިލިސް އިސްތިއުފާދިނުމައްގޮވާލަން ބަސްނުވިކޭއޮޑިއެއްގެ ދިނރުބާކޮޅުގައިނުތިބެ އަވަހައް އިސްތިއުފާދީ ﷲގެ އަމުރާއިޚިލާފުވާމީހުން އަވަސްގޮތަކުން ނިމިގެންދާނެ އިރާދަކުރެއްވިއްޔާ
ޝައިތާނާއައް ނަސޭހަތް ދިނުމެއް ނޯވޭ..
އަހަރެން ހިތަށް އަރަނީ މަޖްލީހުގައި ﷲ ގެ ހުކުމްތައް ބަދަލުކުރަމުންދާއިރު އިޔާޒުމެން އެވާހަކަ ނުދައްކަނީ ކީއްވެހޭ..އެކަން ކުރާ ބަޔަކަށް މިކަން ކުރުން އެއީ މައްސަލަައަކަށް ވާނެބާ...އަދި ﷲ ގެ ހުކުމްތަށް ބަދަލުކޮށް މީސްތަކުންގެ މައްޗަށް އެ ލާޒިމް ކުރާ ބަޔަކު އިސްލާމީ އުސޫލުން ފަނޑިޔާރުން އައްޔަން ކުރަން ޖެހޭ ހަމަ އަކީ ކޮބާ... ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ:
'އަދި އެއްވެސް ޝައްކެއްނެތް ގޮތުގައި الله ބާވައިލެއްވިގޮތަށް ޙުކުމްކުރުން ވާޖިބުވެގެންވާކަމަށް
ޤަބޫލުނުކުރާ މީހަކީ ފަހެ ކާފަރެކެވެ. ފަހެ الله ބާވައިލެއްވި ގޮތަށް ތަބަޢަނުވެ އޭނާ އަމިއްލައަށް
ޢަދުލުކަމުގައި ފެންނަ ގޮތަށް މީސްތަކުންގެ މެދުގައި ޙުކުމްކުރުން ހުއްދަކޮށްފި މީހަކީ ފަހެ ކާފަރެކެވެ.
އެހެނީ ޢަދުލުވެރިގޮތުގައި ޙުކުމްކުރުމަށް އަމުރުނުކުރާ އެއްވެސް އުއްމަތެއް ނުވެއެވެ. އަދި ފަހަރެއްގައި
އެއުއްމަތެއްގެ ދީނުގައި ޢަދުލަކީ އެއުއްމަތުގެ ބޮޑެތި އިސްމީހުން ދެކޭގޮތް ކަމުގައިވެސް ވެދާނެއެވެ.
އަދި ކިއެއްތަ، އިސްލާމްދީނަށް ނިސްބަތްވާ އެތަކެއް ބަޔަކު ޙުކުމްކުރަނީ الله ތަޢާލާ ބާވައިލައްވާފައި
ނުވާ އެމީހުން ޢާދަކާދައަށެވެ. އެއީ ރަށްފުށުގެ ސަވާލިފުންނާއި އަދި ކިޔަމަންވެވޭ މީހުންގެ
އަމުރުތައްފަދައިންނެވެ. އަދި ޤުރްއާނާއި ސުންނަތް ފިޔަވައި އެއެއްޗަކުން ޙުކުމްކުރަން ޖެހޭ އެއްޗަކީ
މިއީ ކަމުގައި އެމީހުން ދެކެއެވެ. ފަހެ ކުފުރަކީ މިއީއެވެ. ފަހެ މީސްތަކުންގެ ތެރެއިން ވަރަށް ގިނަމީހުން
ވަނީ އިސްލާމްވެގެންނެވެ. އެކަމަކު މިއާއި އެކުވެސް ކިޔަމަންވެވޭ ބޮޑުން އަމުރުކުރާ، އަދި އެމީހުންގެ
ތެރޭގައި ހިނގަމުންދާ ޢާދަކާދައަށް ނޫނީ އެމީހުން ޙުކުމް ނުކުރެއެވެ. ފަހެ الله ތަޢާލާ ބާވައިލައްވާފައިވާ
ގޮތަށް މެނުވީ ޙުކުމްކުރުން ހުއްދަވެގެންނުވާކަމަށް މިމީހުންނަށް އެނގިއްޖެނަމަ، ދެން އެއަށްފަހުވެސް
އެމީހުން އެކަމަށް ކިޔަމަންނުވެ، އަދި ކިއެއްތަ، الله ބާވައިލެއްވި ގޮތާއި ޚިލާފަށް ޙުކުމްކުރުން އެމީހުން
ހުއްދަކޮށްފިނަމަ ފަހެ އެމީހުންނަކީ ކާފަރުންނެވެ.' )އިބްނު ތައިމިއްޔާގެ ފޮތް( މިންހާޖުއްސުންނާ
އައްނަބަވިއްޔާ އިން އެކަލޭގެފާނުގެ ބަސްފުޅު ނިމުނީއެވެ. އެކަލޭގެފާނު އެބަސްފުޅު ޛިކުރުކުރެއްވީ الله
ތަޢާލާގެ މިބަސްފުޅުގެ ދަށުންނެވެ.
الله ތަޢާލާ އެކަލޭގެފާނަށް ރަޙްމަތްލައްވާ ޢަފޫ ކުރައްވާށިއެވެ...
މާނައީ: "...ފަސްވަނައަށް: ފަހެ އެއީ އެކަންތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ އަދި
ޝާމިލުވެގެންވާ، އަދި ޝަރުޢުއާއި ދެކޮޅުވެރިކަން އެންމެ ބޮޑަށް ފާޅުވެގެންވާ، އަދި ޝަރުޢުގެ ޙުކުމްތަކަށް
ބޮޑާވުން އެންމެ ބޮޑަށް ފާޅުވެގެންވާ، އަދި الله އާއި އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވުން އެންމެ
ބޮޑަށް ފާޅުވާ ކަންތަކެކެވެ. އެއީ ޝަރުޢީ މަޙްކަމާތަކާއި ވައްތަރުކުރުމެވެ. އެއީ ތައްޔާރުކުރުމުންނާއި
އެހީތެރިވުމުންނާއި ފާރަވެރިވުމުންނާއި، އަދި އަޞްލެއްކަމުގައި އަދި ފަރުޢެއްކަމުގައި ހެދުމުންނާއި، އަދި
ވައްތަރުތަކަށްބަހާ ހެދުމުންނާއި، އަދި ޙުކުމްކުރުމުންނާއި ލާޒިމްކުރުމުންނާއި، އަދި މަޞްދަރުތަކާއި
މަރުޖިޢުތަކުގައިއެވެ. ފަހެ ޝަރުޢީ މަޙްކަމާތަކަށް الله ތަޢާލާގެ ފޮތާއި އަދި އެކަލާނގެ ރަސޫލާގެ
ސުންނަތަށް އެމަރުޖިޢުތަކެއް އެއްކޮށް ރުޖޫޢަވާ މަރުޖިޢުތަކެއް ލިބިގެންވާ ފަދައިން، މިމަޙްކަމާތަކަށްވެސް
މަރުޖިޢުތަކެއް ލިބިގެންވެއެވެ. އެއީ އެކި ޝަރީޢަތްތަކުން ނެގި އެއްކުރެވިފައިވާ ޤާނޫނަކާއި، އަދި
ފަރަންސޭސި ޤާނޫނާއި އަދި އެމެރިކާގެ ޤާނޫނާއި އަދި އިނގިރޭސި ވިލާތުގެ ޤާނޫނާއި އަދި އެނޫންވެސް
އެފަދަ ޤާނޫނުތައްފަދަ އެތަކެއް ޤާނޫނުތަކެކެވެ. އަދި ޝަރީޢަތަށް ނިސްބަތްވެގެންވާ ބައެއް ބިދުޢަވެރި
މަޛްހަބުތަކާއި، އަދި އެނޫންވެސް އެފަދަ މަރުޖިޢުތަކެވެ.
ފަހެ އެތަކެއް އިސްލާމީ ބިންތަކެއްގައި މިމަޙްކަމާތައް )ކޯޓުތައް(ވަނީ ތައްޔާރުކުރެވި
ފުރިހަމަކުރެވި، ދޮރުތައް ހުޅުވިގެންނެވެ. އަދި މީސްތަކުން އެމަޙްކަމާތަކަށް ޖަމާޢަތަކަށް ފަހު
ޖަމާޢަތަކަށްދެއެވެ. ޤުރްއާނާއި ސުންނަތާއި ޚިލާފަށް އެތަންތަނުގެ ޙާކިމުން އެމީހުންގެ މެދުގައި
އެޤާނޫނުގެ ޙުކުމްތަކުން ޙުކުމްކުރެއެވެ. އަދި އެމީހުންގެ މައްޗަށް އެޤާނޫނު ލާޒިމްކޮށް އަދި
އިޤުރާރުކުރުވައެވެ. އަދި އެމީހުންގެ މައްޗަށް އެޤާނޫނު ވާޖިބުކުރުވައެވެ. ފަހެ މިކުފުރަށްވުރެ
ބޮޑުވެގެންވަނީ ދެންފަހެ ކޮން ކުފުރެއްހެއްޔެވެ! އަދި މުޙައްމަދުގެފާނީ الله ގެ ރަސޫލާކަމަށް ހެކިވުން
ފުށޫއަރުވާލާ ގެއްލުވާލުމެއް މިއަށްފަހުވޭހެއްޔެވެ! އަދި އަހަރުމެން ތަފްޞީލުކޮށް ބަޔާންކުރި ހުރިހާ
ދަލީލުތައްވަނީ މަޝްހޫރުވެ އެނގިގެންނެވެ.
މުސްލިމަކު އެކަމެއް ކުރުމުން މުރުތައްދުވާކަންތައް އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. އޭގެ ތެރޭގައި
الله ތަޢާލާއާއި ޝިރުކުކުރުމާއި، މުޝްރިކުންގެ ދީނުގެ މައްޗަށް ކިޔަމަންތެރިކަމާއި އެއްބަސްވުން
ފާޅުކުރުމާއި، އަދި މުޝްރިކުންނަކީ އެކުވެރި ރަޙްމަތްތެރިންތަކެއް ކަމުގައި ނެގުމާއި، މުޝްރިކުންގެ
ކައިރި އެމީހުންގެ ޝިރުކުގެ މަޖްލިސްތަކުގައި އިންކާރުކުރުމެއް ނެތި އިށީންދެގެން ތިބުމާއި، اللهއަށް
ނުވަތަ އެކަލާނގެ ފޮތަށް ނުވަތަ އެކަލާނގެ ރަސޫލާއަށް މަލާމާތްކުރުމާއި، އަދި الله އަށް ގޮވާލެވި
ދަޢުވަތުދެވި އެކަލާނގެ އާޔަތްތައް ކިޔެވި އަދި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަށް
ގޮވާލެވޭހިނދު އެކަމަށް ނުރުހުންތެރިވެ ރުޅިވެރިކަން ފާޅުކުރުމާއި، الله ތަޢާލާ އެކަލާނގެ ރަސޫލާގެ
މައްޗަށް ބާވައިލެއްވި ފޮތާއި ޙިކުމަތަށް )ސުންނަތަށް( ނުރުހުންތެރިވުމާއި، ޤުރްއާނުގެ އާޔަތްތަކާއި އަދި
ޙަދީޘްތައް އެކަމަށް ދަލީލުކޮށްދޭ ކަންތަކަށް އިޤުރާރުނުވުމާއި، އަދި އެކަމާއި ދެކޮޅަށް ޖަދަލުކުރުމާއި،
الله ގެ ފޮތުން ބަޔަކަށް -އެއީ އެންމެ އާޔަތަކަށް ވިޔަސް- އިންކާރުކުރުމާއި، الله ގެ ދީން އުނގެނުމުން
މޫނު އަނބުރާލާ ފުރަގަސްދީ އަދި އެކަމުން ޣާފިލުވެގަތުމާއި، ސިޙްރުހެދުމާއި، އަލުން ދިރުއްވުމަށް
އިންކާރުކުރުން ހިމެނެއެވެ. ދެން އެއަށްފަހު ވިދާޅުވިއެވެ.
މާނައީ: "...ސާދަވަނަ ކަންތައް: الله ގެ ފޮތާއި އެކަލާނގެ ރަސޫލާ ؛ ގެ ސުންނަތް
ފިޔަވައި އެހެން އެއްޗަކަށް ޙުކުމްހޯދަން ދިޔުމެވެ. އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ: 'އެއީ ޖާހިލިއްޔަތުގެ
އަހުލުވެރިން އެކަންތަކަކުން ޙުކުމްކުރާ، އެމީހުންގެ ރައުޔުތަކާއި ހަވާނަފްސުތަކުގެ މައްޗަށް ހަދާފައިވާ
މަގުފުރެދުންތަކާއި ޖާހިލުކަންތައްފަދަ ކަންކަމެވެ. އަދި ހަމަ އެފަދައިން، ތަތާރުންނަށް 'އަލްޔާސިޤް'
ހަމަޖައްސައިދިން އެމީހުންގެ ރަސްގެފާނު ޖަންކީޒް ޚާން ކިބައިން ނެގިފައިވާ ސިޔާސަތުތަކަށް ތަތާރުން
ޙުކުމްކުރާ ފަދައިންނެވެ. )އަލްޔާސިޤަކީ( ޔަހޫދީދީނާއި ނަޞާރާދީނާއި އަދި އިސްލާމްދީނުގެ އެތަކެއް
ޝަރުޢުތަކެއް ނަގައިގެން ޖަމަޢަކޮށް ހަދާފައިވާ ފޮތެކެވެ. އަދި އޭގެގައި އޭނާ )ޖަންކީޒް ޚާން(ގެ އަމިއްލަ
ވިސްނުމަށާއި ހަވާނަފްސަށް ހަދާފައިވާ އެތަކެއް ޙުކުމްތަކެއްވެއެވެ. ދެންފަހެ އޭނާގެ ދަރިންގެތެރޭގައި
ތަބަޢަވެވޭ ޝަރުޢަކަށް އެފޮތްވެގެން ދިޔައެވެ. الله ގެ ފޮތާއި އެކަލާނގެ ރަސޫލާ ؛ ގެ ސުންނަތަށް
ޙުކުމްކުރުމުގެ މައްޗަށް އެމީހުން އެފޮތް އިސްކޮށް ކުރިއަށް ނެރެއެވެ. ފަހެ އެމީހުންގެ ތެރެއިން އެފަދައިން
ކަންކޮށްފި މީހަކީ ކާފަރެކެވެ. އެމީހަކާއި ދެކޮޅަށް ހަނގުރާމަކުރުން ވާޖިބުވެގެންވެއެވެ. އެއީ އޭނާ الله
އާއި އެކަލާނގެ ރަސޫލާގެ ޙުކުމްފުޅަށް އެނބުރި އައިސް، ކިތަންމެ މަދުކަމެއްގައި ވިޔަސް އަދި
ގިނަކަމެއްގައިވިޔަސް އެކަލާނގެ އާއި އެކަލާނގެ ރަސޫލާގެ ޙުކުމްފުޅު ނޫން ޙުކުމެއް ނުކޮށްފުމަށް
ދާންދެނެވެ. الله ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
މާނައީ: "ފަހެ، އެއުރެން އެދެނީ ޖާހިލިއްޔަތުގެ ޙުކުމްހެއްޔެވެ؟ ޔަޤީންކުރާ ބަޔަކަށް الله އަށްވުރެ
ޙުކުމްކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟"
ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލު މަޖިލީހުން ބޭރުކޮއްލީމަ އިހުލާސް ތެރިކަމެއް ހުރިނަމަ ތިގޮތައް ބަނގުރަލުގެ ހުކުންވެސް ރައްޔިތުނައް ބުނެދޭންވީނޫން! އެކަލާންގެ ހަލާލު ގޮތުގަ ރިޒުގު ހޯދަން އަންގަވާފަނުވޭތޯ! ބަނުގުރާ އުފުންލި މީހެކޭ ވިއްކި މީހެކޭ ބުއިމީހެކޭ ހަމަހަމައިރު، އިސްލަމީ ގައުމެއްގަ އެވިއާފާރި ކުރަން ފަޅުރައް ކުއްޔައް ދިނުވެސް މަނާވާނެ ކަން އެނގިހުރެ އެވާހަކަ ނުދައްކަތިބެނީ ހުންނަ މުނާފި ގުކަމުން ކަމީ ސައްކެއް އޮތްކަމެއްނޫން
އިޔާޒު ކައިރީ ބުނެބަލަ ފެންވަރާ ތާހިރުވެގެން ހުރެ ފޮޓޯ ނަގާށޭ، ހާދަ ނުތާހިރުކޮށްނޭ ތިހުންނަނީ. ތި ގޮތަށްހުރެ ދޭ ނަސޭހަތް މީހުން ޤަބޫލުކުރާނީ ކިހިނެތް. ތާހިރު ނުވެ ރާއީސްއާއި ނައިބު ރައީސްއަށް މެސެޖް ދޭން ލަދެއް ނުގަނޭތަ!
ކޮންމެ ވެރިކަމެއް ވެސް ނިމިގެންދަނީ ކޮންމެވެސް ގޯހެއް ހެދިގެން. ފާއިތުވެދިޔަ ވެރިކަންތައް ނިމިގެން ދިޔަގޮތުން އިބުރަތް ހާސިލް ކުރަން ރައިސުލް ޖުމްހޫރިއްޔާ އަށް ގޮވާލަން. ތިޔަ ރައިސް ވެސް ވަނީ ދިވެހިންނަށް ވަރައް ވެސް ގިނަ ވައުދުތަކެެއް ވެފަ. ކަނޑައެޅިގެން ބަޔާންވެގެންވާ އިސްލާމް ދީނާ ޚިލާފު ކަމެއް ކުރައްވަން ތިޔަ އުޅުއްވަނީ ތިޔަ ރައިސް ރައިސްކަމަށް ގެނައުމަށް ތާއީދު ކުރި މުޅި ދިވެހި ރައްޔިތުންނާއި ވެސް ދެކޮޅަށް ކަން ހަނދާނުގައި ބަހަށްޓަވާ އިނގޭތޯ. މިކަންތައް މީ ތިޔަ ރައިސްގެ ނިމުން ކަމުގައި
ގައިގަ ބޮން ބަނދެގެން އިސްލާމުންނާއި އެހެން އިންސާނުންގެ ތެރޭގައި ގޮއްވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ދެކޭ ބަޔަކު ދައްކާ ވާހަކަ ބެލެވޭނީ ޓެރަރިޒަމް ކަމުގައި. ދީނަކު ނޯވޭ މީހުން މެރުމަށް ހުއްދަދީފަކާ.
އެދެމީހުންކުރާނުބައިކަމުގެބައެއްކަލެއަށްވެސްަެއެޅޭނެއެވެ.
ނުވިސްނޭ މީހުންނައްބުނެދިނުން އެންމެބުއްދިވެރިކަމަކީ އެހެންނޫނަސް ދީންއޮންނަގޮތް ފަހަރުގައި މިވެރިންނައް ނޭގިދާނެކަމައް ގަބޫލްކުރެވެނީ އެހެންވެ ސުކުރިއްޔާ ޑރ އިއާޒް
ރ.ޔާމީނަށް ހަމަތިގޮތް އޮތެންނު... ހަމަ ނަޞޭޙަތްތެރިވެލަވެލާ ހުރިނަމަ މާ ރީތިވީހެންނު
" އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވެސް ވަނީ ވިދާޅުވެފައެވެ." މިހާރު މަގާމު ތަކުގައި ތިބި ފަޑިޔާރުން ، ހަމަ ބަރާބަރު !!!!!!!
އިޔާޒް މޮޔަފުޅު ވީތޯ. ތިބުނާ ރައީސާ ނާއިބަކީ ބަނީ އިޒްރާއިލް ފަދަ ބައެއް. ހައްގު ނުފެންނާނެ ބާތިލް ފެންނަނީ.
މަޝްހޫރު ދީނީ ޢިލްމުވެރިއަކަށްވަނީ ކިހިނެއް ވީމަތަ؟؟
ފިރުއައުނާ ހާމާނު ވެރިކަމަށް ގެނެސްފަ އެމީހުން އިސްލާމި ޝަރީޢާ ނާފިޒު ކުރާނެކަމަށް އުއްމީދު ކުރަންވީއެއްނު... އަބަދުވެސް ބުނަމުން މި އަންނަނީ އެމްޑީޕީގެ ލީޑަރޝިޕް
ފިރްއައުނާ ހާމާނު ވެރިކަމަށް ގެނެސްފަ އެމީހުން ފަރާތުން އުއްމީދުކުރަންވީއެއްނު އެމީނުން އިސްލާމީ ޝަރީއާ ނާފިޒުކުރާނެކަމަށް... އެއްމެނަށްވެސް އެނގޭ އެމްޑީޕީގެ ލީޑަރޝިޕަކީ ލާދީނީ ސެކިއުލާ އަދި މިރާއްޖެއިން އިސްލާމީ އުޞޫލުތަށް ފޮހެލަށް މަސައްކަތްކުރާ ބައެއްކަން.... މި ހިނގާ ހުރިހާ ކަމެއްގައި ތިޔަ ދެތިން ސޭކުންނާވެސް ސުވާލު ކުރެވޭނެ.. ކޮބާ އިމްރާނު، ކޮބާ އިލްޔާސް، މިއީ ސޭހުންތަ ނޫނީ ދުނިޔެއާ ހެދި ހޭބަލިވެފައި ތިބި މުނާފިގުންތަ؟
އިސްލާމްދީނުގައި ފަޑިޔާރުންގެ ސުލޫކާއި އަހްލާގާއި އިންސާފުވެރިކަން ހުންނަންޖެހޭ ހަމަތަކުން ބޭރުން ފިރިހެނުން ކޯޓުތަކުގައި ތިބެ ފަޑިޔާރުކަންކޮށް ހުކުމްތައް ކުރަމުން ދިޔައިރު މިތިބޭ ޝޭޙުން ބުނާނެ އެއްޗެއް ނެތް. ހަމަ އޯކޭ! މިހާރު އަންހެނަކަށް ކަމެއް ލިބެން އުޅޭތީ ހީވަނީ އެހެން ފަދަ ކަމެއްހެން. ގުރުއާނާއި ސުންނަތުގައި މަނާ ކުރައްވާފައި ނުވާ ކޮންމެ ކަމެއް ކުރެވޭނެ.
ތި ބޯދާ ވިސްނުން ދޫ ކުރަންވެއްޖެ ނޫންތަ އަޅެ ފަހެ! އަަހަރުމެންގެ ކުރީގެ ރައީސް މަޢުމޫނު ވެސް އެ ވިދާޅުވަނީ ސާބިތު ހެއްކާ އެއްކޮށް، އަންހެނުން ފަނޑިޔާރު ކަން ކުރުމަކީ މައްސަލައެއް ނޫންކަމަށް! މީ އަދި އެހަށްދުވަހުގެ މެންދުރު ނޫ ކަށިފުރައިގެ ޅަ ކުދިންނެއްނު މަޢުމޫނުމެންގެ އަރިހުގަ! ދެން ކޮން ވާހަކަ އެއް ދައްކާކަށްތަ!
ޖާހިލިއްޔާ ޒަމާނުގަ ހުރި ވިސްނުން މައުމޫނު އެހުރީ. ކޮން ސާބޮތު ދަލީލެއް މައުމޫނައް ދެއްކުނީ. ބައެއް މީހުންގެ މައްޗައް ދޮގުހަދައި ތާކުންތާކު ނުޖެހޭ މީހުންގެ ފަތުވާތައް ނަގައި އެއީ ޢިލްމުގެ އަހްލުވެރިނަް ކަމުގައި ހަދައި މީސްތަކުންނައް އޮޅުވާލަމުންދާއިރު ޖާހިލުން ގަބޫލް ކުރާނީ އެކަހަލަ ވާހަކަތައް. ޤްރުއާނާއި ނަބިއްޔާ ސައްލަﷲ އަލިއިހި ވަސައްލަމްގެ ސުންނަތާ ޙިލާފައް ދީނިގެ ހުކުމްތައް ބަޔާން ކޮއްދިނީމަ އެއީ ހައްގުމަކައް ނިންމައިގެ ކަނުކޮއް ތަބާ ވުމަކީ ޖާހިލު ކަމުގެ އިންތިހާ. އިލްމު ހޯދުމައް ނަސޭހަތްތެރިވަން. އަދި މައުމޫނަކީ އިލްމުހރި މީހެއް ނޫންކަންވެސް ހަނދުމަކޮއް އަރުވަން.
މީގަ މި ބުނާ އިޔާޒުމެނަށް ކޮން ފަތުވާ އެއް ދެވޭނީ. ބަލަ އަންހެނުންނަށް ގާޒީކަން ކުރެވޭ. އެއީ މަނާކަމެއް ނޫން. .
އިބުނުތައިމީޔާ އެކަނި އިލްމު ވެރިޔަކީ.ދެން މިސްޓަރ ހާބު
އަހަރެމެންގެ ކުރީގެ ރައީސް ބުނި ބުރުގާވެސް އަޅާކަށް ނުޖެހެޔޭ.
ނޫން! ފަތުވާ މަޖިލިސް އިސްތިއުފާ ދީގެން ނުވާނެ އެބޭފުޅުން ޙައްޤު ބަސް އިްއވުމުގައި ދެމި ތިއްބެވުމަކީ މިފަދަ ދަނޑިވަޅެއްގައި މުހިންމުކަމެއް! މިވަގުތު މިރާއްޖޭގައި އޮތް ފަތުވާ މަޖިލީހުގައި ތިއްބެވީ އެކަމަށް އެއްމެ ޤާބިލް ޢިލްމީ ބޭފުޅުނަކަމަށް އަޅުގަނޑު ހެކިވަން. ސަބަބަކީ އެބޭފުޅުންގެ ޤާބިލްކަން ވަރަށް ގާތުން އަޅުގަނޑަށް ފެނި ތަޖުރިބާކުރެވިފައިވާތީ!
ރައީސް ސޯލިހުއަށް ބޮޑު ފިރިހެނެއް ނުފެނުނީތަ ސްޕްރީމްކޯޓަށް އައްޔަން ކުރަން
މިވެރިކަން ގެނައިރުވެސް މިޢިލްމުވެރިޔާއަށް އިގޭނެ މީކިހާވަރެއްގެ ބަޔެއްކަން. އެކަމަކު މިވެރިކަން ގެންނަންވެގެން އަނިޔާ އޭކިޔައިގެ ކުރީސަރުކާރު ވައްޓާލީ. ދެން ކިތަންމެ މެސެޖެއް ފޮނުވިއަސް އަންހެން ފަޑިޔާރުން އިސްނުކުރާނެ ގޮތެއް ނޯންނާނެ.
ކިތައްމެ ނުރުހުނަސް ދެންޖެހޭނީ އަނެހެނުންގެ ޙުކުމަށް ތަބަޢަވާން.
އިޔާޞް މިއަދު ތިވާހަކަތަށް އިޔާޞް ދައްކާކަށް މާރީއްޗެއްނޫން ތި އިޔާޞްމެން ގޮވަމުން ދިޔައީ އިބްރާހިމް މުޙައްމަދު ސޯލިހަކީ ރަސޫލާ ދުއާ ދެއްވި ފަދަމީހެއްކަމަށް މިހާރު ތިގޮވަނީ
ހެކިބަހުގައި 2 އަންހެނުން 1 ފިރިހެނަކާ އެއްވަރު ކަމަށް ބުނާ ބުނުން ޤުރްއާނާ ތަޢާރަޒުވެ. ޤުރްއާނުގައި މުދަލުގެ ޙައްގުވެރިން ކަނޑައެޅުމަށްޓަކާ ވަސިއްޔަތް ކުރާއިރު 2 ފިރިހެނުން ނުލިބިއްޖެ ޙާލަތެއްގައި ފިރިހެނަކާ 2 އަންހެނުން އޮންނަނީ އެއީ ޚާއްސަ ޙާލަތެއް . އެއީ ހެކިބަސް ދިނުމަށް ބޭނުންވާ ޖިންސު ކަނޑައެޅުމުގެ ގޮތުން ބާވައިލައްވާފައި އޮތް ޙުކުމެއް ނޫން . އެކަން އެނގެނީ އެ އާޔަތުގައި ވެސް އޮވޭ .. " ތިޔަބައިމީހުން ރުހޭ އަންހެނުންގެ ތެރޭން 2 އަންހެނުން " މިހެން .މީ ހެކިބަސް ދިނުމަށް ޖިންސު ކަނޑައެޅުމުގެ ގޮތުން އޮތް ބަސްފުޅެއްނަމަ ރުހުން ނުވަތަ ނުރުހުން ނާންނެ .އަޅުގަނޑުމެން ޢައްޔަން ކުރާ މީހަކަށް ވާކަށް ނުޖެހޭނެ .ޢަމަލެއް ހިންގާއިރު އެތަންފެންނަ މީހާ އެއީ ހެކިވެރިޔަކީ. . ހެކިބަސްދޭ ހެކިވެރިޔާގެ ޝަރުތަކީ ބުއްދި ހުރުން ބާލިޣްވުން . އަޅެއްކަމުގައި ނުވުން . ރުޙޭ ނުރުހޭ. އެއީ ހެކިވެރިޔާގެ ގައިގަ ހުންނަންޖެހޭ ޝަރުތެއް ނޫން . މި އާޔަތް ފިޔަވައި ހެކިބަސް ދިނުމާ ބެހޭގޮތުން ދެން ޤުރްއާނުގައި ވާރިދުވެފައިވާ އެއްވެސް ބަސްފުޅެއްގައި އަންހެން ފިރިހެން ތަފާތުކުރަށްވާފަ އެއް ނެތް .
ކަލޭއާ މީސްތަކުން ދުުރުހެލިވުި ވަރަކަށް މިގައުމަށް އސިްލާމީ ޚަޟާރަތުގެ ހިޔާވަހިކަން ލިބޭނީ.