ރަށު ބަޔަކަށް ގުޅައި، ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅޭ ކަމަށް ބުނެ އއ. ފެރިދޫ މީހަކު ޖެއްސީ "އެއްޓެއް"ކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ރޭ އެމީހާ ދަން ޖެހިގެން އުޅޭ ކަން މީހުންނަށް އެނގުނުއިރު، އޭނާ ހުރީ ފަޅު ގެއެއްގެ ތެރޭގައި ފީފާއެއްގެ މައްޗަށް އަރައި ކަރުގައި ވާގަނޑެއް އަޅުވައިގެންނެވެ. އެއާއެކު އެތަނަށް ދިޔަ މީހުން އޭނާ ނަގައިގެން ސިއްޙީ މަރުކަޒަށް ގެންދިޔައިރު ހާލު ރަނގަޅު ކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ސިއްޙީ މަރުކަޒަށް ގެންދިއުމުން، އޭނާ ވަނީ ބޮލުގައި ރިއްސާ ކަމަށް ބުނެފައެވެ. ސިއްހީ މަރުކަޒުން އޭނާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ވާއިރު، އޭނާ ދަންޖެހިފައި ނުވާކަން ވަނީ އެނގިފައެވެ.

އޭނާ ވަނީ އޭގެ ކުރީ ރޭގެ ވަގުތެއްގައިވެސް އެ ރަށުގެ ބަޔަކަށް ގުޅައި، ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅޭކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލިބެއްޔާ

  އެހީވޭ.. ފަޟީޙަތް ނުކުރޭ..

  36
  2
 2. އަން

  ތިޔަވަރުގެ މީހަކު ދޫކޮށްލާފައި ބަހައްޓާކަށް ނުވާނެ. ހިލިހިލާ ޖަހާގެން ގެންގުޅެން ޖެހޭނީ.

  24
  4
 3. މުދައްރިސް

  ނަފްސާނީ ކަމެއް ހުންނަނީ ކަމަަށް ވެދާނެ... މީހުންގެ ޝައިޤުވެރިކަން ހޯދަން އުޅުމަކީވެސް ނަފްސާނީ ކަމެއް.. އަސްލަށް ދަންޖެހުމުގެ ކުރީން އޭނާއަށް ކައުންސިލިން ދޭންފެނޭ..

  43
  1
 4. ސަޓޯ

  ބިޓު ކެޓީމަ ރަށު ފެންވަރުގަ އެކްޓެއް ޖައްސާލީދޯ

  20
  6
 5. ޖިމީ

  ހަކުރުބޯން ވެގެން މީހުންއަތުން ނަގާފަ ހުރި ފައިސާ ހޯދަން ފަހަތުން ދުވަން ފެށީމަ ޕާޓުން ކުޅުނު ޑްރާމާ އެއް

  23
  4
 6. މަހަމަ

  މެންޓަލް މީހަކަށް ވާނީ. ކައުންސިލިން ދީ

  15
 7. ސިޑް

  އެހީބޭނުން