ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާގިނައިން ބާއްވާތީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ހަފްތާގެ ފަސް ދުވަހު މަޖިލިސް ޖަލްސާތައް އަންނަނީ ބާއްވަމުންނެވެ. މިއަދު ވެސް މަޖިލިސް ޖަލްސާއެއް ކުރިއަށް ދާއިރު މިއަދު ސަޕްލިމެންޓްރީ ބަޖެޓް ލިބިފައި ވާތީ ކޮމެޓީން އެކަން ދިރާސާކޮށް، ބަޖެޓަށް ގެންނަން ބަދަލުތައް މާދަމާ ރެއާއި ހަމައަށް ފާސްކުރެވޭ ވަރު ކުރަން މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އެދިވަޑައިގެންފައެވެ.

އެއާއި އެކު ޖާބިރު ނިޒާމާއި ބެހޭ މައްސަލައެއް ނަންގަވައިގެން މިއަދު ވަނީ "ގައުމު އެމަޖެންސީއަކަށް ދިޔައީތޯ" ސުވާލު ކުރައްވާފައެވެ.

"ރެއާއިި ދުވާލު އަޅުގަނޑުމެން މަސައްކަތް ކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ހޮވުނީވެސް ވަކި އުސޫލެއްގެ މަތިން. ދައުލަތް ފެއިލްވީމަ ދައުލަތް ހިފަހައްޓަން މަނިކުފާނު 24 ގަޑިއިރު (މަޖިލިސް ޖަލްސާ ބޭއްވުމަކީ) ނިޒާމީ މައްސަލައެއް. ރާއްޖޭގައި މަސައްކަތް ކުރުމަށް ޤާނޫނުތަކާއި ޤަވައިދުތަކާއި އިންސާނީ ޙައްޤުތަކަށް ވެސް ބަލަން ޖެހޭނެ. ދައުލަތް ފެއިލް ވުމަކީ އަޅުގަނޑުމެންނާއި ބެހޭ ކަމެއް ނޫން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ "މަސައްކަތް ކުރަމުން މިގެންދަނީ ކުރިމަތީގައި ހުރި މަސައްކަތްކޮޅު ނިންމާލެވޭތޯ" ކަމަށެވެ.

"އެއްވެސް ހާލެއްގައި އެމެޖެންސީއެއް ވީކީ ނޫން. އަޅުގަނޑަށް ފެންނަ ފެނުމުގައި އާދައިގެ އިންސާނަކު އާދައިގެ މިންވަރަކަށް މަސައްކަތް ކުރާއިރު ކުރާނީ އަޅުގަނޑު މިކުރާ މިންވަރަށް. އަޅުގަނޑަކީ އިތުރު މަސައްކަތެއް ކޮށްއުޅޭ މީހެއް ވެސް ނޫން." ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވާ ވަގުތު އިތުރުކުރި ނަމަވެސް މަޖިލިސް ރައީސް އާއްމުގޮތެއްގައި ހުރިހާ ވަގުތަކު ރިޔާސަތަކު ނީންނަވައެވެ. މެންދުރު ކުރިން އެމަނިކުފާނު ކޮންމެ ދުވަހަކު ވެސް ދެގަޑިއެއްހާއިރުގެ ބްރޭކެއް ނަންގަވައެވެ.

މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދާ ވަގުތު އިތުރުކޮށްފައި ވާއިރު މެންބަރުން ކުރާ މަސައްކަތާއި އެކަށީގެންވާ ވަރަށް ވުރެ މާބޮޑު މުސާރައެއް މެންބަރުންނަށް ލިބޭ ކަމުގެ ޝަކުވާއަކީ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަޓޯ

    މުސާރައަށް ރައްޔިތުންގެ ފައިސާއިން ބައި ލައްކައެއްހާ ރުފިޔާ ކައިފަ ދައްކާ ހަޔާތްކުޑަ ވަހަކަދޯ ؟؟ ޖާބިރު ކަލޭ ލަދެއް ނުގަނޭތަ ؟

    60
    5
  2. ކަހަނބު ވިތްޓޯ ޓޯ

    އޭނަރިހާކުރު ވިއްކަން ފަށަން ވެއްޖެއެއްނު އަޖައިބެއްނު

    34
  3. މިއަދު

    މިއަދު މަޖިލިހުގެރައިސްގެވެސް އަދި އެމްޑީޕީ ސަރުކާރުގެވެސް ވިސްނުމަކީ ސަރުކާރުން ހުށައަޅަ މައްސަލަތަކާމެދު މެމްބަރުންނަށް ހަމަވިސްނުންވިސްނައިގަނެވޭވަރަށް ވިސްނަން ވަގުތު ނުދީ ސީދާ ސަރުކާރުން ބުނާކޮންމެބަހަކަށް އާބަސްބުނުވުން

    25
    13
  4. ސޮނިފުހޭއިސްކިން ޓޯޓޯ

    ބޭބެ ފާރޮށި ފިހަންތަ؟

    22
  5. ބަކުރު

    އަދި ފިޒިކަލީ މަސައްކަތެއް ކުރަން ޖެހުނީމަ ކިހާވަރެއްވާނެ؟

    32
  6. XD

    އަހަރެމެން އާދައިގެ މީހުން ދުވާލުދާ ހަތަރުދަމު އަރާމެއްނެތި އާއިލާއަށް ވަގުތު ނުދެވި މަސައްކަތް ކުރާއިރުވެސް ލިބެނީ އަށްހާހަކަށް ރުފިޔާ.

    50
    1
  7. ހަސަދު

    ބުރައިއްޔާ އިސްތިއުފާ ދެއްވާ. ޚިދުމަތް ތެރިންނަކީ 24 ގަޑިއިރުވެސް މަސައްކަތް ކުރަން ޝައުގު ހުންނަންވާނެ މީހުން.

    27
  8. މެމްބަރު

    މަޖިލީހަށް މެމްބަރުން ހޮވި ރައްޔިތުންގެ ރޫހާއިޚިލާފްވާ މެމްބަރުންނާއި ހޮވުމަށްފަހު ރައްޔިތުންނާއިމެދު ހިތުހުރިގޮތަކަށް ކަންތައްކުރާ މެމްބަރުންގެ ގޮނޑި އެމެމްބަރަކު އިންތިޚާބުކުރި ދާއިރާގެ މެމްބަރުންނަށް ގެއްލުވާލެވޭނެ އުސޫލެއް ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ބަދަލުގެނެސްގެންނަމަވެސް އޮންނަން އެބަޖެހޭ، އެހެމްނޫނީ ތިމެމްބަރުން ރައްޔިތުންނަށްޓަކައި އެއްކަމެއްވެސް ކޮށްނުދީ މުޅިންވެސް އުޅޭނީ އަމިއްލަ ފައިދާއާއި މަންފާނެގުމުގައި އަވަދިނެތި،

  9. މޫންލައިޓް 25 އޮގަސްޓް 2019

    ޖާބިރޫ މޮޔަވީތޯ