މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުގެ ޚަރަދުތައް ހިނގާނެތީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފިއެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ބަޖެޓަށް ބަދަލުތަކެއް ގެންނަން މަޖިލީހަށް ހުށަހެޅީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ ޚަރަދުތައް އިތުރުވާނެތީ ކަމަށެވެ. އަދި ބައެއް ކަންކަމަށް ހުރި ފައިސާ އެހެން ކަންކަމަށް ބަދަލު ކުރަން ކަމަށެވެ.

ސަޕްލިމެންޓަރީ ބަޖެޓްގެ މަސައްކަތް ދިރާސާކުރައްވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފައްދާފައިވާ ބަޖެޓް ކޮމިޓީންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް މާދަމާރޭގެ ނިޔަލަށް ނިންމައިދިނުމަށް ކޮމިޓީގެ ކިބައިން އެދިވަޑައިގެންފައެވެ.

ސަރުކާރުން ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ބެޖެޓް ހުށަހަޅަނީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ސަރުކާރަށް ބޭރުން ލިބިފައިވާ އެހީތައް ހިމެނުމަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާތަނަށް އެބަޖެޓުން 13.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ބޭރުގެ އެހީގެ ގޮތުގައި ސަރުކާރުގެ މިވީ އަށްމަސް ދުވަހުގެ ތެރޭގައި 1.9 ބިލޔަން ރުފިޔާވަނީ ލިބިފައި ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އިއުލާން ކުރާ ރަސްމީ ތަފާސް ހިސާބުތަކުން އެއަދަދެއް ނުފެނެއެވެ.

ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މިއަދު

  2019 ވަނައަހަރަށް ސަރުކާރުންފާސްކުރި 30.2 ބިލިއަންރުފިޔާގެތެރެއިން މިވީ 7 މަސްދުވަހު މިޚަރަދުވީ 13.2 ބިލިއަން ރުފިޔާ އެއީ މަހަކަށް 1.86 ބިލިއަން ރުފިޔާމިއީވެސް ފެންނަންނެތް އަތްނުލެވޭކަންކަމަށް ކުރެވިފައިހުރި ޚަރަދު ބާކީހުރި 17 ބިލިއަންރުފިޔާއަކީ އެއްރެޖުކޮށް މަހަކަށް 3.4 ބިލިއަންރުފިޔާ ވީއިރު ދައުލަތުން ސަޕްލިމަންޓްރީ ބަޖެޓެއް މިހުށައެޅި ބޭނުން ދިވެހިރަޢިއްޔަތުންނަށް އިތުރަށް ސާފްކޮށްދޭންއެބަޖެހޭ

  26
 2. ކަހަނބު ވިތްޓޯ ޓޯ

  ވަގައް ނަގަނީތަ

  23
 3. ޑެއިލް

  ބަޖެޓަށްވުރެ އިތުރަށް ހަރަދުވަނީ ކޮންކަމެއް ސަރުކާރުން ކޮށްގެން ހެއްޔެވެ. ގައިމު މުސާރަދިނުން ނޫންކަމެއް ނުކުރޭ. އެކި ކަރަކަރައިން އެތައް މިލިޔަން ރުފިޔާ އެކި ނަންނަމުގަ އެބަ ހޯދާ. ތިފައިސާ ބޭނުންކުެާ މީހުން ފިނޭންސް މިނިސްޓަރަށް އިނގެންޖެހޭ. މިކަމާ އިއްޒަތުން ފުރިފެންވާ މެމްބަރުން ހިމޭނުން މިތިބެނީ އަޅެ ފަހެ ކީއްވެބާ. ފަސް އަހަރު ނިމޭއިރު މުސާރަދޭނެ ފައިސާ ދައުލަތުގަ ހުންނާނެބާ.

  23
 4. Anonymous

  މުޅީންވެސް އޮޅިވާލައިގެން ހުރިހާ ކަމެއް ކުރަނީ. 13.2 ބިލިޔަން ރުފިޔާ ޚާރަދުވީ ކޮންކަމެއް ކޮއްގެންތޯ. ތަފާތު ލާދީނީ ކޮމިޓީތަކާއި ގާނޫނާއި ގަވާއިދު ހަދައިގެންތޯ. ހަމަ ގައިމުވެސް އެއްވެސް ޕްރޮޖެކްޓެއް ނެތް ފެށިފައެއް އަދި ފައްޓާފަވެސް

  18
 5. މިއަދު

  2019 ވަނައަހަރަށް ފާސްކުރި 30.2 ބިލިއަން ރުފިޔާގެ ތެރެއިން މިހަތަނަށް ޚަރަދުވި 13.2 ބިލިއަން ރުފިޔާއާއި ދައުލަތުގެ ރިޒައުގައި ހުރި ފައިސާއިން މަހުންމަހަށް ނަގަމުންގެންދާ ފައިސާއިން ތިކުރާޚަރަދު ދިވެހި ރަޢިއްޔަތުންނަށް ސަފްކޮށްނުދީ ތިބަޖެޓު ފާސްކުރުމަކީ ބޮޑުގޯހެއް މުސްކުޅިން ބުނެއުޅޭ މިލަދޫ މީހުން ބަކަރިކިރުފެލަންވެގެން ގިތެޔޮ ފޯކުގައި އޮބިއެޅިވާހަކަ އެގޮތަށް މިއުޅެނީ ޕާޓީމީހުން މުއްސަދިކުރަން ގައުމުގައިތިބި ނިކަމެތި ފަގީރުން އިތުރަށްފެލާލަންވެގެންބާ؟

  15
 6. ކެނެރީގެ މާފަތް އެދުރު

  މިއީ އަހަރުމެން އޭރުވެސް ދެއްކި ވާހަކަ މިމީހުންނަށް 40 ބިލިޔަން ހަވާލުކުރިޔަސް ގެންގުޅެން ނޭގެންޏާ ދެން ދެގުނައަށް ބޮޑު ބަޖެޓެއް ހަވާލުކުރިޔަސް ވާނެ ކަމެއްނޯންނާނެ ނަހަލާލު ސަރުކާރަކަށް ނޭގޭނެ ހަލާލުގޮތުގަ ފައިސާ ބޭނުންކުރާކަަށް ތަންތަނުގަ ތިބި ރަންޑީންނާއި ތަންދޮރު އޮޅުން ނުފިލާތިބި މޑޕ ޕާޓޭ މެންނަށް ސްޓޭޓް މިނިސްޓަރު ކަމާއި ދެންޖެހުނު މަގާމުތައް ދީގެން ބަޖެޓް ދަވާލީމަ ދެން ބުނެވޭނީ ކެންނާރި ދަންނަ ނުދަންނަ މާފަތް އެދުރު ކަލޭގެފާނު ބުނާކަހަލަ ވާހަކައެއް ނުފޯރާ ފޮތިން ފޫގެޅީމަ ދެން ފެންނާނެ އެއްޗެއްގެ ވާހަކަ ތިތަންތަނަށް މިނިސްޓަރުކަމަށް އައްޔަންކޮށްފަ އެބަތިބި ކޮމްޕިއުޓަރުން ރަނގަޅަށް ޓައިޕްކުރަން ނޭގޭ މީހުން މީހަގީގަތް މިހާރުވެސް މިކަން މީޑިއާ މެދުވެރިކޮށް ދުރަށް ދައްކައިގެން ޓެސްޓްކުރަންވީ އޭރުން އެމީހުންގެ ފެންވަރު ރައްޔިތުންނަށް ފެންނާނެ މިއޮތް ތަހުޒީބު ދުވަސްވަރު އެމީހުންގެ ހާލަތަކީ މިއީ ދެން ބަޖެޓް ދާނެގޮތް ރައްޔިތުން ވިސްނާލުން ރަނގަޅު

  17
 7. ިއެޗް އާރު އެމް

  އެއީ އެމް ޑީ ޕީ އިންކައުނސިލްއިންތިހާބައްޚަރަދުކުރަންފައިސާހޯދަންވެގެން

  15
 8. ހުސޭނުބޭ

  ރައީސްކަމުގައި ބޮޑު ވަގަކު ހުރެ ރާއްޖެ މިއޮއް ކައި ހުސްކުރަނީ!

  15
 9. ބުއްފުޅިދޭ އަނީސަާ

  އެހެން މިީހުންނަށްވެސް ދޭންވާނެދޯ އެކަނި ކައިގެންނުވާނެ ގައުމު ބަޑަށް ޖެހި ނީ

  12
 10. ދޮގެއް؟

  ޚަރަދުވާނީ ކަމެއް ކޮށްގެންތާ. ވަގަށް ނަގާ އެކައުންޓްތަކަށް ކަހާލާފަ އަނެއްކާ އަނެއް ބައިވަރު ދަވާލަންވީ؟ ކިހާ ބޮޑު މުސީބާތެއް.