ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ ހުރިހާ މެންބަރުން އިންސާފު ބޭނުންވާ މިންވަރަށް އެހެން ބޭފުޅުން ވެސް އިންސާފު ބޭނުންވާ ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ޤާނޫނާއި ހިލާފަށް ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފާހަގަ ކުރެވުނު 17 ކަމެއް ހިމެނުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓާއި ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިބި ފަސް ފަނޑިޔާރުން ވަކިކުރަން ބޭނުންވާނަމަ ކޮންމެހެން މަޖިލީހަށް ޤަރާރުތަކެއް ހުށަހަޅަން ނުޖެހޭކަމަށާއި، ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ފަހު އެބޭފުޅުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން އެކަން ނިމުނީ ކަމަށެވެ.

"ސިޔާސީ މަޤުޞަދެއް ހާސިލްނުކޮށް މިކަން ކުރިއަށް ގެންދާނަމަ އެއީ އެންމެން ވެސް އެކަމަށް ތަރުހީބު ދޭނެ ކަމެއް. އަދުލްއިންސާފު ގާއިމް ކުރުމަކީ އެންމެން ވެސް ބޭނުންވާކަމެއް. އިއްޒަތްތެރި ރައީސް އާއި އަދި އެމްޑީޕީގެ 65 މެންބަރުންނާއި އެއްވަރަށް އަޅުގަނޑުމެން ވެސް ބޭނުންވާ ކަމެއް. މާދަމާ އަޅުގަނޑުމެން ޝަރީޢަތާއި ކުރިމަތިލާއިރު އެތަނުގައި އަދުލްއިންސާފު ނެތިއްޔާ އަޅުގަނޑުމެން ކިހިނެއްތޯ އަދުލްއިންސާފު ހޯދާނީ. އެހެންވީމަ އަޅުގަނޑުމެން ވެސް އަދުލްއިންސާފު ބޭނުންވާނެ ނޫންތޯ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އިސްލާމްދީނުގައި ޙުކުމް ކުރަނީ ބޭފުށަށް ކަމަށާއި އެހެންކަމުން ބައެއް ފަހަރު މޮޅަށް ވާހަކަދައްކާ މީހާގެ ކޮޅަށް މައްސަލަތައް ނިމޭ ކަމަށެވެ. ކޮންމެ ފަހަރަކު މައްސަލަތައް ވަކި ގޮތަކަށް ނިމެނީ ނުފޫޒެއް ފޯރުވައިގެން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެފްރިކަން އައްޔަ

    ސަލީމު އެ ދެއްކިވާހަކައަކީ ވަރަށް ފުރިހަމަ އަށް ދެއްކި ވާހަކައެއް! އަދުލް އިންސާފް ނޭންގޭ ދީން ގަބޫލު ނުކުރާ ބައިގަނޑަށް ކިހިނެއްތޯ އަދުލް އިންސާފު ހޯދޭނީ! އިންސާފަކީ ކޮބައިކަން އެނގެނީ ދީނުން! އެއްގިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވަނި އަމިއްލައަށް ގޮތްކިޔާ މީހުން ތަންތަނަށް ލައިގެން، ޝުޖޫން އާއި އަޒްމިރާލްޑާ ކަހަލަމީހުން ސުޕްރީމްކޯޓައް ލައިފިނަމަ ކުޑަކުދިންނާއި އާއިލާތެރޭ ޒިނޭކުރުން ހުއްދަވެގެން ދިއުމަކީ އެކަށީގެންވާކަމެއް!

    44
    2
  2. އިސްކިންޓޯޓޯ

    ދިވެހިންގެ ތެރެެޭގައި މިހަަާާރުވެސް ބަތަލުން އުޅޭނެ

    7
    2
  3. ޕޮޕޮޮޮޮޕޮ

    އިންސާފެއް ނެތް

    9
    1
  4. ދޮށީ އަނބި

    ދެން ޖެހޭނީ ތެޅިތެޅި ތިބެން... ޕާޓީ ފިކުރު އަހަރުމެންނާއި ތަފާތުވާ މީހާ ދެމެމުން އަދި މިފިކުރާއި ދިމާއަށް ލޮލުން ބޮޅުން އެދިގެން މުޅި އާއިލާ ގޮވައިގެން އައުން އޮތީ ދުރަކުނޫނޭ މިއީކީ ސަލީމްބެއަށް އެކަނި ބުނި ވާހަކައެއްނޫން... ހރިހާ ދިވެހި ލޮބުބެތި ރައްޔިތުންނަށް... ވީ އާރ އެމޑީޕީ