ޝަރުޢީ ދާއިރާ އާއި ބެހޭ ގޮތުން އިތުރު ރިޕޯޓްތަކެއް ތައްޔާރުކޮށްގެން މަޖިލީހަށް ހުށަހަޅާ އަދި އިތުރު ތަޙްޤީޤުތަކެއް ކުރާނެ ކަމެއް ނެތް ކަމަށާއި ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މަސައްކަތް އެއް ދުވަހުން ނިންމާލަންވީ ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ޤާނޫނާއި ހިލާފަށް ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފާހަގަ ކުރެވުނު 17 ކަމެއް ހިމެނުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓާއި ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅުން އެމްޑީޕީ އަށް ނިސްބަތްވާ ޔައުޤޫބު ވިދާޅުވީ އޭނާ އެރިޕޯޓް ދިރާސާ ނުކުރާ ކަމަށާއި އޭނާ ދިރާސާ ކުރީ ފަނޑިޔާރުންނައި ބެހޭ ގޮތުން ރައްޔިތުން ތައްޔާރުކޮށް އެބޭފުޅުންނާއި ހަވާލުކޮށްފައިވާ ރިޕޯޓްތައް ކަމަށެވެ.
"އެ ރިޕޯޓްތަކަށް ބަލާއިރު އަޅުގަނޑުމެންނެއް ނުޖެހޭ މިރާއްޖޭގެ ފަނޑިޔާރުން، ހާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބެހޭ އިތުރު ދިރާސާއެއް ކުރާކަށް. އިތުރު ރިޕޯޓެއް ހަދާކަށް. އިތުރު އިންވެސްޓިގޭޝަނަކަށް ދާކަށް. ވަރަށް ސާފުކޮށް، ވަރަށް ޞަރީހަކޮށް އެކަން ނިމި އަޅުގަނޑުމެންނާއި ރައްޔިތުންނާއި ވަކި ގޮތަކަށް އެއްބަސްވެވިގެން އަޅުގަނޑުމެން މި މަޖިލީހަށް އައިސް މިތިބީ." ޔައުޤޫބު ވިދާޅުވިއެވެ.
މިހާރު އިތުރު ރިޕޯޓެއް ހަދަން ނުޖެހޭ ކަމަށާއި މިހާރު ކުރަން އޮތް ކަމަކީ ފަނޑިޔާރުން ވަކިކުރުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
"ވަގުތު ބޭކާރު ކުރުން ނުވަތަ ބޭކާރުވުން މިދަނީ. ރައްޔިތުންގެ ޝަކުވާ އަކީ ފަނޑިޔާރުން ވަކި ނުކުރުމުގެ ޝަކުވާ. ތިން މަސް ވެގެން މިދިޔައީ މިކަން ނުވެ. މިއީ އެންމެ ދުވަހަކު ވެސް ނިންމާލެވޭނެ ކަމެއް." ޔައުޤޫބު ވިދާޅުވިއެވެ.
އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ވައުދު ވެގެންނެވެ. އެވައުދު ފުއްދުމަށް ބައެއް ޤާނޫނުތައް ފާސްކުރުމާއި ބައެއް ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީ އިން ގެންދަނީ ކުރަމުންނެވެ.
ޖުޑީޝަރީ އިސްލާހުކުރުމުގެ ނަމުގައި، އެތަނަށް އިސްލާމީ އުޞޫލުން ބޭރުން، އިސްލާމީ ޝަރީޢާގެ ޢިލްމު ނުވެސް އެނގޭ، އިސްލާމީ ޝަރީޢާ ޤަބޫލުވެސްނުކުރާ ފަނޑިޔާރުން އައްޔަނުކޮށް، މުޅިތަން ސެކިއުލާ ކޮށް، އަދި އެމްޑީޕީން ބޭނުންވާކަހަލަ ޙުކުމްތަށް ކުރާނެ ބަޔަކު އެތަނަށް ލުމުގެ ކަންކަން ދަނީ ވަރަށް ބާރުސްޕީޑްގައި.. ރައްޔިތުން ދިން ވޯޓް ބޭކާރެއް ނުވާނެ...
ކަލެޔަށް ޔަޢުޤޫބު ކިޔާތީ ހައިރާންވޭ!މިއީ ހައްދުފަހަނަޅައިފައިވާ މީހެއް!
ކަލޯ ކިހާދުވަހަކު ދުނިޔޭގަހުރެވޭނެތޯ ހެއްދެވިފަރާތެއްވާކަންޤަބޫލުކުރައްވަންތޯ މިއަދުލިބިފައިވާއާރާބާރު ކުޑަހިނދުކޮޅެއްގެތެރޭވެސް ނިމިދާނެ އެކަނިއޮންނަނަޖެހޭދުވަހު ގައިގަފޮތިގަޑެެއް އަޅައިދެނީވެސް އެހެންމީހުން ތިމާއަމިއްލައަށް އެއްވެސްކަމެއްނުކުރެވޭ ރިޝްވަތުދީގެނާ ނުފޫޒުފޯރުވައިގެން މިއަދުކަންތައްތަކެއްކުރެވިދާނެ މާދަމާއާމެދުވިސްނާލަށްވާ
ކުފޫ ހަމަވާން ހަމަ ގާތްވެސް ނުވޭ. މަޖިލީހުގައި ކަންކަން ނިންމަނީ ނުވަތަ ނިންމަން އޮންނަނީ މަޝްވަރާކޮށް ބަހުސް ކޮށްގެންކަން ނޭގޭ މީހުން މަޖިލީހަށް އައީ ކީއްކުރަންބާ! ތީކީ އެއްވެސް ބުރަދަނެއްހުރި ތާކުންތާކު ޖެހޭ ވާހަކައެއްނޫން.. ތި ޖެހުނީ ވަރަށްވެސް ބޮޑު " ޖަމަލުފޮޑިއެއް"
ޔާގޫބާ. ބަލަ ޔާގޫބު ޗަހަރީ މި ގައުމުގެ ގާނޫނު ހަދާ މަޖްލީހުގެ މެމްބަރަކަށޭ. ޔާގޫބު ފުރަތަމަ ގާނޫނީ އިމުން ބޭރުން ކަންކުރާ ވާހަކަ ދައްކައިގެން ކޮންކަމެއް ގާނޫނުގެ ތެރެއަށް ފެއްތޭނީ. ކައްޗާށް އެޅި ބިން ގަލެއް ކެއްޗާ ހަމައަށް ދިޔަސް ހުންނާނީ ކައްޗަށް . މީ ވ. ވާހަކަ.
ހާދަހާ ޒާތީވެގެންނޭދޯ މިމީހުން މިއުޅޭނީ! ބަލަ ވެރިކަމަށް އައިއިރު މެނިފެސްޓޯގައި ބަދަލުހިފާނެކަމުގެ ވާކަވެސް އޮތް އޮތާ؟؟ އެ ފޮޅުވަތް އޮތީ ސިއްރިޔާތުގައި ފޮރުވިފައި އޮތާ؟؟؟ މަހަމަ ތިމީހުންނަށް ހައިރާން ވެއްޖެ.
މީހާއަށް ބަލާލައިފައިވެސް އެނގޭ ގޮތެއްފޮތެއްނެތް ވަލުބުޑުނުކަނޑާ ގަމާރެއްކަން! ތިއެއްޗެހިންނަށް އޮންނާނީ ޖަންގަލީ ޤާނޫނު!
މޮޔައެއް... ބޮލެއް ނެތް މީހާގަނޑު
މިކަހަލަ ތަނެެެއް ދޮރެއް ނުދަންނަ މީހުން މިހާރު މިއޮތް މަޖްލީހުގަ ތިބީ ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭނގެ މީގެން ބީތާ އަކައް އަމިއްލަ ނަންވެސް އަރަބި ބަހުން އަޅަން އެނގުނިއްޔާ މޮޅު.
އޭނާ ގައިގާ ޖަހާ ހަމަ އެމްޑީޕީ މީހެއްވައްތަރުވެސް.
މަގޭ ޚިޔާލު! ސްޕްރީމްކޯޓުގައި މިހާރު ތިތިބީ އިބްލީހަށްވުރެ އެންމެ ތަންފުކެއްވެސް ލާހިކު ބަޔެއްނޫނެވެ. އިސްލާމީ ޝަރީޢަތުގެ ކުލަވެސް ހުރި ބައެއް ނޫނެވެ. ރިޝްވަތާ މާލިއްޔަތަށް ގެއްލި އެވަގުތަކު ބާރު އޮތީ ކޮންފަރާތަކަށްތޯ ބަލާ އެފަރާތަކަށް މޮޅުވާގޮތަށް ޝަރީޢަތްކޮށް ޙުކުމްކުރާ ޖައްބާރުންނެވެ. އަންނި ޤާޟީއަކު ވަގަށް ނެގިކަމާއި ، އަދީބު މީހަކުމަރާލުމަށްޓަކައި ލޯންޗެއްގައި ބޮމެއް ގޮއްވާލިކަމާއި ، ޢިމްރާނު މާރާމާރީ ހިންގުމަށް ގޮވައިލިކަމާއި ، ފާރިޝް ރިޝްވަތު ނެގިކަމާއި ، މައުމޫނު ، ވެރިކަން ވައްޓާލުމަށް ގޮވާލާ ފުލުހުންގެ އަމުރަށް ބޯ ނުލެބިކަމާއި މިހުރީ ރޯމާދުވާލު އެންމެންގެ ކުރިމަތީ ހިނގާފަހުރި ކަންތަކެވެ. މިކަންކަމުގެ ޝަރީޢަތްހިންގާ ދެފަރާތުން ވަކާކލާތުކޮށް އެފަރާތްތަކަށް އަދަބުދިނުމަށް ޙުކުމްކޮށް އަނެއްކޮޅަށް ބާރުދިޔމުން އެ ޙުކުމްތައް ބާޠިލްކޮށް އެ އެންމެން މިނިވަންކޮށް މިހުރީ ޝައިޠާނީ ޢަމަލުތަކެއް ނޫންހެއްޔެވެ؟
ކަލޯ މާ ބާރަށް ނުފެލޭށެވެ. ބާރާއި ނުފޫޒަކީ ހިނދުކޮޅެއްގެ ކަމެކެވެ.
މަޖިލީހުގައި މިހާތަނަށް ދެކެވިފައިވަނީ އަނިޔާވެރި ކަމުގެ ވާހަކަ. ތިގޮތަށް އަނިޔާވެރިވުމަކަށް ނޫން ރައްޔިތުން ވޯޓުދީފަވަނީ. ދާންދޫ ދާއިރާއަށް ލިބިފަހުރި އަނިޔާވެރިޔެއް ތީ.
ގޮބާ ކިތައްވަގުން މިހާތަނަށް ހޯދިއްޖެ. ކޮބާ 30 ބިލިޔަން ދަވާލި ވަގު. އޭގައި ކަލޭގެ އަތެއްވެސް އޮންނާނެ. އަވަހަށް ހިފާ ހައްޔަރު ކުރޭ.
މި ބޭފުޅާގެ ތަޢުލީމީ ފެންވަރު އެނގޭ ބޭފުޅަކު ހުރިއްޔާ ބުނެލަދީބަލަ
މީހަމަތަނެއްގަހުރި ގަމާރެއް ބަޔަކުމީހުން ހޮވާފަހުރި ބަލަ ރައްޔިތުންގެ މަޖްލިސް މަޖްލިސް މިކިޔަނީ މަޝްވަރާތަކެއްކުރާ ތަނަކައްވާތީ އެހެންނޫންނަމަކިޔާނީ ރައްޔިތުމީހާގެ ގެ އޭރުންކޮންމެހެން މަޝްވަރާކުރާކައްނުޖެހޭނެ ހިތައްއެރިގޮތަކައް ނިންމާލެވޭނެ
ރާމާ މަކުނު ސްޓައިލް
ތިކަލޭގެ ވަޒީފާ އަދާކުރި ތަންތަނުގަ ވަޒީފާ އަދާކުރީ ކިހިނެތްކަން އެނގޭނީ ހަމަ ބައުޔޫގަށް. މުޅިން އުޅުނީ ކަޓް ޖައްސައިގެން. އެކަމަކު މިއަދު މާފެލޭ ހެދިގެން އިސްލާހު ޖާޑިން ނުކުމެ އެހެރީ. ލަދެއް ހަޔާތެއް ވެސް ނުހުންނާނެ. އަޚުލާޤީ ފެންވަރު ވަކަރުގޭ ކުއްޖަކަށްވުރެވެސް މާދަށުގަ ހުންނާނީ
ޖޭއެސްސީގައި ތިބީ އެމްޑީޕީ މީހުން ޕާޓީ އޮފީސް ހިންގާހެން ޖުޑިޝަރީ ހިންގަން އުޅުނީމާ ކިހިނެއްތޯވާނީ ސިޔާސީ ޕާޓީއަކުން އެތަނަށްވަނީމާ.