އައްޑޫސިޓީ ރީޖަނަލް ހޮސްޕިޓަލަށް ދިޔަ މާބަނޑު އަންހެނަކަށް އައްޑޫ ސިޓީ ގަމުގެ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ގަމު ފުލުހުން މާބަނޑު އަންހެނާއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދަންދިޔަ ކާރެއް އައްޑޫ ސިޓީ ލިންކް ރޯޑުގެ ފަޅު ރަށްތައް ކައިރިން ހުއްޓުމާ ގުޅިގެންނެވެ.

ފުލުހުން ވަނީ ކުއްލި ހާދިސާއެއް ދިމާވެއްޖެނަމަ އެކަން އެންގުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އަބަދުވެސް ރައްޔިތުންގެ އެހީވުމުގައި ދުލުހުން ދެމިތިބޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހު އަގު ބޮޑު ސާމާނުތަކެއް ވެރިޔަކު ނެތި އިއްޒުއްދީން ފާލަން ކައިރީގައި ބަހައްޓަފައި ހުއްޓާ ފުލުހުންވަނީ އެތަކެތި އެފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސް ވަކި ފަރާތެއް ހޯދައި ހަވާލު ކޮށްދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާނު

    މިވެސް ހަބަރެއް

    4
    4
  2. ޕޮގުބާ

    މިވެސް ކަމެއްތަ؟ އެމީހާބަނޑުގަރިއްސާނަމަ ލިންކް ރޯޑް މަތީގަ ވިހާނީވެސް