ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލް ގުޅިގެން "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ލ.ކައްދޫގައި މިއަދު ފަށައިފިއެވެ.
"އެކްސަސައިޒް ފްލޭޝް މެޓަލް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހާއި ހަމައަށެވެ. މިއެކްސަސައިޒް ފެއްޓެވުމުގެ ގޮތުންވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކުއޯޓަރޒް ލ.ކައްދޫގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނުތައް ކުރިއަށްދަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކައްދޫގައި ކަމަށާއި މި ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް އާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވާނެ ކަމަށެވެ. އޭގެ އިތުރުން މުދައްރިބުންގެ ގޮތުގައި އެމެރިކާގެ ނޭވީ ސީލްގެ ސިފައިން މި ތަމްރީނުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އޮފިސަރުންނާއި، އެމެރިކާ އަސްކަރިއްޔާގެ ނޭވީ ސީލްގެ ސިފައިންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވާ ދިވެހި ސިފައިން ވެސް ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ޢެމެރިކާއައް ގައުމް ވިއްކާލީބާ
އެމީހުން ކައިރި ބުނެބަލަ ކަލޭމެންގެ ގައުމު އޮތީ އިޒްރޭލުން ހައިޖެކް ކޮއްފައޭ.