ގަހެއްގެ ގޮފިިގަނޑަކުން ޖެހި، ތ. ވޭމަންޑޫ މުދިމަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި މުދިމަށް ލިބުނު އަނިޔާތައް ސީރިއަސްއެވެ. ބަނބުކެޔޮ ގަހެއްގެ އޮފިގަނޑަކުން މުދިމު ގައިގައި ޖެހުނުއިރު، އެ ހާދިސާ ހިނގީ މުދިމު ބަލަހައްޓާ ގޯޗެއްގައި ހުރި ގަހަކުން ވެއްޓުނު ގޮފިގަނޑަކުން ޖެހިގެންނެވެ. ގޮފިގަނޑު ވެއްޓުނުއިރު، މުދިމު އޮތީ ގަހުގައި އެލުވާފައިވާ ހުރި އުނދޯއްޔެއް ގައެވެ.

ވޭމަންޑޫގެ މުދިމަކީ އާދަމް ސައީދެވެ.

މުދިމު އޮތް އުންދޯލި --- ވަގުތު އިމޭޖްސް

ވޭމަންޑޫ ހޮސްޕިޓަލުން "ވަގުތަށް" މައުލޫމާތު ދިން ގޮތުގައި ގޮފިގަނޑުން ޖެހިފައި ވަނީ ބޮލުގައި ކަމަށެވެ. އޭގެ ސަބަބުން ބޮލުގެ ބޮޑުބައެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި، އޭގެ އިތުރުން މައިބަދައިގެ ކަނދުރާގެ ކަށިތަކަށްވެސް ގެއްލުން ވެފައިވާ ކަމަށް އެކްސްރޭއިން ދައްކާ ކަމަށެވެ. އަދި ކަނދުރާގެ ކަށިތަކުގެ އިތުރުން ސިކުނޑިއަށް ގެއްލުންވެފައިވޭތޯ އެމްއާރްއައިއެއް ހެދުމަށް މާލެ ފޮނުވާލާފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ހޮސްޕިޓަލުން ބުނީ ގެންދިޔައިރު އޮތީ ހޭނެތިފައި ކަމަށެވެ.

އާދަމް މާލެ ގެންދިޔުމުގެ ތެރެއިން --- ވަގުތު އިމޭޖްސް

މުދިމުގެ ހާލު ސީރިއަސް ކަމަށް ހަބަރު ލިބިފައިވާއިރު، އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އޭނާ މާލެ ގެންދިޔުމަށް މިހާރު ފުރާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަހުރެން

  އެ މް އެން ޑިއެފް ހެލިކޮޕްތަރެށްއޮވެތަ އެއިއިންޑިހެލިކޮޕްތަރެށް

  21
  6
  • އެއްކަލަ ގޮލާ

   މި ސުރުހީގެ އެންމެ މުހިންމު ނުކުތާއަށް ތި އަލި އަޅުވާލީ. މީހަކަށް ކަމެއް ވެގެން އުޅޭކަމެއްވެސް ނޭނގެ.

   21
 2. ޕޮގުބާ

  މުދިމް ތަ؟ ގޮފިގަނޑުގަޖެހުނީ މުދިމުންނަކީ ވަރަށް ހާއްސަބައެއް އަދުލުވެރި އިމާމުން ކުރާދުޢާ އަވަހަށް އިޖާބަކުރަށް ވާނެ މުދިމަށް ހިޔޮރަހުމަތް ލައްވާށި އާމީން

  37
 3. ާައަސްލަމް

  އަދުލުވެރިއިމާމުން ކުރާ ދުޢާ އާއި ﷲ ދެމެދު ހުރަހެއް ނުވެ އިމާމުގެ ހުރިހާކަމެއް ސަރުކާރުން ބަލަހައްޓަންވާނެ އިމާމުންނަކީ މާތްބައެއް

  37
  1
  • ދިދަ ހަސަން

   ތިއޮތީ މާނަ އޮޅުވާފަ. އެހަދީސްގައި އަދުލު ވެރި އިމާމާ ( އެއީ ވެރިމީހާގެ ވާހަކަ) މުދިމެއް ނޫން

   11
   1
 4. ކަނޑުއަލީ

  ތިއީ އަޅުގަނޑުމެންގެ ފަޚުރު ޤައުމީ ދިފާއީ ބާރުގެ ހެލިކަޕްޓަރެއްތޯ؟ ނުވަތަ ދިވެހިން އެބަޔެއްގެ މުށުތެރެއަށް ގެންދަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ، ދިވެހިންގެ އަދުއްވުން މިޤައުމުގެ ކަންކަން ޖާސޫސު ކުރަން ބޭނުން ކުރާ އުޅަދެއްތޯ؟

  9
  1
 5. ރަށު އިމާމު

  މުދިމު ތަ ނުވަތަ އިމާމު ތަ . މިއީ ދެ ދަރަޖައެއް. އިމާމުން ގެ ރޭންކް މަތި ވާނެ. މުސާރަވެސް އެހެންވުމުން ތަފާތު.

  4
  1
 6. ައާންމުން

  ހިކި ގޮފި ގަނޑެއްގަ އުދޯލި އެލުވުން އެއީ ވ ދެރަކޮން ކުރެވިފަވާ ކަމެއް

 7. ޕޮގުބާ

  އިމާމުންނަކީ އިމާމަކަށްވެހުރެ މީހުންފަހަތަށްލައިގެން ނަމާދު ކުރާމީހުން އަދުލުލުވެރި އިމާމުންނަކީ އޭގެތެރޭ އެންމެ ރަގަޅު އިމާމުން އިމާމުންނަކީ ގައުމުގެ ވެރިމީހެއްނޫން އިމާމުންނަށް ކިޔަނީ މިސްކިތުގަ އިމާމުވެ ނަމާދު ކުރާމީހުންނަށް ގައުމުގެ ވެރިމީހަޔަށް ކިޔަނީ އަދުލުވެރި ވެރިމީހާ ނޫނީ އަނިޔާވެރި ވެރިމީމީހާ ނުވާނެ ސާފެއް

  2
  6
 8. މުހައްމަދު

  ޢިމާމަށް އަވސް ޝިފާއެއް ދެއްވާށި. އަދުލުވެރި އިމާމުންގެ ވާހަކަދެކވޭއިރު އެ ބުނަނީ ނަމާދުގެ ޖަމާޢަތުގައި އިމާމަކށް ހުންނަ މީހާގެ ވާހަކައެއްނޫން. އެބުނަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ވާހަކަ. ޙާކިމާ، ޥަލިއްޔުލްއަމްރު، އިމާމު އެއީ އެންމެ ވެރިޔާއަށް ކިޔޭ ނަންތަކެއް