އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ގުޅޭގޮތުން އައިސްފައިވާ ރައުޔުތަކުގެ ތެރެއިން ބޮޑަށް ބުރެވެވެނީ ގާޒީކަމަށް އަންހެނަކު އައްޔަން ކުރުން ހުއްދަ ނޫންކަމަށް ބުނާ ރައުޔު ކަމަށާއި، އެ ނޫން ރައުޔެއް އިހްތިޔާރު ކުރި ނަމަވެސް ފާފަވެރި ނުވާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.
އަދާލަތް ޕާޓީގެ އިލްމުވެރިންގެ މަޖިލިސް އިން ނެރެނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ގުޅޭގޮތުން އިލްމުވެރިންގެ ތިން ޤައުލެއް އައިސްފައިވާކަމަށެވެ.
އެގޮތުން ފުރަތަމަ ރައުޔުގައި ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ މުތުލަގު ކޮށް ހުއްދަ ކަމެއް ނޫންކަމަށް ކަނޑައަޅާފައިވާއިރު، އެއީ އިސްލާމީ އުއްމަތުގެ ގިނަ ދަންނަ ބޭކަލުން (ޖުމްހޫރީ އިލްމުވެރިން) ރައުޔު ކަމަށް އަދާލަތް ޕާޓީ އިން ވިދާޅުވިއެވެ.
އެގޮތުން އެއީ މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި، ހަންބަލީ މަޒުހަބުގެ ރައުޔުއެވެ. އަދި ހަނަފީ މަޒްހަބުގެ އިމާމް ޒަފުރުގެ ރައުޔުއެވެ.
އަދާލަތް ޕާޓީއިން ވިދާޅުވީ މި ރައުޔުގައި އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނުން ފަނޑިޔާރު ކަމަށް ގެނައުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ.
"އަދި އެފަދައިން އައްޔަން ކުރާ މީހާ އާއި ކުރެވޭ މީހާ ފާފަވެރި ހުއްޓެވެ. އަދި އެފަދައިން ކުރެވޭ އައްޔަނަކީ ބާތިލު އައްޔަނެކެވެ. އަދި އެފަދައިން އައްޔަން ކުރެވޭ ފަނޑިޔާރަކު ކުރާ ހުކުމަކީވެސް ބާތިލު ހުކުމެކެވެ." އަދާލަތް ޕާޓީގެ ބަޔާނުގައިވެއެވެ.
ދެވަނަ ރައުޔަކީ ހައްދާއި، ގިސާސުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަންހެނަކު އަންހެނަކު ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށް ބުނާ ރައުޔެވެ.
މި ރައުޔު ވާރިދުވެފައިވަނީ ހަނަފީ މަޒްހަބުގެ އިލްމުވެރިންގެ ތެރެއިން އަލް އިމާމު ޒިފަރު ފިޔަވައި ދެން ތިއްބެވި އިލްމުވެރިންނާއި، މާލިކީ މަޒުހަބުގެ ބައެއް އިލްމުވެރިންގެ ފަރާތުންނެވެ. އަދި މިއީ އިމާމް އަބޫ ހަނީފާގެ ރައުޔު ކަމުގައި އަލް އިމާމް އަބްދުލް ހަސަން އަލް މާވަރުދީއާއި އިމާމު އިބުނު ހާޖަރު އަލް އަސްގަލާނީއާއި އިމާމު އިބްމު ގުދަމާގެ ފަރާތުން ވާރިދުވެފައިވެއެވެ.
މި ޒަމާނުގެ އިލްމުވެރިންނަށް ބަލާއިރު، ޑރ. މުހައްމަދު ރައުފަތު އުސްމާން މި ރައުޔަށް ތާއިދުކުރެއެވެ.
ތިން ވަނަ ރައުޔަކީ ފަނޑިޔާރު ކަމަށް އަންހެނަކު އައްޔަން ކުރުމަކީ މުތުލަގުކޮށް ހުއްދަކަމުގެ ރައުޔެވެ.
މި ޒަމާނުގެ އިލްމުވެރިންނަށް ބަލާއިރު، ޑރ އަބްދުލް މުއުތީ ބިޔޫމީ (ޖާމިޔުލް އަޒްހަރުގެ ކުއްލިޔަތުލް އުސޫލުެއް ދީންގެ ޑީން) މި ރައުޔަށް ތާއިދު ކުރައްވައެވެ. އަދި މި މައްސަލާގައި ޕާކިސްތާނުގެ ޝަރީއާ ކޯޓުން އަންހެން ފަނޑިޔާރުކަމަށް އިސްކުރެވޭނެކަމަށް ހުކުމް ކުރައްވާފައި ވެއެވެ.
އަދި އިސްލާމީ ގިނަ ގައުމުތަކެއްގައި (ޕާކިސްތާން، މެލޭޝިއާ، މޮރޮކޯ، މިސްރު، އުުރުދުއާން، ފަލަސްތީން އަދިވެސް މި ނޫން ގިނަ ގައުމުތަކެއްގައި) މި ރައުޔަަށް އަމަލު ކުރަމުންދާކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.
"އިސްވެ ބަޔާން ކުރެވުނު ރައުޔުތަކަށް ބަލައި އަދި މި ރަައުޔުތަކާ ގުޅިގެން އިލްމުވެރިން ގެންނަވާފައިވާ ދަލީލުތަކަށް ރިއާޔަތްކޮށް ބަލާއިރު ރާޖިހު (ބުރަވާ) ރައުޔަކީ މި ތިން ރައުޔުގެ ތެރެއިން ގާޒީ ކަމަށް އަންހެނަކު އައްޔަނުކުރުން މުތުލަގުކޮށް ހުއްދަ ނޫން ކަމުގެ ރައުޔެވެ. އެހެނީ އިސްލާމީ އުއްމަތުގައި އެކި ޒަމާންތަކުގައި އުފެދިގެން އައި ބޮޑެތި ބޮޑެތި އިލްމުވެރުންނާއި އެއް ޖީލަށްފަހު އައި އަނެއް ޖީލެއްގެ އިލްމުވެރިން ކުރެ، މިއަދާއި ހަމައަށް އައި ހުރިހައި ޖީލެއްގެ ޖުމްހޫރީ އިލްމުވެރިންގެ ރައުޔަކީ މި ރައުޔެވެ". އަދާލާތު ޕާޓީން ވިދާޅުވިއެވެ.
އުއްމަތުގެ އިލްމުވެރިންގެ މެދުގައި އިހްތިލާފް އުފެދިފައިވާ މިފަދަ މައްސަލަތަކުގައި އާންމު އަފްރާދުންނާއި އިލްމުވެރިން އަމަލު ކުރަން ޖެހޭ ގޮތް، މި އުންމަތުގެ މުޖާހިދު އިލްމުވެރިންނާއި، އިމާމުންގެ ކިބައިން ފެނި ބަޔާން ވެފައި ވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
"އިލްމުވެރިންގެ ތެރެއިން މުޖުތަހިދު ބޮޑެތި އިމާމުންގެ މެދުގައި ހިޔާލުތަފާތުގެ މުއުތަބަރު ހިލާފު އުފެދިފައިވާ މިފަދަ މައްސަލަތަކުގައި، އެމީހަކަށް ބުރެވެވޭ ރައުޔު އެއީ އެ މައްސަލައިގައި އޮތް ހަމައެކަނި ރައުޔުކަމުގައި ދެކި އެއާ ހިލާފު ރައުޔަކަށް ތާއިދު ކުރާ ފަރާތަކީ ދީނުގައި ނުވަތަ އަގީދާގައި އުނި ފަރާތެއް ކަމަށް ނުވަތަ މަގުފުރެދިފައިވާ ފަރާތެއް ކަމަށް ނުވަތަ އިސްލާމީ ޝަރީއަތަށް ގޮންޖަހާ ފަރާތެއް ކަމަށް ނުވަތަ އިސްލާމީ ޝަރީއަތަށް ކާފަރުވެފައިވާ ފަރާތެއް ކަަަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތެވެ". އަދާލަތު ޕާޓީން ވިދާޅުވިއެވެ.
އަދި އެފަދަ ބަސްތައް ބުނުން ދުރުހެލިވާން ޖެހޭ ކަމަށާއި، އިސްލާމީ ޝަރީއަތުގައި އިލްމުވެރިންގެ މެދުގައި ހިލާފުއުފެދިފައިވާ މައްސަލަތަކުގައި ހިޔާލު ތަފާތުވާ ހާލަތްތަކުގައި އަަމަލުކުރަން އޮތްގޮތަކީ އަނެކާގެ ރައުޔަށް އިހްތިރާމް ކުރުމާއި، އިހްލާސްތެރިކަމާއެކު ކީރިތި ގުރުއާނާއި، ސައްހަ ހަދީސާއި، އިލްމުވެރިންގެ އިޖްމާއުއާއި، ގިޔާސް، އާއި ދެންވެސް ހުރި ޝަރުއީ މަސްދަރުތަކުން ނަޤުލުވާ ދަލީލުތަކުގެ މައްޗަށް ބިިނާކޮށް ހައްގަށް ވާސިލްވުމަށް މަސައްކަތް ކުރުން ކަމަށް އެ ބަޔާނުގައި ވެއެވެ.
"ފަހެ އިސްލާސްތެރިކަމާއެކު ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރުކުރާ މީހާ އޭނާ އިހްތިޔާރު ކުރެވުނީ އެކަމުގައި އޮތް ގޯސް ރައުޔުކަމުގައި ވީ ނަމަވެސް ފާފަވެރިއެއް ނުވާނެއެވެ. އެހެން ކަމުން މިފަދަ މައްސަލަތަކުގައި އަފްރާދުންގެ މެދުގައި ނަފްރަތު އުފެދި މުޖުަތަމައު ބައިބައިވެ ޝަރުއީގޮތުން މައްސަލައިގެ ކަންކަން އޮތްގޮތް އޮޅޭގޮތަށް ވާހަކަ ދައްކައި ހަބަރު ފެތުރުމުން އެންމެހައި އަފްރާދުންނާއި، ވަކީން ހާއްސަކޮށް، މީސްތަކުން އެބޭފުޅުންގެ ބަސްފުޅުތަަކަށް އިހްތިރާމް ކުރާ ބޭފުޅުން ދުރުހެލިވާން ޖެހެއެވެ". އެ ބަޔާނުގައި ވެއެވެ.
ކަލާނގެ ފަރާތުން ބަސްބުނެ ވާހަކަ ދައްކަނީ ކޮން އޮތޯރިޓީއަކަށް ބަލާފައި ކަން، އަދާލަތުން ބުނެދީބަލަ. ފާފަޔާ، ސަވާބަކީ އެކަލާނގެ ދެއްވާ އެއްޗެއް. އެއީ ކޮލީޝަން އަކުން ބަހާ މުދާގަނޑެއް ނޫން. ވަރަށް ސާފު
ޙަމަ އެފަދައިން ތިބޭފުޅާ އަށް ވެސް ނޫނީ މިތާ އުޅޭ ށޭހުންނަ ވެސް ދެވޭ އެށްޗެށް ނޫން ދެށްތޮ.
ސުބުޙާނަﷲ، އަދާލަތު އެއްކޮށް ހަލާކުވެ ނިމިއްޖެ ވަޒީފާތަކާއި ބާރާއި ނުފޫޒުހެ ދަހިވެތިކަމުގައި. ތިގޮތަށް ﷲއަށް އުރެދިގެން ލާދީނީ މީހުންގެ ހިތް ރުއްސަން އުޅުނަސް ތިމީހުން ބޭރުކުރާނެ ކަން ޔަގީން. ބަލަންތިބޭތީ...
މުނާފިޤުން ގިނަވީމާ މިކަހަލަ ކަންތައްތައް މިވަނީ ، ލަދު ޙަޔާތް ކޮބާ އަދާލަތޭ ކިޔައިގެން ތިޔަ އުޅެނީ، ބަލަ ކޮބާ މިތާ މި އޮތް ފަތުވާ މަޖިލިސް ކޮބާ އެ ބޭފުޅުން ގެ ބަސް ނޭންގެނީ ތޯ، މިހާރު ތިޔައީ ދީ ފަތުވާ މަޖިލިހަކީވެސް ، ރޭގަ ތިޔަ ޕާޓީ ގެ މެމްބަރުން އެއްކޮށް ދެއްކި ވާހަކަ އަކީ ތިޔައީ ދޯ، ލަދު ކުޑަ
ބޮޑުތާ ޖެހުނީ..! ދީންވެސް މީ މިމީހުން މޮޑެން އޮންނަ ފުށްގަނޑެއްތަ؟ މިހާރުގެ ޒަުވާނުން ދީނާއިމެދު ޝައްކު ކުރަނީ ތިހެން ވީމައޭ. ދީނުގެ އެއްވެސް ކަމަކަށް މިމީހުން (ޝޭހުންނާ އިލްމުވެރިންނާ ފަތުވާދޭ މީހުން) އެއް ގަލަކަށް އަރާ ހަމަ އެއްކަމެއްވެސް ނޯވޭ. އެކަކު ކާފަރެކޭ ބުނާ މީހާއަށް އަނެކަކު ބުނާނެ އެއީ ރަސޫލާ ދުއާ ދެއްވާފަދަ މީހެކޭ...!
ދީން ރަނގަޅަށް ނޭނގި ތިބި މީހުންނަށް ދެން ވާނީ ކިހިނެއް؟!
ކަލޭމެންތަ ހަރާމް ހަލާލު ކަނޑައަޅަނީ، ނިކަން ޤުރުއާނާ ހަދީޘުން ހެކި ގެނެސްދީބަލަ؟؟!!
ގުރުއާނާއި ހަދާސްގައި ނެތޭ!!! ސާފު ވެއްޖެ؟
މާދަމާ މި ފަތުވާވެސް ނެރެއްޗޭ! އޭރުން ބުއްޅަބޭ އުފާވާނީ
1- ބޮޑަށް ބުރަވެވެނީ ކޮންޑަމް ބޭނުންކުރުމުން ޒިނޭއަކަށް ނުވާނެކަމަށް! އެއީ އެހެން އެއްޗެއްވެސް ވަދެގެންދާތީ........
2- ބޮޑަށް ބުރަވެވެނީ ފެންފޮދެއް އަޅައިގެން ރާވެސް ބޮވޭނެކަމަށް. އެއީ ސީދާ ރަރުގެ އަސަރު އޭގައި ކުޑަވާތީ............
ދައްޖާލުތަކާ........ ދުނިޔެއަށްޓަކައި ދީން ވިއްކާލިޔަސް މިއީ ފުކެއް ބޮޑުވަރެއް!
އެއްޖިންސުން ކައިވެނިކުރުމަކީވެސް ފާފަ އެއް ނޫންދޯ އަދާލަތު ގެރޯނުއެނދުރު ންންނޭ
ފާފަވާނެ ،ސައްހަ ދަލީލަކުން މަނާ ކޮށްްފަ އޮތް ކަމެއް ކުރުމުން،ބޭކާރު ވާހަކަ ނުދައްކާ
ސައްހަ ދަލީލެއް އޮތްނަމަ މި މައްސަލައިގައި މިހާ އިޚްތިލާފު ގިނައެއް ނުވާނެ
? ﷲ އާއި އެއިލާހުގެ ރަސޫލާ ގޮތް ނިންމަވާފައިވާ ކަންކަމުގެ މައްޗަށް ބަސްކިޔުން އެއްވެސް މަޚުލޫޤަކަށް ހުއްދަވެގެން ނުވެއެވެ.
وعَنْ أَبِي بَكْرَةَ رضي الله عنه قَالَ : لَمَّا بَلَغَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ أَهْلَ فَارِسَ قَدْ مَلَّكُوا عَلَيْهِمْ بِنْتَ كِسْرَى قَالَ : ( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً ) رواه البخاري (4425)
އަބީ ބަކްރަތަ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ފާރިސްގެ އަހުލުވެރިންގެ މައްޗަށް ، ކިސްރާގެ (ފާރިސް ކަރައިގެ ރަސްގެފާނު) އަންހެންދަރި ވެރިކުރުވި ޚަބަރު ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލިބުނު ހިނދު ޙަދީޘްކުރެއްވިއެވެ. "ވެރިއެއްގެ ގޮތުގައި އަންހެނަކު އެބައެއްގެ މައްޗަށް އިސްކުރުވައިފި ބަޔަކު ، ކާމިޔާބު ނުވާހުއްޓެވެ."
[ޞަޙީޙުލް ބުޚާރީ ، 4425]
{وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا}
" އަދި اللَّه އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ." [ސޫރަތުލް އަޙްޒާބު 36]
މިއަށް ޑިސް ލައިކް ދީފައި މިހުރީ ދީން ގަބޫލު ނުކުރާ މީހުން
އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ނުކުރެވޭނެ ރައުޔަ ކަމަށާއި, އަދި އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރިޔަސް އެކަން ކުރާ ބަޔަކު ފާފަވެރި ނުވާނެކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.
އެހެންވީމާ ތިބުނަނީ ޒިޏޭ ކުރުން ހުއްދަދެއްނޫނޭ އެކަމް ޒިނޭ ކުރާމީހާ ފާފަ ނުވާނެއޭ ދޯ
ޒިނޭ އަކީ ގުރުއާނާއި ސުންނަތުން ސާފުކޮށް ހަރާމްކަމެއް. ފަޑިޔާރުކަމަށް އަންހެނަކު އައްޔަރު ނުކުރެވޭނެ ކަމަށް ސުންނަތުގައިވެސް ގުރުއާނުގައި ނެތް. ތަފާތެއް އެބަ ފެނޭ؟
ކަލޭ ރަނގަޅަށް ލޯ ފުހެލާފަ ބަލާލާފަ ކޮމެނޓް ކުރުން އެދެން
ކޮބާތީ އިލްމުވެރީންގެ އިޖުމާއު.. އެއޮތީނޫން އެ ބަޔާނުގަވެސް އިއްތިފާގުވެ މުތުލަގުވެފައޭ އޮތީ އެއީ ހުއްދަކަމެއް ނޫންކަމައް.. ދެން އިޖުމާއުވެފައި ނޫން އެއޮތީ.. ދެން އިތުރު ރައުޔުއެކޭ ކިޔާފަ އިޖުމާއި ރިވާސްއެއް ނުކުރެވޭނެ. އިޖުމާއު ވެވޭނީ އެއްފަހަރު. ރަލުގެ ހުކުމް މަސްތުވާޒާތުގެ އައު އުފެއްދުންތަކައް ގެނެވިފައި އެއޮތީ އިޖުމާއުއިން. ދެން ރިވާސް އެއް ނުކުރެވޭނެ ކިތަންމެ ރައުތެއް އުފެއްދިޔަސް.
ޢަދާލަތު ޕާރޓީ، މާލެ ދިވެހިރާއްޖެ
ލޮބުވެތި ދިވެހި އެއްމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް
ވެދުންސަލާމަށްފަހު ދަންނަވަމެވެ.
ޢަދާލަތު ޕާރޓީގެ އިލްމުވެރިންގެ މަޖިލިސް މިވަގުތު ވަނީ އެމްޑީޕީ އިން ހައިޖެކް ކޮށްފައިކަން ދިވެހި ރައްޔިތުންނަށް އަންގާ އިޢުލާންކުރަމެވެ. ވީމާ އެމަޖިލީހުން ނެރޭ ބަޔާންތަކާއި އެންގުންތަކަކީ ސައްޚަ އެއްޗެއް ނޫންނެވެ. އެހެންކަމުން ދިވެހި އެއްވެސް ރައްޔިތަކު އެއަށް އަމަލުނުކުރުމަށް އަންގާ ނަސޭޙަތްތެރިވަމެވެ.
މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަމާ ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އެދެއަންހެނުން އައްޔަން ކުރިއިރު ތިޔަ ބުނާ ފަތުވާ ކޮމެޓި ކޮބާ. އޭރު އިލްމުވެރިންގެ ގައުލެއް ނެތީބާ
އޭރު އައްޔަން ކުރީ މައުމޫނުގެ ވެރިކަމުގައި އިލްމުވެރިންނަށް ބިރު ދައްކައިގެން. ދެންއައީ ނަޝީދުގެ ލާދީނީ ވެރިކަން. އެވެރިކަމުގެ އޯކޭވާނެ ރާބޯމީހެއް ފަނޑިޔާރުކަން ކުރިޔަސް. ޔާމީން ވެރިކަމުގައި އަންހެން ފަނޑިޔާރެއް ނެތް. ދެން ކީކޭކިޔާކަށް؟؟؟ މައުމޫނާއި ނަޝީދަކީ ހަމަ އެއްވިސްނުމެއްގެ ދެމީހުން. ދެމީހުންވެސް ބޭނުންވަނީ ވެރިކަމާއި ތެޅެން. މައުމޫނަކީ އަންނިގެ މުސްކުޅި ވާރޝަން
އޭ ކަލޭމެން ޖިހާދު ކުރަން ނިކުންނާނީ އެހެން މީހުން ހަނގުރާމަކޮއް ނިމުނީމަ ދޯ.
ބޮޑައް ބުރަވެވެނީ އަދާލަތުގައި ތިބީ ބޯކެހިންތަކެއް ކަމައް.
މި ޚަބަރުވެސް ދޮގެއް ނުހަދާ ޖަހާލާކަށް ނުކެރުނުދޯ؟
ޤުރުއާން އާއި ސުންނަތުންވާ ދަލީލަކީ ކޮބާ ؟
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ
އިސްލާމް ދީނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 4 މަޒްހަބު.
އެކަމަކު އައުރަ ނިވާ ނުކޮށް ފަނޑިޔާރު ކަމެއް ނުކުރެވޭނެ. އައުރަ ނިވާ ނުކުރާނަމަ އެ މީހަކު ވާނީ ފާސިޤަކަށް. ފަނޑިޔާރު ކަމުގެ ޝަރުތު ހަމައެއް ނުވާނެ. މިކަމާ އަދާލަތުން ބުނަނީ ކީކޭ؟ ﷲ ގެ އާޔަތްތަކަށް އުރެދިގެން ހުރެ ފަނޑިޔާރުކަން ކުރެވޭތަ؟
އޮރިިޔާން ފިލްކުޅެ، ގާނޫނާއި ގަވައިދުތަކާއި ދީނުގެ އަސްލުތަކާއި ޚިލާފަށް ރިޝްވަތު ހިފާ ބޭއިންސާފުން ހުކުމް ކުރަން ތިބޭ ފިރިހެނުން އެއީ ވަކި މާ މޮޅު ރަގަޅު ބައެއް؟ އަންހެނެއް ވީމާ ދޯ ގޯހީ؟
ކަލެއަކަށް އަދި މިވާނުވާއެއް ނޭގެއޭ.
ކުރީން ފާފަވެރި މިހާރު ފާފަވެރި ނުވެ. ދީނޭ ނުކިޔާ ފައިސާ އޭ ކިޔާބަލަ.
ތިޔަ ކިޔާ ގައުމުތަކުގަ ރަސްމީ ދީން ތަކުގަ މުސްލިމް ޔަހޫދީ ނަސްރާނީ ބުޑިސްޓް ހިމެނޭ އިރު ދިވެހި ގައުމުގެ ރަސްމި ހިމެނެނީ މުސްލިމުން އެކަނި ވުމާ އެކު ޢެ ގައުމުތަކުގަ ކުރާ ފަދައިން ދިވެހި ގައމުގާ ނުކުރެވޭނެ
ތިހެންވީމައޭ ކަލޭމެނަށް ކިޔަނީ
“ޖަހާލަތު ޕާޓީ”ކަލެމެންގެ މަންހަޖަކީ މަޤާމުތަށް ހޯދަން ޙަރާންކުރާ ހުރިހާކަމެއް މަގާމުތަށް ދިފާޢުކުރަން ހަލާލު ކުރުމެވެ.
ހަނދާނަށް އަންނަނީ ތި ޕާޓީ އުފެދިގެން ފޯރީގައި ޖަލްސާތައް ބާއްވަމުން އައި ދުވަސްވަރު އަހަރެމެންގެ މުޚްތަރަމް އުސްތާޛް މަރްހޫމް ޝައިޚް އަބޫބަކުރު އިބްރާހީމް ރަހިމަހުﷲ (ބަކުރުބެ) ތި ޕާޓީއަށް ނިސްބަތްކޮށް ވިދާޅުވި ބަސްފުޅެއް. “ ތިޔައީ ޟަލާލަތު ޕާޓީ “. އެ ދުވަހު އެ ވިދާޅުވި ބަސްފުޅު ގަބޫލުކުރަން ދަތިވިނަމަވެސް މިއަދު މި ފެންނަނީ އެ ހަގީގަތް.
ހަނދާނަށް އަންނަނީ ތި ޕާޓީ އުފެދިގެން ފޯރީގައި ޖަލްސާތައް ބާއްވަމުން އައި ދުވަސްވަރު އަހަރެމެންގެ މުޚްތަރަމް އުސްތާޛް މަރްހޫމް ޝައިޚް އަބޫބަކުރު އިބްރާހީމް ރަހިމަހުﷲ (ބަކުރުބެ) ތި ޕާޓީއަށް ނިސްބަތްކޮށް ވިދާޅުވި ބަސްފުޅެއް. “ ތިޔައީ ޟަލާލަތު ޕާޓީ “. އެ ދުވަހު އެ ވިދާޅުވި ބަސްފުޅު ގަބޫލުކުރަން ދަތިވިނަމަވެސް މިއަދު މި ފެންނަނީ އެ ހަގީގަތް.
އެހެންވީމާ މޫނު ބުރުގާޔާ ބެހޭގޮތުންވެސް ތިކަހަަަލަ ބަޔާނެއް އެބަ ބޭނުންވޭ. ބައެއް އިލްމުވެރިން ބުނަނީ މޫނުބުރުގާ އެއީ ވާޖިބެކޭ. އަނެއްބައި އިލްމުވެރިން ބުނަނީ މޫނާއި ދެއަތްތިލަ ފިޔަވާ އެހެން ހުރިހާތަނެއް ފޮރުވުމުން އޯކޭވާނެޔޭ.
އެހެންވީމާ މޫނު ބުރުގާޔާ ބެހޭގޮތުންވެސް ތިކަހަަަލަ ބަޔާނެއް އެބަ ބޭނުންވޭ. ބައެއް އިލްމުވެރިން ބުނަނީ މޫނުބުރުގާ އެއީ ވާޖިބެކޭ. އަނެއްބައި އިލްމުވެރިން ބުނަނީ މޫނާއި ދެއަތްތިލަ ފިޔަވާ އެހެން ހުރިހާތަނެއް ފޮރުވުމުން އޯކޭވާނެޔޭ.
ސަރުކާރު މިއޯކެތި ބޯދަށަޢެޅީ
އަދާލަތު ޕާޓީ އިމްރާން މައުމޫން ފަދަ އަމިއްލަ އެދުމަށް ދީނުގެ ކަންތައްތައް ބޭނުން ގޮތަަށް ބަދަލުކޮއްލާ މިނުބައި މީހުންގެ ކިބާން މިގައުމު ސަލާމަށް ކޮއްދެވާ ފާންދޭވެ އާމީން
އަދާލަތޭމިކިޔާ ހަވާނަފްސަށް ހެއްލި ހަލާކުވެފައިވާ ރޯނުއެދުރުން މުދަލާ މަޤާމުތަކުގެ ތެރޭގައި ފިތި ނަގޫ ގޮށްޖެހިފައި!
ޑޮލަރު އިމްރާން އާއި އިލްޔާސް ފަދަ ސޭކުން އަދާލަތު ޕާޓީގެ އަގު ވައްޓާލާ މިސްރާބު މުޅިން ބަދަލުކޮއްލައިފި.
މި މީހުން ކުރަންވީމަ ކޮންމެ ކަމެއްވެސް ހުއްދަ . މިވެސް މި މީހުން ނުރުހޭ ދައުރެއްގަ ކުރިނަމަ ތިބޭނެ މަގުމައްޗައް ނިކުމެ އިސްލާމްދީނާ ޚިލާފުވަނީ އޭ. ދުނިޔޭގެ އެދުންވެރިކަން ބޮޑުވިޔަސް ތަންފުކެއް ބޮޑުވަރު މިހާރު މީ.
ބަލަ ކީރިތިޤުރުއާނުންނާ ރަސޫލާގެ ޙަދީސުން ސާބިތުނުވާކަންކަމުގައޮންނަނީ ދަންނަބޭކަލުންގެ(ޢިލްމްވެރިން)އިޖްމާޢުކަންނޭންގޭތަ
އަންހެން ފަނޑިޔާރުން ދެން ހަމަ ލާންވީ. ބޭނުން ގޮތަކަށް.. ދެން ފެންނާނީ ފަނޑިޔާރުންގެ ބެނޗުން ސިނގިރޭޓްގެ ދުންގަނޑު ނިކުންނަ ތަން. ދެން އަތް ޖަހާ
ގައުމުގެ ގާނޫނު ތަންފީޒުކުރަން އިސްކުރާ މީހާޔާ ، ކޯޓް ތަކުގެ ފަނޑިޔާރުންނަށް އިސްކުރެވޭ މީހުންނަކީ ހާކިމުން. ހާކިމެއްގެ މަގާމަށް އަންހެނަކު އިސްނުކުރެވޭނެ. ފިރިހެނުންނަށް އަމުރުކުރާމީހަކަށް އަންހެނަކަށް ނުވެވޭނެ. ރާއްޖެ ނޫން އެހެން އިސްލާމީގައުތަކާ ރާއްޖެއާ އަޅާކިޔައިގެންނުވާނެ . އެހެން އިސްލާމީގައުމުތަކުގާ މުސްލިމުންގެ އިތުރުން ޔަހޫދީންނާ ނަސާރާ އިންނާ ބުޑިސްޓުންނާ އެހެން ދީންތައް އެގައުމުތަކުގެ ރަސްމީ ދީންގެ ގޮތުގާ އެބަހުރޭ ރާޖޭގެ ދީނަކީ ހަމައެކަނި އިސްލާމްދީން ވުމުން އިސްމްދީނުގެ ގިއުގަނޑުގެ ތެރެއިންމެނުވީ ރާއްޖޭގަ ކަންކުރެވިގެންނުވާނެ.
ކަލޯމެން ކޮންމެވާހަކައެއް ދެއްކިޔަސް އެވާހަކައެއް ބަލައިގަންނާނެ ބަޔަކު ކަލޯމެނާ އެއްކޮޅަކުވެސް އަދި އަމުދުން އެމްޑީޕީ އަކުނެތް. އެންމެންނަށްވެސް އެގޭ ތީވިކިފަތިބި ބައެއްކަން އަދިކަލޯމެން ބުނެގެން ބޮޑެތި މަގާމުތަކަށް އިސްކުރެވުނު މީހުންގެ ފެންވަރެއް ނެތްކަން އަދި ނަޝީދުގެ ޕަޕެޓް ޕާޓީ އެއްކަން ތިޔައީ.
ބަލަގަ އިސްލާމްދީނުގާ ހުއްދަ ނޫނަކަމަށް ބުނާކަމެއް ކުރުމުން ފާފަވެރި ނުވާނެކަމަށް އޮތީ ކޮން އާޔަތެއްގާތަ ؟
ގޯސް ރަޢްޔެއް ވިއްޔާ އެގޮތެއްގަ ހިފުުުމުގެ، ޢަމަލކުރުުމުގެ ބޭނމަކީ ކޮބާތޯ؟ ގޯސް ކަމެއްގެ ނަތީޖާއަކީ ކޮބައިތޯ؟ ކަނޑައެޅިގެން ގޯސްކަން އެނގިތިބެ ކުރާ ގޯސްކަމެއްގައި ފާފަވެރި ނުވެ ދާނެ އެއްވެސް ގޮތެއް އޮންނާނެތަ؟ ތިކަމުގައި ޚިޔާލު ތަފާތުވެފައިވަނީ ސަހާބީންގެ މެދުގައުިތޯ؟ ނުވަތަ އޭގެ ފަހުންއައި ހެޔޮ 2 ޤަރުނުގެ އަމާނާތްތެރިންގެ މެދުުގައި ތިކަމުުގައި ތަފާތުވުން އޮތްތޯ؟ ނުވަތަ އެފަހުން ފާވި ހަވާނަފްސުުގެ އަހުލުވެރިންގެ މެދުގައިތޯ؟؟
ޢަދާލަތު ޕާޓީގެ ބަޔާނަށް ބަލާއިރުވެސް އެގެނީ އަންހެނުން ފަނޑިޔާރުކަމަށް އިސްކުރުމަކީ ހުއްދަ ނޫންކަމެވެ. އެއީ ދީނުގައި ޚިލާފުއުފެދޭ މިފަދަ މަސްއަލަތަކުގައި ނަގަންވާނީ ޖުމްހޫރީ އިލްމުވެރިންގެ ރައުޔަކަމަށް ވާތީއެވެ. ވީމާ ދީނީފަތުވާ މަޖްލިސްގެ ފަތުވާއަށް ތަބަޢަވުމަށާއި ރަޢިއްޔަތުންނަށް އޮޅޭގޮތަށް ބަޔާންތައް ނުނެރުމަށް ގޮވާލަން.
މައިމޫނުގެ ވެރިކަމުގައި ދެ އަންހެނަކަށް ފަނޑިޔާރުކަން ދިނުމުން ތިޔަ ޖަމާއަތުން ނެރުނު ބަޔާނުގެ ޔައުމިއްޔާ އޮތްތޯ ބަލާލަބަލަ.
. އިޖުމާއުއަކީ ކިހިނެއް ކުރެވޭ ކަމެއްކަން އޮޅުވަން ނޫޅޭށެވެ. އެޔޮތީނުން ކަލޭމެންވެސް ލިޔެފަ 'މުތުލަގު' ކޮއް ހުރިހާ އިލްމުވެރީން އެއްބަސް ވެފަޔޭ އެއީ ހުއްދަކަމެއް ނޫންކަމައް. އެޔައްފަހު ދެން ގެންގުޅުނު ރައުޔުތައް ބާތިލުވެއްޖެއެވެ. އެހެނީ އިޖުމާއުވެވޭނީ އެއްފަހަރު އަދި ހުރިހާ އިލްނުވެރީން އިއްތިފާގުވެގެންނެވެ. ދެން ކޮންހާ ބަނދިވަރެއް ލިޔުނީ އާންމު ރައްޔިތުން އޮޅުން.
އިޖުމާއު އަކީ ރައުޔުއެއް ނޫން.. އެއީ ދީނުގެ އެއް އަސާސް.. އިޖުމާއު ވުމައްފަހު ރިވާސްއެއް ނުކުރެވޭނެ.. އިޖުމާއުވެފަ ހުރިހާ މުޖުތަހިދު އިލްމުވެރީން އިއްތިފާގުވެފަ ވަނީ އަންހެނަކައް ފަނޑިޔާރުކަން ދިނުމަކީ ހުއްދަކަމެއްނޫންކަން. ތިބައިގަނޑުގެ ބަޔާނުގަވެސް އެހެން ލިޔެފަ ބަހައްޓާފަ ދެން މިކިޔަނީ ރައުޔު އެކޭ. އިޖުމާއު ވުމައްފަހު އިތުރު އޮޕްޝަނެއް ނޯންނާނެ. ރާ ވިއްކުމަކީ ކަނޑައެޅިގެން ހަރާމް ކަމެއްކަން އެނގެން އޮތް އިރު އެކަން ކުރަންވެސަ ހުއްދަދީފަ ވާ ގައުމުތަ ރާއްޖެކަހަލަ ތަންތަނަކީ ދީނުގެ ކަންކަމުގައި ހުއްޖަތެއް ނޫން. ދެން ބަޔާނުގައި ފާޑުފާޑު ހާސަރުތައް ދަމާފައި އެހެރީ އޮޅުވުމައް ނޫން ދެން ކޮންއިތުރުބޭނުމަކުތަ.؟
މިމީހުން އަދި ބުނާނޭ އަންހެނަކައް ހުކުރުނަމާދު އިމާމްވެހުރެ ކުރެވޭނެޔޭވެސް އެއީވެސް 'ރައުޔު' އެކޯ..ދެން މިސްކިތުގެ މުދިމުންނައްވެސް އަންހެނުން ލުމަކުން ފާފަވެރިއެއްނުވާނެޔޯ..
ތިބުނަނީ ދުނިޔޭގައި ތިއްބަވަނިކޮއް ސުވަރުގެ ވަންނާނެކަމުގެ ޚަބަރު ދެވުނު ޚުލަފާއުއް ރާޝިދޫންގެ ހަތަރު ޚަލީފާއިން އިސްލާމީ އުންމަތާއި ހަލާރަތް ބިނާކޮއްފައިވަނީ އަންހެނުން ބާކީކޮއްގެންނޭތޯއެވެ. މިއިން އެއްވެސް ޚަލީފާއަކު އަންހެނަކައް ފަނޑިޔާރުކަމެއް ދެއްވާފަކާއެއްނުވޭ.. އަދި ގަވަރުނަރްކަމެއްވެސް ދެއްވާފަކާއެއް ނުވޭ.. އެކަމަކު އުންމަތް ފުޅާކޮއް ހައިބަތު އުފުލާ ފަތަހަކޮއް ހެއްދެވިއެވެ. އެހުރިހަކަމެއްވެސް ކާމިޔާބު ކުރީ އަންހެނަކައް ގާޒީކަން ނުދީއެވެ.
ކޮންމެ ކަމެއް ވެސް އެބަޔަކު ބޭނުންވާގޮތަށް މާނަ ކޮށްލީމަ ނިމުނީ. ވަރަށްސަލާމް
ޝޭޚު އިމްރާނޫ. އެހެންވީމަދޯ އޫރު މަހުގެ ބާވަތްތަކާ ރަލުގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރުން ލިބެން މިހާރު ހުންނަނީ؟؟؟
ތީހުސްމަގާމާއި ސަރަފާއި ޖާހަތާއިހެދިއުޅޭމީހުން