ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތުއްތު ކުދިންނަށް އުގަންނައިދިނުމަށް ޚާއްޞަކޮށްގެން ހިންގާ މާފަންނު މަދަރުސާއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައި އެ ސްކޫލުގެ ތުއްތުކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފިއެވެ.

މާފަންނު މަދަރުސާގެ ދައުވަތަކަށް، އެ ސްކޫލަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ސްކޫލުގެ އެކި ކްލާސްތަކަށް ވަޑައިގެން އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މާފަންނު މަދަރުސާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްފަހު ސްކޫލުގެ ދަރިވަރުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ވަނީ މި ޒިޔާރަތުގައި ސްކޫލުގެ ދަރިވަރުންނާއެކު ހަނދާނީ ފޮޓޯ ވެސް ނަންގަވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އާއި ރައީސުލްޖުމްހޫރިއްޔާ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާއަށް މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރެއްވި މި ދުވަސްކޮޅަކީ އެ ސްކޫލުގެ ތުއްތުކުދިންނަށް ޤައުމިއްޔަތާއިބެހޭ އެކިއެކި މައުލޫމާތު ހިމެނޭ ފިލާވަޅުތައް ނަގައިދެމުންދާ ދުވަސްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮންބެ

    މިހާ ތައުލީމީ ގާބިލު މީހަކު ދިއުން އެކުދިން ވަރައް އުފާވާނެ

  2. ޙުސޭން

    ސްނެއިލް ސްޕީޑަރ

  3. Anonymous

    މިއީވެސް ފުއްދަން ބުނެފައިވާ ވައުދެއް ފުއްދުން

  4. މިއަދު

    މާދަމާގޮސްހުރެދާނެ މަރުކޭޓުގައި ޖެކެޓެއްލައިގެން މަސްކަޑަން އެއީވެސް ވަޢުދެއްކަމަށްވެދާނެ