ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުގައި ޓެކްސީކޮށްގެން ތިން ފަހަރަށްވުރެ ގިނައިން ޖޫރިމަނާކޮށްފިނަމަ ޓެކްސީ ހުއްދަ ބާތިލް ކުރަން އެ އޮތޯރިޓީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް އިން ކަނޑައަޅާފައި ވަނީ އަހަރެއްގެ ތެރޭގައި ތިން ފަހަރަށް ވުރެ ގިނަ ފަހަރު ޖޫރިމަނާކޮށްފިނަމަ ހުއްދަ ބާތިލް ކުުރުމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ އޮތޯރިޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ޓެކްސީ ދުއްވާ ފަރާތްތަކުން ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އެހެންކަމުން ހަމަޖައްސާފައިވާ އަގާއި ޚިލާފަށް ބޮޑު އަގު ނަގާ ފަރާތްތައް ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ތިން ފަހަރަށްވުރެ އިތުރަށް މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލްކުރެވޭނެކަމަށް އެ އިއުލާނުގައި ވެއެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށި ޓެކްސީ އަގުތަކާއި ޑްރައިވަރުން ނުރުހެއެވެ. އެ އަގުތައް ކަމުނުދާ ކަމަށް ބުނެ ބައެއް ޓެކްސީ ޑްރައިވަރުން މުޒާހާރަވެސް ކުރިއެވެ. އެހެން ނަމަވެސް ސަރުކާރުން އެ އަގުތަކަށް ބަދަލު ގެނެސްފައެެއް ނުވެެެއެވެ.
ފުލުހުން ދަނީ ބޮޑު އަގުގައި ޓެކްސީ ދަތުރުކުރޭތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއްވެސް ކުރިއަށްގެންދަމުންނެވެ. އަދި މި އޮޕަރޭޝަންގެ ދަށުން ބައެއް ޓެކްސީ ޑްރައިވަރުންނާއި މެދު ފިޔަވަޅުވެސް އަޅާފައި ވެއެވެ. އަދި މީގެ އިތުރުން، ޓްރާންސްޕޯޓް އޮތޯރިޓީންވެސް ވަނީ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރާ މީހުންގެ މައުލޫމާތު އެ އޮތޯރިޓީ އާއި ހާމަ ކުރުމަށް ނަމްބަރެއް ތައާރަފްކޮށްފައެވެ.
ތިގޮތަށް ޢަމަލުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅު
އަގުބޮޑުކޮށް ދަތުރު ކުރަންޏާ ކޮން ނަމްބަރ އަކަށް ރިޕޯރޓް ކުރަން ގުޅަންވީ
ދެތިން ހަތަރުފަހަރު ޖޫރިމަނާކޮށް ޓެކްސީ ހުއްދަ ބާތިލު ކޮށްގެން ވިޔަސް މާލޭން ޓެކްސީތައް މަދުކުރަން ޖެހޭ.. ގަރާޖްގައި ނޫން ތަންތާ ޕާކުކުރާ ޕުރައިވެޓް ކާރުތައްވެސް ނަގާ މާލެ ސާފުކުރަންޖެހޭ..
ޕްރައިވެޓް ކާރުތަކުގަ އެޕް ބޭނުންކޮށްގެން ޓެކްސީ ކުރަނީ ކޮން ހުއްދައެއް ނަގައިގެންތޯ، އަދި ދުއްވާ އެއްޗެތި ދުއްވަމުން މޮބައިލް ފޯނު ބޭނުން ކުރުމަކީ ވެސް މަނާކަމެއް މިހާރު އެޕް ބޭނުން ކުރަން ހުއްދަ ދިންއިރު މިކަމާ ވިސްނިތޯ، ސައިކުގަ ދާމީހާ ދުއްވަމުން ގަޑި ބަލާލިޔަސް ފައިން ކުރޭ އެބަ އެހެން ވީއިރު ތިޔަ ކުރެވޭ ކަމެއް ދެކޮޅު ޖެހޭތަ އެބަ
ޓެކްސީ ގެ ޚިދުމަތް ދޭ ޑްރައިވަރުންނަށް އަނިޔާ ދިނުން ހުއްޓާލުމަށް ގޮވާލަން. މީހެއްގެ އަމިއްލަ މުދަލުގައި އެ މީހާ ކާން ބޯން ކުރާ ޙަލާލު މަސައްކަތެއްގެ އަގު އެހެން ބަޔަކު ކަނޑައެޅުމަކީ ކޮން އިންސާފެއްތޯ؟ ރައްޔިތުންގެ ބިމުގައި ބުރިބުރިޔަށް ގޭ ހަދައިގެން ގެދޮރު ނެތް ނިކަމެތިން ބޮޑުކުލި ދީގެން އުޅެން މަޖުބޫރު ކުރުމީ ވެސް އިންސާފުތޯ؟
ރަނގަޅު ނިންމުމެއް. އުސޫލުތައް މިހާ ހަރުދަނާކުރަން އެބަޖެހޭ. ސާބަސް
ވަރަށް ރަނގަޅު.
ސޭޓުގެ ފުލައިމީ ގެ އަގު ތިރި ކޮށްބަލަ
އެއްކަލަ "އެންމެ ނުލަފާ ޓެކްސީ ޑްރައިވަރު" ކަންތައް ފުރަތަމަ ނިންމާލާ.
ތިޔައީ ހަމަ ކުރަންޖެހޭ ކަމެއް.
އަގުބޮޑުކޮށް ކޮޓަރި ކުއްޔަށް ދޭ މީހުން ހުއްޓުވާބަލަ....
ޓެކްސީ ކުރަނީ މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ މީހުން.. ޓޭކްސީގައި ދަތުރު ކުރަންޖެހެނީ މާލޭ މީހުން.. އެހެންވެ ތިހާ ފޯރި ގަދަކޮށް ތިއުޅެނީ...
މިކޮމެންޓްވެސް ޖަހާލަބަލަ ނިކަން ކެރިގެން.
ކަލޭތީ މޮޔައެއްތަ؟ ކާކުތަ ބުނީ ޓެކްސީ ކުރަން މާލެ އަންނާށޭ؟
ޓިންފަހަރޭ؟ ތިން ފަހަރަށް ޢާންމުން އަތުން ބޮޑު އަގު ނެގިޔަސް އޯކޭ ތަ؟