ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ އިސްލާމް ދީނުގެ އެއްވެސް އަސާސަކާއި ހިލާފު ކަމެއް ނޫން ކަމަށް ވެރިކަން ކުރާ އެމްޑީޕީން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ އަޒްމިރާލްދާ ޒާހިރާއި، ޢާއިޝާ ޝުޖޫން މުޙައްމަދު ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެ ބޭފުޅުންގެ ނަންފުޅު ފޮނުއްވާފައިވާތީ، ރައީސްއަށް މަރުހަބާ ވިދާޅުވެ އެ ޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް ރިޢާޔަތް ކުރާއިރު ފަނޑިޔާރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަން ކުރުމަކީ ޤާނޫނު އަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އެއްވެސް ޤާނޫނަކާ ޚިލާފު ކަމެއް ނޫން ކަމަށެވެ.

އަދި މިއީ އިސްލާމް ދީނުގެ އެއްވެސް އަސާސަކާވެސް ޚިލާފު ކަމެއް ކަމުގައެއް އެ ޕާޓީން ނުދެކޭކަމަށް އެ ބަޔާނުގައި ވެއެވެ.

"މީގެ އިތުރުން، މިމައުޟޫޢުގައި ކޮށްފައިވާ ގިނަ ދިރާސާތަކާއި، ބައިނަލް އަޤްވާމީ ގިނަ އިސްލާމީ ޖަމްޢިއްޔާތަކުން މިކަމުގައި ދެކޭ ގޮތަށް ބަލާއިރު، ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ތިބުމަކީ އެޖަމްޢިއްޔާތަކުގެ ރައުޔުގައި އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ޚިލާފު ކަމެއް ނޫނެވެ". އެ ބަޔާނުގައި ވެއެވެ.

އަދި މިނިވަން ޑިމޮކްރެޓިކް އިސްލާމީ މުޖްތަމަޢުތަކުގައި އަންހެން ޖިންސުގެ ފަނޑިޔާރުން ކޯޓުތަކުގައި ފަނޑިޔާރުކަން ކުރަމުން ގެންދާތާ އެތައް އަހަރެއް ވެފައިވާކަމަާށާއި، ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ޤައުމު ކަމުގައިވާ އިންޑޮނީޝިޔާ އާއި އަދި ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތުން މެދު އިރުމަތީގެ ގިނަ ޤައުމުތަކެއްގައިވެސް އަންހެން ޖިންސުގެ ފަނޑިޔާރުން ޝަރީޢަތް ކުރަމުން އަންނަކަން އެބަޔަނާުގައި ފާހަގަކޮށްފައި ވެއެވެ.

އެ ޕާޓީން ވިދާޅުވީ، މީގެ އެތައް އަހަރެއް ކުރީންވެސް ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން އައްޔަން ކޮށްފައިވާކަމާށެވެ. އަދި ރައީސްޞާލިޙް ޖޭ.އެސް.ސީ އަށް ނަންފުޅު ފޮނުއްވި އަންހެން ދެ ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައާއި ސިވިލް ކޯޓުގައި އެތައް ބައިވަރު ޝަރީޢަތްތަކެއް ކުރައްވައި އެކަމުގެ އެތައް ބައިވަރު ތަޖްރިބާތަކެއް ލިބިވަޑައިގެންފައިވާ ކުރީގެ ދެ ފަނޑިޔާރުންކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަންހެން ފަނޑިޔާރުން އައްޔަން ކުުރުމަކީ ދީނުގެ އެއްވެސް އަސާސަކާއި ހިލާފުކަމެއް ނޫންކަމަށް އެމްޑީޕީން ވިދާޅުވިއިރު، އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުންވެސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް ސަރުކާރަށާއި، ރައީސް ސޯލިހުއަށް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ލޮލް

    އަހާނ ތަކުރާ..! ލާދީނީ ގުރޫޕުން ދީނީ ފަތުވާދޭންވެސް ފެށީތަ؟

    65
    1
    • ކާފޫރު

      އެމީހުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޢިލްމުވެރިންނާއި މަޝްވަރާކުރީ އޯ! ރާއްޖެއިން އެހެން އެކަންކުރަން މަޝްވަރާ ދޭންތިބި ޢިލްމުވެރިންނަކީ އިބްރާ އާ ސަކިންދާ އާ އޭނާގެ ފިރި ލާދީނީ ސަމީމް. ދެން ހުރީ މާމުލްްޤައްޔޫމު އެއީ އޭނާގެ އަނބި ދަރީން ވެސް އައުރަނިވާކުރަން ބާރު ނާޅާ ގައުމުފަސާދަކުރި ޢިލްމުވެރިޔާ؟
      ރާއްޖެއިން ބޭރުން ތިބޭނީ ޔަހޫދީ ޢިލްމުވެރިންނާއި އިންޑިއާގެ ފައްޅިތަކުގެ ފަަދިރީން??

  2. ޙުސްނީ

    ކޮބަާ...ކޮބާ.....
    ޙަތަރެސްކަން ތި ހަމަވީ.... ދީނުގާއޮންނަގޮތް އެންމެ ރަނގަޅަށް އިނގޭނީ މޑޕ އަށް......
    ދިވެހި ރާއްޖޭގެ ހުރިހާ ޢިލްމުވެރިން މެދުކެނޑުމެއްނެތި ބަޔާ ންތައް ނެރެމުންދާއިރުވެސް .... މި ފެންނަނީ ނިކަމެތި ނިމުމަކުން ނިމިގެން ދާން ކައިތިވެފައިވާ ކަމުގެ ހެއްކެއް..!!

    29
    1
  3. ގުއިދައިތަ

    މަޖިލިސް މެމްބަރުން އެބަޖެހޭ ދީނާއި ޤައުމުގެ ދިފާޢުގައި ތެދުވަން. ދީނާއި ޚިލާފު އަދި ޚިލާފު އުފެދިފައިވާ މައްސަލަތައް ކަމުގައި ވީނަމަވެސް ވަކި ގޮތަކަށް ގިނަ ޢިލްމިވެރިން ބުރަވެފައިވާ ކަންކަމުގައި ނަޝީދާއި އެމް.ޑީ.ޕީން ބުނާ ގޮތަކަށް ވޯޓްދޭކަށް ނުޖެހޭނެކަން މެމްބަރުން ހަނދާންކުރަންވާނެ. މެމްބަރުން ހޮވާފަ ތިތިބީ ނަޝިދާއި އިބޫ ބޭނުން ގޮތަކަށް ވޯޓްދޭކަށް ނޫން. މަޖިލީގުގައި އިއްވަން ޖެހޭނީ ރައްޔިތުންގެ އަޑު. އެހެން ކަމުން ސުޕްރީމް ކޯޓަށް ފަޑިޔާރުން އައްޔަން ކުރާއިރު އަންހެން ފަނޑިޔާރުން އައްޔަނު ކުރުމަށް ވޯޓް ނުދެއްވުން ވަރަށް ބޮޑަށް އެދެން. ދީނާއި ޤައުމު ދިފާޢު ކުރައްވާ. ޒިންމާ އަދާކުރައްވާ..

    32
    2
    • އަލީ

      ނަޝީދު ބުނެފިޔާ އަނބިދަރިންވެސް ދޫކޮށްލާ ހިސާބުގަ ތިބި ބައެއްގެ ވާހަކަ ތިކިޔަނީ

      10
  4. އޮރެންޖު

    އެމްޑީޕީ ބައިގަނޑު ކޮށްފިއްޔާ ކޮންމެ ކަމެއްވެސް އޯކޭވާނެ. ތީ ހަމަ ލާދީނީ ބައިގަނޑެއް. ކީއްކުރާނީ ރައްޔިތުންނޭ އަދިވެސް ވިސްނާކަށް ނުވޭތޯ؟؟؟؟؟؟؟

    37
    1
  5. އިބްރާހިމް

    ކީރިތި ޤުރްއާނުގައި އަންހެނާގެ އައުރަކަމަށް ކަނޑައަޅާފައިވާ މިންވަރަށްވެސް މިދެމީހުން ނިވައި ނުކުރޭ.

    36
    1
  6. ނަޖީ

    އެމްޑީޕީގެ ރޯނުއެދުރުން ބުނެފިއްޔާ އެތެދަކައް
    ޔަހޫދީ ދީނުގެ ވާހަކަ އެތިބަބުނަނީ

    30
    1
  7. ކިނބޫ

    މިބާވަތުގެ ކަންކަމުގަ ކަލޭމެން ބަޔާން ނުނެރޭ. ރަނގަޅަސް ނުބަޔަސް ނޭނގޭނެ ކަލޭންނަކަށް. އެހެން ޒާތެއްގެ ބައެއްނު ތީ.

    27
    2
  8. މުހައްމަދު

    އިސްލާމީ ޝަރީޢަތަށް ނުފެތުނުތާ ޑިމޮކުރަސީއަށް ވެސް ނުވި. ހަތަރު މަޒުހަބާއި އިސްލާމީ ގިނަ ޢިލްމުވެެރިން ހުއްދަ ނޫންކަމަށް ވިދާޅުވާއިރު، ހުއްދަކުރުމަށް ހަމއެކަނި އިބުނު ހަޒުމާއި ޠަބަރީގެ ބަސްފުޅެއް އޮންނަކަމަށް ބުނެފައި އޭގައި މިހިފަނީ

  9. އަންނަނީ ހިނި

    ދީނުގެ އަސާސޭ ނުކިޔާ ކޮންމެސް އެހެން މޭރުމަކުން ތިވާހަކަ ދައްކާ. ދީނުގެ އަސާސޭ ކިޔައިގެން ކަލޭމެން ވާހަކަ ދެއްކީމަ ވަރަށް ހިނިއަންނަ ކަހަލަ ޖޯކު ކަމަކަށް ވަނީ

  10. ޑެއިލް

    ސިވިލްކޯޓުގަ ގިނަ މައްސަލަ ނިންމުމަކީ އިސްލާމްދީނާ ހިލާފްކަމެއް ހަލާލްވާނޭ ކަމެއްނޫން. އެމްޑީޕީއަކީ އިސްލާމްދީން މިގައމުން ފޮހެލަންއުޅޭ ބައެއްވީމަ ބުނާނީތިހެން.

  11. މީހާ

    ރީނދޫ ބައިގަނޑަކީ މި ދިވެހި އުއްމަތަށް ކުރިމަތިވެފައި އޮތް ބޮޑު ބަލާމުޞީބާތެއް...

  12. ތަރްތީބު

    ރާވިއްކުމަކީވެސް ދީނުގެ އަސާސަކާއި ޚިލާފުކަމެއްތޯ..؟ ދީނުގެ އަސާސްތައް އަހަރެމެންނައް އޮޅިފަކާއެއް ނެތެވެ.

    3
    1
  13. ގލޅ

    ދީނީ ފަތުވާ ނެރެން އެންމެ ރަނގަޅުވާނީ ގުންޑާ މޑޕ އެވެ އެޕާޓީގެ ބޮޑުމީހާއަކީ ވަރަށްބޮޑު ދީނީ ޢިލްމުވެރިއެކެވެ