އެމްޑީޕީން ގަބޫލުކުރާ އެންމެ އަސާސީ އެއް އުސޫލަކީ، އިންސާނަކު ނިސްބަތްވާ ޖިންސެއްގެ ސަބަބުން އެ މީހަކު ކުރަން ބޭނުންވާ މަަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ވެގެން ނުވުން ކަމުގައި އެ ޕާޓީން ވިދާޅުވެއްޖެއެެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ އަޒްމިރާލްދާ ޒާހިރާއި، ޢާއިޝާ ޝުޖޫން މުޙައްމަދު ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެ ބޭފުޅުންގެ ނަންފުޅު ފޮނުއްވާފައިވާތީ، ރައީސްއަށް މަރުހަބާ ވިދާޅުވެ އެ ޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުންކަމަށާއި، ޤައުމު ބިނާ ކުރުމުގެ މަސައްކަތުގައި ވަކީން ޚާއްޞަކޮށް ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އާބާދީގެ ދެބައިކުޅަ އެއްބައި ބާކީކޮށްފައި ޤައުމެއް ބިނާ ކުރެވިދާނެ ކަމަކަށް މިޕާޓީން ކުޑަކޮށްވެސް ޤަބޫލެއް ނުކުރާ ކަމަށެވެ.

އަދި އިޤްޠިޞާދީ ކަންކަމުގެ އިތުރުން އިޖްތިމާޢީ އެންމެހައި ކަންކަމުގައިވެސް ބަސްބުނެ ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއް ގޮތަށް އަންހެނުންނަށްވެސް ލިބިދޭން ޖެހޭނެ ކަމަށް އެ ޕާޓީން ގަބޫލު ކުރާކަމަށް އެ ބަޔާނުގައި ވެއެވެ.

"މިޕާޓީ ޤަބޫލުކުރާ އެއްމެ އަސާސީ އެއް އުޞޫލަކީ، އިންސާނަކު ނިސްބަތްވާ ޖިންސެއްގެ ސަބަބުން އެމީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ވެގެން ނުވާނެ ކަމުގެ އުޞޫލެވެ". އެ ބަޔާނުގައި ވެއެވެ.

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރާތީ، ރާއްޖޭގެ އިލްމުވެރިން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އަން

    ޖީންސް ތަފާތު ވުމުގެ ސަބަބުން ވެރިކަމަށް ކުރިމަތި ނުލެވޭ. ހުކުރު ހުތްބާ ކިޔާކަންވެސް ފުރުސަތު ނުލިބޭ. މޑޕ ކީކޭ މިކިޔަނީ. ފިރިހެނަކު ދަރިޔަކުވިހަން ބޭނުން ވިޔަސް ބަނޑުބޮޑެއްވެސް ނުވެވޭ. އިންސާނާ ހެއްދެވި ފަރާތުންވެސް އިންސާނުންގެ ދެޖީން ތަފާތުކޮށް ހެއްދެވީ. ކަށިވެސް ތަފާތު. މަސްވެސް ތަފާތު. ބުރުސޫރަވެސް ތަފާތު. ދެން ކޯންޗެއް އެއްގޮތްކުރަން ޔަހޫދީން މިތެޅެނީ.

    79
    1
  2. މުހައްމަދު ނަޝީދު

    ލާދީނީ ކިޔަނީ ހަމަ ކިޔަންވެގެން، ރުޅިއަސްގެން ކަލޭމެން މަރުވޭ! ތީހަމަ ލާދީނީ އެމްޑީޕީ!!

    63
    3
  3. ލާހޫރޭ

    މީ ކޮންފަދަ ވާހައެއް ދައްކާ ބައެއްތަ. އިންތަކާ މިންތަށް ކަނޑައެޅިފަ އޮނަ ކަންކަމުގަ އެ އިންތަކާ މިންތަށް ފަހަނައަޅާ ދިއުމަށް އުޒުރުދެއްކިދާނެ ބޭނުންވާ ކަމެއް ކުރުމޭ ކިޔާފަ!

    52
    2
  4. ކިނބޫ

    އިންސާނަކު ނިސްބަތްވާ ޖިންސުގެ ސަބަބުން ބޭނުންވާ ޖިންސެއްގެ މީހަކާ ކައިވެނި ކުރަން ހުރަހަކަށް ވެގެން ނުވާނެ ކަމަށް ބުނާ ބަޔަކު ތިހެން ބުނުމަކީ އަދި މާބޮޑު ކަމެއްވެސް ނޫންތާ.

    52
    1
    • ސސ

      ޖިންސު ބޭނުންހާ ކަމެއް ކުރެވެންޏާ ނިކަން ފިރިހަނަކު ދަރިޔަކު ވިހައިގެން ކިރުދޭން އުޅެބަލަ އެކަން ކުރެވޭތޯ ބަލަން !

      15
  5. ކިނބޫ

    އިންސާނަކު ނިސްބަތްވާ ޖިންސުގެ ސަބަބުން ބޭނުންވާ ޖިންސެއްގެ މީހަކާ ކައިވެނި ކުރަން ހުރަހަކަށް ވެގެން ނުވާނެ ކަމަށް ބުނާ ބަޔަކު ތިހެން ބުނުމަކީ އަދި މާބޮޑު ކަމެއްވެސް ނޫންތާ

    35
    1
  6. ހުސޭނުބޭ

    ބުއްޅަބޭ ބޭނުންވަނީ ދަރިމާވެ ކިރުމަޔަކަށްވާން! އެހެންވިއްޔާ އޭނާއަށް އެކަން ވާނެތަ؟

    20
  7. ޝާހް، ރ.ވާދޫ

    ނަޝީދޫ ކަލޭ އަންހެނުން އަނގައިން ކަލޭ ވަރިކުރުވަބަލަ!! ބީތާޔާ ދީނުގަ ކޮންމެ ކަމެއްވެސް ވަކިގޮތަކަށް ކަނޑައެޅިފަވަނީ އޭގަ ކޮންމެސް ހިކުމަތްތަކެއް ވާތީވެ!! ކަލޭތީ ކަލޭބޭނުން ކޮންމެކަމެއް ކުރަން ބޮޑާވެ ގައްޑާވާ މީހެއް!! ހުތުރު ގޮތެއްގަ އަނެއްކާވެސް ވެއްޓޭނެ މީހެއްތީ!!

    25
  8. ސަމި

    ކިތައްމެ ވަރަށް ފޮރުވަން އުޅުނަސް ތި ބައިގނޑުގެ ނިފާޤު ކަން ދަނީ ފެންނަމުން. ޔާ ﷲ މި ބއިމީހުން ފަރާތުން މިޤައުމު ސަލާމަތް ކުރައްވާންދޭވެ.

    26
  9. ބޯހލާކު...

    އަޅެފަހެ މީހަކު ބޯހަލާކު ވެދާނެ މިތަކެތި ކިޔާފަ.. ލަދުން ބޯހަލާކު

    17
  10. ޑަލާސްޓް

    މީ ބުއްދި ސަލާމަތުން ތިބި ބައިގަނޑެއްތޯ ބަލާނެ މުވައްސަސާއެއް މިތާގަ ނެތީތަ ؟

    16
  11. ވެރި ސޮރު

    ބަލަ ދައުލަތުގެ މަސައްކަތަކީ އެންމެންގެ މަސައްކަތް އެމްޑީޕީ އެކަނި މަސައްކަތެެއް ނުން ތިބުނާ ޖިންސު ބޭނުންވާ މަސައްކަތް އޭނާ އަމިއްލަޔަށް ކުރޭ އެކަމަކު ދައްލަތުގައި މަސައްކަތް ކުރާނީ ޖިންސު ހުއްދަކުރާ މަސައްކަތް އެކަނި !

    12
  12. ވަކަރު

    ފިނިގޮނޑީގައި އިނދެގެން ލައްކައިން މުސާރަލިބޭ ވަޒީފާއެއްވިއްޔާ އެތަނަކަށް ކޮންމެހެންވެސް އަންހެނަކުލާން އެބަޖެހޭ، ދުވަހަކުވެސް ކޮޮންކުރީޓު މަސައްކަތާއި މަޖޫރީ މަސައްކަތަށް އަންހެނަކު ނެރިގެނެއްނުވޭ އެކަމަކު.

    18
    • ހަމަހަމަކުރޭ

      އަސްލުވެސް..ތިހެންްްްްްް ނުބުނެވޭ ވަރެއްނޫން...ހުރިހާ ބިދޭސީންްތައް ފޮނުވާލާފަ ތިމަސައްކަތްތަކަށް އަންހެނުންނެރޭ..

      12
  13. ސުހެއިލް

    މިސާލަކަށް ކިރުމައި އެއްގެ ގޮތުގައި ކެނެރީގެ ނަޝީދުއަށް ކުއްޖާއަށް ބުއްދެވޭނެތަ؟

    19
    • ނަޝީދު

      ކިތަންމެ ބޭނުން ވިޔަކަސް ނުދެވޭނެ..

    • ހުސޭނުބޭ

      ލަންޑަނަށް ގޮސް ބުއްދޭ އޮޕަރޭޝަން ކޮށްގެން އައިސްދާނެ! މިހާރުވެސް ނޭގޭ ބުއްދޭ އޮޕަރޭޝަން ނުކުރާކަމެއް!

  14. ބުރޯ

    އިންސާނާ ދުނިޔެއަށް އައީ އަމިއްލަޔަށްތަ ؟ﷲ ގެ ވަހީ ކީރިތި ގުރްއާނުގާ މުއުމިނު ފިރިހެނުންނާ މުއުމިނު އަންހެނުންނާ މުސްލިމު ފިރިހެނުންނާ މުސްލިމު އަންހެނުން ގެ ވާހަކަ އަންހެން ފިރިހެން ވަކިން އައިސް އޮތުމުގެ ހިކުމަތަކީ ކޮބާ ؟އާދަމް ގެ ފާނު މަށިންހައްދަވާ މަލާއިކަތުންނަށް ސަޖިދަ ކުރައްވަން އަންގާފަ ، އާދަމްގެ ފާނުގެ ވައަތު އަރިކަށީގެ ގުދު ކަށިކޮޅަކުން ހައްވާގެ ފާނު ހައްދަވާފަ އަންހެނުންހެއްދެވުނީ ފިރިހެނުންނަށޤޓަކައޭ ކީރިތި ގިރްއާނުގާ އަންގވާފަ އޮތުމުގެ ހިކުމަތަކީ ކޮބާ ؟ އަންހެނަކަށް 1 ފިރިން ހުއްދަ ކުރެވޭއިރު ފިރިހެނަކަށް 4 އަނބިން ހުއްދަ ކުރެއްވުމުގެ ހިކުމަތަކީ ކޮބާ؟ ހެކި ދިނުމުގާ 1 ފިރިހެނުންނާ 2 އަންހެނުން އެއްވަރު ކުރުމުގެ ހިކުމަތަކީ ކޮބާ؟ ދުނިޔެއަށް ފޮނުވި ހުރިހާ އަންހެނުންނާ ފިރިހެނުން ކުރަންޖެހޭ އެއް ކަމެއްގެ ގޮތުގަ އޮތީ ހަމައެކަނި ﷲ ކިބަޔަށް އަޅުކަންކުރުން ނޫންތަ؟ އެއްވެސް އަންހެނަކު ދުނިޔެއަށް ފޮނުއްވާފައިވޭތަ؟ އެ އަންހެނާ ދުނިޔޭގަ ހުންނަ ހުރިހާ ހާލަތެއްގާވެސް ބަލަދު ނުވަތަ ވާރުތަ ވެރިޔަކާ ނުލާ ހުރެވޭގޮތެއް އެބައޮތްތަ ؟

    12
  15. 1111

    ކަލޭމެން ތިއީ ހިތަށް އުފެދިގެންވާ ބައެއްތަ؟ ނޫނީ އުފެދިގެން އުޅެނީ ކަލޭމެން އަމިއްލައަށްތަ؟

    12
  16. ލާމު

    އިސްލާމީ މަރުކަޒާއި އެހެން މިސްކިތްތަކުގެ އިމާމުންނަށްވެސް އަންހެނުން ލާންވީނުން.

    12
  17. ގާތް

    ރަނގަޅު އެހެންވީމަ ޕުރޮސްޓިޓިއުޝަންއާ ޖުވާކުޅުންފަދަ ކަންކަންވެސް ކުރެވޭނެއޭ ބުނާއަޑު އިވުން ދުރެއް ނޫން

  18. އަޒްލީމް

    ފިރިހެނުންނައް މާތް ރަސްކަލާނގެ ފަރުޖެއް ނުދެއްވައެވެ. އަދި އަންހެނުންނައް ޒަކަރެއްވެސް ނުދެއްވައެވެ. އަދި އެއްޖިންސައް އަނެއް ޖިންސުގެ ގުނަވަން އިންސާނީ ދަރިފަސްކޮޅައްޓަކާ ބޭނުންވާގޮތައް ލެއްވި އިރު އެދެ ޖިންސުގެ އިންސާނުންގެ ރޯލު ވަނީ ވަކިކުރައްވާފައި އެ ޖިންސެއްގެ ރޯލާއި އެންމެ އެކަށީގެންވާ ސިފަތަކާއި ގާބިލުކަން ދެއްވާފައެވެ. މިކަމުން ދޭހަވަނީ ދެޖިންސައް ޚާއްސަ ކުރައްވާފައިވާ ވަކި ޒިންމާތަކަކާއި އަދި އިޖުތިމާއީ އަދި ފަރުދީ ރޯލުތަކެއް ކަނޑައެޅިފައިވާކަމެވެ.

  19. ރަކްސީން

    އަންހެނުން ފަޑިޔާރުކަމައް އިސްކުރުމަކީ ގިޔާމަތުގެ އަލާމާތްތަކުގެ ތެރެއިން އަލާމާތަކައް ވެދާނެއެވެ. އަންހެން ފަނޑިޔާރުންތަކެއް އިސްކުރުމާއި ވިދިގެން މާގިނަ ދުވަސްތަކެއްނުވެ އޭރު އެކަން ކުރި މައުމޫނު އަބްދުލް ގައްޔޫމު ސީދީގެ ވެރިކަން ބިކަވެ ނިކަމެތިވެ ވެއްޓިހަލާކުވެގެން ދިޔައެވެ. މިއީ އެމްޑީޕީއާއި އަންނިގެ ހަލާކު މެދުވެރިކުރުވާ ސިއްކައިގެ ނިޝާންކަމުގައި އުންމީދުކުރަމެވެ.

  20. ކަލޯ

    ގަންޖާ މާސްޓަރުމާދަމާ މަޖިލިހުން ނެރޭ ޤާނޫނުގަ އޮންނާނީ ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކައް އެމީހަކުބޭނުންވާ ގޮތަކައް ޖިންސް ބަދަލްކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމާ އެކަމުގައި ދައުލަތާ ހުރިހާ މުއައްސަސާގެ އެއްބާރުލުން ދޭންޖެހޭނެކަމުގައި. އަދި މިޤާނޫނުގެދަށުން ފުރަތަމަ ޖިންސް ބަދަލްކުރާ މީހަކީ ގަންޖާ ތަކުރުކަމުގައި އިއުލާން ކުރެވިގެންދާނެ!

  21. މަސްވެރިޔާ

    ކީއްވެތޯ، ފިރިހެނުން ހައިޝު ނުވަނީ؟ އެއީ ވަރަށްވޭންހުރި ތަދުތަޖެއް ކަބަލުން އުފުއްލާކަމެއްމް. ކީއްވެތޯ ފިރިހެނުން ބަލިވެ ނިއިންނަނީ.... ޤާޒީ އަކު ފަނޑިޔާރުކަންކުރާނީ އިސްލާމީ އަދި ދުނިޔެވީ ކޮންހަމަތަކުންތޯ....

  22. ދދ

    އެމްޑީޕީ މިބުނަނީ އެއްޖިންސުން ގުޅުން ހިންގޭނެ ވާހަކަތޯ ؟ ޖިންސު ބޭނުން ހާކަމެއް ނުކުރެވޭނެ! ޖިންސު ކުރަން ހުއްދަ ކަންކަން ކުރެވޭނީ ! ޖިންސު ބޭނުން ވިޔަސް ޒިނޭ ނުކުރެވޭނެ !

  23. އަހްމަދު

    ތިވާހަކަ ތިގޮތަށް ބުންޏަސް ވާހަކަ ދިމަލެއްނުވޭ. ފަނޑިޔާރުކަމަށް ދެއަންހެނުން ގެންނަން އުޅެނީ އެމީހުން އެކަންކުރަން ބޭނުންވެގެން އެދިގެނެއްނޫން. ސޯލިހާ އަންނިއާ ބޭނުންވެގެން. ތިބުނާ ގޮތުން ވިއްޔާ ޒިނޭކުަން ބޭނުންމީހާ ހަމަ ޒިނޭ ކުރަންވީތަ؟ އާނ ބޮވެންވާނެ ކަމަށްބުނަ ބަޔަކަށް ހަމަރަނގަޅުވާނެ.

  24. އެންތްރެކްސް

    ދެން ކީއްވެ ޖިންސް ތަފާތު ވުމުގެ ސަބަބުން އަންހެނުންނަށް ވަރި ނުކުރެވެނީ...ފިރިހެނުން ނުވިހަނީ..ފިރިހެނުން ޕީރިއެޑް ނުވަނީ... އިންސާނަކަށް ވީތީ މިހުރިހާ ކަމެއް އެމް.ޑީ.ޕީ އިން ބަދަލު ކުރަން ވީނުން...