މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެނެއްގެ އަތް ދަބަހާއި ފޯނު ފޭރިގަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިރޭ ފާށަނާ ކިލޭގެ މަގުން ހިނގާފައިދިޔަ ބިދޭސީއެއްގެ ފޯނާއި، އަތްދަބަސް ފޭރުގަތް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ 18:40 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ މީހެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގައި ފޭރުމާއި ވައްކަމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.