ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިލްމުވެރިންގެ ބަސް ހޯދުމަށްފަހުކަމަަށް ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ފާޅުގައި މިހާތަނަށް ތާއިދު ކުރެއްވި ރާއްޖޭގެ ހަމައެކަނި އިލްމުވެރިއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ނަޝީދު ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ، އެ ނިންމުން ނިންމީ، ރާއްޖެ އާއި ރާއްޖޭއިން ބޭރުގެ އިލްމުވެރިންނާއި، ވާހަކަ ދައްކާފައި ކަމަށާއި، ހުރިހާ ގޮތަކުންވެސް އެއީ ކިހާވަރެއްގެ ކަމެއްތޯ ބެލުމަށް ފަހު ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖުޑީޝަލް ސާރވިސަސް ކޮމިޝަންގެ ލަފައަކަށް އެދުނުއިރު، ޖޭއެސްސީންވެސް ވަނީ އެ ދެ ނަންވެސް ބަލައިގަނެފައެވެ.

އެއާއެކު ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ޞާލިހް ނިންމެވީ ރާއްޖެ އާއި ބޭރުގެ އިލްމުވެރިންނާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ލަފާދެއްވީ ކޮން އިލްމުވެރިންނެއް ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.

އަދި އެފަދަ މަޝްވަރާއެއް ރައީސް ޞާލިހް އިލްމުވެރިންނާއި ކުރެއްވި ކަމަށް މިހާތަނަށް ރައީސް އޮފީހުން ވިދާޅުވެފައެއް ވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ގުނބޯ ރާއްޖެ

    މީނަ ދުވަހަކުވެސް ތެދެއް ހެދިތަ؟ ކަލޭމެން ގޮތަށް ގުއިރޯނުގައި ޖެހިފަތިބި ޢިލްމުވެރިންގެ ބަސްތޯ ހޯއްދެވީ؟ ދިވެހިން ގުނބޯ ހެއްދީ އަދިވެސް ގުނބޯ ހައްދާނެ.

    31
  2. ސިހުރު

    ބޮޑު ވަބާއެއް މި ނަޝީދުމީ...އިބުރާ ގާތުތައެހީ؟ ރަާއްޖޭގެ އެންމެ ނަން މަޝްހޫރު އިލްމުވެރިން ފާޅުގަ އެކަމާ ދެކޮޅު ހަދަނީ...

    29
    1
  3. މަސީހު

    ނަސީދު ހޯދާލަފާތަކައްފަހު ނިންމާ ނިންމުންތައްކުން ހަރާންކަންތައްތައް ހަލާލުކަމައް ނިންމާދުވަސް މާދުރުނޫން މުސްތަގުބަލެއްގަ ފެނިގެންދާނެ.

    25
  4. ހޮއް

    އާނ، ތެދެއް، ރާއްޖޭގެ ފާޅުގައި އެތީސްޓު މުނާފިގު "ދީނީ އިލްމުވެރިން"ނާއި ރާއްޖޭގެ ބޭރުގެ ސެކިޔުލަރ "މުސްލިމް" ގައުމުތަކުގެ "އިލްމުވެރިން"ގެ ބަސް ހޯދާފައި. އެމީހުން ޒިނޭކުރުމާއި ރާބުއިން ހުއްދައޭ ބުންޏަސް އެކަން ގަބޫލުކުރާނެ. މިހާރުވެސް ޔޫއޭއީއާއި ގަތަރާއި ނަޝީދު ތިބުނާ "މުސްލިމް" ގައުމުތަކުގައި ރާބުއިންވެސް އޯކޭ، ނައިޓްކްލަބްވެސް އޯކޭ. ކެސިނޯވެސް ހަމަ އޯކޭވާނެ. ނަމެއްގައި މުސްލިމްގައުމުތަކެއް.
    އެހެން ގައުމުތައް ކަންތައް ކުރާ ގޮތް ނޫނޭ މުހިންމުވީކީ. މުހިންމުވީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާ ( صلى الله عليه وسلم)ގެ ސުންނަތާއި އިޖްމާއު (ގިނަ އިލްމުވެރިންގެ އިއްތިފާގުން ހުއްދަ/ހަރާމްވާ ކަންކަން). އިލްމުވެެރިންނަށް ހެދިގެން އުޅޭ ދެތިން މީހުން ބުނެގެން ނުޖެހޭނެ ކަމެއް ހުއްދަކުރާކަށް.

    23
  5. ސާރާ

    ލަފާ ހޯދީ އަދާލަތޭ ކިޔާ ދެފުށްކެހެރިންގެ ކައިރިން. އެއީ މަޤާމުތަކާ ފައިސާގެ ދަށުވެފައިތިބި މަރުމޯލުން. އެމީހުންނަށް އޮތްގޮތަކީ ލާދީނީ ބައިގަނޑު ކޮންމެކަމެއްކުރިޔަސް އޯކޭ ދިނުން.

    24
  6. ޝައިޚް

    އިރާދަކުރެއްވިއްޔާ ތިޔަ ބައިގަނޑު ތިޔަ ނިކަމެތިވަނީ. މާތްﷲ ބަޔަކު ނިކަމެތިކުރައްވާ ބަލިކުރެއްވުމަށް އިރާދަކުރައްވައިފިނަމަ އެބަޔަކު ދުނިޔޭގެ ދަޅާގައި ޖައްސަވައެވެ. އަދި އެބަޔަކު ޝިރުކާ ކުރިމަތިކުރައްވައެވެ. އޭގެފަހުން އެބަޔަކު ބަލިކުރައްވަތެވެ. ނެތިކުރައްވަތެވެ.

    25
  7. ކެޔޮ

    މީނާގެ ދޮގެއް ނުހިމެނޭ ،ބަޔާނެއް ދުލުން ބޭރު ވެފައެއް ނޯންނާނެ

    25
  8. ީިިގުދު

    މީނަ ބުނެފާނެ އާފަލެއް ދައްކާފަ މީ ބަނބުކޭލެކޭ ވެސް ހެޔޮނުވާނެ އަލްއަޚު ރައީސް ނަސީދު ގެ ވާހަކަ އަޑު އަހަން

    25
  9. ހުދުހުދު

    ތިޔަ ދީނީ އިލްމް ވެރިންގެ ނަން ތައް ވެސް ބުނެލަބަލަ. ތިޔަ ޔަހޫދީ ތެދެއް ނަހަދާނެ.

    24
  10. ޙުސްނީ

    ބަލަ ނަޝީދޫ މިރާއްޖޭގެ ކޮންއިލްމުވެރިނެއްގެލަފާފުތޯ ހޯއްދެވީ... އިލްމުވެރިންގެ އެންމެމަތީ މަޖްލީސްއިން ނާއި އެކިއެކި އިލްމުވެރިން އެވިދާޅުވަނީ އެނިންމުމަކީ ތިމަންނަމެންގެ ނިންމުމާ ދިމާ އިދިކީލި ނިނމުމެކެވެ..... ޢެހެންތާވާނީ ޖަޒީރާ ރާއްޖޭގެ ނިންމުންތައް ނިންމާނީ ބޭރުގެލާދީ ބައިގަނޑު ދެއްތޯ...... ބޯހަލާކު

    22
  11. ބުރޯ

    ނަސީދު ކޮން ދޮގެއްހަދާކަށް ނަސީދާ މިސަރުކާރަށް ތާއީދުކުރާ އިލްމުވެރިން ދެކޮޅުހަދަމުންދާއިރު ފޭކްވާހަކަނުދައްކާ. ނަސީދާ އެއްކޮޅަށް ދީނާހިލާފު ވާހަކަ ދައްކާނީ ނަސީދުގެ ދީނުގެ މީހުން . މުސްލިމުންނެއް އިސްލާމްދީނާ ހިލާފް ކަންކަން ކުރަން ނޫޅޭނެ.

    20
  12. ރުވައިބިޟާ

    ރުވައިބިޟާ މަޖިލީހުގެ ރައީސްކަން ކީއްވެތޯ ފިރިހެނަކަށް ލިބިގެން މިއުޅެނީ.
    ސެކިއުލާ ވިސްނުމުގައި މަޖިލީހުގެ ރައީސަކަށް ފިރިހެނަކު ހުންނަންވީސަބަބު އަންގާލަދެއްވާ.

    19
  13. އައްޔަ

    ސުޖޫން އެ އީ އަހުލާގެއްނެތް މީހެއް

    16
  14. އިބްރާ

    މައުމޫނަކީ ދީނީ ޢިލްމުވެރިއެއްނޫންކަމަށް އަޅުގަނޑަށް ލަފާކުރެވިފައި ވެއެވެ. މައުމޫން މަތީތަޢުލީމް ޙާޞިލްކުރެއްވީ ނުޖޫމީ ޢިލްމުންކަމަށް އެނގިފައިވެއެވެ. އެމަނިކުފާން ތަރިތަކުގެ ޢިލްމު ކިޔެވީވެސް ރާއްޖޭގައި ޝަރީޢާ އެން ލޯ ކިޔަވައިގެން އަދާކުރާނެ ވަޟީފާއެއް ފެންނަން ނެތްކަމަށް އެނެގިފައިވެއެވެ

    18
    1
  15. 1111

    މި ރާއްގޭގައި ޢިލްމުވެރިން ގެ ޝަރުޠު ހަމަވާ ފަރާތެއް ހުރިކަމެއް ދެނެހުރިން. ދީނުގެ ޢިލްމު އުގެނިގެން ތިބޭ އެންމެންނަީ ޢިލްމުވޭރީންނެއް ނޫންކަން އަދި އެގިނުއްވަނީ. އެއީ ޢިލްމުގެ ދަރިވަރުން. އެހެން ނޫނަސް މިޒަމާނުގައި ގިނަވާނީ ހަވާނަފްސުގެ އަހުލުވެރީން. އެމީހުން ކައިރީން ފަތުވާއެއް ލިބިގެން ތިއުޅެނީ.

    16
  16. އަލީ

    އަންނީ ކަލޭ އިލްމުވެރިން ތިކިޔަނީ ކަލޭގެ އަނބި ދަރިންނައްތަ.

    19
  17. ޖަހާންގީރު

    ޑެންމާރކް ގެ ފައްޅިން ޖެޒުއިޓުންގެ ލަފާ ކާފަރު ކަލޭގެ ހޯދާފަ އޮންނާނީ

    17
  18. ކޮތަރު

    މީނަ އެބުނަނީ ތެދަކަށްވެދާނެ. ލަފާހޯދީ އިސްލާމީ ޢިލްމުވެރިންގެ އަރިހުން ކަމަށް މިކަލޭގެ ބުނެފައެއްނެތް. ލަފާހޯދީ ޔަހޫދީ، ނަޞާރާ، ބުޑިސްޓް ޢިލްމުވެރިންގެ ގާތުން ކަމަށްވެސް ވެދާނެ.

    16
  19. ކޮތަރު

    މަޢާފްކުރައްވާ. އެބައޮތް އިސްލާމީ ޢިލްމުވެރިންނޭ ބުނެފަ. އަޅުގަނޑަށް ޓްވީޓް ބަލާނުލާ ގޮވެލިފަތި ގޮވާލެވުނީ.

    9
    1
  20. ކޮތަރު

    މަޢާފް ކުރައްވާ. އެބައޮތް މުސްލިމް ޢިލްމުވެރިންނޭ ބުނެފަ. އަޅުގަނޑަށް ޓްވީޓް ބަލާނުލާ ފަތިވަރު އަމުނާލެވުނީ.

    4
    1
  21. ޒަމަން

    ތިބުނަނީ ދުނިޔޭގައި ތިއްބަވަނިކޮއް ސުވަރުގެ ވަންނާނެކަމުގެ ޚަބަރު ދެވުނު ޚުލަފާއުއް ރާޝިދޫންގެ ހަތަރު ޚަލީފާއިން އިސްލާމީ އުންމަތާއި ހަލާރަތް ބިނާކޮއްފައިވަނީ އަންހެނުން ބާކީކޮއްގެންނޭތޯއެވެ. މިއިން އެއްވެސް ޚަލީފާއަކު އަންހެނަކައް ފަނޑިޔާރުކަމެއް ދެއްވާފަކާއެއްނުވޭ.. އަދި ގަވަރުނަރްކަމެއްވެސް ދެއްވާފަކާއެއް ނުވޭ.. އެކަމަކު އުންމަތް ފުޅާކޮއް ހައިބަތު އުފުލާ ފަތަހަކޮއް ހެއްދެވިއެވެ. އެހުރިހަކަމެއްވެސް ކާމިޔާބު ކުރީ އަންހެނަކައް ގާޒީކަން ނުދީއެވެ.

    11
  22. ލަދު

    އޯލްޓަނޭޓިވް ނެރޭޓިވް އެއް ހޯދާފައެއް ނޫންތަ! މީނާގެ މަކަރުވެރި ރޭވުމުން ދިވެހިޤައުމު ސަލާމަތް ކުރައްވާށި. އާމީން

    11
  23. އަލީރާޖާ

    އަންހެނަކު މަގާމަކަށް ލާންއުޅެފިތަ، ބައެއް މީހުންގެ ނިކަން ވާހަކަ ގިނަވާނެ. ފިރިހެނަކު ހަމަ އެކަގާމުގައި އިދެގެން އޮރިޔާން ފިލްމުކުޅެ، ފާހިޝް އަމަލުތައް ހިންގާ، ރިޝްވަތުހިފާ، ޒިނޭކޮށް، ކަޑައެޅިގެން ހަރާމް އެތެއް ކަމެއްކޮށް ފަޑިޔާރެއް ހުރުން ލާޒިމް ޝަރުތުތަކުން ބޭރުވިޔަސް ހަމަ އެއްކަލަ ގްރުޕު ތިބޭނީ މަޑުމަޑުން. ބުނާއެއްވެސް އެއްޗެއް އިގޭ ކަމަކަށް ނުވާނެ. ދިނާ ފުށުއަރާ ކަމަކަށްވެސް ނުވާނެ. މިއީ ދެން އަޅެ ކޮންފަދަ ކަމެއް؟

  24. ރަބަރޭ

    ދީނާބެހޭ މައްސަލަ ތަކުގައި ސަރުކާރަށް ލަފާދޭން އޮންނަ މަޖްލިހަކީ ފަތުވާ މަޖްލިސް. އަންހެނުން ފަނޑިޔާރުކަމަށް އިސްކުރުމުގެ މައްސަލައިގައި އެމަޖްލިހަށް ފެންނަގޮތް ހުށަހެޅުމުން އެކަން ހަޖަމުނުވެގެން މިހާރު އެއޮތީ ފަތުވާ މަޖްލިސް އުވާލާ ހިސާބުގައި. ދެން ކޮން ޢިލްމުވެރިން ނެއްގެ ވާހަކަބާ ގަންޖާބޯ މިދައްކަނީ.....؟؟؟

  25. އަހުމަދު

    ޕްރޮފެސޯރު އުގައިލު ކައިރިން ކަމަށް ލަފާ ކުރެވެނީ އެއީ ވެސް އިލްމް ވެރިއެއްނު. ނަޝީދު ނުބުނެއެއްނު ދީނީ އިލްމް ވެރިންނެކޭ... މިކަމާއި ބޭހޭ ގޮތުން އުގައިލު ބުނަނީ ކީކޭބާ ކުރީ ސަރުކާރު އިރު އަބަދު ފާޑު ފާޑުގެ ޓުއިޓު ކުރި މިހާރު އަފަލާ ތަންހަރު.....ދަނޑު ވެރިކަމުގެ އިލްމް ވެރިއަކާއި މަސްވެރިކަމަގު އިލްމު ވެރިއަކާއި ވާޑާމުގެ އިލްމް ވެރިއެއް ގާތުން ސާފު ކުރީކަމަށް ބެލެވެނީ