މާލޭގެ ފިހާރައެއްގައި އޫރު މަހުގެ އުފެއްދުމެއް ވިއްކަމުންދާ ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މާލޭގެ ފިހާރައެއްގައި ވިއްކަމުން ގެންދަނީ އޫރުގެ މެއި ހިމަނައިގެން ތައްޔާރުކޮށްފައިވާ ދަޅެކެވެ. "ވަގުތު" އަށް ލިބިފައިވާ ފިހާރައިގެ ރިސިޕް އަކުން އެނގޭ ގޮތުގައި އޫރުގެ އުފެއްދުން ވިއްކާފައި ވަނީ 07-އީ ޝޮޕް ނަމަކަށް ކިޔާ ފިހާރައަކުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެފިހާރައިން އޫރު މަހުގެ އުފެއްދުން ވިއްކަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ރޭ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސް، އަދި މިއަދު އިކޮނަމިކް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެ ކަމަށް އޭނާ ބުންޏެވެ.

"މިއަދު މިނިސްޓްރީގެ ބޭފުޅުން އެފިހާރައަށް ދިއުމުން ފިހާރައިން ބުނި ކަމަށް ވަނީ މިހާރު ހުރިހާ އެއްޗެއް ވިކި ހުސްވެފައިވާ ކަމަށް." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އޫރުމަހުގެ އުފެއްދުންތައް ވިއްކާ ފިހާރައިގެ ބަހެއް ހޯދުމަށް އެފިހާރަށް އަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

މާލޭގެ ރެސްޓޯރެންޓެއްގައި ވެސް އޫރު މަހުގެ އުފެއްދުންތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް އަދި "ވަގުތު" އަށް އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ދާދިފަހުން ބަނގުއައިވި ހުރި އުފެއްދުމެއް ވެސް މާލޭގެ ފިހާރައެއްގައި ވިއްކަން ހުރި މައްސަލައެއް މީޑިއާގެ ސަމާލުކަމަށް އައިސްފައިވެއެވެ.

އޫރު މަހުގެ އެއްވެސް އުފެއްދުމެއް ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ވިއްކުމަކީ މަނާކަމެކެވެ. އޫރު މަހުގެ އުފެއްދުންތައް ވިއްކެނީ ހާއްސަ ހުއްދައެއް ނަގައިގެން ހަމައެކަނި ރިސޯޓްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަންތިމަރިޔަބު

    ތިހުރިހާ މަންޒަރު ތަކެއް ފެންނަމުން ދާނީ ފައްޅި އެޅުމާއި އެއްޖިން ސުންކާއިވެނި ކުރުންވެސް ޒީރޯޓޮލަރެންސްގެ ދަށުން ގެނެވޭތޯ ބަލާނެ ހަމަހިނިއަންނަނީ

    52
    4
    • ގޯސްގޯސް

      ބަލަ މިއީ އިއްޔެ އިހަށް ދުވަހު އެތެރެކުރި އެއްޗެއް ނޫނޭ.. 2016އިންފެށިގެން އެތެރެކުރާއެއްޗެއް.. މަންޒަރު ކަލޭމެންނަށް ފެންނަނީ ވަކި މީހަކު ވެރިކަމަށް އައީމަ.. އަންހެން ފަނޑިޔާރުންވެސް ކުރިންތިބި ވަކި ވެރިކަމެއް އައީމަ ގޮސްވީ

      11
      27
      • Anonymous

        ކަލޭމެން ތަންކޮޅެއް ބޮޑުވަރުވިއްޔާ ތިވަނީ

  2. މޫސަބެ

    ޢޫރުމަހާ ރަލާ ހުރިހާ އެެއްޗެއްވެސް ވިއްކާނެ މި ސަރުކާރަކުން އަޅައެއްވެސް ނުލާނެ. ބޯންޖެހޭނެ ބޮވެންޖެހޭނެ ސަރުކާރެއްމިއީ. ލޮލް

    52
    7
  3. Anonymous

    މިގައުމުގެ ރައްޔިތުން ބޭނުންވީ ވަގުތީ އުފަލާ ޑާއިމީ ނަރަކަ. އެދޯ ދެން ލިބޭނީ.

    41
    3
  4. ޖައްރާފު

    މިހާރަކު މިގައުމުގަ ހާލާލެއް ހަރާމެއް އަދީ އަންހެނެއް ފިރިނެއްގެ ތަފާތެއްމެތެވެ. ޢޮންނަނީ ހިތައް އެރުމެވެ ދެން ވީ އެކަންކުރާށެވެ ދެން އަޑުއިވޭނީ ސިދާތަމެން ދުންޔާމެން އަނާރާމެން މިސްކިއްތަކުގަ ހުކުރުކުރާތަނެވެ ދެޖިންސު އެކުވެ ސަފުހަދައިގެން މިހާރު މިކަންމިގޮތައް ކުރާ ބައެއްގައުމުތަކުގަ އެބަހުއްޓެވެ.ދުނިޔޭގަ ތިބިބަޔަކައް މިކަން ފެންނާކަކައް މާގިނަ ދުވަހެއް ނެތެވެ މިހާރު ހުންނަނީ ބަލިކަށި ފަތުވާއާ ސައްހަ ފަތުވާ އާއި ހަދީސެވެ އެތަނުން ބޭނުން ހަދީސެއްނަގައި އެކަމެއް ކުރަންވީއެވެ ބަޔަކުހަލާވާންވެއްޖެނަމަ އެތަނަކައް އަންހެން ވައްދައި ފަސާދަކުރަތެވެ ދެން އެކަމެއް ވާކައް މާގިނަ ދުވަހެއް ނުވެއެވެ.

    34
    2
  5. އޯކޭ

    އޯކޭވާނެ، މިސަރުކާރުގައި ރާއެއީ ހުއްދަ އެއްޗެއް. އެގޮތަށް އޫރުމަހަކީވެސް ހުއްދަ އެއްޗެއް. އިސްލާމީ އިންޑިޔާގައި އެއެއްޗެހި ވިއްކާފައި ރާއްޖޭގައި ނުވިއްކަންވީ ކީއްވެ؟

    32
    3
  6. Anonymous

    ތިކަހަކަ ހުރިހާކަމެއް ވަމުންގޮސް މިގައުމު ޢަރަގުވެގެންދާނީ، ހިތާމައިގެ ކޮޅެއްނެތް.

    37
    2
  7. ކަންނެލިއޮޑި

    ތިކަންކަން ދެން ތީ މިހާރު މަނާ ކަންކަމެއް ނޫން. ދުއާ ދެއްވާފައޯ ހުރީ. މިއޮތީވާ ކަމެއް.

    33
    2
  8. ތަހުތު

    އމޑޕ ކުދީންބުނާނެސާބަހޭ

    30
    2
  9. ޒިއަޒަން

    ތިއީ 2016 ވަނަ އަހަރު އެތެރެ ކުރަންފެށި އެއްޗެއް.. އޭރު ކަސްޓަމުން ހުއްދަވެސް ދީގެން އެކަންކުރީ.. ބަލަންވާ ވަރަށް ނުބަލާތީ ވާގޮތް.. އަދި އެނގޭތޯ އަޖުނަމޮޓޯގެ ގިނަ ބާވަތްތަކަކީވެސް އޫރުގެ ކަށިން އުފައްދާފަ އުންނަ އެއްޗެއް.. އެވެސް އެބަޖެހޭ ބަލަން

    17
    6
  10. ނަޖީބު އައްބާސް

    ތިކާމާ ކަންބޮވަނީ ކީއްވެތޯ ބަނގުރާ ވިކައިގެން ދިރިއުޅުމުގެ ބޭނުންތައް ފުދާ ގައުމެއްގެ ރައްތުން

    8
    4
  11. ކޮރަލް

    އޫރު މަސް ހުރި އެއްޗެއް ވިއްކި ކަމަށް އެއްބަސް ވީއެވެ. ދެން ބަލާ ދީބަލާށެވެ.

  12. އަފްލާ ސޮހައިލް

    ޢެތެރެކުރިބަޔަކު ހޯދައި ފިޔަވަޅުއަޅައި ދީފައޮތްހުއްދަތައް ބާތިލުކޮށް ޖޫރިމަނާކުރަންވީ!!

  13. މިގޭ

    ކަލޯ މެން އަދިވެސް ހޭއަރާކަށް ނުވޭތަ. ބަލް ތިބެނީ ތޯއެވެ. ލާދީނީ ހުރިހާކަމެއް މިފެށުނީ ނޫންތޯއެވެ.

    4
    1
  14. ބޯހަލާކު

    ހާއްސަ ހުއްދައެއް ނަގައިގެން އެވިއްކީވެސް