އަންހެނުންނަށް ޤާޟީކަން ކުރެވޭނެ ކަމަށް ދައުވާކުރާ މީހާ އެވަނީ ﷲ ގެ ޝަރީއަތައް ކާފިރުވެފައި ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމަށްވާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ވިދާޅުވެއްޖެއެވެ.

ޝައިހް އާދަމް ނިޝާން މިހެން ވިދާޅުވީ އަންހެނުން ޤާޟީކަން ކުރުން ހުއްދަ ކަމަށް ބުނެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވާހަކަދައްކަވަމުން ގެންދަވަނިކޮށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ޤައުމެއްގެ ވެރިއަކަށް ނުވަތަ ޤާޟީއަކަށް ނުވަތަ މިނޫންވެސް މިފަދަ އެންމެ މަތީ މަޤާމުތަކަށް އަންހެނަކު އިސްކުރުމަކީ، ޤުރްއާނާއި ސުންނަތުގެ ދަލީލުތަކުން އެއްވެސް އޮޅުމެއްނެތި ފެންނަންއޮތް ކަނޑައެޅިގެން ޙަރާމްކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިހް އާދަމް ނިޝާން ވިދާޅުވީ ﷲ ތަޢާލާ އަންހެން ފިރިހެން ދެޖިންސު ތަފާތުކޮށް ހައްދަވައި ކޮންމެ ބަޔަކަށްވެސް އެބަޔަކާއި ގުޅޭނެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ހަވާލުކުރައްވައި ޙުކުމްތައް ކަނޑައެޅުއްވިއެވެ.

"އެގޮތުން އަންހެނުންނަށް މީސްތަކުންގެ މައްޗަށް އިމާމްވެ ހުކުރު ނަމާދާއި ޢީދު ނަމާދާއި އެނޫންވެސް ފަރުޟު ނަމާދުތައްވެސް ކުރުން ހުއްދަކުރައްވާފައި ނުވުމާއި، ހެކިބަސްދިނުމާއި ޤަބޫލުކުރުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކަމާއި، އަންހެނުންނަށް ކައިވެނިކުުރުމުގައި މަޙްރަމުންގެ ތެރެއިން ވަލީ އަރާ ފިރިހެނެއްގެ ވަލީއާއި ނުލާ ކައިވެނި ޞައްޙަ ނުވުމާއި، ވަރިކުރުމުގެ ބާރު ފިރިހެނުންނާ އެއްފަދައިން ދެއްވާފައި ނުވުމާއި މިނޫންވެސް މިފަދަ އެތައް ޙުކުމްފުޅުތަކެއް މިއީ މިއަދާއި ހިސާބަށްވެސް އެއްވެސް މުސްލިމަކަށް އޮޅިފައި ހުރި ޙުކުމްތަކެއް ނޫނެވެ. އެހެންކަމުން މިފަދަ ކަންކަން ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ކުރެވެން ޖެހޭނެކަމަށް ޤަބޫލުކޮށް ދަޢުވާކުރާ މީހާ އެވަނީ ﷲ ގެ ޝަރީޢަތަށް ކާފަރުވެފައެވެ." ޝައިހް އާދަމް ޝަމީމް ލިޔުއްވާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެބޭފުޅަކު އައްޔަން ކުރައްވަން ރައީސް ޞާލިހް ނިންމެވުމާއި އެކު ވަރަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން އަންނަނީ އެކަން ކުށްވެރިކޮށް ވާހަކަދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މާތްﷲ ބާވައިލެއްވި ހުކުމުން ހުކުމްނުރާ މީހާވެސް ކާފިރުވާނެކަމަށް ޤުރުއާނުގައިވޭ

    20
  2. Anonymous

    ތިމާ ހެއްދެވިފަރާތެއް ވޮޑިގެންވާ ކަމެއް ނޭގޭ ހިސާބައް ގޮއްސަ ތިބި ބަޔަކަށް ކިތަންމެ ވަރަކަށް ތިވާހަކަ ދެއްކިޔަސް ވާނެކަމެއް ހަރާން، ޒައްރެއްގެ މިންވަރަށްވެސް ބިރުވެތިވާނަމަ މިކަން ނުކުރީސް، ރައީސް މީހާ އެހެރީ ހައްޕުކިޔައިގެން، ދެތުން ފިއްތައިގެން ހުރެ ޢިލްމުވެރިންނަށް ގޮންޖަހައިފި، މިހާޖައްބާރުބައެއް މި އުޑުހިޔާ ދަށުގަ ތިބިކަމެއްނޭގެ، މިއީ އިންސާނުންގެ ތެތެއިން އުފެދިފައިވާ ދައްޖާލުންތަކެއް.

    29
  3. މުރާދު

    ޒިންމާ ނަގަން ޖެހޭނެ. ކަލޭ މެން 2 ޝެއިޚް ބަސް ބުނެގެން ގެނައި ސަރުކާރެއް.މީ. ކަލޭމެން މޮކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ. ފަނޑިޔާރުން އައްޔަނު ކުރާ މީހާ އާއި ކުރެވޭ މީހާ ވެސް ފާފަވެރި ވާ އުސޫލުން ތިޔަ 2 ސޭކުން ވެސް ފާފަވެރި ވާނެ. ދައްކާފަ ހުރި ވާހަކަތައް އަލުން ބަލާބަލަ.

    17
    2
    • ޚަލީލު

      ކޮން 2 ޝެއިޚެއް. ތި ކޮމެންޓްތައް ކޮށްގެން ކިހާވަރެއް ލިބޭ؟

  4. ރައްޔިތު

    ދަޅަ ނުދައްކާ..! ޑްރާމާ ނުކުޅޭ..! ތިޢީ ކަލޭމެން ރާވާފަ އޮތްގޮތް..! ރަސޫލާ ދުޢާ ދެއްވާފަ ހުރި ފަދަ ވެރިއެއްކަމަށް ކަލޭމެން ބުނި ވެރިމީހާ ކުރާ ކޮންމެ ލާދީނީ ކަމެއްގަ ކަލޭމެން ދެމީހުންގެ ހިއްސާ އޮންނާނެ. އެނގޭތަ..؟! ފަހު ޒަމާނަށް އައިސް އެފަދަ މީހުން އަންނާނެތީ ތިމަން ރަސޫލާ ބިރުފުޅުގެން ވަޑައިގަންނަވާ ކަމަށް ހަދީސް ކުރެއްވި ފަދަ އިލްމުވެރިންނަކީ ކަލޭމެން ދެމީހުންފަދަ "ދައްޖާލު" އިލްމުވެރިން..!

    11
    3
  5. އަޙްމަދު

    މިފަދަބޮޑު އަރާރުމެއް ގައުމުގެ ބޮޑުންގެމެދުގައި ހިގަމުންދާއިރު މިދެނަން ހުށަހެޅި މީހާއަށް ހަމަ ކަހާތަން ހިރުވާލާހެންވެސް ހީނުވޭ. އަޅެފަހެ މިއީ ކޮންކަހަހަލަ ރައީސެއްތަ؟؟!!

    24
  6. އޭނަ

    އަންހެނަކައް ފަނޑިޔާރުކަން ކުރެވޭނެނަމަ ހުކުރު ހުތުބާވެސް ކިޔެވެންވާނެ ދެއްތޯ!!؟

    18
  7. ނަޖްވާ

    މި ފޮތް ހިތު އަޅުވައިގެން ދަންނަ ބޭކަލުންވެގެން އުޅޭ މީސްމީހުން އަހަރުމެން ގެ ޅަ ކުދިންގެ ސިނކުޑިތައް ހަލާކު ކުރިޔަ ނުދޭނީ ކޮން އިރަކުންތަ؟

    1
    2