ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާއި މެދު އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ ޒިންމާ އަދާކުރެވިއްޖެ ކަމަށް ވިދާޅުވެ އައްޝައިހް އަލީ ޒައިދާއި ޑރ.މުހައްމަދު އިޔާޒް ބަހުސް ހުއްޓާލައިފިއެވެ.
އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި މެދު ސަރުކާރާއި އެމްޑީޕީން ބޭނުންވާ ގޮތައް އަދާލަތު ޕާޓީން މިރޭ ބަޔާނެއް ނެރުމުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުމެންގެ ޒިންމާ އަކީ ބުނެދިނުން. ވިސްނައި ދިނުން. އެކަން އަޅުގަނޑުމެންނަށް އަދާކުރެވިއްޖެ ކަމަށް ރައްޔިތުން ހެކިވާނެ" ކަމަށެވެ.
އިޔާޒް ވިދާޅުވީ ނުބައި ކަމަކަށް މަގުފަހިކޮށް ދީފާނެ ކޮންމެ ކަމަކީ އެކަމަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހޭނެ ކަމެއް ކަމަށެވެ.
"ހެއްކާއި ޤަރީނާ އާއި އެކު މައްސަލަ ބަޔާންކޮށް ދެވިއްޖެ. ނަސޭހަތް ދެވިއްޖެ. ނަމަވެސް ނަސޭހަތް އަޑުނާހާ ނަސޭހަތްދޭ މީހުންނަށް ބީރުކަންފަތެއް ދިއްކުރާ މީހުންނަށް އަޑު އިއްވައިދޭނެ ގޮތެއް ނެތް. ވަރަށް ސަލާމް. ورحمة الله وبركاته" އިޔާޒް ވިދާޅުވިއެވެ.
hekaai gareenaa aai eku massala bayaan koh dhevijje. naseyhaiy dhevijje. namaves naseyhaiy adu naahaa, naseyhaiy dhey meehunnah beerukanfaiy dhiykuraa meehunnah adu ivvaidheyne gotheh neiy. w salam warahmathullahi wabarakaathuhu.
— Dr.Mohamed Iyaz (@dr_iyaz) August 25, 2019
އިޔާޒާއި ޒައިދު އަކީ ރައީސް ޞާލިހް ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އިލްމުވެރިންގެ ތެރޭގައި ހިމެނޭ ދެބޭފުޅުންނެވެ. މިހާތަނަށް ސަރުކާރުގެ ސިޔާސަތުތަކަށް އެބޭފުޅުން އައީ ވަރަށް ބޮޑަށް ތާއިދު ވެސް ކުރައްވަމުންނެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރައްވަން ރައީސް ޞާލިހް ނިންމެވުމާއި އެކު އެކަމާއި އެންމެ ފުރަތަމަ ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި އިޔާޒާއި ޒައިދު ހިމެނެއެވެ.
ކުރީގެ ރައީސް މައުމޫން ފިޔަވައި ރާއްޖޭގެ އެއްވެސް އިލްމުވެރިއަކު އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް މިރެއާއި ހަމައަށް ތާއިދު ކޮށްފައެއް ނެތެވެ. ނަމަވެސް މިރޭ ގިނަ އިލްމުވެރިންތަކެއް ހިމެނޭ އަދާލަތު ޕާޓީން ވަނީ އެކަމަށް ތާއިދުކުރާ ބީދައަކުން ބަޔާނެއް ނެރެފައެވެ.
ޒިންމާ އަދާ ކުރެވުނުކަށްވާނެ އަންހެން ފަނޑިޔާރުން ޢައްޔަންކުރުމަކީ ރަންގަޅުކަމެއްނޫނޭ ހިތަށްއަރުވާލައިގެން ހުއްޓަސް،
ޒިންމާ އަދައެއްނުކުރެވޭ. ކަނޑައެޅިގެން އެނގި ތިބެ ހަސަދައާއި އަމިއްލަ އެދުމުން ފޯވެތިބެ ލާދީނީ ބަޔަކށ ގައުމު ހަވާލު ކުރުމުގަ ބަހާއި އަމަލުން ގަދަފަދަކޮށް ބައިވެރިވެފަ ތިތިބީ.. ޒިންމާ އަދާކުރެވިއްޖޭ ކިޔާފަ އޭރުވެސް ބުނަންވާ އެތި ބުނެލާފަ ހިމޭންވާންވީނު. ކީއްވެ އެހެން ނެހެދުނީ؟ ރައްޔިތުން ކިބައިން މާފަށް އެދެން ޖެހޭނެ. ނޫނީ ދުވަހަކުވެސް މާފު ދޭކަށް ނެތީމު.
މިވެރިންނަށް ނަސޭހަތް ދިނުމެކޭ ގެރިއަކަށް ނަސޭހަތް ދިނުމެކޭ ވާނީ އެއްވަރު.
ތިބުނީތެދެއް. މިހާރު މިރާއްޖޭގައި މިތިބީ ވެރިންނެއްނޫން ، ގެރިން.
ޒިންމާ ނަގަން ޖެހޭނެ. ކަލޭ މެން 2 ޝެއިޚް ބަސް ބުނެގެން ގެނައި ސަރުކާރެއް.މީ. ކަލޭމެން މޮކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ. ފަނޑިޔާރުން އައްޔަނު ކުރާ މީހާ އާއި ކުރެވޭ މީހާ ވެސް ފާފަވެރި ވާ އުސޫލުން ތިޔަ 2 ސޭކުން ވެސް ފާފަވެރި ވާނެ. ދައްކާފަ ހުރި ވާހަކަތައް އަލުން ބަލާބަލަ.
ކަލޭ ޖެހޭނެ ޔާމީނު ކުރި ވައްކަމުގެ ޒިންމާވެސް ނަގަން.. ހުރިހާ މަރެއްގެ ޒިންމާވެސް ނަގަން...
ވަގެކޭ ކިޔައިގެން ދޮގު މަޢުލޫމާތު ފަތުރަމުން ކަލޭމެން މި އިސްލާމީ ޤައުމު ވިއްކާލީ ލާދީނީ އަންނި އަށް އޭނަ އެއީ އަތާތުރްކް އަދި ޤާދިޔާނީ އާއި އެއްކަހަލަ ކައްޒާބެއް އިނގިރޭސީންގެ އުފެއްދުން
ކަލޭމެން މިސަރުކާރު ގެންނަން ފައިވިއްދާ ހުރިހާ މަސައްކަތެއްކުރިއިރުވެސް އަހަރެމެން އެކީއެކައްޗަކަށް ގޮވަގޮވާ ތިބީމު މިއީ ޔަހޫދީ ބައިގަޑެކޭ. މިމީހުން ވެރިކަމަށް އައިސްފިއްޔާ ހަދާނެ އެއްޗެކޭ ހަދާނީ. މިމީހުން ފަހަތުގައި ފަންޑްކުރަން ތިބީ ނަސާރާ އިންނާ ޔަހޫދީންނާ ބުޑިސްޓުންނޭ. އަދި ފަންޑްކުރިމީހުންވެސް ބުނި އެމީހުންގެ މަގުސަދަކީ ރާއްޖޭގައި ތަފާތު ދީންތަކަށް އަޅުކަން ކުރެވޭނެ ފައްޅިފަދަ ތަންތަން އެޅުމޭ. އަހަރެމެން ތިޔަ ސޭޚުންނަށް އެތައްނަސޭޙަތެއް ދީ ކަންއޮތްގޮތް ސާފްކޮށްދީ އެތައްއާދޭހެއް ކުރިން މީގެ ދިހަމަސް ކުރިން. ނަމަވެސް ތިޔަ ސޭޚުން އެވާހަކަތަކަށް ދިނީ ބީރު ކަންފަތެއް. މިއަދު މިފެންނަނީ އަހަރެމެން ދިން ނަސޭހަތް އަޑުނޭހުމުގެ ހިތިނަތީޖާ. ކުރިޔަށް އޮތްތާ މިކަހަ ކިތައްމެ ކަމެއް ފެންނާނެ
ތިވަރަކުން ތިސެހުންނަކައް ނިއްމައެއް ނުލެވޭނި ތިނައްޓާލީ ބޮލުން މީ ތިސޭހުންގެނާ ވެރިކަން ކުރެވޭނެ ކިތައްމެ ކަމެއް އޮންނާނާނެ ކުރިނަ މިސަރުކާރައް ތައރީފުތައް އޮއްސިބީސައިން
ބާކީ ހުރި ޒިންމާ ނަގާނީ މަހުޝަރައް ދުވަހުން.. އެހެންނުން.
ދުއާ ދެންނެވިފަދަ ވެރިން ހިމެނޭ ސަރުކާރުން އޯޑަރު އައީތަ މަޑުން ތިބުމަށް؟ އަމަލުން ކަން ކުރުމަށް ނުކުޅެދުނީތަ؟ ޕޯޑިއަމެއްގައި އާންމުންގެ ކުރިމަތީގައި ކަރުނަ ވައްޓާލައި ރޯލަން ނުކެރިގެން އުޅެނީ ފަންޑު ނުލިބިގެންތަ؟ ކަލޭމެންގެ އެހުނަރު ހުރި މީހުން މާޒީ އަހަރެމެންނަށް ދައްކާދީފަ ވަނީ. ހައްގު މަގު ވަންހަނާ ކުރެވިފައިވާތީވެ ދީނުގެ ދިފާއުގައި ތެދުވެލާނެ ހިތްވަރެއް ނެތީ އިތުރަށް މުސްތަގުބަލް ބަނަވެދާނެތީތަ؟ އަހަރެންނަށް އެނގެނީ ﷲދެކެ އެންމެ ބޮޑަށް ބިރުވެތި ވަނީ އިލްމުވެރިންކަން. އެ ކެޓަގަރީއަށް ނުފެތެނީ ކަމަށް ގަބޫލު ކުރަނީތަ؟ އަހަރެމެން އަދިވެސް ޝައިޙުންނޭ ކިޔަންވީތަ؟ ޖަވާބު ދޭންޖެހޭ އެބަ މިސުވާލުތަކަށް.
ޑެމޮކްރެސީ ޔާބެހޭ ގޮތުންއ އެޗެކޭ ނުބުނަނީ ކީވެބާ ؟ ތިޔަފެންނަނީ ޑެމޮކްރެސީ ށޭހުން
އެކަމަކުވާ މަބުނީ މި މޫނެކޭ މި ކިޔާ އިބިލީސް ޢިލްމުވެރިއަކަށް ވަނީ ކޮން ގޮތަކަށް ހޭ އަޅެ؟
ޒިނަގަންޖިހޭނެ މަބުނީމޭ ގަބޫލެއްނުކުރިޔޭ ނުބުނެވޭބެ ތިޔައްވުރެ ޒިއްމާދަރުވާންއެބަޖިހޭ ހުރިކަމެއްކޮއްފަ ހުރިހާ ވާހަކައެއްދައްކާގެން ވެރިކަމައް ގެނައި ސަރުކާރެއްމީ ވީމާ ތިގޮތައް ބޯދަމައިނުގަނެވޭނެ ކުރީގރެ ވެރިމީހާ ޔާމީނާދެކޮޅައް އެނެރުނު ފަތުވާތަކާ ދީނުގެ ހުންތައް ވެސް ހުންނާނެ އަމާބުނީތީ ފަރައްދާގޮތައަް ބަސްވައްޓާލަފަ އާން މަގޭ ވާޖިބު އަދާވީއެކޭ ނުބުނެވޭނެ ކަލޭމެން ޒިއްމާނަގަންޖިޙޭނެ މިސަރުކާރުންކުރާ ލާދީނީ ކަންކަމުގަ
ކޮބާ ޑރ. ޖަމީލާ ޝެއިޚް ޝަޙީމުގެ ވާހަކަ އެބޭފުޅުންވެސް ތާޢީދު ކުރަނީ އަންހެން ގާޒީން ލެވޭނެކަމަށް. އެމީހުންގެ ވާހަކަ ވަގުތުން މި ހިންގި ކެމްޕައިންގެ ގެނެސްދެން ނުކެރުނީދޯ
ކަލޭ ގެނެސްދީބަލަ. ވަގުތު އެކަނިތަ އޮތީ؟
އަންހެނަކު މަގާމަކަށް ލާންއުޅެފިތަ، ބައެއް މީހުންގެ ނިކަން ވާހަކަ ގިނަވާނެ. ފިރިހެނަކު ހަމަ އެކަގާމުގައި އިދެގެން އޮރިޔާން ފިލްމުކުޅެ، ފާހިޝް އަމަލުތައް ހިންގާ، ރިޝްވަތުހިފާ، ޒިނޭކޮށް، ކަޑައެޅިގެން ހަރާމް އެތެއް ކަމެއްކޮށް ފަޑިޔާރެއް ހުރުން ލާޒިމް ޝަރުތުތަކުން ބޭރުވިޔަސް ހަމަ އެއްކަލަ ގްރުޕު ތިބޭނީ މަޑުމަޑުން. ބުނާއެއްވެސް އެއްޗެއް އިގޭ ކަމަކަށް ނުވާނެ. ދިނާ ފުށުއަރާ ކަމަކަށްވެސް ނުވާނެ. މިއީ ދެން އަޅެ ކޮންފަދަ ކަމެއް؟
ހުރި ހިތާމައެއްގެ ބޮޑުކަމާއޭ
އަބުޝަބާސް މަރުވީ
މިތީރު ކަލެޔަށް، ހިފާ!
އިލިޔާސް ގެ ބަހެއް ނެތްތާ. ހަނުުންނަވަނީ އެއްބަސްވާތީ ދެއްތޯ؟
95،000 މީހުން ބުނި އަންނިޔަކީ ލާދީނީ މީހެކޭ. އިޔާޒު އާ ޒައިދު އަކަށް އެނަން ނޭގުުނު ކަމުގެ ޒިންމާ މިޔަދު ދެންނަންގަވާ.
ހެއްކާއި ޤަރީނާ އާއި އެކު މައްސަލަ ބަޔާންކޮށް ދެވިއްޖެ. ނަސޭހަތް ދެވިއްޖެ. ނަމަވެސް ނަސޭހަތް އަޑުނާހާ ނަސޭހަތްދޭ މީހުންނަށް ބީރުކަންފަތެއް ދިއްކުރާ މީހުންނަށް އަޑު އިއްވައިދޭނެ ގޮތެއް ނެތް. ވަރަށް ސަލާމް. ورحمة الله وبركاته" އިޔާޒް ވިދާޅުވިއެވެ.
މީގެ ކުރިން ކަންކަން ގޯސްކަމަށް ވިދާޅުވި ބޭފުޅު ދެތިން ލަފުޒު ވިދާޅު ވުމަށް ފަހު ހުއްޓާލެއްވީކީ ނޫން ހެދުނުހާ ބުހުތާނެއް ހަދަމުން ދުވީ ބީރުކަންފަތެއް ދިއްކުރާ މީހުންނަށް އަޑު އިއްވައިދޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ ރެކިވަޑާއި ގަތީކީނޫން “ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ” ބުނާ ބީއްދައިން ތިމާކެޑި ކަޑުލުގެ ހިތިފިލުވަން ޖެހުމުން އަގުޅިނެތް ކަންނޭލަކަށް ވެނިމިއްޖެ ހަމަހިނިއަންނަނީ
މިރާއްޖޭގަ ތި ބުރޭންޑެއް މިހާރު ނުވިކޭނެ ، އެއްޗެއް ދަންނަ އެކަތިވެސް ނެތް ، ދެފަހަރު އެކަތި ކިޔާ އެއްޗެއް ނެތް .
ތިއީ ރައީސް ޔާމީން ނިންމާފަ އޮތް ގޮތެކޭ މިބައިމީހުން ތަންފީޒް ކުރަނީތާ.
މަގޮލާ ހަމަ ހިނިގެޅެނީ، މި މީހުން ދައްކާ ވާހަކައިން. މީ ދޯ ރަސޫލާގެ ދުޢާގައިވާމީހުން ކަންތައްކުރާގޮތް. ދެން ދެފައި ދޮވެލައިގެން ނިދާލާ ، ﷲ ކަލޭގެއަށާ ، މިނިކަމެތި އަޅާއަށް ހެޔޮ ރަޙްމަތް ލައްވާށި. ﷲ ދެއްވާ ޢިލްމު ލިބުމުން ޙައްޤުން އެއްކިބާވެ ޒާތީ ތަޢައްސަބެއްގައި މުންކަރާތަށް ދޮރު ހުޅުވާލަދިނުމުގައި އެހީވުމުން ހިތްތައްކުރާނީ ވޭނީއަސަރު ، އަދި ލިބޭނީ މަލާމާތް. މިހާރު މި ފެންނަނީ އެކަންތައް. އެ ދުވަހު އެއީ ވަގެކޭ، މީ މުންކަރާތް އާންމު ކޮއްފާނެ ބަޔެކޭ، ތިމަންނާ އެކަކަށްވެސް ތާޢިދު ނުކުރަމޭ ބުނިނަމަ، ތީ ނަމޫނާ ޢިލްމީ ޤާބިލު ބޭފުޅުންކަމަށް މި ޤައުމު ހެކިވާނެ. ދެރަވަން.
މިފަދަ ލާދީނީ ބަޔަކު ވެރިކަމަށް ގެންނަން ހޭބޯނާރާ މަސަައްކަތްކޮށްފަ ދެތިން ޓްވީޓަކުން ޒިންމާ އަދާއެއް ނުކުރެވޭނެ.. އަދި އޮތީ... މި ފެނިގެންދަނީ އަދި ހަމަ މުގައްދިމާއެއް.. ޖުޑީޝަރީ އެއްކޮށް ސެކިއުލާކޮށް ދީނި މިނިވަންކަން ދީ، އެއްޖިންސުން ކައިވެނިކުރުން، ނާސިގެތަކާ ޖުވާކުޅޭތަންތަން ވެސް އަދި ޤާނޫނުގެ ތެރެއިން ހުއްދަކުރާނެ... މަ ބުނީތީވެސް ބަލަންތިބޭ...
ޔާ މިނު ވެރިކަމުގައި ޒިންމާ އަދާނުކުރީ ކީއްވެތަ؟؟
މީ އެޓެންސަން ސީކު ކުރަން އުޅޭ ބަޔެއް! ރޯނު އެދުރުން! މި މީސްމީހުން ދައްކާ ވާހަކަ ހެޔޮ ނުވާނެ މި އުޑުދަށުގެ ޤަބޫލު ކުރަން!
ޢިމްރާނަަށްވެސް އަދި ޢަލީ ޒާހިރަކަށްވެސް ނުކެރޭނެ މިތަނުގަފައްޅިއެޅިޔަސްވެސް ތިޔައްވުރެބާރައް އެއްޗެއްބުނާކަށް ތިޔަތިބީ މަގާމަކާހެދި ދީންވެސްބަދަލުކުރާހިސާބުގަ ވަރައްސަލާމް
ނޫން އަދި ތިހާ ހިސާބުން ޒިންމާ އަދައެއް ނުކުރެވޭ! ފުރިހަމައަށް ޒިންމާ އަދާކުރެއްވުމަށް އިޔާޒު އަރިހުން ވަރަށް އަދަބުވެރިކަމާއެކު އެދެން.
މި ވެރިކަން ގެންނަން އުޅުނު އިރުވެސް އެނގޭދޯ ތިހެން "ވަ-އަލަކުމު-އްސަލާމް" ބުނެލާފަ ހަމަ ދާންޖެހޭވަރުކަން ވާނީ.
ޔާމީނު ކައިފަ ރައްޔިތުންނަހްވެސް ހިދުމަތް ފޯރުކޮށްދިން. ބުރިޖުމަތިން ދުއްވާލަފާ ދާއިރު ކިހާހިތްފަސޭހަ. ޥައްކަންކުރިކަން ނަޞީބު އެހެންނޫންނަމަ ކިހިނެއް ތަރައްގީ ގެންނާނި. ޒީރޯ ޓޮލަރެންސައްވާވަރަކީ ސިޔާސީ މަގާމްތައް ގިއްކިޔާފައި އުފެއްދުން. ބަޖެޓް ކަނޑައަޅާފައި ބަޖެޓް ކައިލުން. 260000 ރުފިޔާ މަހަކުމުސާރައައްނަގާމީހަކު ކޮބާ. ކޮބާ ބުރަމަސައްކަތް ކުރާމީހާގެ މުސާރަ.