އަދާލަތުގެ އިލްމުވެރިންގެ މައްސަލަ ތަޙްޤީޤު ކުރަން އަދާލަތު ޕާޓީގެ ކުރީގެ ރައީސް އައްޝައިހް ހުސައިން ރަޝީދު ގޮވާލައިފިއެވެ.

މިހާރު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ރަޝީދު މިކަމަށް ގޮވާލެއްވީ އަންހެނުން ގާޟީކަން ކުރުމާއި ބެހޭ ގޮތުން މިރޭ އަދާލަތު ޕާޓީން ނެރުނު ބަޔާނަށް ފާޑުވިދާޅުވެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހުސައިން ރަޝީދު ވިދާޅުވީ ޢަދާލަތު ޕާޓީ ހަމަމަގުން ނައްޓަލައިފި ކަމަށާއި "ހަމަ ރަނގަޅަށް މިތިބީ ހަލާކުވެފައެވެ. މީނާގެ ނަޒަރުގައި އިމާމު ހަސަން ބަޞަރީއާއި ޠަބަރީއާއި އިބްނި ހަޒްމާއި އަބޫ ޙަނީފާއާއި ޙަނަފީ މަޒްހަބުގެ އިމާމުންނާއި މިޒަމާނުގެ ސަލަފީ ސަޢޫދީ ޝައިޚުން ފިޔަވައި ދުނިޔޭގެ ގިނަ ޢިލްުވެރިން އެތިއްބެވީ ޝަރީޢަތަށް ކަފަރުވެފައެވެ. މި މީސްމީހުންގެ މައްސަލަ ފުލުސް އޮފީހުން ބަލައި ތަޙްޤީޤު ކުރާ މިންވަރަށް ދިޔައީއެވެ." އޭނާ ވިދާޅުވިއެވެ.

ހުސައިން ރަޝީދު ވިދާޅުވީ އަނެއް ޢަދާލަތުން ނެރުނު ބަޔާނުގައި ގެނައި ހަދީޘުގެ މާނަ އޮތީ ކަނޑައެޅިގެން އޮޅުވާލާފައި ކަމަށެވެ.
"ޙަދީޘުގައި ވަނީ لن يفلح قول ولوا أمرهم أمرأة މިޙަދީޘުގެ މާނަ އެބޭފުޅުން ގެންނަވާފައިވަނީ: "އެބައެއްގެ ވަރިއަކަށް އަންހެނަކު އިސްކޮށްފި ބަޔަކު ނުދިންނަވާހުއްޓެވެ."

لن يفلح ގެ މާނައަކީ ކާމިޔާބު ނުވާހުއްޓެވެ. މިއެވެ. ދެން ނުދިންނަވާނެ ކަމުގެ މާނަ ނެންނެވީ ކޮން ޢަރަބި ބަހަކުން ކޮން ދިވެހި ބަހަކުންބާވައެވެ. ދިންނެވުމުގެ މާނައަކީ ނަަރަކައިން މިންޖު ވުމެވެ. ނުދިންނެވުމުގެ މުރާދަކީ ނަރަކަވަންތަ ވެރިވުމެވެ." ހުސައިން ރަޝީދު ވިދާޅުވިއެވެ.

2007 އިން ފެށިގެން ރާއްޖޭގައި އަންހެނުން ފަނޑިިޔާރު ކަމަށް ލައިގެން އުޅޭ އިރު މިބޭފުޅުންގެ ދީން ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ. ބަޔާން ނިންމާލަމުން ޢަދާލަތުން ބުނެފައި ވަނީ އެއީ "ގޯސް ރައުޔެއް ކަމުގައި ވީނަމަވެސް ފާފަވެރި ނުވާނެ" ކަމުގެ ސިއްކަ ޖައްސަވާފައި ކަމަށް ވެސް ހުސައިން ރަޝީދު ވިދާޅުވިއެވެ.

ޢަދާލަތުން މަސައްކަތް ކޮށްފައި ވަނީ ވަރަށް ސިޔާސީ ގޮތަކަށް އެބޭފުޅުންގެ ރައުޔަށް މައްސަލަ ދީލާލާން ކަމަށާއި އެހެންކަމަވެސް އެތަށްޓަކުން ފައިބާނި އޭގައި ހުރި އެއްޗެކޭ ބުނެވޭ ބީދައިން ޢަދާލަތުން އެއޮތީ ވަރަށް ބޮޑު ގާބުރިއަކުން ދިވެހި އުއްމަތުގައި ޖަހާފައި ކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ. "އާދެ، ނުދިންނަވާނެ ކަމެއް ކޮށްފައި ހުރި މީހަކު ފާފަވެރި ނުވާނެ ގޮތްވެސް އަދާލަތަށް އެނގެނީތާއެވެ." ހުސައިން ރަޝީދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން ރައީސް ޞާލިހް ނިންމެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ހަސަން

  ޒިންމާ ނަގަން ޖެހޭނެ. ކަލޭ މެން 2 ޝެއިޚް ބަސް ބުނެގެން ގެނައި ސަރުކާރެއް.މީ. ކަލޭމެން މޮކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ. ފަނޑިޔާރުން އައްޔަނު ކުރާ މީހާ އާއި ކުރެވޭ މީހާ ވެސް ފާފަވެރި ވާ އުސޫލުން ތިޔަ 2 ސޭކުން ވެސް ފާފަވެރި ވާނެ. ދައްކާފަ ހުރި ވާހަކަތައް އަލުން ބަލާބަލަ.

  99
  7
 2. ނަފުރަތު

  ދަޅަ ނުދައްކާ..! ޑްރާމާ ނުކުޅޭ..! ތިޢީ ކަލޭމެން ރާވާފަ އޮތްގޮތް..! ރަސޫލާ ދުޢާ ދެއްވާފަ ހުރި ފަދަ ވެރިއެއްކަމަށް ކަލޭމެން ބުނި ވެރިމީހާ ކުރާ ކޮންމެ ލާދީނީ ކަމެއްގަ ކަލޭމެން ދެމީހުންގެ ހިއްސާ އޮންނާނެ. އެނގޭތަ..؟! ފަހު ޒަމާނަށް އައިސް އެފަދަ މީހުން އަންނާނެތީ ތިމަން ރަސޫލާ ބިރުފުޅުގެން ވަޑައިގަންނަވާ ކަމަށް ހަދީސް ކުރެއްވި ފަދަ އިލްމުވެރިންނަކީ ކަލޭމެން ދެމީހުންފަދަ "ދައްޖާލު" އިލްމުވެރިން..!

  90
  3
 3. ނަފުރަތު

  ލާދީނީ މީހުންނާ ގުޅި މަގުފުރެދިފަ ހުރި ބޭގނަޑެއް މިވެސް..!

  78
  3
 4. ާއަޙްމަދު

  އިބިލީސް ބުންޏަސް ތެދެއް ވާނީ ތެދަކަށް.

  60
  4
 5. ޖަޒީރާ

  ޢަދާލަތައް ސަރުކާރެއްގެ ގޮނޑިއެއްލިބެނީ ތިގޮތައްމަސައްކައްކޮއްދިނީމަ ދީންބޭނުން ކޮއްގެން ތިގުރޫޕްގެ ސިޔާސީކަންތަކުގަ ދީނުގެނަން ބޭނުންކުރުމުން މިގައުމުގަ ތަފާތު ފިކުރުތައް އިތުރުވަނީ ސިޔާސީހަރަކާއްތަކައް ދީނުގެނަމުގަ ޕާޓީތައް ހަރަކާއް ތެރިވުން ހުއްޓުވަންޖެހޭ ސިޔާސީކަން ތައްތަކުގެ ތެރޭގަ ދީނީއިލްމުވެރިން އުޅުމުން ވަރައްތަފާތު އަޑުއިވި އެމީހުންގެ ބައެއްމަންޒަރުތައްވެސް މީޑިޔާތަކުން ފޮނުވަމުންދޭ އަދިއެމީހުން ދީނީއިލްމުވެރިން ކޮއްމެ ފަސްއަހަރަކުން ރައްޔިތުންނާ އިދިކޮޅައްނުކުމެ މުޒާހިރާވެސްކުރޭ އެވަގުތެއްގަ އޮއްނަ ސަރުކާރަކާ ދެކޮޅައް ސިޔާސީފިކުރުގަ މީގެސަބަބުން އެއްމެއަޑުގަދަ ބަހެއްގެ ގޮތުގަ އާއްމުވީ ލާދީނީ ލާދީނީ މިބަސް މިފިކުރެއްގެގޮތުގަ އިސްލާމީ ގައުމެއެއްގަ ދައުލަތެއްގެ ވެރިންނާ ދެކޮޅައް ސިޔާސީބޭނުމެއްގަ ދީނުގެނަމުގަ ހަރަކާއްތަކެއްވަނީ ތިމަންމެންމީ ސަރުކާރުތައް ބަދަލުކުރާ ބައެއްގެ ގޮތުގަލޭބަލްޖަހާގެން ރާއްޖޭގަތިބި މޮޅުގިނަބޭފުން ނަކީ މިގޮތައް އުޅޭބައެއްނޫން އަދިޖަމްއިއްޔާ ތައްވެސްއެބަހުރި ރަނގަޅައްހިންގާ ހަރަކާތްތެރިވާ.

  22
  3
 6. އިސްމާޢީލް

  "ޢަދާލަތުން އެއޮތީ ވަރަށް ބޮޑު ގާބުރިއަކުން ދިވެހި އުއްމަތުގައި ޖަހާފައި ކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ. "އާދެ، ނުދިންނަވާނެ ކަމެއް ކޮށްފައި ހުރި މީހަކު ފާފަވެރި ނުވާނެ ގޮތްވެސް އަދާލަތަށް އެނގެނީތާއެވެ." ހުސައިން ރަޝީދު ވިދާޅުވިއެވެ." ސޭޚް ހަމަ ބިމަށް ފައިބާ އަދާލަތު ޕާޓީގެ ޢިލްމުވެރިންނާއި އެކު ޝޭޚް ގެ މައްސަލަވެސް އެބަޖެހޭ ބަލަން. ރަޢީސް ސާލިޙް އެ ހިންގަނީ ބޮޑުވެގެންވާ ޖަރީމާއެއް. ދެން މަގޭ މައްސަލަވެސް ފުލުހައް ހުށަހަޅާބަލަ.

  38
  1
 7. ހަމަހަމަ

  އެކަމަކުވާ ހުސެން ރަޝީދޫ! މިއީ ތިހެން ގަދަބަސް ބުނެގެން އުޅެވޭނެ ޒަމާނެއް ނޫން. ޤާޒީންގެ މައްސަލައިގަ އިލްމުވެރިން ހިލާފޭ ކިޔާފަ ބޭނުންކަމެއް ކުރަން އޯކޭ. އެކަމަކު އަރަބި ބަހުގެ އިލްމުވެރިންގެ މެދުގަ ހިލާފު އޮތްކަމަކަށް ނުވެ؟ لن ގެ މާނައިގެ "އަބަދަށް" އަދި "ހަމަ ކަށަވަރުން" ގެ މާނަ ހިމެނޭ ކަމަށް ދެކޭ އިލްމުވެރިން ވާކަން އެނގެ އެންނުން؟ މީކީ އަރަބި ނޫނީ އިންގިރޭސި އިނގެނީ ތިމަންނާއަށޭ ހީކޮށް ދިވެހިންނަށް އޮޅުވާލެވޭނެ ޒަމާނެއް ނޫނޭ!އެހެންވެ ވަގުތުން ތަހުގީގަށް ތި ގޮވަނީ ހަމަ ޒާތީ ވެގެންކަން ވަރަށް ސާފު.

  15
  1
 8. ސަންތިމަރިޔަބު

  ﴿18﴾ وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا ۚ أُولَٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ الْأَشْهَادُ هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ

  اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ.

  ހަމަހިނިއަންނަނީ

  20
 9. ސލ

  ތިޔަ އަދާލަތުގެ ފަތިފުށް ނޭނގޭމީހަކު ނުހުންނާނެއެވެ
  ދީނުގެ ނަމުގައި އަމިއްލަ މަސްލަހުތު އިސްކޮށް ބާރާއި
  ނުފޫޒު ހޯދުމާއި ސަރުކާރުތަކަށާއި ރައްޔިތުންނަށް ލަނޑު
  ދިނުމުގައި އަވަދިނެތި އުޅުމަކީ އަދާލަތުގެ މަސައްކަތެވެ
  މިހާރުން މިހާރަށް އުވާލަންޖެހޭ ނަންބޯޑެކެވެ.

  20
 10. ކާފަބޭ20190

  ޖ ޝޭޚުވިދާޅުވެދެއްވަފާނަންތޯ އިސްލާމީއުންމަތުގެ ގިނަދަންނަބޭކަލުންއިޖުމާއުން ޙުކުމެއްކަނޑައަޅައި އެޙުކުމަކާދެކޮޅުހަދައިފިނަމަ ފާފަވެރިނުވާނަމަ އިޖުމާއުންއެފަދަޙުކުމެއް ކަނޑައަޅަންޖެހުނީކީއްވެތޯ ޒިނޭކުރާގޮތެއް ކަނޑައަޅާފަނެތޭކިޔާފަ އެޙުކުމަށް ގޮންޖެހިދާނެތޯ؟

  15
 11. ނުރަބޯ

  އަދި ކިރިޔާތޯ ހުސޭނަށް ތިޔަ އެނގިލެއްވީ އަދާލަތު ޕާޓީ އޭގެ މަގުން ކައްސާލިކަން. އިމްރާނު ރައީސް ޔާމީނާ ދެކޮޅުވެފައި ގޮސް ލާދީނީ ކެރަފާ ނަޝީދުގެ ފަހަތަށް ވަން ހިސާބުން ޢަދާލަތު އެއޮތީ ހަމަމަގުން ކައްސާލާފަ. މިއަދު ހުސޭނުގެ ވާހަކަވެސް ތިޔަގޮތައް ތިޔަހަރީ ބޮޑު މަގާމެއްގެ ބޭނުމުގައި.

  25
 12. ޖޮއްބެ

  އަދާލަތު ޕާޓީގެ ރައީސް ކަމުން މިހާރުން މިހާރަށް އިމްރާނު ދުރުކުރަން ޕާޓީގެ އިސް ފަރާތް ތަކަށް ގޮވާލަން.

  27
 13. އިބުރާހިމް

  ޢިބޫއަށް އެނގިލައްވައިބާ އިސްލާމް ދީން މިދުނިޔެ އަށް އުފަންކުރުވައި ފުރިހަމަކުރެއްވީ ވަކިބޭކަލަކު ފޮނުއްވައިގެންކަން އަދި އިސްލާމް ދީން ނައްތާލަން ބަޔަކު މަސައްކަތްތަކެއްއެބަކުރާކަން އެނގިލައްވައިބާ އެގެންޏާ ރަނގަޅު ނޭގޭތީމައްސަލަޔަކީ ނޭގެންޏާ މިގައުވެސްހަލާކުވާނެ...؟؟؟!!!

  19
 14. މަހޭޝް

  ރާއްޖޭގަ ތިބި އިލްމުވެރީންގެ ހާލު ތިހެން ހުރެގެން ކިހިނެއްތޯ މިގައުމު އިސްލާޙް ވާނީ ދެން ބަޔަކު އިލްމުވެރިން މިރާއްޖެ ހަލާކު ކޮށްފިޔޭ ބުނީމަ އެއީ ގޯހެއްތޯ.

  21
 15. ގަމާރު

  ދެން ސުޕޯކު ޕޯސަނުވިދާޅުވާނެ ނަންފޮނުވުނީ އޮޅިގެންނޭ ތިމަންނާމެންނަކަށް ނަމަށް ބަލާފާ އެއީ އަންހެނުންކަމެއް ނޭގެޔޭ މިޢީ ބޮޑު މަންޒަރަކީ

  16
 16. މަރުމޯލު

  މިކަލޭގެ މައުމޫނަށް ބެވިއިރު ހީވަނީ މީނާމީ ވަރަށް ތަޤުވާވެރި އިސްލާމްދީނަށް ވަރަށް ލޯބިކުރާ މީހެއްހެން. އެކަމަކު މީނާމީ އަދާލަތުޕާޓީއަށް އެމްޑީޕީން އައްޔަނުކުރި ޝޭޚެއްހެން ހެދިގެން އުޅޭ ރޯނުއެދުރެއް. މިހާރުވެސް އަދާލަތުޕާޓީގެ މަތިފަޑީގައި މީނާގެ ނުފޫޒު ވަރަށްގަދަ. އެހެންނޫންނަމަ އެމްޑީޕީއަށް ބައިއަތު ހިފާކަށް އަދާލަތަކަށް ނުކެރޭނެ. މޮޅެތިކޮށް ހަދީޘް ފޮތްތައް ތަރުޖަމާ ކުރިޔަސް އެއާއެއްގޮތަށް އަމަލު ނުކުރެވެންޏާ ކޮބާ ހަދީޘް ފޮތްތަކުގެ ބޭނުމެއް.

  13
 17. ދއ

  އަދާލަތުން އެބުނީ ފަނޑިޔާރުކަމަށް އަންހެނަކު އައްޔަނުކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ޤަބޫލުކުރާކަމަށް! އެނަސް އަންހެނަކު އައްޔަނުކުރިޔަސް ފާފަވެރި ނުވާނެކަމަށް! އަހަރެންގެ ޕޮއިންޓަކީ އިސްލާމް ދީނުގައި ހުއްދަނޫން ކަމެއް ކުރިޔަސް މިހާރު ފާފވެރި ނުވަނީތޯއެވެ؟ އެކަމަކު ޤާނޫނުގައި ހުއްދަނޫން ކަމެއްކުރާމީހާ ކުށްވެރިވޭނޫންތޯއެވެ؟ އިންސާނުން ހަދާ ވަޟުޢީ ޤާނޫނަށްވުރެ އިސްލާމް ދީނުގައި ކަނޑައަޅުވާވާފައިވާ އިންތަކާއި މިންތައް ތިޔަ ބަލިކަށިކުރަނީ ކޮން އުސޫލެއް، އަދި ކޮން ފަލްސަފާއެއް، ނުވަތަ ކޮން ދަލީލުތަކެއްގެމައްޗަށް ބިނާކޮށްގެންތޯ އެވެ؟

 18. Anonymous

  އިމާމު ހަސަން ބަޞަރީއާއި ޠަބަރީއާއި އިބްނި ހަޒްމާއި އަބޫ ޙަނީފާއާއި ޙަނަފީ މަޒްހަބުގެ އިމާމުންނާއި އަދި ޢިލްމުވެރިންގެ އިޖްމާޢުއިން އެނގޭ ގޮތުގައި އަންހެނުން ަނޑީޔާރުކަމަކައް އައްޔަނެއް ނުކުރެވޭނެ. ކަލޭގެ މުނާފިގުކަމާއި ޖާހިލުކަން މި އެނގެނީ. ހުސައިނ ްރަޝީދު އަކީ ދީނީ އިލްމު ހުރި މީހއް ނޫން

  8
  1
 19. ކީމޯތެރަޕީ

  އެމްޑީޕީ ވާހަކަބުނަން ނުކެރުނީދޯ. ދީނާޢިި ގައުމައްޓަކައި. ވެރިޔާޔަށް ވިސްނަާދީބަލަ. ރަގަޅުވެސް ވެދާނެ

  10
 20. ދޮގެއް؟

  ކަލޭގެ ލާދީނީ ޕާޓީގެ ކަލޭ ހިމެނޭ އިލްމުވެރިންގެ ބައިގަނޑުން ބުނެފަ އެއޮތީ ކީކޭތަ؟ އެކަން ތަހުގީގު ކުރާކަށް ނުޖެހޭތަ؟ އަދާލަތުގަ އެތިބަ މީހުންނެކޭ ކަލެއެކޭ ތީ އެއްވަރު ނުލަފާ މީހުން.

 21. ދޮންކަމަނަ

  ބޭފުޅުންނޭޥެ ފަނަނަވަންތޯއެވެ މިހާރު ފެންމަތިވެގެން މި އުޅެނީ އަންހެނުންގެ ޤާބިލްކަމާ ހަމަހަމަކަމުގެ ފުރުސަތުތަކާ ގައުމު ބިނާކުކުމުގަ އެމީހުންނަށް ހަމަހަމަ ފުރުސަތުތައް ލިބިދޭންޖެހޭ ކަމާއި މުޅިން ތަފާތު ކަމެކެވެ. މި ދެކެވެނީ އަދުލްއިންސާފުކުރުން ނިޔާކަނޑައެޅުން ހުކުމްކުރުމަށް އަންހެނަކު އައްޔަންކުރުމުގެ ވާހަކައެވެ. ސުވާލު އުފެދެނީ ޖިނާއީ މައްސަލަތަކުގައި ހެކިބަސް ޤަބޫލުނުކުރެވޭނެ ކަމަށް ޤުރުއާނުގެ ނައްސުން ސާބިތުވާ ބަޔަކު ޖިނާއި މައްސަލަތަކުގައި ހުކުމްކުރުމަށް ކަނޑައެޅުމަކީ އިސްލާމްދީނުގެ އަސްލަކާ ޚިލަފުކަމެއް ނޫންބާވައެވެ ؟؟؟!!!!
  ޥައްލާހުއަޢުލަމް

  5
  1
 22. ނޫސްކިޔާމީހާ

  އަޅޭ އާދޭސްކޮށްފަ މިބުނަނީ އަންހެން ފަޑިޔާރުން އައްޔަން ކުރުން ހަރާމް ތޯ ނުވަތަ ހުއްދަ ތޯ ޖަވާބެއް ދެއްވާ ޢިލްމްވެރިން ޙުއްޖަތާއެކު ޘާބިތު ޙެެއްކާއެކު އަހަރުމެންނަށް ޤަބޫލު ކުރެވޭ ގޮތަށް

  3
  2
 23. ތުއްތުނާ

  އަންހެނުން ޣާޟީ ކަމަށް ގެންނަށް ވަކާލާތު ކުރާއިރުގައި ކީއްވެތޯ އިސްލާމް ދީނުގައި ހެއްކަކަށް އެއް އަންހެނެއްގެ ހެކިބަސް ގަބޫލު ނުކުރަނީ. އަންހެނުންގެ މަޤާމް މިއަދު މިވަނީ މުޅިން އޮޅި މަސްހުނި ވެފައި. އެހެން ނަމަވެސް މީގެ އެތަށް އެތަށް ހާސް އަހަރުކުރިން ބާވާލެއްވި ފޮތުގައި އަންނުންގެ މަޤާމާއި ދައުރުވަނީ ވަރަށް ސާފުކޮށް ބަޔާން ކޮށް ދެއްވާފައި. ފައިސާގެ ދަހިވެތި ކަމުގަ ތިމާމެންނަކީ ހުރިހާ ކަމެއް ކުރެވޭނެ ބައެއް ކަމަށް ދައުވާ ކޮށް ނިކުމެ މުޖުތަމަޢުގައި އުޅުނެއް ކަމަކު އެއަކީ ގިޔާމާތާ ހަމައަށް ދިޔަޔަސް ވާނެ ކަމެއް ނޫންކަން ހަމަ ޔަގީން. މާބޮޑަށް ހައްޤު އެގި އެކަމަށް ދައުވާ ކުރަނީ.