ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވި ދިވެއްސަކު އޭނާގެ ތަޖުރިބާތައް ކިޔައިދީފިއެވެ. އަހްމަދު ނަމަކަށް ކިޔާ މީހަކު ވަނީ "ސަމުގާ" ނަމަކަށް ކިޔާ ޔޫޓިއުބް ޗެނަލް އަކަށް ދިން އިންޓަވިއުއެއްގައި އޭނާގެ ވާހަކަތައް ހިއްސާކޮށްފައެވެ.

އަހްމަދު ބުނީ 2011 ވަނަ އަހަރު ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުނު ހިސާބުން ބައްޝާރުލް އަސަދު މުސްލިމް އަހުންނާއި އުހުތުންނަށް ކުރަމުން ދިޔަ އަނިޔާތައް މީސް މީޑިއާ އިން ފެނުމުން އޭނާ އަށް ވަރަށް ފުން އަސަރުތަކެއް ކުރި ކަމަށެވެ.

"ލޮލުފިޔައެއް ވެސް ޖަހާ ނުލެވޭ އެދުވަސްވަރު" އަހްމަދު ބުންޏެވެ.

އަހްމަދު ބުނީ އެއް ދުވަހަކު އޭނާ މިސްކިތުން ފޭބިތަނުން މީހަކު އައިސް އޭނާ އާއި ބައްދަލު ކުރިއެވެ. ދެމީހުން ތަފާތު ވާހަކަތައް ދައްކަމުން ގޮސް ވާހަކަ ނިމުނީ ސީރިއާގެ ވާހަކައިންނެވެ. ސީރިއާ ހަނގުރާމައަކީ ކާފަރުންނާއި މުސްލިމުންނާއި ދެމެދު ކުރެވޭ ބޮޑު ހަނގުރާމައެއް ކަމަށް އޭނާ ބުނި ކަމަށް އަހްމަދު ކިޔައިދިނެވެ.

"ފަހުޒަމާނުގައި ކުރެވޭ ބޮޑެތި ހަނގުރާމަތަކުގެ ފެށުމޯ މިއީ. އޭނާ ބުނީ މިކަން ޔަގީން ވަނީ އިސްލާމްދީނުގެ ދުޝްމަނުންނާއި ކަޅު ދިދަ ހިފައިގެން ނިކުންނަ މުސްލިމް ލަޝްކަރު ޝާމް ކަރައަށް ހިޖުރަކުރާތީއޭ. އެމީހުން މިމަގުފަހިކޮށްދެނީ މަހްދީގެފާނާއި އީސާގެފާނު އަނބުރާ ދުނިޔެއަށް ފައިބައިވަޑައިގަތުމަށޭ. އޭނާ ބުނީ އަހަރެންނަށް ވެސް ސީރިއާ އަށް ގޮސް ހަނގުރާމައިގައި ބައިވެރިވެވިދާނެއޭ." އަހްމަދު ބުންޏެވެ.

ދެތިން ހަފްތާ ވަންދެން އޭނާ އާއި ބައްދަލުވެ ދެކެވުނު ވާހަކައިން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަކީ ވާޖިބެއް ކަމަށް ވިސްނުނު ކަމަށް އަހްމަދު ބުންޏެވެ.

އަހްމަދު ބުނީ މާގިނަ ދުވަހެއް ނުވެ ލަންކާއަށް ބޭސްފަރުވާއަކަށް ކަމަށް ބުނެ އޭނާ ދިޔައީ ސީދާ ތުރުކީއަށެވެ. ދެން ތުރުކީން ސީރިއާގެ ބޯޑަރު ހުރަސްކުރިއެވެ.

"ސީރިއާއަށް ދެވުނީމަ އަހަރެން މަންމަ އަށް ގުޅީ. ގުޅާފައި ކުރި ކަންތައް ކިޔައިދިނީމަ މަންމަ ވަރަށް ރުއި. ދުވަހަކުވެސް އަހަރެން ނުދެކެން އަދި އަޑެއް ވެސް ނާހަން މަންމަ އެވަރަށް ރުއިތަނެއް." އަހްމަދު ބުންޏެވެ.

އަހްމަދު ބުނީ ފުރަތަމަ ގެންދިޔައީ ދީނީ ތަރުބިއްޔަތު ދޭން ކަމަށެވެ. އެއަށްފަހު ގެންދިޔައީ ޓްރޭނިން ކޭމްޕަކަށެވެ.

"ހީކުރި ގޮތަކަށް ނޫން ކަންތައްތައް ވީކީ. ކިޔައިދީފައިވެސް އޮތް ގޮތަކަށް ނޫން ކަންތައްތައްވީކީ." އަހްމަދު ބުންޏެވެ.

އަހްމަދު ބުނީ ހަނގުރާމަވެރިން އަރަބިން ވާހަކަދައްކާތީ ބައެއް ކޮމާންޑްތައް ވެސް ނޭނގޭ ކަމަށާއި އެކަމުގެ ސަބަބުން ބައެއް މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނު ކަމަށެވެ. އަރަބިން ނޫން ގައުމުތަކުގެ މީހުންނަށް ހަނގުރާމަވެރިންގެ ތެރޭގައި ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅުނު ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންނަށް އާއްމުކޮށް ލިބެނީ ފާހާނާ ސާފުކުރުމާއި ސައި ހެދުން ފަދަ ކަންކަން. އެމީހުން ކުރަން ބޭނުން ނުވާ ކަންތައްތައް އަހަރެމެންނާއި ހަވާލު ކުރަނީ." އަހްމަދު ބުންޏެވެ.

އަހްމަދު ބުނީ އިވެމުން ދިޔަ ވާހަކަތަކުންނާއި ފެންނަމުން ދިޔަ މަންޒަރުތަކުން އެނގުނީ އެމީހުންގެ ސަބަބުން ސީރިއާގައި ދަތި ހާލުގައި އުޅޭ މީހުންނަށް އެއްވެސް ލުއިކަމެއް ނުލިބޭ ކަމެވެ.

"އެއް ދުވަހަކު އަހަރެމެން ތިބި ސަރަހައްދުން އެހެން ސަރަހައްދަކަށް ދަތުރު ކުރަމުން ދަނިކޮށް މަންމަމެން އުމުރުގެ އަންހެނެއް އަހަރެމެންގެ ކާރު ހުއްޓުވި. ހުއްޓުވާފައި ވަރަށް ރުޅިގަދަވެފައި ހުރެގެން އަރަބިބަހުން އެއްޗެހިތަކެއްކީ. ޤުރުއާނުގެ އާޔަތްތަކެއް ވެސްކީ. ދެން އަހަރެމެންގެ ތެރެއިން އަރަބި ދަންނަ މީހަކު ވަރަށް ހުތުރުކޮށް ވަރަށް ރުޅިއައިސްފައި ހުރެ އޭނާ އަށް ޖަވާބުދިން." އަހްމަދު ބުންޏެވެ.

އަހްމަދު ބުނީ އޭނާ ދެއްކީ ކޮން ވާހަކައެއްތޯ އޭނާގެ ގްރޫޕް މީހުން ކައިރީ އެހުމުން އެމީހުން ބުނި ގޮތުގައި އޭނާ ބުނީ "ކަލޭމެން އައިފަހުން ކަންތައްތައް މާގޯސްވެއްޖެއޭ. ކަލޭމެން އައި ގައުމަށް ދާށޭ" ކަމަށެވެ.

"އަހަރެން ވަރަށް އަޖައިބުވި ދައްތަގެ ވާހަކައިން އެމީހުންނަށް އެއްވެސް އަސަރެއް ނުކުރީމަ. އެއްވެސް އިހްތިރާމެއް ނެތި ދައްތަ އާއި ވާހަކަދެއްކީ. އަހަރެމެންނަށް ދަސްކޮށްދީފައި ހުރި ކަންތައްތަކެއް ނޫން އެއީ. ދުވަސްވީ މީހުންނަށް އިހްތިރާމް ކުރުން އޮވޭ ދީނުގައި ދަސްކޮށްދީފައި." އަހްމަދު ބުންޏެވެ.

އަހްމަދު ބުނީ އެހާ ހިސާބުން ސީރިއާގައި ތިބި މީހުންނަށް ހަނގުރާމަވެރިންގެ ފަރާތުން އެއްވެސް ފައިދާއެއް ނުވާކަމަށް ވިސްނެންޏާއި ހަނގުރާމަވެރިން މިކުރަނީ ކީއްތޯ އޭނާގެ ހިތައް ދިޔައީ އަރަމުންނެވެ.

"މާގިނަ ދުވަހެއް ނުވެ އަހަރެންނަށް ވިސްނުނު ބޮޑު ގޯހެއްކަން އަހަރެންނަށް މިހެދުނީ" އަހްމަދު ބުންޏެވެ.

ނިކަމެތިންނާއި މެދު އެމީހުން ކަންތައް ކުރަމުން ގެންދިޔަ ގޮތާއި އެމީހުންގެ އަނިޔާވެރިކަން ފެންނަމުން ދިޔަ ކަމަށް އަހްމަދު ކިޔައިދިނެވެ.

"ޖިލްބާބްގައި ކުޑަކުޑަ ކުރެހުމެއް ހުރެގެން އޭނާ އަށް ވަރަށް ހަރުކަށި އަދަބުދިން. ވަރަށް އަނިޔާކޮށް ހެދި. ނަމަވެސް ބޮޑުންގެ ތެރޭގައި މިއުޅޭ މީހުން ކޮންމެ ރެޔަކު ޕާޓީކޮށް ވެސް ހަދާ. އަހަރެމެންގެ ތެރެއިން އާދައިގެ މީހަކު އެއްފަހަރަކު ސިނގިރޭޓް ބޮއެގެން ހަބޭހަށް އޭނާގެ ގައިގަ ހައްދު ޖެހި. އަހަރެން ހިތަކަށް ނާރާ އޭނާ އަށް ތެދުވެވޭނެއެކޭ ވެސް. އެކަމަކު ގްރޫޕްގެ ވެރިން ފަޅުގައި ސިނގިރޭޓް ބޮއެ ވެސް ހަދާނެ." އަހްމަދު ބުންޏެވެ.

އަހްމަދު ބުނީ އިސްލާމްދީނުގެ ތައުލީމް މާބޮޑަށް ލިބިފައި ނެތް ނަމަވެސް އެމީހުން ކަންތައް ކުރީ އިސްލާމްދީނުގައި ކަންތައް ކުރަން އޮންނަ ގޮތައް ނޫންކަން އޭނާ އަށް ވެސް އެނގުނެވެ.

"ދެން އަހަރެންނަކަށް ކެތެއް ނުވި. އެހިސާބުން އަހަރެން އަޒުމްކަނޑައެޅިން ސީދާ މަގަށް އަންނަން." އަހްމަދު ބުންޏެވެ.

އަހްމަދު ބުނީ ކޮންމެކޮންމެ މީހަކު ބުނާ އެއްޗެއް ގަބޫލު ކުރުމުގެ ކުރިން ދީނީއިލްމުވެރިންނާއި ސުވާލުކޮށް އަމިއްލައަށް ވިސްނުމަށް އެންމެންގެ ކިބައިން އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ފަސްކުޅަނދު

  އޭނާ ހީކުރީ އެތަނުން ފެންނާނީ ލޯތްބާއި އޯގާވެރިކަންތަ؟ އެއީ އެމީހުން މަތިމަތީން ދައްކާ އެއްޗެއް ކަމެއް ނޭނގުނު ދޯ؟ ބޭރު އޮމާން އެތެރެ ޖައްބާރުން

  77
  7
 2. އަދް

  ކަލޭއަށް ވިސްނުނީ ފާހާނަ ސާފުކުރަން ކަލޭއާ ހަވާލު ކުރި ހިސާބުން

  71
  1
 3. ލޮލް

  ވަޓް އަ ޖޯކް!

  42
  4
 4. ސަވާރު

  ކަލެއްށް ސީރިޔާއަށް ދިއުމަށް ހިތްވަރުދިން މީހާ ހާމަކުރަން ޖެހޭ.. ތިގޮތައް ކިތައް މީހުންނަށްބާ އޮޅުވާލާފަ ވާނީ.

  122
  5
 5. ހަނދު

  މި ގައުމުގަ ތިބެގެންވެސް އަހްމަދު ތިކިޔައިދިން ގޮތަށްވުރެ ފުރިހަމައަށް އަހަރުމެން ތި ގައުމުތަކުގެ އާޖޫފާޖޫ ހުންނަގޮތާއި ތިތަނުގެ ހާލަތު ކިޔައި ދެން. ފުރަތަމަ ކަމަކީ ގާނޫނެއް ގަވައިދެއް ނެތް ހައިވާނުންފަދައިން ވަކިވެގެން މުސްލިމް ބަޔަކާއި ހަނގުރާމައަށް ނިކުންނަ ހިސާބުން ބޮލެއްހުރިއްޔާ އަންހެނުންނާ ކުޑަކުދިން ބިކަވާނެ މިންވަރާ އަނިޔާވެރިކަން އޮންނާނެމިންވަރު އިނގެންވާނެ. މުސްލިމެކޭ ބުނުމަކުން އިންސާނިއްޔަތުކަން ވާރުަތައެއް ނުކުރާނެ. އެއީ މީހާއަށް ލިބިފައިވާ ރިވެތި އަހްލާގާއި ތަގުވާވެރިކަން. ހާއްސަކޮށް މީހުންގަތުލުކޮށް ލޭބުއިމުގެ ހައިވާނީ ވިސްނުމުގަ ތިބޭބައެއްގެ ކިބައިގަ މިސިފަހުރެދާނެކަމީ ގަބޫލްކުރަން ދަތިކަމެއް
  ނަބިއްޔާސވ. ހަނގުރާމަ އިއުލާންކުރައްވަނީ ހަނގުރާމަ ލަޝްކަރާ އެބައިމީހުންގެ މަގސަދު އެނގި އިތުރު ބަޔަކަށް އޭގެ ގެއްލުން ނުލިބޭހެން. މުޖައްރިބު ކަމަކީ ތިހާލުގަ އިންސާނާ ގަނަތަޅަން ކޭމްޕުހަދައިގެން ޝަހީދުވެދަންދެކަށް އެއްވެސް ހަނގުރާމައެއް ކުރިޔަށް ގޮސްފަކާނޯންނާނެ

  57
  8
 6. Anonymous

  ޙިޔާލީ ވާހަކަތައް.

  40
  12
 7. Anonymous

  ޙިޔާލީ ވާޙަކަތަކައް ބަލައި ގެން ލިޔެފައިވާ ލިޔުމެއް

  38
  17
 8. Anonymous

  ރަނގަޅު ވާހަކައެއް
  އޭނަ ދެންހުންނަނީ ސީރިޔާގަ؟ރާއްްޖެނުގެނެސް؟

  26
  10
 9. އަހުމަދުގެ އަމާ

  މޮޔަޔަކު ދެއްކި މޮޔަވާހަކަތަކެއް ކަމުގައިމެނުވީ އަހުމަދުގެވާހަކަނުވެއެވެ..

  40
  18
 10. ރާޅު ބޯއީ

  ތީ ސަލާމާތް ވާން ކުށެއް ނެތް ކަމަށް ދައްކަން ދަމާ ހާސަރު. މަމެން ގަބޫލެއް ނުކުރާނަން.

  35
  3
 11. ހުދުހުދު

  މީ ހަދަހަދައިގެން ލިޔެފައި އޮތް ހިޔާލީ ވާހަކަ އެއް

  25
  16
 12. އިބިލީސް

  ކުދިންނޭ، އަދިވެސް އިސްލާމް މާއްދާއަކީ ބޭކާރު، ކޮންމެހެން ކިޔަވަން ނުޖެހޭ މާއްދާއެއް ގޮތުގައި ދެކޭތި. ދީނީ ނަސޭހަތްތަށް ރަނގަޅު އިލްމުވެރިއެއްގެ ފަރާތުން އަޑެއްނާހާތި، ބީރައްޓެއްސެއް ދީނީ ނަސޭހަތެއް ގޮތަށް ދޮގެއް ހެދިޔަސް ދެކޮޅުނުބަލާ އެއަށް ބޯލަނބާތި. ނެޓުން ދީނާއި ބެހޭ އެއްޗެއް އޮތިއްޔާ ހަމަ ދެކޮޅުނުބަލާ، އޭގެހަގީގަތް ނުހޯދާ އެގަބޫލުކުރާތި.. ނަމާދަށްވެސް ނާރާތި، ގުރުއާންވެސް ނުކިޔަވާތި، ހަދީސްވެސް ނުކިޔަވާތި. ސިޔާސީމީހަކު ދީނޭ ކިޔާފިއްޔާ އެއެއްޗެއް ގަބޫލުކުރާތި.

  38
  6
 13. ނަސޭހަތް

  މީނާގެވާހަކައިން ޢިބްރަތްހާސިލްކުރާނެކަމަށް އުއްމީދުކުރަން އިސްލާމްދީނުގައި ޖިހާދުކުރުން މާނަކުރައްވަނީ ގައުމެއްގެ ދާޚިލީކަމަކަށްއަރާގަނެ އަނިޔާވެރިވުމުއްއްނޫން ވީމާ، އަހުމަދުގެ
  ވާހަކައިން އިބްރަތްހާސިލްކުރައްވާ ސީރިއާއަށް ހަގުރާމައަށް......

  15
  6
 14. ތުނބުޅި

  އިންސާނުންނަށް ހަނދަށް ނުދެވޭކަމަށް ބުނެ ފަތުވާދޭމީހުން އެއްވެސް ކަމެއްގެ ހަގީގަތެއް ނުބަލާނެ. އޭން މީހަކު ގޮވައިގެން ހަނދަށް ދިޔަޔަސް އެއީ ހަނދުކަމަށް ވެސް ގަބޫލެއް ނުކުރާނެ. ޖާހިލުން ޖާހިލުންގެ ގޮތުގައި އަބަދުވެސް ކުރިޔަށް. ދިވެހި ގައުމަށް ކަނު އަނދިރިކަން.

  9
  6
 15. ދިވެހިއެޖެންސީ

  އޭނާގެ ބޮލަށް ޖާސޫސުން އެރިގެން ހަދަގެން ދައްކާފަހުރި ވާހަކަތައްވެސް ހިމަނަގެން ލިޔެފައިވާ ލިޔުމެއް, އަދި މިހާތަނަށް އެކަކުވެސް މިފަދަ ދޮގެއް ނުހަދާ ސިރިއާގެ ކަންތަކުގައި އެނާ އެހުރީ ވަރަށް ބިރުގަނެފަ އަދި ނަފްސާނީ ގޮތުން އެނާއަށް އިންޓެލްގެ ބިރު ފެނިފަ. ޢެހާ ހަލަބޮލި ތަނެއްގައި ހަމަމަގުން ނެއްޓިފައި ހުރިކަންކަންވެސް ހުންނާނެ, މިދިވެހިރާއްޖެ މީ ސަތޭކަ ސަތޭކައިގެ ގައުމެއް ހުރިހާކަމެެއްވެސް ހުރީ ހަމައޮންނަގޮތަށް ހަމަމަގުގަތަ, ކޮންމެއަކަސް ހައްގުގެ މަގުގައި ހަނގުރާމަކުރާނެ ބަޔަކު އަބަދުވެސް އުޅޭނެ ކާފަރުން ނުރުހުނަސް...

  6
  10
 16. ވާނުވާ

  ބަލަ އަހުމަދު ދިޔައީ ކޮން ގުރޫޕަކަށް ކަމެއްވެސް އިނގޭކައް ނެތެންނު. އެތާންގަ ހަނގުރާމަ ކުރާ އެންމެ ޖަމާއަތެއް ނޫނޭ އޮންނަނީ. ސީދާ މަ ދަންނަ އެކުވެރިއެއް އެތަނަށް ހިޖުރަ ކުރި. އެފް ބީ އިން ދިމާވެގެން ކަންކަން އަހާލި އިރު ހުޅަނގުގެ މީޑިއާ ތަކުން މި ފަތުރާ ވާހަކަ އާއަ ދިމާ ނުވޭ. އެ ކުއްޖާ ބުނި ދިޔައިީ ހަނގުރާމަ އަކައް ނޫނޭ. އިސްލާމީ ޝަރީއަތް ހިންގާ ބިމެއް ގައި ދިރިއުޅެން ބޭނުންވާތީ އެވެ. އެމީހުން އުޅުނީ އެކިޔާ ހައްދުފަހަނައަޅި އައި އެސް މީހުންގެ ބާރުގެ ދަށުގައި ވާ ބިމެއްގައި ކަމުގައި ބުނި. އޭނާ ބުނި އެތާނގައި ހިލޭ ގެ ލިބޭ، ކޮންމެ މަހަކުވެސް ކެއުމަށް ރުފިޔާ ލިބޭ، ކައްކާ ގޭސް ހިލޭ. ފެނާ ކަރަންޓް ހިލޭ. ކިޔެވުންވެސް ހިލޭ.
  އެތާނގައި އެންމެން ވެސް ވަރައް އެކުވެރި ކަމައް ވަނީ. އަނެއްކާ ވައްކަން ކުރާ މީހުންގެ އަތްކަނޑާތި ވައްކަން ވެސް ނުކުރާކަމައް ވަނީ. ނަމާދު ވަގުތު ޖެހުމުން ބާޒާރުމަތީގައި ވިޔަފާރިވެރިން މުދާތައް ބަހައްޓާފައި ދަނީ ހާމަ އަށް. އެއްވެސް މީހަކު އޭގައަ އަތްނުލާކަމައް އެކުއްޖާ ބުނި.

  12
  6
  • މޮޔައެނޮނިމަސް

   ހައްހައްހާ.ކީކޭ ބުނާ ނީ ގަމާރުން

   5
   2
  • ހައްގުމީހާ

   ގެ ހިލޭ ކާއެއްޗެހި ހިލޭ ބޭސްފަރުވާ ހިލޭ. ދެން ބުނާކައް ނެތް. ހިލޭ އަންހެނުން ވެސް ލިބޭ. މަވެސް ތިތަނަށް ދާންވީ. މިކަން އެންގޭނަމަ މި ރާއްޖެއިން ބެންގްކޮކް އަށް ދާމީހުންވެސް ތިތަނަށް ދިޔައިިސް.

   7
   3
 17. ބޯކިބާ

  މިހާރު ނޫޅެނެ ހަނގުރާމަކުރި އެކަކުވެސް، މިހާރު މުޅިންވެސް އުޅޭނީ ސައިހަދާދީ ސައިކަލްފޮހެދިނުންކަހަލަ ކަންކަމުގަ އުޅުނު މީހުނާ.

  12
  1
 18. މިވެސް

  މިހަގުރާމައިން ސީރިޔާގެ މުސްލިމުންނާ ބައިވެރީން ބަލިވީމާ ވ ދެރަވި. ކާފިރުން ތިބީ

 19. ހޫ

  ތިބުނާ ޔޫޓިއުބް ޗެނަލެއް ނުފެނުން.

  4
  1
 20. ދޮން ބަބުރު ސޮރު

  ތިވަރުގެ މޮޔައިން ނުއުޅޭޅެ މުޅީންވެސް، ހަދަން ނެއެނގި ހެދި ހުސްދޮގު ވާހަކައެއް.

  3
  1
 21. އަބޯ

  ތިޔައީ ހަމަ ސޫރިޔާ ގެ ހަގީގަތް .ގައުމުގެ ވަރިކަމާ ދެކޮޅަށް ނިކުންނަ ހުރިހާ ބަޔަކީ ގައުމަށް ހެޔޮ އެދޭ ބައެއްނޫން. ގައުމު ހަލާކުވެ ވީރާނާ ކޮށްލައިގެންވެސް ބޭނުންވަނީ ގައުމުގެ ވެރިކަން ހޯދުން.އެއީ ގައުމަށް ފައިދާއެއް ވުމަށް އެދޭ ބައެއްނޫން. ސޫރިޔާ މިހާރު ވަނީ 2 ގަރުނުގެ ފަހަތައް ގޮއްސަ .ސަބަބަކީ ގައުމުގެ ވެރިކަން ބޭނުންވެގެން އުޅޭ ގާބިލްކަމެއްނެތް މީހުން .ގައުމަށް ލިބޭ އާމްދަނީން އަރާމާ އިއްޒަތުގަ އުޅެލަން ބޭނުންވާތީ ކޮންމެ އަގެންދައްކާފަ ވެސް ގައުމު ގެ ވެރިކަމުގާ ފައި ހަރުކުރަން ބޭނުންވުން. ވެރިކަމާދެކޮޅަށް ނިކުމެ ހަގުރާމަކޮށް ވެރިކަން ހޯދުމަށް ކުރެވޭމަސައްކަތުގެ ސަބަބުން ގައުމަށްލިބިގެންދާނެ ގެއްލުން .އިރާގާ ސޫރިޔާއާ ލީބިޔާ އިން ތަޖްރިބާ ކޮށްލައްވާ. ސައްދާމާ ގައްޒާފީގެ ވެރިކަން ނިމި ގޮއްސި ނަމަވެސް ލީބިޔާ އާ އިރާގަށް ހަމަޖެހުމެއްނެތް.ސައްދާމާ ގައްޒާފީގެ ވެރިކަމަށް ވުރެ ރައްޔިތުން އުޅެންޖެހުނީ ހާލުގަ. ހަގުރާމައެއް ނުނިމޭ ވެރިކަމުގެ ކޮންޓްރޯލެއްނެތް.ބައްސާރު ސޫރިޔާގެ ވެރިކަމުން ދުރުވެއްޖެނަމަ އިރާގާ ލީބިޔާ ފަދަ އިން ސޫރިޔާ ވެސް ބަދަލުވެގެން ދާނެ. އެއްވެސް ކޮންޓްރޯލެއްނެތް ތަނަކަށް ވެގެންދާނެ.

  5
  1
 22. މިމީހާ

  ނެތްފެންވަރުން ހަނގުރާމަކުރާ ބައެއް ތި ޖައްނަތުއް ނުސްރާޔާ އެއްޗެއްސަކީ. އަދި މޮޅު ކޮއްލާފަ ޖައްނަތޯލަ. ޖަހައްނަމުއް ނުސްރާތީ. މި ބައިގަނޑުގެ ސަބަބުން ކިހާ މުސްލިމުންނަތަކެއް ހާލުގަ ޖެހެނީ. މި ބައިގަނޑު ނެތިކުރައްވާތޯ އެއްމެން ދުޢާ ކުރަމާ. ހަނގުރާމަ ކުރަނީ ނަސްރުހޯދަން. މި ބައިގަނޑު ހަނގުރާމަ ކުރަނިއްޔޯލަ މުޅި ގައުމު ހަލާކުވެއްޖެ. އަދިވެސް ނަސްރެއް ނުލިބޭ. ޙައްގު ތެދު މަގުގަ ތިބިި ބައިގަނޑެއް ނަމަތާ ނަސްރުވެސް ލިބޭނީ.. ބަޝާރު ކަލެއްކަމަށް ދައުވާ ކުރީއޭ ކިޔައި ދޮގުވާހަކަ ފަތުރައިގެން.

  • ާޖަބުހަތު

   ޖަންނަތު އެއްނޫން ޖަބުހަތު. ކަލެޔަށް ތިހިރީ ވަރެއް ވެފަތާ..

   3
   2
 23. ސީދާ މަގު ފެނުނީމަ އިންގޭނެބާ

  ބްރޯ ގެ ލެވެލް އަކީ ފާހާނަ އުނގުޅާ ސައިގިރުން ހަމަ އެހެން ވީމަ

  3
  1
 24. ކައުނު

  އަރަބިންނަކީ އިސްލާމްދީނެއްނޫން. އިސްލާމްދީނަކީ މާތް ﷲ އިންސާނުން އުޅުމަށް ފުރިހަމަ ކުރެއްވި އެކަލާނގެ ރުހިވޮޑިގަންނަވާ ދީން.

 25. ވާނުވާގެ ފޭން

  ވާނުވާ ތިބުނީ ތެދެއްމެ. ދެން ވީގޮތަކީ އެތާ އިސްލާމީ ޝަރީއަތް ގާއިމްކުރިއަނުދޭން ވެގެން ހުޅަނގު ގެ ޔަހޫދީން ނާއި މުސްލިމުން ގެ ނަމުގައި ތިބި ބައެއް، ކޯލިޝަނެއް ހަދައިގެން ހަމައެއް ލަމައެއް ނެތި ބޮން އަޅާ އެތަން ސުންނާފަތި ކުރީ. ސަބަބަކަށް އެވެރިން ދެއްކި ވާހަކަ އަކީ ސީރިއާގެ ހަނގުރާމައިގައި އައި އެސް މީހުން ކުށެއް ނެއް މުސްލިމުން މަރާކަމައް. އެކަމަކު ހަގީގަތަކީ އައި އެސް މީހުން މެރީ ބައްޝާރުލް އަސަދުގެ އަނިޔާވެރި ޝިއައީ ހަނގުރާމަ ވެރިންނާއި އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މީހުންނާއި. ބައްޝާރުލް އަސަދުގެ އައުވާނުން ގެ އަނިޔާވެރި ކަން މިތާނުލިޔުނަސް ނޭންގޭ މީހަކު މަދުވާނެ. މުސްލިމުން ނައް އަނިޔާ ލިބޭހާލު ބަލަން ތިބުމެއް ނުވޭ. އަދި އެންމެ އަޖައިބު ވާކަމަކީ އައިއެސް ނައްތާލުމަށް އުފެއްދި ކޯލިޝަނުން ޝީރިޔާ އާއަ އިރާގާއި ޔަމަނުގެ މުސްލިމުން ގެ ބޮލަށް ބޮން އަޅާ އަންދާލި އިރު އެ ނުވޭ ކުށެއް ނެއް މުސްލިމުން ނައް.

 26. ތޭރަވާ

  އޭނާ އެދިޔައީ ޖަބަހަތުލް ނުސްރާ މިހާރު ގެ ނަމުން ނަމަ އެޗް.ޓީ.އެސް އަށް. އެވެރިން ގެ ބައެއް މީހުން ސިނގިރޭޓް ބޯ ވީޑިއޯ ވެސް ލީކުވި.

 27. އިބްރާހީމް

  އޮއްޓަރެއް ނެތް ވާހަކައެއް ... ހީވާ ހިވުމެއްގެ މައްޗަށް ވާހަކަ ލިޔާއިރު ވެސް އަސްލާ އެއްގޮތް ކަމެއް ނެތީމަ ތި ވާހަކަ އަށް ދޭނީ ދިހައަކުން ދެއެއް .. ތި ވާހަކަ ދޭހަވީ އަހުމަދު ސީރިއާއަކަށް ނުދެއޭ ..

 28. ސަކީނާ

  ގަމާރު ކަމުގެ ނަތީޖާ. އަނގުނެއް މަދުނުވެ އާދެވުނިތީވެ ދެންވެސް މަންމަ ހިތުގަނުޖައްސާ މައިތިރިވެގެން ރަށުގަ ހުރެބަލަ.