ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަން ލިބިވަޑައިގެންނެވުނު ފަހުން އެމަނިކުފާނަށް އަދި މިހާތަނަށް ކުރެވުނީ ރަނގަޅު އެންމެ ކަމެއް ކަމަށާއި އެއީ އަންހެނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުން ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ޖާބިރު ވިދާޅުވީ އިސްލާމީ ޝަރީޢަތުގެ ވާހަކަދައްކާނަމަ އަތްކަނޑާ ވާހަކަ ވެސް ދައްކަން އެބަޖެހޭ ކަމަށެވެ.

"އޭރުން ގައިމުވެސް ވަރަށް މަދު ބަޔަކު އަތްފައި ސަލާމުން ހުންނާނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އަންހެނުން ފަނޑިޔާރުކަމަށް ގެންނަން އޭނާ ތާއިދު ކުރައްވާ ކަމަށެވެ.

"މިރާއްޖޭގެ ރައީސް ކަމަށް އައި ފަހުން ކުރި އެންމެ ހެޔޮކަމެއް އޮތީވެސް. އެއީ އިސްލާމްދީނުގައި ވަކި ތަފާތުކުރުމެއް ނޯންނަ ގޮތައް އޮންނަ އުސޫލުގެ މަތިން ދުނިޔެ ހިނގާ ގޮތައް، ތަހުޒީބް ގައުމުތަކުގައި އޮަޕަރޭޓް ކުރާ ގޮތައް ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ ބެންޗަށް އަންހެން ބޭފުޅުން ލާން ނިންމި ނިންމުމުން. އަޅުގަނޑު ތާއިދު ކުރަން އެނިންމުމަށް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އަންހެން ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި ބެހޭ ގޮތުން ފަތުވާދޭ ފަރާތްތަކުން ދައްކަނީ "މާހަމަޖެހޭ ވާހަކައެއް ނޫން" ކަމަށެވެ.

ޖާބިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އަންހެން ބޭފުޅަކު އައުމުން މާރަނގަޅު ވާނެ ކަމަށާއި މިހާރު ވެސް ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެން ބޭފުޅުންގެ ދައުރު މާރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހައްވަ

  ހަމަނުޖޭނެ!. މިހާރު ވެސް އެކިޔަނީ ތިމަންނާމެން ޓޮޕް ލައިގެން ޖީންސު ލައިގެން ގަޔަށް ބާރު ކޮށް ހުރިހާ ގުނަން ތަކެއް ދައްކައިގެން މަޖިލީހުގެ ތަޅުމަށް 80 ވަރަކަށް ފިރިހެނުންގެ ތެރެއަށް މިއަންނަނީ އެމީހުންނާ ހަމަ ވާންށޯ. ! މި ކީކޭތަ މިކަނީ؟؟. މިވަރުން ދެން ނަރަކައިގެ ތުންފަތް މަތީގަ ނިދާފަ އޮންނަން ވެއްޖެ ނުން.؟ މަށަކީ މިވައްތަރުގެ އަންހެނުންނަށް ނުވާތީ ޝުކުރުކުރަން.! ކަނޑައެޅިގެން އެ ވާހަކަ ތައް ދައްކަނީ ފުރަތަމަ ބަލަން ވެއްޖެ ތިމާތީ މުސްލިމެއްތޯ!. ހިތު ހުރި ގޮތަކަށް ހިތު ހުރި ވައްތަރަކަށް ވާހަކަ ދައްކާއިރު. ކޯފާއެއް އަތުވެދާނެ ކަމަކަށް ބިރެއް ނުގަނޭ. ޖާބީރު މެންނަށް ރަނގަޅު ވާނެ މިކަހަލަ ފެމިނިސްޓުން ކައިރީގަ މާ ބުރުހެން އެނބުރެނިކޮށް،. ހަވާގަ ތިބޭނީ. މި ރާއްޖޭގަ 100 ޕަސެންޓް ހުރިކަމާމެދު ޝައްކު.!

  13
  2
 2. އަސަދު

  ބަނގުރާވެސް ހުއްދަކުރިނަމަ އަދި މާރަގަޅުވީސް! ހެންވޭރު ތިމާވެށީ ނަން ޢަބުދުﷲ ޖާބިރު ދެން އަޅުގަޑު މިހުރީ ހަނު! މިހެންކިޔާކަށް ނުޖެހުނީސް

  14
  1
 3. އަނީސް

  މީ އަނެއް ބޯގަޅި

  13
  1
 4. ދޮންބެ

  މިއީ ވަރަށް އޯގާތެރިސަރުކާރެއްނު. އެދިމާކުރީ އަންހެންތަކުނަށް ފަނޑިޔާރުކަންދީގެން އެކަނބަލުން ނަރަކައަށް އަޅާލަން. މިމީހުންނަށް އަންހެންކަނބަލުން ނަރަކައަށް ވަންނަ މިންވަރު މަދުވީތޯއްޗެއް! ދެންހުރިހާ އަންހެންކަނބަލުން ތިބޭ ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަން. ތާހިރު ވެއްޖެއެއްނު!

  13
  1
 5. Anonymous

  "އޭރުން ގައިމުވެސް ވަރަށް މަދު ބަޔަކު އަތްފައި ސަލާމުން ހުންނާނީ" ޖާބިރު ވިދާޅުވިއެވެ.
  ﴿18﴾ وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا ۚ أُولَٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ الْأَشْهَادُ هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ

  اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ.
  ﴿19﴾ الَّذِينَ يَصُدُّونَ عَن سَبِيلِ اللَّهِ وَيَبْغُونَهَا عِوَجًا وَهُم بِالْآخِرَةِ هُمْ كَافِرُونَ

  އެއުރެންނީ اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެ މަގު ގުދުމަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެއުރެންނީ آخرة ދުވަހަށް كافر ވެގެން ތިބޭ މީހުންނެވެ.

  ޔާ ﷲ މިގައުމުގާއި ތިބި މިފަދަ ސަފީހުނަށް (ދެއުޅިއެއްނުވާމީހުން) ނަށް ހެޔޮމަގަށް މަގުދައްކަވާ ތައުބާވެ އިސްލާހުވުމުގެ މަގުދައްކަވާފާދޭވެ! އިބައިލާހުގެ ހަސްރަތުގާއި އެފަދަމީހުން އިސްލާހު ވެ ހެޔޮމަގަށް ރުޖޫއުވުން ނުވާނަ އެންމެ ހާ ދިވެހި މުސްލިމް ރަށްޔިތުން މިބާއިމީހުންގެ ކިބައިން ސަލާމަތްކުރަށްވާ އެމީހުންގެ ދޫތަކުގާއި ކަސްތޮޅު އަޅުއްވާ ބަންދުކޮއްދެއްވާ ފާދޭވެ ! ހުރިހާ ބޭފުޅުން ވެސް ދުއާކުރަށްވާ މިފަދަމީހުންގެ ކިބައިން މި ލޮބުވެތި ގައުމު މިފަދަމީހުންގެ ކިބަން ސަލާމަތްކުރައްވާތޯ އާމީން ޔާރައްބަލް އާލަމީން ހު

  20
  1
 6. ޔަމާނީ

  ސުްޕްރީމްކޯޓުގެ އަންހެން ފަނޑިޔާރަކު މައްސަރުކަންތަކުގަ ހުންނަވައިގެން ގައުމީބޮޑު މައްސަލައެއްގެ ކޭސް ހެންޑަލް ކުރުމައް ދޫކުރެވިދާނެތޯއެވެ.؟ އިލްމުވެރީން ގާތުއަހާލަން ބޭނުންވޭ އަންހެން ފަނފިޔާރަކު މައްސަރުކަމުގަ ހުރެގެން ހުކުމް އިއްވާ އެހެން މީހުންނައް ހުވާލާދީ ހެދިދާނެތޯ.؟ އަންހެން ފަނޑިޔާރަކު މައްސަރުކަމުގެ ދުވަސްވަރު ޝައްކެއްނެތް މިންވަރައް ދެނެނުގަނެވޭކަމުގަ ވާނަމަ މައްސަރުކަމުގަ ހުރެގެން ގާޒީއަކައް އަދާނުކުރެވޭނެ ކަންކަން ހުއްޓުވާނީކިހިނެތްތޯ.

  • މޮޔައެނޮނިމަސް

   ގަޅި ކަމެއް ދޯ

 7. މޫސަ

  ކިތައްމެ ތަޢުރީފެއް ކުރިޔަސް އަދި ދިޔާނާއަށް ފަނޑިޔާރުކަން ދޭގޮތަކަށް ހަމަޖެހިފައެއް ނެތް. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ. ލާދީނީ މީހުން ދީނާ ދެކޮޅު ސިޔާސަތު ތަކަށް ތާއިދު ކުރާނެ.