ހުޅުމާލޭގައި ޕާކް ކޮށްފައި އޮތް އިންޑިއާގެ ރެޖިސްޓްރޭޝަން ނަންބަރެއް ޖެހި އެސްޔޫވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިންޑިއާގެ ރަޖިސްޓްރީ ނަމްބަރެއް ޖެހި ވެހިކަލް ހުޅުމާލޭގައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުންދާތާ ދެދުވަހެއް ވެއްޖެއެވެ.
ފުލުހުން މިއަދު ހެނދުނު ވިދާޅުވީ، ރެޖިސްޓްރޭޝަން ބޯޑު ހަރުނުކޮށް ހުޅުމާލޭ، އަމީން އެވެނިއު ކުރިމަތީގައި ޕާކް ކޮށްފައި އޮތް ކާރެއް ރޭ 23:30 ހާއިރު ފުލުހުން ޓޯކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ވެހިކަލް ޓޯވ ކުރަން ފުލުހުން ދިޔައިރު ވެހިކަލްގެ ނަމްބަރު ބޯޑް ނައްޓާލާފައިވާ ކަމަށެވެ.
މިއީ ދިވެއްސެއްގެ ވެހިކަލެއް ކަމެއް ނުވަތަ އިންޑިއާ މީހެއްގެ ވެހިކަލެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ އިންޑިއާގެ ޑިޕްލޮމެޓިކެއްގެ ވެހިކަލެކެވެ. ޤާނޫނު އޮންނަ ގޮތުން ޑިޕްލޮމެޓުންނަށް ވެސް ބޭނުން ކުރެވޭނީ ދިވެހިރާއްޖޭގެ ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ހާއްސަ ނަމްބަރު ބޯޑެކެވެ.
މިވެހިކަލްގެ ވެރިފަރާތާއި ބެހޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ މައްސަލަތައް އިންޑިޔާ ކޯޓުތަކުން ބަލައި "ޝަރީޢަތް" ކުރެވޭގޮތަށް ހަދައި އިންޑިޔާގެ އަސްކަރީބެލުމުގެ ދަށަށް ރާއްޖެ ގެންދިއުމަށް މަސައްކަތްކޮށް ރާއްޖެއަކީ އިންޑިޔާގެ އަވަށެއްގެ ގޮތުގައި ހަދަން އުޅޭ ސަރުކާރުން އިންޑިޔާގެ ރަޖިސްޓްރީ ނަންބަރުބޯޑު ޖަހައިގެން އުޅަނދު ދުއްވުން ނުވާނެ ދޯ މައްސަލައަކަށް. ދުވަސްކޮޅަކުން އެފަދަ އެތަށް އިންޑިޔާގެ ރަޖިސްޓްރީގެ ވެހިކަލްތައް ފެންނާނެ. އެއީ ހުއްދަކަމެއްކަމަށް ފާޅުގައި މިސަރުކާރުން އިޢުލާނުކުރާނެ.
ކީއްވެ ޱޯކުރީ މިއީއިންޑިއާގެ އަވަށެއްނޫންތަ؟
އެނެއްކާ އަނެއް ދުއްޕާނާ ލައްވާލީ. ދެންދުވްކޮޅަކުން ފެންނާނީ އަންހެންވެރިން ސާޅި އަޅައިގެން ދުވާތަން.
ކަމަކަށްފަހު ކަމެއް އަތްދަށުންދޫވެ އިންޑިއާ އިން ރާއްޖޭގެ
ކޮނޓްރޯލް ނަގަމުން ދިއުމަކީ އިންތިހާއަށް ކަން ބޮޑުވާ
ކަމެކެވެ މިކަންކަން ހަމައަކަށް އަޅުވަން ހަމަ މިހާރުން
މިހާރަށް މސައްކަތް ފެއްޓުމަށް ސަރުކާރަށް ގޮވާލަމެވެ
އަބީ ޔޭ ހަމާރާ ގާއޯންކާ ތޯޅާ ޝެހެރްހެއި، އިސްލިޔޭ ހަމާރާ ގާޅީމޭ ހަމާރާ ނަންބަރު ލަގަތާހޭ
ތިވެދާނެ މޮދީބުރޯގެ ޢެއްޗަކަށްވެސް???
ތިކަހަލަ ކިތަންމެ ކަމެއް މިވަގުންނާ އެވަގުންނާ ބައިވެރި ވެގެން ހިންގަމުންދާނީ. ވަގު ދެބައިގަނޑު އެއްވީމަ ހައްޓަކު ހެއެއް ނުހުންނާނެނު.
މީ އިންޑިއާގެ އަވަށެއް. އެމީހުން ބޭނުންހާ ގަނޑެއްގަންނާނެ. ދިވެހިދައުލަތުގެ އިހްތިސާސް މިތާނގަ ނުހިނގާކަމުގެ ހެކި އެދަނީ ދައްކަމުން ދިވެހިންނަށް ގޮންޖަހާ މަލާމާތް ކުރަމުން. އަދިވެސް ކިނބޫ ވެރިކަމުގައި ބަހައްޓާ. ލަދެއް ހަޔާތެއްވެސްނެތް.
މި ވެހިކަލަކީ ހުޅުމާލޭގައި އިންޑިއާ ގެ ރޯ ގެ އޮފިޝަލުން ކަމައް މި ރަޖިސްޓްރީ ނަމްބަރ ޖަހއިގެން ރޭގަޑު ދުއްވާފައިވާ ކަމައް ބައެއް ފަރާތަކުން ބުނެ
ބަލަ ނަގޫ ފިތިޗަސްއަރާފަ ތިބޭމީހުންނަށް އެއްޗެކޭ ބުނެވޭތަ؟ ނަވާޒު ދައްކާވާހަކަ